ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ދުސްތޫރީ އަދި ޤާނޫނީ ނައްޞުތަކުގެ ބާރު ކަނޑުވައިލައި ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވާއިދާ ވެސް ހިލާފަށް އަމަލު ކުރައްވަމުން ގެންދެވުމުގެ ސަބަބުން އުއްތަމަ ފަނޑިޔާރާއި މަތި ކުރެވިފައިވާ ދުސްތޫރީ އަދި ޤާނޫނީ ވާޖިބުތަކާއި ވަޒީފާގެ މަސްއޫލިއްޔަތުތައް އަދާކުރަން ހުރަސްއަޅައިފި ކަމަށް އުއްތަމަ ފަނޑިޔާރު ޑރ.އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

އުއްތަމަ ފަނޑިޔާރު ޑރ.އަހްމަދު އަބްދުﷲ ދީދީ މިހެން ވިދާޅުވީ ސުޕްރީމް ކޯޓުގެ ޑިރެކްޓަރ އާތިކާ އިބްރާހިމް ވަޒީފާ އިން ސަސްޕެންޑް ކުރުމާއި ގުޅިގެން ދިވެހި ރައްޔިތުންނަށް ހަޤީޤަތް ހާމަކޮށްދިނުމަށް ދެންމެ ނެރުއްވި ބަޔާނެއްގައެވެ.

އުއްތަމަ ފަނޑިޔާރުގެ ބަޔާނުގައި ވިދާޅުވީ މުވައްޒަފަކާ ގުޅޭ އިދާރީ މައްސަލައެއް އެއީ މުވައްޒަފަކު ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވާއިދާ ހިލާފު ވުމުގެ މައްސަލައެއް ވިޔަސް އަދި މުވައްޒަފަކު ހުށައަޅާ ޝަކުވާގެ މައްސަލައެއް ވިޔަސް ޑިޕާޓްމަންޓަށް ބެލޭނީ އެމައްސަލައެއް އެންމެ ފުރަތަމަ މުވައްޒަފު ވަޒީފާ އަދާކުރާ ކޯޓުގެ ނުވަތަ އިދާރާގެ މުވައްޒަފުންނާ ބެހޭ އިސްވެރިޔާ ނުވަތަ އޭނާ ކަނޑައަޅާ ފަރާތަކުން އެކަން ބެލުމަށް ފަހު ކަމަށާއި އަޅާންޖެހޭ އިސްލާހީ ފިޔަވަޅު ވެސް އަޅަން ޖެހޭނީ އެމުވައްޒަފަކު ވަޒީފާ އަދާކުރާ ކޯޓަކުން ނުވަތަ އިދާރާއަކުން ކަމަށް ޤަވައިދުގައި ބުނެފައިވާ ކަމަށެވެ.

"ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވާއިދުގެ އެއްވެސް މާއްދާއަކާ މި ކޯޓުގެ ޑިރެކްޓަރ އާތިކާ އިބްރާހިމް ހިލާފު ވެވަޑައިގެންފައިވާ ކަމުގެ އެއްވެސް ޝަކުވާއެއް މި ކޯޓަށް ހުށައެޅިފައިވާ ނެތް އިރު އަދި އޭނާ އެ ޤަވާއިދާ ހިލާފު ވެވަޑައިގަތުމުގެ އެއްވެސް މައްސަލައެއް މި ކޯޓުން ބަލަމުން ނުދާއިރު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވާއިދުގެ އެތައް މާއްދާއަކާއި ހިލާފަށް އަލްފާޟިލާ އާތިކާ އިބްރާހިމްގެ މައްޗަށް ފިޔަވަޅު އަޅުއްވަން އުސޫލުތަކާއި އިޖުރާޢަތުގެތަކުގެ ބޭރުން ތަޢަޞުފީ ގޮތެއްގައި މަސައްކަތް ކުރައްވާކަން އެނގުމާއި ގުޅިގެން އަޅުގަނޑު ވަރަށް ބޮޑަށް ހައިރާންވެ ހިތާމަ ކުރަމެވެ." އުއްތަމަ ފަނޑިޔާރުގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ މުވައްޒަފަކާ މެދުގައި ފިޔަވަޅު އެޅުމުގެ ކޮންމެ އިޖުރާޢަތެއް ވެސް ހިންގާން ވާނީ އަދުލުވެރި ގޮތްމަތީން، ނެޗްރަލް ޖަސްޓިސްގެ އުސޫލުތަކާއި އެއްގޮތަށް މުވައްޒަފުންގެ ހިދުމަތުގެ އަގުވަޒަން ކުރުމާއި އެކު މުވައްޒަފުންގެ ހައްޤުތަކާއި ޝަރުޢީ ދާއިރާގެ މަސްހަތުތަކަށް އިޢާޔަތް ކުރުމާއި އެކު އޯގާތެރިކަމުގެ އަސާސުގެ މައްޗަށް ކަމަށެވެ.

ނަމަވެސް އާތިކާގެ މައްޗަށް ކުރެވުނު ތުހުމަތަކީ ކޮބައިކަމެއް އަދި އޭނާގެ މައްސަލައެއް ހުށައެޅިފައިވާ ކަމެއް ވެސް އޭނާ އަށް އެންގުމަކާއި ނުލައި އަމިއްލަ ދިފާޢުގައި ވާހަކަ ދެއްކުމުގެ އެއްވެސް ފުރުސަތެއް ނުދީ ކުއްލިއަކަށް އޭނާ ސަސްޕެންޑް ކުރުމަކީ ނެޗްރަލް ޖަސްޓިސްއާ ހިލާފަށް މުވައްޒަފުންނާއި މެދު ނާޖާއިޒު ގޮތްގޮތުން ބާރުގެ ބެނުންކޮށް މުވައްޒަފުން ބުލީ ކުރުމުގެ އަމަލެއް ކަމާއި އޭގެ ސަބަބުން ކޯޓުތަކުގެ މުވައްޒަފުންގެ ހިތްތަކުގައި ބިރުވެރިކަމާއި ނުތަނަވަސްކަން އުފެދި ކޯޓުތަކުގެ މަސްލަހަތު ގެއްލިގެން ދިއުމުގެ ބިރު އެބައޮތް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

36 ކޮމެންޓް

  1. މާވަޑި ފަލާހް

    މަނިކުފާނު ފަނޑިޔާރުކަމުގައި ހުރެގެން 60000 ރައްޔިތުން ތަމްސީލް ކުރަމުންދިޔަ 12 މަޖިލިސް މެމްބަރުނާ މަތި ކުރެވިފައިވާ ދުސްތޫރީ އަދި ޤާނޫނީ ވާޖިބުތަކާއި ވަޒީފާގެ މަސްއޫލިއްޔަތުތައް އަދާކުރަން ހުރަސްއެޅިއިރު ވިސްނާލެއްވިންތޯ، މިޔަދު މަނިކުފާނުގެ މައްސަލަތައް ޤާނޫނުގެ ތެރެއިން ބަލަންފެށުމުން ފަޔަށް ހިނިއަރައިގެން ތިއުޅުއްވަނީ ކިހިނެއްވެގެންތޯ؟ މަނިކުފާނަކަށްވެސް ޤާނޫނަށްވުރެ މަތީނުހުރެވޭނެ، ފަހުބަސްބުނާތަނޭކިޔާފަ ރައްޔިތުންނަށް އޮޅުވާލާ ވައްކަމާ ކަރަޕްޝަނާ އަނިޔާވެރިން ނިމިދިޔަ 5އަހަރު ހިމާޔަތްކޮށް ތިމަޤާމަށް އާދެވުނުގޮތާމެދު ވިސްނާލައްވާ

    35
    92
    • ބޭރުކުރޭ

      އެހެން ކަރަޕްޓް ފަނޑިޔާރުން ބޭރުކޮށް ޤާބިލު އައު މީހުން އެޔަންތަނަށް ލާން ވަޢުދުވަ ވެރިކަމާ މަޖިލީހާ ރައްޔިތުން ދިނީ.. ޒިނާ އިން އެކަހެރި ކުރަންޖެހޭ މީހަކު/ބަޔަކު އެކަހެރިކޮށްގެން ނަމަވެސް އެކަން ކުރަން ޖެހޭނެ.. އެހެން ނޫނީ މަގޭ އާއިލާގެ ވޯޓު އެމްޑީޕީއަށް ހަރާމް ދުވަހަކުވެސް ވޯޓު ނުދޭނަން.. ޕީޖީ ބިޝާމުވެސް ބޭރުކުރަން ޖެހޭނެ

      9
      8
      • ކަދުރުފާތިމަ

        ކަލޭވޯޓުދީގެން ނޫންހޮވާފަ އެއިނީ

  2. މާމީ

    އަމިއްލަ އަށް ފޭހުނު އިލޮށި އަމިއްލަ ލޮލައް ތިހެރެނީ އަދި މޫސުމް ލަފާ ކުރާގޮތުން ކުރިއަށް ހީވަނީ މޫސުމް ގޯސްހެން ،،،،،، ހިބަރު ވަރައް ބާނާނެ ހެން ވެސް ހީވޭ މިހާރު ލަގެޖު ބޯއި ބުނާ ވަދު ދޫކޮއްގެން އުޅެނީ،،،،

    67
    10
    • ނިކް

      ހެޔޮކޮށް.. 1ފެބުރުއަރީގަ ބަޢާވާތުގެ ހުޅު ރޯކުރަން އުޅުނު ހުރިހާ ފަނޑިޔާރުން ބޭރުވާތަން ދެކެން މަވެސް ބޭނުމީ.. ރަނގަޅަށް ހިތޮ ރަހަ ޢަރުތެރޭގަ ލައްވާލަދޭތި.. އަންއަން އޮތް ޖީލުތަކަށްވެސް އިބުރަތަކަށްވާނެ..

      5
      2
  3. ހަމަ

    ތިޔަފެންނަނީ މިސަރުކާރުގެ އަސްލުސޫރަ

    87
    7
  4. ހިޔާލު1

    ބަލަ އެތައްމުވައްޒަފުންނެތް އިންސާފެއްނެތި މީގެ ކުރިންވެސް ބޭރުކޮށްލިނޫންތޯ. އަނިޔާވެރިކަމަކީ ދިގުދެމިގެންވާ ސިހުރަކަށް ތިވަނީ މުޅި ދާއިރާގެ މަތިވެރިކަމާއި މުގައްދަސްކަން ނެޗްރަލްވޖަސްޓސްއާ ޚިލާފަށް އިސްވެތިބި ބަޔަކު ފު ޑާލުމުގެ ނަތީޖާއެވެ.

    38
    16
  5. ހަސަން ފުޅާ

    ވަރަ ބޮޑު ތެދުފުޅެއް.. މި ޖއސީ އަކީ ހަމަ އެއް ލަމައެއް ބަލާ ބައެއް ނޫން.. މި މީހުން ނުރުހޭ ކޮންމެ ފަރާތަކީ ކުށްވެރި ޔަކަށް ހަދާ ބައިގަނޑެއް..ބާ ؟

    ޤާނޫނުން ނުލިބޭ ބާރުގެ ބޭނުން ހިފާކަން މިހާރު ގިނަރައިޔަތުންނަށް ވެސް ފާހަގަކުރެވޭނެ ؟

    ކޮންމެ ކަމަކަށް ވެސް ނިމުމެއް އަންނާނެ ރައިޔަތުން ބަސްބުނާ ދުވަހަށް މަޑު މިކުރަނީ..!

    މިހާރު މަޖިލީހާއި ޖޭއެސް ސީއަކީ އަންނިގެ (އެމްޑީޕީގެ) ހަރުގެ ތަކެއް ހެން ހީވަނީ..!

    67
    3
    • މަޒް

      ކުރިން ކޯޓުތަކާއި މުޅި ސަރުކާރު ހީވެފައިއޮތީ އެއީ ޔާމީނުގެ ޕްރައިވެޓް ކުންފުންޏެއްހެން

      8
      13
      • ބަލަގަ

        ހަނދާންވޭތަ؟ ރައްޔިތުންގެ ކުރިމަތީގަ އިންސާފު އަރާ ހަމަކުރާނެ. އަންނި ވިޔަސް، ޔާމިނު ވިޔަސް. ބަލަން ތިބެމާ ބަހީ...

        10
        1
  6. ބޭބެ

    ދެން ސްޕްރީމް ކޯޓުން އަމުރެއް ނެރެންވީނު ތަކުރާރުކޮށް ގާނޫނާ ޚިލާފަށް ކަންކުރަމުންދާ މީހުން ހައްޔަރުކޮށް މައްސަލަ ބަލަން ތަންފީޒީ އިދާރާތަކުގެ މައްޗަށް!! އެކަންވެސް ބަލަން އެބަޖެހޭ ތިކަންވެސް ބަލަން އެބަޖެހޭ!! ހަދާނަހަދާ އެނގެން އެބަޖެހޭ!

    54
    2
  7. ށާބަސް

    ސާބަހޭ އުއްތަމަ ފަނޑިޔާރު. ލާދީނީ ބައިގަނޑާއި ދެކޮަޅަށް ތިޔަކުރައްވަނީ އަގުހުރި ޖިހާދެއް. ތިޔަ ކުރައްވާ ހިއްވަރަށް އަހަރެން ސެލިއުޓްކުރަން

    78
    13
  8. މޯދީ

    ކޮބާ ބަދަލުގެންނަން ފޫގެޅި މީހުން!

    65
    3
    • ސަހަރޯ

      މިއޮތީ އިންސާފުވެރިކަން އަނިޔާވެރިކަމަށް ބަދަލުވެފަ. ހަހަ

      13
      1
  9. ޢެދުރު ހަސަން

    ޢޭއި މިހިރަ މީހާ. ކޯޓުތަކުގެ ގާނޫނާއި ގަވާއިދުގެ ވާހަކަ ނުދައްކާމަޑުން ހުރޭ.ދިވެހިންނަކައް އޮޅިފަކައި ނެތް. ލައްކަދުވަސްވަންދެން ގަޔައް ބޮލައް ނާރާ ކެތްކޮއްފިން. ގާނޫނުގެ ވާހަކަ ދައްކައިގެން އިތުރައް އޮޅުވާލަން ނޫޅޭ. ވަގުތު ފާއިތުވެއްޖެ.އަގުބޮޑު ކާރާއި ލަގްޒަޔީ އެޕާރޓް މަންޓްދީފަ އަދި އެއްއަތުން ނުއުފުލޭ ވަރުގެ މުސާރަބޮޑިއެއް ދިނީމަ ތިބެނީ ސައިޒު އޮޅިފަ.

    21
    64
  10. ސުޢޫދު

    ތުރީވީލް ވަންޑީ ނޫނީ ކުރޮޅިއެއްގަ ދަތުރުކޮއްފަ ނެތުމުން ދިމާވިގޮއެއް. 3 ބާރު ވަކިނުވާކަން އިހުސާސުވާނީ މިއިންއެއްމެރަނގަޅައް އެއިންެއްފުރޮޅެއްގަކަމެއްދިމާވާފަހަރު ކުރާދަތުރައް އެޅޭހުރަސްތަކުން

  11. މިއަދު.

    ރަޢިޔްތުން ބަލަންތިބެންވީއެއްނޫ ހެޔޮބަސްބުނެ ހެޔޮމަގަށް ކަންކުރުވަށް ގޮވާލާ އެތަންތަނަށް ދާންވީ

    7
    1
  12. ރަންގޮމާ

    އެމަންޖެ ތަމެން ލައްވާ ކިތައް ކިތައް ޖަރީމާ ހިންގިބާ! މިވަރުން ފުދޭނެކަމަށް ދެކެން.

    3
    4
  13. މުފައްކިރު.

    ކަންކަން ރަގަޅުކުރުމުގެ ވަޢުދާ އެކު އައި ސަރުކާރަކުން ހުރިހާ ބާރުތައް މުށުތެރެއަށްލާ މުޅި ގައުމު މަޖިލިސްގެ ރައީސްގެ ކޮންޓްރޯގެ ދަށަށް ގެންދާތީ ވަރަށް ކަންބޮޑުވޭ އިންޝާﷲ . ދާދި އަވަހަށް މިވަބާއިން ގައުމު ސަލާމަތް ކުރައްވާށި.

    13
    1
  14. އަޙްމަދު

    ނަޝީދު ބޭނުން ހިސާބަށް ދާން ކުރެވެން އޮތް ހުރިހާކަމެއް އެނާ ކުރާނެ! ފުރަތަށް މަޖްލީހުގެ ރައީސަކަށް އަސްލަމްއޭ ކިޔައިގެން އެންމެ ފަހުން އެގޮނޑި ދަމައިގަތީ ޖުޑިޝަލް ސާރވިސްގެ ގޮނޑިވެސް ނަގަންވެގެން. މަޖްލީހުގެ ނައިބް ރައީސަކަށް އީވާ ގެންއީ، އިމްތިޔާޒް ފަހުމީގެ ބަދަލުގައި ޖުޑިޝަލް ސާރވިސް ކޮމިޝަނަށް ހިސާނު ހަމަޖެއްސީ މިދެތަނުގައިވެސް ނަޝީދުގެ ބާރު ގަދަ ކުރަން. ބޭނުންވާ ހުރިހާ ކުޅިއެއް ކުޅެ ރަނގަޅަށް ހުރިހާ މުވައްސަސާތަށް މުށުތެރެއަށް އައުމަށްފަހު ބަރުލަމާނީ ނިޒާމް ގެނެސް ބޮޑުވަޒީރު ކަން ކުރުމަކީ އަސްލު ދާން ބޭނުންވާ މިސްރާބް!

    14
  15. ހުސެން

    ހުރިހާ ފަނޑިޔާރުން އިހުތިޖާޖުކުރުމުގެ ފުރުސަތު ޤާނޫނު އަސާސީ އިން ލިބިދޭ

    13
    1
  16. އަލީމޫސާ

    އެއްކަލަ ދިއްލާދިން ބޮކި ތަކާއި މާކަރީ ލައިޓް ތަކުގެ އަލީގެ ހޫނު ތިކުރަނީ ކެއްކޮއްލައްވާ އަދި ރަގަޅުވާނެ. އެޖެންޑާ 19 ވަރަށް ތަފާތު ވާނެ.

    13
  17. ޢަޒްލާ

    އެމްޑީޕީއަކީ ހަމައާއި އިންސާފް ދަންނަ ބައެއްނޫން ކޮންމެ ކަމެއް އެމީހުން ކުރީމަ ރަނގަޅު އެހެން ބައަކު ކުރީމަ ގޯސް

    15
    2
  18. ނައިންޓީ

    ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އުލުބައިންދަން ވެއްޖެއްމު. ބައެއް ފަރާތްތަކަށް ކިޔަން އެނގެނީ އެއްވެސް މީހަކަށް ޤާނޫނުގެ މަތީ ނުހުރެވެނޭ. އެހެންކިޔާއިރު ކޮންމެ މުއައްސަސާއަކަށް ލިބިދޭންޖެހޭ ހައިސިއްޔަތާއި މިނިވަން ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އަރައިގަންނައިރު އެވަނީ ކޯޗަކަށްތޯ؟ ކޮބާތޯ ޤާނޫނީ ބާރު؟ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ހިތުހުރި ގޮތެއް ހެދީމާ އެއީތޯ ޤާނޫނީ ބާރު؟ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން މިއުޅެނީ ގެންތަ؟

    9
    1
  19. ސައިމާ

    ހިތްވަރެއް ހުރިއްޔާ ހިބަރުވަދެއް ދޫކޮށްލަބަލަ. ނިމުނީނު.

    7
    1
  20. ހިބަރުވަދު

    އައްނިގެމައްސަލައެއްތިޔަކޯޓައް ހުށަހަޅައިފިނަމަ ބައްލަވަންކެރިލައްވާނެތޯ މީގެކުރިން ނެރުނުއަމުރުގަ އޮތީ މައްސަލަތައް އަލުންބަލަންއަންގާފަ މިހާރު އަނހަރުވެގެންދިޔައީ

    13
    1
  21. މަޒް

    ފަނޑިޔާރުކަމުން ސަސްޕެންޑް ކުރުމުން އަދި އެއަށްފަހު ވަކިކުރުމުން އަދާ ކުރާނެ ގާނޫނީ ޒިންމާއެއް ނޯންނާނެ.. ފަނޑިޔާރަށްވެސް ހީކުރެވުނީ ގޯސްކޮށް.. ފަނޑިޔާރުކަމުގައި މަތިކުރެވިފައި ހުރި ގާނޫނީ ޒިންމާތަކަކީ އުމުރުދުވަސް ނުވަތަ މަރު ދުވަހާ ޖެހެންދެން ވާރުތަކޮއްފަ ހުރި ޒިންމާތަކެއް ނޫން.. މުޅިން އޮޅިވަޑައިގެންފަ ތިޔަ ހުންނެވުނީ..

    2
    9
  22. ސާބަސް

    އުއްތަމަ ފަންޑިޔާރު ހެލްޕް ހެލްޕް ގޮވާއިރު މިގައުމް ދިފާއުކުރަން ހުވާ ކޮއްގެން ތިބި ސިފައިން ކޮބައިތަ؟

    14
    1
  23. ހަނަފީހަންބަލީ

    އުއްތަމަ ފަނ ޑިޔާރު މިއަދު ހިތާމަނުކުރައްވާ. މާކުރިން މިގައުމުގެ ގިނަރައްޔިތުން މިދުވަހާ ބައްދަލުކުރައްވަން މަނިކުފާނައްޖެހިވަ ޑައުގަންނަވާނެ ކަމުގެ ވާހަކަ ބުނަމުންދިޔައިރު އެއަ ޑު މަނިކުފާނައް އިވިވަ ޑައިނުގެން އެރައްޔިތުންނައް ދެއްވީބީރުކަންފަތެއް. އަދިވެސް މަނިކުފާނައް ވަގުތުއެބައޮތް. ނަމަވެސް ފަަސްޖެހިވަ ޑައިނުގެން ހިތްވަރުކުރައްވައިފިނަމަ ފާއިތުވިދުވަސްއިޔާދަކުރެވިދާނެ. ދައުލަތުގެ ތިންބާރުގެ ތެރެއިން އެންމެފަހުބަސް ބުނުމުގެ ބާރުމިއަދުވެސްއޮތީމަނިކުފާނުއަތްޕުޅުގަ. ވީމާ ހިސާބައްތުރެ ފެންމައްޗައް އަރާގެން ހަތަރެސްފައިއޮޅިގެން އުޅޭބަޔަކު ކުރާނެހާކަމެއް ކުރާނެގޮތަކަށް ކުރަންދޫކޮށްލައްވާގެން ނުހުންނަވާ!! ﷲފިޔަވާ އެހެންއެއްވެސްފަރާތަކާމެދު ބިރުވެތިވާކަށް ނުޖެހޭނެ. ފަހަރުގަ މިއަދު ދުންޔަވީގޮތުން މަގާމެއް ގެއްލިވެސްދާނެ . އެހެންނަމަވެސް ކެރިވަ ޑައިގެން ކުރިމަތިލައްވާ!! ފަސްޖެހިވަ ޑައިގަތުމެއްނެތި މަނިކުފާނާއި ހަވާލުވެފަވާ ޒިންމާ އާއިވާޖިބުތައް އަދާކުރުންމަތީ ދެމިހުންނަވާ!! ﷲ މަގުގާސާބިތުވެ ހުންނަވާ!! ﷲއަށް ބިރުވެތިވާ މިގައުމުގެ ދިވެހިރައްޔިތުން މިތިބީ މަނިކުފާނާއިއެކުގަ. ﷲ އިރާދަކުރެއްވިއްޔާ މިގައުމުވެއްޓެންމިދާ އަނދަވަޅުން ސަލާމަތްކުރެއްވޭނެ ހަމައެކްނި ވެރިޔަކީ ތިޔައީ. ވަﷲޢަޢްލަމް.

    8
    2
  24. މެލޭ

    ޢިބޫ މާހެޕީ ވާނެކަމެއް ނެތް ، ދެންއޮތީ ކަލޭ ބުރުވާލުން! މީ ވަރަށް ވާހަކަ!!

    9
    1
  25. ކޮކަ ޑިކޭ މީދަލައް ފެންދިނީމާ ވާންވީގޮތް ތިވީ...

  26. އިބްރާހިމް

    ސުޕްރީމްކޯޓް ފުނޑާލީ ލާދީނީ ބައިގަނޑު. ގައުމެއް ލާދީނީކުރަން އެންމެ ފުރަތަމަ ކުރާކަމަކީ އެގަެުމެއްގެ ޝަރުއީ ނިޘާމްގެ ދުވަސް ދުއްވާލުމެވެ.

    11
  27. ހޫދު

    ގާނޫނެއް އޮތްތަނެއް ނަމަނު ގާނޫނީ ޒިންމާ އަދާކުރަން އޮންނާނީ... ވަގު ވޯޓު މައްސަލަ ސުޕްރީމް ކޯޓުން ބަލާ އޭރު އިންސާފުން ކަން ކުރިނަމަ ތި ގާނޫނީ ޒިންމާ އޮތީސް އަދާކުރަން.

  28. ޢިކުރާމު

    ތީނޫސްވެރިޔެއްތަ ބޭރުކުރީމަ ދާންނޭނގިގެން ތިޔައުޅެނީ

  29. އައްޔު

    ކޮމެންޓްކުރާ ބައެއް ކުދިން ވިސްނަނީ ކޮންތާކުންތޯ؟ ބަލަގަ އިސްލާހުކުރުމަކީ އެމްޑީޕީއަށް ނިސްބަތްވާ ފަޑިޔާރުން ކޯޓުތަކަށް އައްޔަންކުރުންތޯ؟ ތިމަތިމާމެންނަށް އަނިޔާވެރިވީ މީނައޭ އެހެންވީމާ މީނާއެބަޖެހޭ އަނިޔާކުރާން މިއުސޫލަކީ އިސްލާމްދީން ދަންނަ އުސޫލެއްނޫން އުއްތަމަ ފަޑިޔާރު ބައިވެގެން 01 ފެބްރުއަރީ އަމުރު ރަންރީނދޫ މީހުންނަށް ފަހިވާގޮތަށް ނެރުނުއިރު އުއްތަމަވެސް ފަޑިޔާރުންވެސް އޯކޭ ހަމަ އެއަމުރު ބާތިލް ކުރި އުއްތަމަވެސް ފަޑިޔާރުންވެސް ގޯސް މީ އިންސާފުތޯ؟ ރާއްޖެއަށް ބޭނުމީ އިސްލާހުގެ ނަމުގައި ބަދަލުހިފާ ބައެއްވެސް ނޫން އަދި އަންބޮނޑިބޮޑު ކުރާ ޒާތުގެ ބައެއްވެސް ނޫން. ސްޕްރީމްކޯޓަކަސް އަދި އެހެންކޯޓަކަސް ފަޑިޔާރުން އައްޔަންކުރުމުގައި އެމްޑީޕީ ނުވަތަ ޕީޕީއެމް ފަޑިޔާރުން ލައިގެން ނުވާނެ އޭރަށް އަދި 30 އަހަރު ނަގާނެ ތިމިސްޓޭކް އިސްލާހުކުރުމަށް

  30. ރެކިދިޔެ

    ގާނޫނަށްވުރެ މަތީގައި އުއްތަމަ އަކަށްވެސް ނުހުރެވޭނެ.