ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅައިފައިވާ ބަޖެޓު ފުރިހަމަ ކަމަށާއި، އެހެން ނަމަވެސް މިދިޔަ ސަރުކާރުން ނަގައިފައިވާ ލޯނުތައް މިބަޖެޓުން ދައްކަން ޖެހުމުން "ނޭވާ ހިފަހައްޓާލަން ޖެހޭ" ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ މިހާތަނަށް 27 މެނަބަރަކު މިހާރު ކުރިއަށްދާ ބަޖެޓު ބަހުސްގައި ބައިވެރިވެ ބަހުސް ކުރައްވާފައި ވާކަމަށާއި، އޭގެ ތެރެއިން ގިނަ މެންބަރުން ވަނީ ދިވެހި ދައުލަތުގެ ދަރަންޏާށް އަލިއަޅުވާލައިފައި ކަމަށެވެ. އެކަން ފާހަގަ ކުރައްވާ ރައީސް ނަޝީދު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ވަނީ ޓްރެޝެރީ ބޮންޑެއް ވިއްކާފައި ކަމަށާއި، އެބޮންޑް "ގޮސް ހުއްޓި އޮތީ" ޗައިނާ ކުންފުންޏަކަށް ކަމަށެވެ.

އަދި އެބޮންޑަށް ވާ ފައިސާ އަންނަ އަހަރުގެ ތެރޭގައި ދައްކަން ޖެހޭ ކަމަށާއި، އެފައިސާ ދެއްކުމަށް ދިވެހި ދައުލަތުން ތައްޔާރު ވުމަށްޓަކާ ރިޒާވެއް ކުރަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެހެން ނަމަވެސް ސަރުކާރުން ގައުމަށް ކުރަން ނިންމާފައި އެހެނިހެން ހަރަދުތައްވެސް ކުރާނަމަ އެފަދަ ބޮޑު ދަރަންޏެއް ދެއްކުމަކީ ދަތި އުނދަގޫ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނަޝީދުގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ، އެކަމަށް ތައްޔާރުވެ ފިނޭންސް މިނިސްޓްރީ އިން އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ހަމަޖެއްސިއިރު ބޮންޑެއްގެ ވާހަކަ ބަޖެޓުގައި ހިމަނާފައި ވާކަމަށް ވިދާޅުވެފައެވެ.

"ކުރީ ދަރަނިން އަރައިގަތުމަށް އަނެއްކާވެސް އެހެން ގެއަކަށް ގޮސް ދަރަނިވެރި ވީ. އެހެން ނަމަވެސް މަޖިލީހުގެ ވިސްނުން އެބަހުރި 2022 އެއީ ނާޒުކު އަހަރެއް ކަމަށް" ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ މިއަދު އަންނަ އަހަރާއި މެދު ނުވިސްނައިފި ނަމަ އެއަހަރު ވެގެން ދާނީ "އަނދިރި ވިލާގަނޑެއްގެ" އަހަރަކަށް ކަމަށެވެ. އަދި މިނިސްތަރުގެ ބަޖެޓު ފުރިހަމަކަން ފާހަގަކުރައްވައި އެމަނިކުފާނު ވަނީ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރަށް ތައުރީފް ކުރައްވާފައެެވެ.

"އަޅުގަނޑު ދަންނަވާނީ މިނިސްޓަރުގެ ބަޖެޓު ކުޅަދާނައޭ. މިދެންނެވި ހިފެހެއްޓުމުން އަރައިގަތުމަށް ބަޖެޓު ކުރައްވާފައި އެވަނީ. އެހެން ވީމާ ޑެފިސިޓް ފުއްދާނީ އިގްތިސދީ ހަރަކާތުން. ނޭވާ އަޅުގަނޑުމެން ހިފަހައްޓާލަން ޖެހޭ. އެހެން ނަމަވެސް އަޅުގަނޑު ބެލިބެލުމުން މެންބަރުންގެ ވާހަކައިގައި މިނިސްޓަރަށް އިތުބާރު އެބަ ކުރައްވާ" އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ނިޒާމީ މަސްސަލައެއް

    އިއްޒަތްތެރި ރައީސް. ނޭވާ ހިފަހައްޓާގެން އެއްވެސްމީހަކަށް މާގިނައިރަކު ހުރެވިދާނެކަމަަކަށް އަޅުގަނޑު ގަބޫލެއްނުކުރަން. ބަޖެޓު ފުރިހަމަނަމަ ރައްޔިތުން ނޭވާނުލާ ހާސްކަމެއްގެތެރޭގަ ތިބެންޖެހޭ ސަބަބެއް އަޅުގަނޑަކަށް ނުވިސްނެ.

    26
  2. އައްޑޫ މީހާ

    މިފެށޭ 2020 ވަނަ އަހަރު ހުސްވުމުގެ ކުރިން ބަޖެޓް ދަވާލަން ނޭވާ ހިފެހެއްޓިފަ ތިހިރީ އެކަން ކުރާނީ ކިހިނެއްކަން ނޭގިގެން މިދިޔަ ސަރުކާރުގެ ލޯނޭ ކިޔާފަ ކޮން އޮޅުވާލުމެއް މިސަރުކާރުން ނެގި ލޯނުތަކަކީ ދައްކަން ނުޖެހޭ ލޯނުތަކެކޭތަ ތިބުނަނީ؟

    26
    2
  3. ވިސްނާ

    ސިޔާސީ ބޮލުރޮދިންގެ އަތްދަށުން މިގައުމު ސަލާމަތްކޮށް، ސިޔާސީ ގޮތުން ތަސައްރަފު ފުދިފައިތިބި އިލްމުވެރީންނާ މިގައުމު ހަވާލުކުރާ ވަގުތު އަދިވެސް ނުޖެހޭތޯ؟

    23
  4. އިއްބެ

    ބަލަ މައުމޫން ވެރިކަން ނިމުނު އިރު ދަރަނި އޮތީ 11 ބިލިޔަންގަ. އޭގެ ފަހުން އައި މީހާ 3 އަހަރު ކޮށްފަ ތަޚުތުން ފުރޮޅައިލިއިރު އެ ދަރަނި އޮތީ 29 ބިލިޔަނުގަ. ހިންގި މަދު މަޝްރޫޢުތައް ހިންގީ ކޮންޓްރެކްޓަރ ފައިނޭންސިން އުޞޫލުން ނޫނީ ޕީ. ޕީ. ޕީ ގެ ދަށުން. "ބައި ޓާރމް މީހާ"އިން ޑިޔާއިން ނެގި ލޯނު ތައް ވަގުތުން ދައްކަން އެންގުމުން އެވެސް ދެއްކި. ދެން އައި ރައީސުން. މޭބޮ ޑެއް ނުވޭ ބައިޓާރމް މީހާ ޤައުމު ދަރަނީގެ ހާއްޔަކަށް ހަދާފަ ދިޔައިރުވެސް. ބައި ޓާރމަށްފަހު، 2018 ނޮވެމްބަރު މަހާ ހަމައަށް ޤައުމުގެ ތަރަ އްޤީ ދިޔައީ ރޮކެޓް ސްޕީ ޑްގައި ކުރިއަށް. 2018 ނޮވެމްބަރުން ފެށިގެން އިޤްތިޞާދު އައި ސީ ޔޫ ގައި. ކޮބާ ލަދް؟؟؟؟؟؟؟

    28
    2
  5. ސުވާލު

    އިންތިގާލީ ސަރުކާރު ނިމޭކަށް ނޫޅޭތަ؟

    21
  6. ހެލޯ

    އަދުވެސް ޝާހިދުމެން ފޮނުވް މޮރޮކާއާ ބޮރޮކޯއަށް. އަންނިބެ ހުރެބަލަ ނޭވާ ނުލާ

    21
  7. ހުސޭނުބޭ

    ނޭވާހިފަހައްޓަންޖެހެނީ ކައިލެއް ގިނަކަމުން ކަރުބުޑުގައި ތާށިވީމާ! ޔަޤީން މިހާރު ތީގެ އެއްބައި ކައިގެން ވަގުކަލޭގެ އެތާ އޭނީ!

    14
    1
  8. އިބްރާހިމް

    މުޅި ފަސްއަހަރުދުވަހު ނޭވައި ހިފަހައްޓައިގެން އުޅެންމިޖެހުނީ. ނޭވަޔާކުޅޭނެކަން ކުރިން އެނގުނުނަމަ ވޯޓެއްނުދިނީމުސް.