އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ސަސްޕެންޑްކޮށްފިއެވެ.

އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޒު އާދަމް މުޙައްމަދު އަބްދުﷲ ވަކި ކުރަން ނިންމާފައިވަނީ މިއަދު އެ ކޮމިޓީއިން ބޭއްވި ބައްދަލުވުމެއްގައެވެ.

މި ދެ ފަނޑިޔާރުން ސަސްޕެންޑްކޮށްފައި ވަނީ ދެ މަސް ދުވަހަށެވެ.

ޖޭއެސްސީ އިން މިއަދު ނެރުނު ބަޔާނުގައި ވިދާޅުވީ، އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޒް އާދަމް މުހައްމަދު އަބްދުﷲ އާއި ބެހޭ ގޮތުން އެ ކޮމިޝަން އިން ތަހުގީގުކުރި މައްސަލަތަކުގެ ބާވަތައް ބަލައި، ޝަރުއީ ދާއިރާގެ އިތުބާރު ނެގުހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް އެ ދެ ފަނޑިޔާރުން، ފަނޑިޔާރު ކަމުން ވަގުތީ ގޮތުން ދުރު ކުރުމަށް ފެންނަ ކަމަށެވެ.

މި ބަޔާނުގައި ބުނެފައިވަނީ ފަނޑިޔާރު ކަމުގެ މަސައްކަތުން އެދެފަނޑިޔާރު ވަގުތީ ގޮތުން ދުރުކުރަން ޖެހޭކަމަށް ފެންނާތީ، އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަލްއުސްތާޒު އާދަމް މުހައްމަދު އަބްދުﷲ 60 ދުވަހުގެ މުއްދަތަކަށް ދުރުކުރުމަށް ނިންމާފައިވާ ކަމަށެވެ.

"މި ކޮމިޝަންއިން ތަހުގީގު ކުރި މައްސަލަތަކުގެ ބާވަތައް ބަލައި، ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް، މިބޭފުޅުން ފަނޑިޔާރު ކަމުގެ މަސައްކަތުން ވަގުތީ ގޮތުން ދުރު ކުރަން ޖެހޭކަމަށް ފެންނާތީ، އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަލްއުސްތާޒު އާދަމް މުހައްމަދު އަބްދުﷲ 60 ދުވަހުގެ މުއްދަތަކަށް ފަނޑިޔާރުކަމުގެ މަސައްކަތުން ދުރުކުރުމަށް މި ކޮމިޝަނުގައި މިއަދު ވަނީ ނިންމާފައި" ޖޭއެސްސީން ނެރުނު ބަޔާނުގައި ވެއެވެ.

ޖޭއެސްސީން ބަލަމުން އަންނަނީ އުއްތަމަ ފަނޑިޔާރު ގާނޫނު އަސާސީއާއ ހިލާފަށް ކޮށްފައިވާ ހުކުމުގެ މައްސަލައެވެ. އެހެން ނަމަވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވީ ޖޭއެސްސީން ބަލަމުން އަންނަނީ ސުޕްރީމް ކޮޓުގެ ފަނޑިޔާރުން ކޮށްފައިވާ ހުކުމަކާއި ގުޅޭ މައްސަލަ ކަމާއި އެކަން ޖޭއެސްސީ އަށް ނުބެލޭނެ ކަމަށް ވިދާޅުވެފައެވެ. އަދި ތަހުގީގަށް ހާޒިރުވާން ފޮނުވި ނޯޓިހާވެސް އުއްތަމަ ފަނޑިޔާރު ވަނީ ހަވާލު ނުވެފައެވެ.

ޖޭއެސްސީ އިން ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲގެ ސުލޫކީ މައްސަލައަކާއި ގުޅިގެން ފަނޑިޔާރަށް ތަހުގީގަށް ހާޒިރުވުމަށް ނޯޓިސް ފޮނުވުމުން ވަނީ އުޒުރުވެރި ވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ. އަދި ތަހުގީގަށް ފޮނުވާފައިވަނީ ބާތިލް އަމުރެއް ކަމަށްވެސް ފަނޑިޔާރު ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ކަސަބު

    ބަރާބަރުނިންމުމެއް

    7
    50
  2. ކަނަމަނަ

    މިގައުމައް މިއޮތީ ކަޑުވިގަނި އަރށފަ ރައްޔަތުން ނިކުމެ މިކަން ހައްލުކުރަން އެދެން

    54
    4
    • މިދިލި

      ރައްޔިތުން ބޭނުންވާ ގޮތް މީ

      34
      39
    • ހުސޭނުބޭ

      ކަނޑުވިގަނި އިސްތިޢުފާ ދީފައި ދިޔާމައިވެސް އަނެއްކާ އަލުން ރައްޔިތުން ވޯޓުދީގެން ކަނޑުވިގަނި އެރުވީ!

      19
  3. ޖާބިރު އަލް ކަބީރު

    ކަނޑު ވިގަނި އެރިޔަސް ބަނޑު ވިގަނި އެރިޔަސް ރައްޔިތުން ނުކުންނާކަށް ނުޖެހޭ މިއީ ރައްޔިތުން އެދޭގޮތް

    6
    46
  4. Anonymous

    ސަދޫމް... މުސީބާތްޖެހި ޖެހިމިދަނީ އިމްތިހާން ވެވެމުން.

    11
    1
  5. ފާއިޒް

    ޖުޑިސަރީ ހަމައަކަށް އަޅުވާތަން ފެނޭ. ބާރު ލިބުނީމަ ހަދާނެ އެއްޗެއް ހަދަނީ ބަލަން ތިބޭތި އަންނަ ވެރިކަމުގަ ކަރުގަ ވާޖަހާގެން ދަމާލާނަން.. މިޤައުމު ހަލާކު ކޮށްފި މިވެރިކަން ގެންނަން ވޯޓްދިން މީހުނަށް މިކަމުގެ ރަނގަޅު ހިތިރަހައެއް ﷲ ސުބްހާނަހޫ ވަތަޢާލާ މިންވަރު ކުރައްވާށި...

    19
    2
  6. ބިޖޫ

    ތިކޮމެޓީއާއި ޖޭއެސްގަ ތިދީ މަރުނުވާނެ މީހުންކަމައްތަތިދެކެނީ ކަލޯމެންނޭ މަހުސަރަދުވަހުން ކަލޯމެންނެވެސް ހަމަ ހިސާބް ބެލޭނެކަން ހަނދާން ބަހައްޓާތި އިޒްރޭލެއް އެހެން ރޭލެއް ނޯންނާނެ އެދުހުން ތިހާކުނެއް ކަމުދާއެކަކުވެސް މިގައުމުގެ ހަލާކުން ތިޔައީ މިގައުމައްޖެހިފައޮތް މުސީބާތެއް ޔާﷲ ަ. އަޅަމެން މިނުލަފާ ޖާހިލުނގެ ކިބައިން ސަލާމަތްކޮއްދެއްވާނދޭ. ަ. ޢާމީން

    12
    1
  7. ދދދދދދ

    ވެއްޓެން ވަރަށް ކައިރި ވެއްޖެ. މާގިނަ ދުވަހެއް ނެތް.

    4
    1