މަހާނަ ކޮންނަން އިންދާ ކުޅުދުއްފުށިން ހައްޔަރު ކުރި މީހާގެ ބަންދުގެ މުއްދަތު ޖަހަން ކޯޓަށް ހާޒިރު ކުރުމުން ޝަރީޢަތުގެ މަޖިލީހުގައި އޭނާ އާދަޔާއި ހިލާފު ވާހަކަތަކެއް ދައްކައިފިއެވެ.
ޢުމުރުން 19 އަހަރު މިޒުވާނާ ހައްޔަރުކޮށްފައިވަނީ ކުޑަ މިސްކިތުގައި ގަބުރުސްތާނުގައި މަހާނައެއް ކޮންނަމުންދަނިކޮށް މިދިޔަ އާދިއްތަ ދުވަހު އިރުއޮއްސި 18:30 ހާއިރުއެވެ.
ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓާއި ހަވާލާދީ "ޕީއެސްއެމް" އިން ބުނީ ގަބުރު ކޮނުނީ އޭނާގެ ކޮއްކޮއެއް މަރުވެފައިވުމުން ގަބުރުތައް ކޮނުމުން ކޮއްކޮގެ ގަބުރާއި ދިމާވާވެދާނެކަމަށް ގަބޫލުކުރެވުމުންކަމަށް ބަންދުގެ މުއްދަތު މަޖިލީހުގައި އޭނާ ބުނެފައިވާ ކަމަށެވެ.
މަހާނަ ކޮންނަމުން ދިޔަ ވަރަކަށް ގޮތްނޭނގޭ މީހަކު އޭނާއަށް ހިތްވަރުދެމުން ދިޔަކަމަށާއި އެގޮތުން ހުއްޓާނުލައި މަހާނަ ކޮންނަމުން ދިޔުމަށް އެ މީހަކު ބުނަމުން ދިޔަކަމަށް އެމަޖިލީހުގައި އޭނާ ބުނިކަމަށް ކޯޓުން މައުލޫމާތުދިފައިވެއެވެ. އަދި މަހާނަ ކޮންނަމުން ދިޔަ ވަގުތު އޭނާގެ ފައިން ވިދުވަރެއް އަރަމުން ދިޔަކަމަށާއި ގަބުރަސްތާނަށް ގަބުރު ކޮނުމަށް ވަނީވެސް ބިރުން ހުރެކަމަށް އޭނާވަނީ ބަންދުގެ މަޖިލީހުގައި ބުނެފައެވެ.
ފުލުހުން ވިދާޅުވީ އޭނާ ހައްޔަރުކުރިއިރުވެސް މަސްތުވެފައި ވާކަމަށް ބެލެވޭކަމަށާއި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކުޅުދުއްފުށީ ކޯޓަށް އޭނާ ގެންދިޔައިރުވެސް އޭނާ ހުރީ މަސްތުވުމަށް ބޭނުންކުރި އެއްޗެއްގެ އަސަރު މުޅިން ނުފިލައި މަސްތުގެ ހާލަތެއްގައިކަމަށް ބެލެވޭކަމަށެވެ.
ކުޅުދުއްފުށީ ކުޑަ މިސްކިތުގެ ގަބުރުސްތާނު ކޮންނަނިކޮށް ހައްޔަރުކުރި ޒުވާނާގެ ބަންދަށް ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ.
އޭނާއަށް ވަސްވާސްދެމުން ހިތްވަރު ދެމުން ދިޔައީ ޖިންނި އެއް އެއްވެސް ޝައްކެއް ނެތް!
ބޮއެގެން ވާނުޗާގަ ހުރީމަ ހިރިހާ ވައްތަރެއްގެ ޖިންނިންނާވެސް ވާހަކަ ދެއްކޭނެތާ.. ވިދުވަރުވެސް ފެންނާނެތާ.. ހަކުރު ބޯން ކަށި މިނިކަށި ހޯދަން މިހާރު ދެން މޮޅެތިވާހަކަ ދައްކާނެ
ހީ މަސްޓް ބީ އޭން އާކިއޮލޮޖިސްޓް
ތިޔާ އެޖިންނި ދީ.....
ކަލޭތިޔާ އެ ޖިންނި އަކީ
މަސްތުވެގެން ހުންނައިރު ރަންބިން ފެންނަ ކަމަށް ހިވާކަަށްވެސް މީހުން ބުނޭ އެހެންވީމަ ހޭބުއްދި ފިލާފަ ހުރި އިރު އޭނާއަށްހީވެދާނެ ތޯއްޗެ މިކޮންނަނީ ރަން ވަޅެކޭވެސް
އެމް ޑީ ޕީ ވަ އެމް ޑީ އެން ވަ ސޫދު ގެ މިނިވަން ފިކުރުގެ ޖާހިލެއް
މަސްތުވެ ހުރެ މީހުން ދައްކާ ހޮޅި ވާހަކައަކީ ކޯޓު ކީއްކުރަން ހަބަރުގަވެސް ދައްކާވަރު ވާހަކައެއް ނޫން.
އާނ ތިވާނީ އޭނާކަހަލަ މަސްތުވާތަކެތި ބޭނުންކުރާ ޖިންނިއަކައް
މަސްތުގެ ހާލުގައިވާ މީހާޔަށް ކިތަންމެ ކަމެއްވެސް ފެންނާނެ ކަމށް ވަނީ....
އެޔަކީ އާކަމެއް އަދި އާދަޔާ ޚިލާފުވާހަކައެއްވެސް ނޫން. ޢެއަށް ކިޔާއުޅެނީ "ރަން ބުއްދި" ވުން
ތިކަހަލަ މީހުންގެ ވާހަކަ ތިޕުރަމޯޓް ކުރަނީ ހަމާގަނެތްބަޔަކު އުދުހިފަވެސްއުޅޭނެ
Kurin masthuvi meeheh tho engen beynun
Sihuru jehifa ehuree. Masthuve amilla hasheege control gelluneem shaithaanaa ah faseyhavaane insaanun control kohlan. Mee parteys visnan vehje kameh mihaaru. Masthuvumakee cool kameh noon. Hamaiga hunna iruves hasheega ley dhauruvaa fadhain shaithaanaa dhauruvey. Masthuveema kobaa haalaky?
ޓްރިޕުގަ މަ ގިރިގެން މިދަނީ، ކޮބާ ޑަކުޓަރު؟
އަހަރުމެންގެ ނޫސްވެރިއެއް އެއީ
އެއީ އާކިއޮލޮޖިސްޓެއް
މިކަހަލަ ކަމެއްކުރީމަ މީހާގެ ނަމެއް ފޮޓޯއެއް ނުޖެހޭ... އާދައިގެ މީހެއް ކުޑަކަމެއްކުރިިނަމަވެސް ނަމާއި ފޮޓޯލާނެ..
މީ ދިވެހީނަކީ! މިތާނގަ ކޮމެންޓް ލިޔެފަ ތިބި މީހުން ކަމަށް މިބަލަނި މަހާނަ ކޮނުން އިރު ހިތްވަރު ދޭން ތިބީ!
މިތާ ކޮމެންޓް ކޮއްފަ ތިބި އެންމެން ތިބީ މަސްތުވާ އެއްޗެއް ބޭނުން ކޮއްގެން ކަމަށް ލަފާކުރެވެ!
މަސްތުގެ ޙަލުގައި ހުރީމާ އެވަޅުން ދިރޭރަހަ ޚޯދުލައި އަރަމުންދާތީ އޭނާއަށް އެފެންނަނީ. ޢަދި ދޮހޮއްކޯބޭގެ ނަނާ ހުވަފެނުން ފެންނަ ހުރިހާކަމެއް އެފޮރަށް ފެންނާނެ.