ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ މެންބަރުކަމަށް ޢައްޔަން ކުރައްވާ ހަތް ބޭފުޅުންގެ ނަންފުޅު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.

ޕީސީބީ މެންބަރުކަމަށް އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ފޮނުއްވި ބޭފުޅުންގެ ނަންތަކަކީ،

1 . އަލްފާޟިލް ޙަސަން ވަޙީދު، ކުދިމާގެ، ގދ. ތިނަދޫ

2 . އަލްފާޟިލް ޢާޞިމް މުޙައްމަދު، ގ. މެޒަރިން

3 . އަލްފާޟިލާ ޢާއިޝަތު ޝާޒުލީ، މ. ސެވޯއީ

4 . އަލްފާޟިލާ ރުޝާހާ އަޙްމަދު ޝަރީފް، ހ. އޮއިސިސްވިޔޫ

5 . އަލްފާޟިލް ޢަލީ ޝަފީޢު، މ. ހުދުކަނީރުގެ

6 . އަލްއުސްތާޛު ޢަލީ ޝުޖާޢު، ފަހަލަ، ޅ. ހިންނަވަރު

7 . އަލްފާޟިލް އަޙްމަދު ޝަރީފް ޔޫސުފް، މ. ސަތާވަރީގެ

ރައީސް ސާލިހު ޕީސީބީގެ މެންބަރުކަމަށް ހަތް ބޭފުޅަކު ޢައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ފޮނުއްވާފައިވަނީ މިއަދު އެވެ.

ޕީސީބީގެ ބޯޑު އަލުން އެކުލަވާލައި ބޯޑުގެ ރައީސް އާއި ނައިބް ރައީސްގެ މަގާމަށް ބޭފުޅުން އައްޔަންކުރެއްވީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. އެގޮތުން ބޯޑުގެ ރައީސްގެ މަގާމަށް އައްޔަންކުރެއްވީ ހަސަން ވަހީދު އެވެ. އަދި ނައިބް ރައީސްގެ މަގާމަށް އައްޔަންކުރެއްވީ އާސިމް މުހައްމަދު އެވެ.

ޕީސީބީގެ ރައީސްކަމުގެ މަގާމުގައި މީގެކުރިން ހުންނެވީ މުހައްމަދު ނިޒާރެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބޮޑާބެ

    ޢައްޔަންކުރުންނޫންކަމެއްނެތް