އިލެކްޝްނަސް ކޮމިޝަން (އީސީ) ގެ މެމްބަރު ކަމަށް ފުއާދު ތައުފީގު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ކަމަށް މައްޗަންގޯޅި ތަޅަމުދިގޭ އަލްފާޟިލް ފުއާދު ތައުފީގު އައްޔަން ކުރަން ރުހުން ދިނުމަށް ފާސްކުރީ މަޖިލީހުގެ މިއަދުގެ ޖަސްލާގައި އެ ކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 70 މެންބަރުންގެ އިއްތިފާގުންނެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ކަމަށް 10 ބޭފުޅަކު ކުރިމަތި ލެއްވި އިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރުހުން ދީފައި މަޖިލީހަށް ފޮނުވާފައިވަނީ 4 ބޭފުޅެއްގެ ނަމެވެ. ފުއާދުގެ އިތުރުން އީސީގެ ނައިބު ރައީސް އަމްޖަދު މުސްތަގެ ނަންވެސް ވެސް ތަޅުމަށް ވަނީ ފޮނުވާފައެވެ.

ރައީސް މަޖިލީހަށް ފޮނުއްވެވި ހަތަރު ބޭފުޅުންގެ ތެރެއިން މިނިވަން މުއައްސަސާއިން ދިރާސާކޮށް އެންމެ ގިނައިން މާކްސް ދީފައިވަނީ ފުއާދަށެވެ. ފުއާދުގެ ނަން މަޖިލީހަށް ފޮނުވާފައިވަނީ މިދިޔަ މަހުގެ 31 ގައެވެ.

ފުއާދަކީ މީގެ ކުރިން ވެސް އީސީގެ މެންބަރު ކަން ކުރެއްވި ބޭފުޅެކެވެ. ފުއާދު ވަނީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރު އެކޮމިޝަންގެ ރައީސް ކަން ކުރައްވާފައެވެ. އޭރުގައި ވޯޓު އޮޅުވާލި ކަމުގެ ތުހުމަތު ތަކެއް ފުއާދު ކޮށްފައިވާ އިރު އޭނާ ވަނީ އެކަން ދޮގު ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ތުރިޕުލްއެލް

    ވެލްކަމް ބެކް

    4
    21
  2. އާނިޔާ

    ތިއައީީ އިބިލީސް .ދެންތިބޭބަލަން

    22
    2
  3. ބުރާންޗު

    ރަނގަޅަށް ވާހަކަވެސް ނުދެއްކޭ މީހެއް ކިހިނެއް ރައްޔިތުންނަށޤ ޖަވާބުދާރީވާނީ؟

    22
    5
  4. އަދާލަތު

    މަރުޙަބާ އަޚު ފުވާދު.

    2
    23
  5. ސަދީ

    ފުއާދަކީ ބާޢީ ލުތުފީގެ އެއްބަނ ޑު ކޮއްކޮ އެބައިގަނ ޑައް ވަޒީފާ ދޭންމަޖުބޫރުވާނެ

    25
    1
  6. ހުސޭނުބޭ

    ސީދާ އެމްޑިޕީގެ އެކްޓިވިސްޓެއް! ދެން އިންތިޚާބެއް ކައިރިވާއިރަށް ބަދިގޭ އުދުނުުބުޑުންވެސް ބުއްޅަބެޔާ ބައްދަލުކުރާނެ!

    21
  7. މުހައްމަދު

    ހެހެހޭ މިއޮށްފަދަ ދަނޑިވަޅުގަ މިކަހަލަ މަރުމޯލެއް ނޫނީ ހަމަނުފެނުނީތަ މިކަމަށް ގާބިލް ކިތައްމީހުން އެބަތިބި ލާން ނަމަވެސް ކީއްކުރާނީ ލަނޑަޔާވާނީ ހަމަލަނޑަޔާ ވަގުން ނަށް ފެންނާނީވެސް ހަމަވަގުން މިކަލޭގެ ކުރިކަންތަކާ ހުރިކުޅަދާނަކަން އަހަރެމެން ބަލައިފިން އެއްވެސް ކުރިއެރުމެއް ގެންނާކަށް ނުވިސްނާނެ ބަލާނީ ބިސްމަޅިދުއް ވައިގެން ހުރެވޭތޯ ހެހެހެހޭ ބަރަވެލި ސަރުކާރު މިޔޮތީ

    19
    1
  8. އާދަމްބެ

    ފުއާދު އައިމަ ހަތަރެސްކަން ތިޔަ ހަމަވީ.

  9. އަލީ

    ފުރޯޑު ތައުފީގު އަނެއްކަ. މީދެން ބޮޑުވަރު.