ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ރައީސް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު، އަދި މަޖިލީހުން ޖޭއެސްސީއަށް ކަނޑައަޅާފައި ހުންނެވި މެމްބަރު ހިސާން ހުސައިން އައްޔަނުކޮށްފިއެވެ.

މިއީ ޖޭއެސްސީގެ ރައީސްކަން ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު ނޫން ބޭފުޅަކު އައްޔަން ކުރެއްވި ފުރަތަމަ ފަހަރެވެ.

އެ މަގާމަާށް މިއަދު ހިސާން އައްޔަންކޮށްފައި ވަނީ، އެ މަގާމުގައި ހުންނެވި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފު އެ މަގާމުން މިއަދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ޖޭއެސްސީން ވިދާޅުވީ، އެ ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން އިންތިޚާބު ކޮށްފައިވާ މެމްބަރު ހިސާން އެ ކޮމިޝަންގެ ރައީސް ކަމަށް އައްޔަންކުރީ މިއަދު ބޭއްވި އެ ކޮމިޝަންގެ ޖަލްސާގައި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ޢޭސީން

    އެންމެ ޖައްބާރު މީހާ މިއީ

    33
  2. ޢަލީކޮއި

    މިހާރު ނޭގިނަމަވެސް ތިޔަ ގޮވަނީ އަތަށް.

    26
  3. ރައްޔިތުމީހާ

    ވަރަށް ލަދު ހަޔާތްކުޑަ ނުލަފާ ގޮތެއްނެތް އަންހެނެއް.
    މީނައަށް ހީވަނީ މިދެން ތާއަބަދަށް މީނައަށް އުޅެވިދާނެތަނެއްކަމަށް. ވާނީވެސް އެހެންތާ، ދިވެހިރައްޔިތުންގެ ބައިތުލްމާލުން، ކޮންމެ މަހަކު އެއްލައްކަ، ފަސްދޮޅަސް ފަސްހާސް އެއްސަތޭކަ ރުފިޔާ ހަމައެކަނި މަހު މުސާރައަށް މީނަޔާ މީނަގެ ފިރިމީހާއަށް ދެމުންގެންދާއިރު. އަދި ކޮބާ އެހެނިހެން އިނާޔަތްތަށް؟

    11
  4. ބޮކަރ

    އާމާލް ދަ ބޯހަރު ކުލޫނީ

  5. މުހަންމަދު.

    ގިޔާމަތް ދުވަހުން ތިހެން ނުފުއްޕޫނެކަން ހަދާދް ކުރާތި.

    11
  6. ޢަލިއާ

    ހަލާކު ހުރި!

    10
  7. ކެޔޮޅު

    ހިސާންއަކީ މިޤައުމުގަހުރި ޤާނޫނުކިޔަވައިގެންހުރި އެންމެބޮޑުޖާހިލު!!

    12
  8. ޟމ

    އިންސާފްގެ ދަތުރު
    1- ޤައުމުގެ ރައީސް: އިބްރާހީމް މުޙައްމަދު ޞާލިޙް( އެމް.ޑީ.ޕީ)
    2- މަޖްލިސް ރައީސް: މުޙައްމަދު ނަޝީދު ( އެމް.ޑީ.ޕީ)
    3- ޖުޑީޝަލް ސަރވިސް ކޮމިޝަން ރައީސް: ޙިސާން ޙުސައިން
    4- އިލެކްޝަން ކޮމިޝަން ރައީސް: ފުއާދު ތައުފީޤް ( އެމް.ޑީ.ޕީ) އިންތިޚާބު ކުރުން ކުރިއަށް އޮތީ
    5- ސްޕްރީމް ކޯޓު ގެ އަޢްލަބިއްޔަތު ( އެމް.ޑީ.ޕީ)
    6- ކޮމިޝަނަރ އޮފް ޕޮލިސް: މުޙައްމަދު ޙަމީދު( އިބްރާހީމް މުޙައްމަދު ޞާލިޙްގެ ޅިޔަނު)
    7- ޑިފެންސް މިނިސްޓަރ : މާރިޔާ އަޙްމަދު ދީދީ( އެމް.ޑީ.ޕީ)
    8- މަޖްލިސް އަޣްލަބިއްޔަތު:65 ގޮނޑި ( އެމް.ޑީ.ޕީ)
    9- ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެމްބަރުން: އެމް.ޑީޕީ)
    މި މީހުން ޖަވާބުދާރީ ކުރުވާނެ ގޮތެއް އެބަ އޮތްތަ،

    13
    1
  9. ބަބުރޭ

    މަންޖެގެ ކަރަށް ތިމަޅިމެހޭނެދުވަސްކައިރިވެއްޖެ

  10. ހެއު

    ވެއްޓުމުގެ އަލާމާތް 3ކެވެ 1ނިމިއްގެއެވެ.2ނިމިއްޖެއެވެ 3ވެސް ފެށެނީއެވެ.

  11. ޢަލީ

    ޔާﷲ ޔާﷲ ޔާﷲ މިޤައުމު މި ކިބުރުވެރިންގެ ކިބައިން ސަލާމަތްކޮށްދެއްވާނދޭވެ. އާމީން

    3
    1
  12. Juhaa

    އިސްލާމީ ގައުމެއްގައި ތަންތަނުގެ ވެރިންނަށް މި ލަނީ ޢައުރަ ނިވާނުކޮށް އުޅޭ ލާދީނީ އަންހެނުން.