ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، މޮރޮކޯ އަށް ފުރައިވަޑައިގެންފިއެވެ.

މިނިސްޓަރު ޝާހިދު ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ، މިއަދު ކުރައްވާ ދަތުރުގެ ސަބަބުން ރާއްޖެއާއި މޮރޮކޯ އާއި ދެމެދު އޮންނަ ގުޅުން ބަދަހިވެގެން ދާނެ ކަމަށެވެ. އެކަމުގެ ޔަގީންކަން މިނިސްޓަރު ވަނީ ދެއްވާފައެވެ.

މޮރޮކޯއަކީ އުތުރު އެފްރިކާ ބައްރުގައި އޮންނަ އިގްތިސޯދު އެންމެ ރަނގަޅު އެއް ގައުމެވެ.

މިނިސްޓަރުގެ މިދަތުރުގެ އިތުރު އެއްވެސް މައުލޫމާތެއް ފޮރިން މިނިސްޓްރީން ހާމަ ކޮށްފައެއް ނުވެއެވެ. މިއީ މިނިސްޓަރު މަގާމާއި ހަވާލުވެޑައިގެންނެވި ފަހުން ބޭރު ގައުމުތަކަށް ކުރައްވާ 25 ވަނަ ދަތުރެވެ. ސަރުކާރުން މީގެ ކުރިން ވިދާޅުވެފައި ފޮރިން މިނިސްޓަރު ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުފުޅުގައި ރާއްޖޭގެ އެކި ދާއިރާތަކަށް ބޭނުންވާ އެހީތައް ހޯދައި ގައުމުތަކާއި މެދުގައި އޮންނަ ގުޅުން އިތުރަށް ވަރުގަދަ ވެގެން ދާނެ ކަމަށެވެ.މިހާތަނަށް ކޮށްފައިވާ ދަތުރުތަކުން ހިލޭ އެހީ އާއި ލޯނު ހަމަޖެހިފައިވާ ކަަމަށްވެސް ސަރުކާރުން ވަނީ ބުނެފައެވެ.

ނަމަވެސް މިނިސްޓަރ ޝާހިދުގެ ދަތުރުފުޅުތައް ގިނަ ކަމުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން ވަނީ ވަރަށް ބޮޑަށް އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޒާ

    ދައުލަތް ދެރިޔަސް ދަތުރުކޮށްފަ ބަހައްޓާ. ކަލޭ ދަތުރު ކުރަން އޮތް ލާރިގަނޑު އޮތީ.

  2. ޖާޒީރާ ބޯއީ

    ޝާހިދު ނުއުޅޭނަމަ މިވެރިކަމެއް ނެތީހޭ ޝާހިދާ ނުލާ މިވެރިކަމެއް ނުދާނެޔޭ.

  3. އިބްރާހިމް

    ސަރުކާރު ވެއްޓެންދެން ދުނިޔެ ކުޑަކުރާތި

  4. އަލަ

    އަދި ނުދެވި އޮތް ގައުމެއްވިއްޔާ "ގުޅުން ބަދަހިކުރަން" ކޮންމެހެންވެސް ދާންވާނެ. ދަތުރު ދޮގުކުރެވޭނެ މާ ބޮޑު ގޮތެއް ނޯންނާނެ. މިއޮތް ޓެކްނޮލޮޖީގެ ޒަމާނުގައިވެސް ތަންތަނަށް ޖިސްމާނީ ގޮތުން ގޮސްގެން ނޫނީ ކަމެއްވާކަމަކަށްނުވޭ ބައެއް މީހުންނަށް.

  5. ގުޅުން އިތުރަށް

    ޙަރަދު ކިހާވަރެއް ހަމަ ގުޅުން އިތުރަށް ބަދަހިކޮށްލަން؟