ދަރުމަވަންތަ ހޮސްޕިޓަލަށް ފިޒިއޮތެރަޕީ ހަދަން ދިޔަ 19 އަހަރުގެ އަންހެނަކާ ބަދުއަހުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތު ކުރި ފިޒިއޮތެރަޕިސްޓް ސަސްޕެންޑް ކޮށްފައިވާ ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފި އެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ބަލިމީހާގެ ފަރާތުން އެ ޝަކުވާ ހުށަހެޅުމާ އެކު ފިޒިއޮތެރަޕިސްޓް މަސައްކަތުން އެކަހެރިކޮށްފައިވާ ކަމަށެވެ. އޭނާގެ މައްސަލަ ހޮސްޕިޓަލުން ވެސް ބަލަމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ފުލުހުން އިއްޔެ ވިދާޅުވީ މި މަހުގެ 9 ގައި އެ ހޮސްޕިޓަލަށް ފިޒިއޮތެރަޕީ ހަދަން ދިޔަ ޒުވާން އަންހެނަކާ ބެހުނު ކަމަށް ތުހުމަތުކޮށްފައި ވަނީ އިންޑިއާގެ ފިރިހެން ތެރަޕިސްޓަކަށެވެ. ނަމަވެސް ފިޒިއޮތެރަޕިސްޓް ހައްޔަރު ކޮށްފައެއް ނުވެއެވެ. އޭނާ ހައްޔަރު ކޮށްފައި ނުވަނީ އޭނާ އަކީ އިންޑިއާ މީހަކަށް ވާތީ ކަމަށް ބުނެ ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.

އަންހެން މީހާގެ ގާތް މީހުން މީޑިއާތަކަށް މައުލޫމަތު ދެމުން ބުނެފައި ވަނީ ތެރަޕިސްޓް އުޅުނީ އަންހެންމީހާ ރޭޕްކުރާށެވެ.

ގްރޫޕަކުން ދަރުމަވަންތަ ހޮސްޕިޓަލަށް ވަދެ ފިޒިއެތެރަޕިސްޓަށް ބިރު ދެއްކި މައްސަލައެއް ވެސް ފުލުހުން މިހާރު ބަލަމުން އަންނަ ކަމަށް މައުލޫމާތު ލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ގާބޯ

    ކީއްވެ ހައްޔަ ރު ނުކު ރަންވި ނުކެ ރޭނެ ކު ރާކަށް ބި ރުގަންނާނެ އަޅުވެތި ވެގެން ތިބެންޖެހޭނި ގެ ރިބޯ

    28
  2. ޕިސްޕިސް

    އިންޑިޔާ އަކަސް ބަންގްލަދޭޝް އަކަސް ހައްޔަރު ކުރަން ޖެހޭނެދޯ ކޮންމެ މީހަކު ކުރިޔަސް ނުބާ ކަމެއް ވާނީ ނުބާ ކަމަކަށް

    28
  3. ޢާލިމް

    އަންހެނަކު ހަމަ ބުނާހާ އެއްޗެއްވެސް ނުވާނެ ޤަބޫލު ކުރާކަށް. މަގޭ ރައްޓެއްސަކާ ބެހެން އުޅުނު 19 އަހަރުގެ އަންހެން ކުއްޖެއް. ނޫނެކޭ ބުނީމަ ބުނީ 5000 ރުފިޔާ ދޭށޭ. ނުދޭނަމޭ ބުނީމަ ބުނީ ޕޮލިހަށް ދާނަމޭ ރޭޕް ކުރަން އުޅުނީއޭ ކިޔާފަ. ނަސީބަކުން މީނަ ހުރީ ފޯނުން އެ ހުރިހާ އެއްޗެއް ރެކޯޑަށް ޖައްސައިގެން
    އެހެންވީމަ ހަމަ އަންހެނަކު ބުނާހާ އެއްޗެއް ޤަބޫލުކޮށް މީހެއްގެ މުޅި ދިރިއުޅުން ހަލާކުކޮށްލުމުގެ ކުރިން ރަނގަޅަށް ކަމުގެ ދެކޮޅު ބެލުން ވަރަށް މުހިންމު.

    7
    2
  4. ފިރިހެނާ

    އަންހެނަކު ފިރިހެނެއް ކައިރިއަށް ފިސިއޯތެރަޕީއެއް އެހެން ތެރަޕީއެއް ހަދަން ދާންވީ ކީއްވެތަ ފުރަތަމަ

    10