ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަން ސިވިލް ކޯޓުން ފުލުހުންނަށް އެންގުމުން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުން މިއަދު ވިދާޅުވީ ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޒިރުކުރަން ބޭނުންވެ ޙާޒިރުކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން ގެންދާ ކަމަށެވެ.

މި އަމުރާ ގުޅިގެން ހޯދަމުންދަނީ ސ.ހުޅުދޫ/އެޅެހިށިގޭބޭރުގެ، އިސްމާޢީލް ރަޝީދު (57އ) އެވެ.

އިސްމާޢީލް ރަޝީދު ހޯދަމުންދަނީ ސިވިލް ކޯޓުގައި ދަޢުވާކުރާ ސާބިތުދަރަނީގެ ފައިސާ ހޯދުމުގެ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޒިރުކުރުމަށް ބޭނުންވެ ޙާޒިރުކުރެވިފައިނުވާތީ ބަންދުގައި ބަހައްޓައިގެން ނޮވެމްބަރ 14 ވަނަ ދުވަހުގެ 11:15 އަށް ސިވިލް ކޯޓަށް ޙާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން ކަމަށް ފުލުހުން ވިދާޅުވިއެވެ.

ވީމާ އިސްމާޢީލް ރަޝީދުއާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން އެދެއެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މިފުރުޞަތުގައި ފާހަގަކޮށް ޝުކުރު ދަންނަވާކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ނަގޫރޯޅި

    އަދޭތީ މޑޕ އައް މަ ރުދޭމީހެއް. ތިވެސް ވާނީ މޑނ އައްވީގޮތް. ރަނގަޅައްވިއްޔާ ތިމީހާ މިހާ ރުވީ ރާއްޖޭންބޭ ރުގަ.

  2. ޢަލީ

    ސިފައިން އަދި ކޯޓުންވެސް މިކަހަލަ އަމަލުކުރުމަކީ ވަރައްހަޑި ހުތުރުކަމެއް މޮބައިލް ފޯނައް ގުޅޭނެ އަދި ހުރިތަންއެންގި ހުރެ ބަލިހާލަތު ހުރިގޮތްވެސް އެންގި ހުރެ ކޯޓުން ވަކިބަޔަކައް މަނފާހޯދަ ދޭން މިކަހަލަ އަމަލު ހިންގުމަކީ ދިވެހި ރައްޔިތުން ކޯޓްތަކައް ކުރާ އިތުބާރު ގެއްލި ސިފައިންނާއި ފުލުހުންނައް ވެސް އޮންނަ އިތުބާރު ގެއްލޭނެ ފަދަކަމެއް. މިހާރުންމިހާރަށް މި ކަމައް މާފައް އެދެން ޖެހޭން އަދި މި ޙަބަރު މީޑިއާތަކުން ނަގަންޖެހޭނެ. ގުޅޭތޯބަލާ ޗެކް ކޮއްފަ ނޫނީ މިވަރުގެ ކަންކަން ކުރމަކީ ހަޑި ހުތުރުކަމެެއް.

    9
    6
    • އާމިނަތު

      ދަރަނި ނަގައިގެން ނުދައްކާ ހުރުން މާ ހަޑިހުތުރު ކަންނޭނގެ.

      6
      3
  3. ޖާޒީރާ ބޯއީ

    އެމްޑީއެން ހަމީދު މިހާރު ތިޔަކަހަލަގެ ކަންކަން ބަލައެއް ނޫޅޭނެ. އެސޮރު ބަލާނީ މީހެއްގެ އަބުރު ކަތިލެވޭތޯ، އިސްލާމް ދީނަށް ނުކުރި ލޯތްބެއް ދެން ކޮންކަމަކަށް އޮންނާނީ.

    3
    1
  4. ސައީދު

    ހުޅުމާލެ ފުޑް އޯޑާ ރެސްޓޯރަންޓް އަށް ޖައްސާލާ ކޮންމެ ރެޔަކު އެތަނައްދޭ މީނަ