ވިޔަފާރިވެރިޔަކު ވެރިކަމަށް ހޮވަން ނުޖެހޭ ސަބަބެއް ނެތް ކަމަށާއި، ދުނިޔޭގެ ބޮޑެތި ގައުމުތަކުގައިވެސް މުއްސަނދިން ވެރިކަން ކުރައްވަމުން ގެންދަވާ ކަމަށް ރާއްޖޭގެ އެންމެ ބޮޑު އެއްވިޔަފާރިވެރިޔާ ކަމަށްވާ ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ގާސިމް މިހެން ވިދާޅުވީ ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް ބަޔަކު ސޮއި ކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ގާސިމް ވިދާޅުވީ، ދިވެހިންގެ ނަޒަރުގައި ވިޔަފާރިވެރިން ތިބެން ޖެހެނީ ވިޔަފާރިވެރިންގެ ގޮތުގައި ކަމަށާއި، ވިޔަފާރިވެރިޔަކު ވެރިކަން ކުރެއްވުން ވެފައި އޮންނަނީ ދިވެހިންނަަށް ކަމުނުދާ ކަމަކަށް ކަމަށެވެ.

ނަމަވެސް ވެރިކަމަށް މީހަކު ކުރިމަތިލައްވާއިރު އޭނާގެ ވިޔަފާރިއަށް ވުރެ އެމީހަކު ރައްޔިތުންނަށްޓަކައި ކޮށްދީފައި ހުރި ކަންތައްތަކަަށް ބެލުން މުހިއްމު ކަމަށާއި، ތައުލީމީ ގާބިލު މީހުން ރައްޔިތުންނަށް އެކަންކަން ވިސްނައިދޭން ޖެހޭ ކަމަށް ގާސިމް ވިދާޅުވިއެވެ.

"ބައްލަވާލައްވާ މިހާރު އެމެރިކާގެ ވެރިކަމަށް ކުރިމަތިލައިގެން ނިކުމެ ހުރި ކިތައްވަނައަށް މުއްސަނދި މީހާތޯ ދުނިޔޭގެ. އަމިއްލަ ކެނޑިޑޭޓެއްގެ ގޮތުގައި ނިކުމެ ވަޑައިގެން ހުންނެވީ. މިހާރު ހުންނެވީ ކާކުތޯ ޕްރެޒިޑެންޓަކަށް. އާދެ ބިިލިއަނަރެއް." ގާސިމް ވިދާޅުވިއެވެ.

ގާސިމް އިޝާރާތް ކުރެއްވީ އެމެރިކާގައި އަންނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ނިންމަވާފައިވާ ބިލިއަނަރ މައިކަލް ބްލޫމްބާގަށާއި އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަށެވެ.

ވިޔަފާރިވެރިންނަށް ވެރިކަން ކުރެވޭނެ ކަމަށް ވިދާޅުވެ ގާސިމް އޭނާ އަށް ވެރިކަން ކުރެވޭނެ ސަބަބުތައް ހާމަކޮށްދެއްވި ނަމަވެސް ގާސިމް ވިދާޅުވީ ދެން އޮންނަ ރިޔާސީ އިންތިޚާބުގައި ޖޭޕީ އިން ވާދަކުރާނެ ކެންޑިޑޭޓެއް ނިންމާނީ ޕާޓީގެ އާއްމު މެންބަރުން ކަމަށެވެ.

ކޮންމެ ރިޔާސީ އިންތިޚާބަކާ ދިމާކޮށް "ފޮޅުވާ މަލަކަށް" ޖޭޕީ ނުހެދޭނެ ކަމަށާއި ބަޔަކު ނުރުހުނަސް 2023 ގެ ރިޔާސީ އިންތިޚާބަށް މިހާރު ފަށާފައިވާ މަސައްކަތް ހުއްޓުމެއް ނެތް ކަމަށް ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ މިހާރު ޖޭޕީން ކުރަމުން ގެންދާ މަސައްކަތަކީ އިންތިޚާބުތަކުގައި ޖޭޕީ މެދުގައި އޮވެފައި، ކޯލިޝަން ހަދާ ސިޔާސީ ޕާޓީއަކަށް އިންތިޚާބު ކާމިޔާބު ވުން ހުއްޓުވައި ޖޭޕީ ކޮޅަށް ރައްޔިތުން ބުރަވެ އެ ޕާޓީން ވެރިކަން ކުރަން ކުރާ މަސައްކަތެވެ.

"އަޅުގަނޑު މި ދަންނަވަނީ ކާކު ކަމެއް ނޭނގެއޭ ވެރިކަމަށް ނުކުންނާނީ، މި ޕާޓީގެ ރައްޔިތުންނޭ ނިންމާނީ ނުކުންނާނީ ކާކުތޯ،" ގާސިމް ވިދާޅުވި އެވެ.

ފަހަކަށް އައިސް ޖޭޕީ އަށް މެންބަރުން އިތުރު ކުރުމުގެ މަސައްކަތާއި ޕާޓީގެ ގޮފިތައް ހެދުމުގެ މަސައްކަތް ވަނީ ވަރުގަދަ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ޛސޖސހ

    ޙެހެހެހެ. ރަނގަޅު ވާހަކަޔެއް. ކަލޯ ކަހަލަ މޮޔަސޮރެއް އެމެރިކާގަ އެބަހިރި ވެރިކަމުގަ.

    40
  2. ހޯހޯ

    ހަދާންއެބަހުރިތަ އެންމެ ފަކީރު ސޮރުވެސް ޓެކުސް ދައްކަން ޖެހޭނެހޭ ބުނި ހަދާން

    32
  3. ހަމަހަމަ

    މިއީ އަނެއްކާ އަނެކަކު. ބަލަ އޭނަ ކިބައިން ސަލާމަތް ނު ވެ ވިގެން އެ އުޅެނީ.

    30
  4. ބީޖީ

    ޓް ރަމްޕް ގެ އޭނާގެ ވިޔަފާ ރިތަކަށް މަގުފަހިވާއެތައްކަމެއް ކޮށްފި. ދެން ނުހޮވޭނެ. ސޭޓު ހު ރޭބަލަން.

    29
    1
  5. އުކުޅަހު އަލީ

    މިނޫނީ ނޫޅޭނެ މިގައުމުގައި މިވަރުގެ ބުރާންޗެއް.

    13
  6. އުދަބާނި

    ދިވެހިންދުއް އެންމެ ނުބައި ނުލަފާ އިންސާނަކީ މިކަލޭގެ. މީހަކަށް އެއްޗެއްދިނަސް އެވާހަކަ ގޮވާލާނެ މުޅި ރައްޔިތުންގެ ފައިސާ ދަވާލާގެން އުޅެނީ.

  7. ރައްޔިތުން

    ފެއިލް ވެފައި އޮތް މީހެއްގެ ވާހަކަ.. ގައުމަށް ގައްދާރު ވި މީހެއްގެ ވާހަކަ.. ވެރިކަމު ގެ ބޭނުންންކޮށްގެން އަމިއްލަ މަސްލަހަތާއި އަމިއްލަ ވިޔަފާރިތައް ކުރި އެރުވި މީހެއްގެ ވާހަކަ.. މިސާލު ޖަހަން މި ފެނުނީ ހަމަ މިމީހުން ކަހަލަ މީހެއް ދޯ..

  8. ނަސީދު

    ރާއްޖޭގެ ތައްޔިތުންނޭ ވަރައްވިސްނާހޭވެރިވާތި ހެޔޮނުވާނޭ ގާސިމް ވެރިކަމައްހޮވަން މިހާރުވެސް މިގައުމަށް ޖެހިފައިވާ މުސީބާތުގެ އެއްމެއިސްމީހަކީ އެއީއެވެ.

    10
  9. މާމިގިލީ މީހާ

    މިކަލޭގެގެ ބަލާ މިގައުމުން ފިލާނީ ކޮންދުވަހަކުން ބާ؟ އެއްވެސް ވެރިއަކައް ވެރިކަން މި ބުރުމާގެ ސަބަބުން ކުރެވޭކައް ނެތް. ސަރުކާރުން ވަރުގަދަ އަދަބެއް މިބުރުމާއައް ދީ ބަލަ. ވެރިކައް ކުރާން އެގެނީ ރައީސް ޔާމީނައް.

    8
    3
    • މާމިގިލި

      މަވެސް ތާއީދު. މުޅި މާމިގިއްޔަށްވެސް ޖެހިފަހުރި މުސީބާތެއްމީ. މުޅިރަށް އެއްކޮށް ދަވާލައިގެންވެސް ބަނޑުނުފުރޭ.

      10
  10. މުބީނު މާރނީ

    ކިޔަވާ ނެތީމަ އިނގޭ ދޫންޏާ ސޮރީ ބުނަން ޖެހެނީ. ޑޮނަލްޑް ޓްރަންޕް ސިނގިރޭޓެއްގައި އަތްލިތަން ދެކުނު މީހަކު ނެތް. ގާސިމް އެހެންތަ؟ ކޮންމެ 5 މިނިޓަކުން ސިނގިރޭޓެއް ބޮނިކޮށް ދެކުނިން. ޓްރަންޕް ވަނީ އައިވީ.ލީގް ޔުނިވަރސިޓީ އަކުން އިކޮނޮމިކްސް އިން "އެއްވަނައި"ގައި ފާސްވެ ޑިގްރީ ނަގާފަ. ގާސިމް އަށް ލާރާ ޑައްޓާ އައި ދުވަހުވެސް ބުނެވުނީ، "ތެން ކިޔޫ ފޯރ ދަ ލާރާ" އޭ. އަޑު އަހަން ތިބިމީހުން ޕަކަޕަކަ އަޅާފަ ހިނިގަނޑު ފަޅައިގެން ދިޔަ. ޓްރަންޕް އަކީ ޔުނިވަރސިޓީ ގެ ފުޓްބޯޅަ ޓީމުގެ ކެޕްޓަން. މިހާރުވެސް ގަވާއިދުން ގޮލްފު ކުޅުއްވާ. ގާސިމްގެ ކުޅުއްވަނީ ކޮން ކުޅިވަރެއްތޯ؟ އަތަށް ފިތުން.

  11. ތެދު

    ޖުޑިސަރީ ފުނޑާލާއިރުވެސް، ދީނާފުރައްސާރަކުރާއިރުވެސް ކަލޭތިތެޅެނީ ވެރިކަންހޯދަން...ﷲ މިނުލަފާ ބާގީ (ވެރިކަންވައްޓާ) ގައުމުގެވެރިކަން ނުދެއްވާންދޭވެ...

  12. އެބަދިމާވޭތަ

    ކާކުކަމެއް ނޭނގެޔޯ ވެރިކަމަށް ނިކުންނާނީ ބުނެފަ މިސާލަކަށް އެ ދައްކަނީ ބިލިއަނަރުންނާ މުއްސަނދިން ވެރިކަމަށް އައިމަ އޯކޭވާކަމުގެ މިސާލު. ދޮގެއް ހެދޭއިރު އަމިއްލައަށްވެސް ނޭނގޭ.

  13. ވިގަނި

    މޮޔަފުޅު ވެގެންތޯ ތިއުޅުއްވަނީ..