ޖަލުގައި ބަންދުކޮށްފައިވާ އިދިކޮޅު ސިޔާސީ ފަރާތްތަކާ މެދު އަމަލު ކުރަމުންދާ ގޮތާއި ގުޅިގެން ކަރެކްޝަނަލް ސާވިސްގެ އިސްވެރިންނާއި ބައްދަލުކުރަން އިިކޮޅު ފަރާތްތަކުން ކުރި މަސައްކަތް ނާކާމިޔާބު ވެއްޖެއެވެ.

އިދިކޮޅު ފަރާތްތަކުން ކަރެކްޝަނުގެ އިސްވެރިންނާ މިއަދު ބައްދަލު ކުރަން ދިއުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒު ވިދާޅުވީ ބައްދަލު ކުރެވޭ ގޮތް ނުވީ ބައްދަލު ކުރުމަށް ކުރިން ފޯމެއް ހުށަހަޅާފައި ނުވާތީ ކަމަށެވެ.

ޝިފާޒު ވިދާޅުވީ ބައްދަލު ކުރަން ފޯމު ހުށަހެޅުމުން އެ ފޯމަށް ޖަވާބު ލިބޭނީ ކިތަށް ދުވަހުން ކަން ވެސް ސާފު ނުކުރެވޭ ކަމަށެވެ.

"ޖަލުތަކަށް އެތަށް ބަޔަކު ލާފައިވާ އިރު ޖަލުތަކުގައި ތިބި މީހުންގެ ހައްގުތަކާ މެދު އެމީހުންގެ އާއިލާތަކުގެ ކަންބޮޑުވުން އިންތިހާއަށް އެބަހުރި. އެހެންކަމުން އެފަރާތްތަކަށް އެ ހައްގުތައް ހޯދައި ދިނުމަށް ކުރަން ޖެހޭ މަސައްކަތްތައް އިދިކޮޅު ޕާޓީތަކުން ހުއްޓާ ނުލާ ކުރާނެ" ޝިފާޒު ވިދާޅުވިއެވެ.

ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު ވިދާޅުވީ ޖަލުތަކުގައި އިދިކޮޅު ބައެއް ފަރާތްތައް ތިބި އިރު އެފަރާތްތަކުގެ ހައްގުތަކަށް ގަސްތުގައި އިހުމާލުވަމުންދާ ކަމަށެވެ. އެފަރާތްތަކަށް ހައްގުތައް ކަށަވަރުކޮށް ދިނުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ހުއްޓުމެއް ނެތި ކުރާނެ ކަމަށް ވެސް އަމީތު ވިދާޅުވިއެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އަދާލަތު ޕާޓީގެ ނައިބް ރައީސް އަލީ ޒާހިރު ވިދާޅުވީ ފެބުރުއަރީ އެކެއްގެ އަމުރާ ގުޅިގެން ހިނގާދިޔަ ކަންތައްތަކުގައި އިދިކޮޅު ބައެއް ފަރާތްތަށް ހައްޔަރުކޮށްފައިވާ އިރު އެއް ތުހުމަތެއް ކުރާ މީހުންނާއި މެދު އަމަލު ކުރާ ގޮތް ވެސް ތަފާތު ކަމަށެވެ.

" ފެބުރުއަރީ އެކެއްގެ އަމުރާ ގުޅިގެން ހިނގާ ދިޔަ ކަންތައްތަކުގައި އިދިކޮޅު ބައެއް ފަރާތްތައް ހައްޔަރުކޮށްފައިވާ އިރު ބައެއް ފަރާތްތަކަށް ފަންކާއާއި އެހެން ހިދުމަތްތައް ދިނުމުގައި ތަފާތު ކުރޭ " އަލީ ޒާހިރު ވިދާޅުވިއެވެ.

ޖަލުތަކުގައި ބަންދުކޮށްފައިވާ ފަރާތްތަކާއި ބެހޭ ގޮތުން އެޗްއާރުސީއެމާއި ބައްދަލު ކުރުމަށް ވެސް އިދިކޮޅު ފަރާތްތަކުން ދަނީ މަސައްކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

 1. ތަސައްވަރު

  ޖަލުގައި ތިބި ވަކިބައެއްގެ ހައްޤު ހޯދަން އުޅޭ އުޅުމަކީ ކަލޯމެންގެ ގޮތްހުސްވެގެން ސަރުކާރަށް ޖެއްސުން ކުރުމުގެ ބޭނުމުގެ ކުރާ ކަމެއް. ކަލޯމެން ރޭވި އެއްވެސް ކަމެއް ހާސިލް ނުވި. ދެން ލަލަލާ

 2. އަބްދުއްލާ

  ޖަލުގަ ތިބޭ މީހުންގެ ހައްގެއް ނޯންނާނެ. ޖަލަކީ ކުށްވެރިން އެމީހުން ކުރި ކުށުގެ އަދަބު ލިބިގަންނަ ތަން . އެތަނުން ދެވޭނީ ހަމަ އެކަނި ކާނެ އެތި ކޮޅެއް ދިނުމާ ނިދާލާނެ ތަނެއް ދެއްކުން އެކަނި އެތަކެއްޗާ ތަން ހުންނަންވާނީ ވަރަށް އާދައިގެ ހާލަތެއްގަ . ސަބަބކި އަދަބުން ތިމާއަށް ދެވެނަފަހަރު ޖަލަށް ނުވަނުމުގެ އިހްސާސް ކުރެވެންޖެހޭ ވަރު އަދަބު ލިބެން ޖެހޭނެތީ

 3. ސީލާސީލާ

  ކޮބާ ރަންރީނދޫ ޓްވިޓަރޭ ބައްދަލުކުރެވުނުތޭ ކަރެކްޝަން ގެ ބޮޑު މީހަކާއި ނުވިދޯ. ތަމެން ދޯ ޓީޗަރސް އެސޯސިއޭޝަނަށް ރުންކުރު ޖަވާބު ދިނީ ހަރާމްކޯރޭ ދަ ބަތާހަރާމީ. މަމެން އެމީޓިން އަށް ދިޔަނަމަ ތަމެންނާއި އެކު މީޓިންގް ބޭއްވި މޭޒުމައްޗަށް ފުންމައިގެން އަރާ ނަށަން ފަށާނީ އޯލް އައި ވޮނާ ސޭ ދެޓް ދޭ ޑޯންޓް ރިއަލީ ކެއަރ އެބައުޓް އަސް އޭ ކިޔާ ދޯ. ތަމެން ދެން ދެފައި ދަނޑި އަށް ސީލަބަލަ ސީލާ ސީލާ ސީލާ ދަ ސީލާ ދޯ.

 4. ފަހާ

  ތިބޭފުޅުން ތިކުރާ މަސައްކަތް ހުއްޓާލެއްވީ ކޮންއިރަކުތޯ. އަޖާބެއްފަހެ ނުވާނެތަ މީހަކު؟ހަހަހަހހަހަހަހަހ

 5. މަހަށްދޭދޭ

  ކޮބާ ހުންނާނެ ރަނގަޅަށް ރާކަނި މަސްކެވިފައި މިހާރު ދޯ. މަހަށް ދޭބަލަ ދެން މަހަށް މަހަށް މަހަށް ދޭބަލަ..

 6. އަހަންމާ

  ކަމެއްނުކޮށް ނިދަންއޮއްވާތަޖަލައްލީ ދޫކޮށްލަންދެންމައިިރިވެގެން ތިބެބަލަ އެމީހުން އެކަނިތަ ޖަލުގަތިބެނީ

 7. އަމީ

  ތިމީހުންނަށް ކަމެއް ކާމިޔާބުވީ ކޮންއިރަކުބާ؟ ކުރާކަމެއްގައި އިހުލާސްތެރި ކަމެއް ތެދު ނިޔަތެއް ނެތި ހާސިލްވާނެ ކަމެއްނެތް. އަދި ބަދަލު ހިފުމުގެ ރޫހެއްގައި ކަމެއް ހާސިލްކުރަން މަސްކަތް ކުރި ކަމުގައިވިޔަސް އުންމީދުކުރާ އަމާޒަށް ވާސިލްވި ކަމުގެ އިހުސާސް ކުރެވިފައި އެހެންނަމަވެސް އިސާހިތަކު އަޑިނޭނގޭ ފަދަ ބޮޑު ނާކާމިޔާބާ ނުވަތަ ބަދުނަސީބާއި ކުރިމަތި ލާންޖެހި އެކަމުން ބަރީއަ ނުވެވިދާ ފަދަ ކަންކަން ބައްދަލުވާނެކަމީ ޝައްކެއް އޮތްކަމެއްނޫން. ތާރީހްގެ ސަފްހާތަކުން މިދެންނެވި ވާހަކަކީ ހަގީގަތްކަން ހާމަކޮށްދެނީ މިޒަމާނުގެ ވަސީލަތްތަކާ އެކުގައި.

 8. ޖަސްޓް

  ކޮބާ ރަންރީނދޫ ޓްވިޓަރޭ ތަމެންނަށް ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ޖަސްޓް ހޭވް އަ ގުޑް ލުކް އިޓްސް ޖަސްޓް އަ ލަކީ ވެނިސްޑޭ އޭ ބުނަން މަމެން ނެތީމު ދޯ.

 9. ފަތްމިނި

  ތި އަށް މީހުން އދ ގޮސް އެޖަމާޢަތާ ގުޅިގެން ދުނިޔޭގެ ހުރިހާ ކަންކޮޅުގަ ތިބި ޙައްޤު ގެއްލިފަ ތިބި މީހުންގެ ޙައްޤުތައް ހޯދަ ދިނުމަށް ފެނޭ.

 10. ހުސޭނުބޭ

  ވެބްކެމް މެދުވެރިކޮށް ކަރެކްޝަންތަކާ ބައްދުކުރަންވީނޫންތޯއެވެ.

 11. ނައީސް އަޙްމަދު

  ޖަލަށް ދާންޖެހެނީ ކުށްކުރީމާ ނުވަތަ ކުށުގެ ތުހުމަތުގައި! ޖަލުމީހުން އުޅޭނީ ފިނިކުރި ކޮޓަރީގައި އައިސްކްރީބް ކައިގެނެއްނޫ!

 12. ހައްމާދު

  ސަރުކާރައް ކުރާ ޖެއްސުން ހުއްޓާލުމައް ގޮވާލަން.....ފިލިނަސީދު ބުނެގެން ތިތިބަ ތެޅި އަރުވަނީ....

 13. ކޮހުން ގެ އިއްތިހާދު

  ޖަލުގައި ތިބި ވަކިބައެއްގެ ހައްޤު ހޯދަން އިންސާފޭކިޔާ ތިއަދުން އަޅުވަނީ އަދި ނުވި ތާކަށް ފަނޑިޔާރުންނަށް ފާސާ ދީގެން ދޫކޮށްލަން ހުކުމް ކުރި ނުވަ މީހުން ގެ މައްސަލަތަކާ ގުޅިގެން ހައްޔަރުކުރި މީހުންގެ ހައްގުގެ ވާހަކައެއް ވެސް ނުދައްކާ ދެން ކޮން އިންސާފެކޭ މުންޖެކޭ، މިހިސާބަށް ކަލޯމެނަށް ކުރެވުނު ކަމެއް އަޅެބުނެބަލަ ވެރިކަން ދިނީމަ އެކަމެއަ ވީކީއެއް ނޫން ދެން ކޮންކަމެއް ތިވަނީ ކައޭމެނަށް ކޮބާ ލަދު ކަލޯ ލަދު ގަނެބަލަ

 14. ރަފީޤު

  ހަދަހާވާ ހުތުރު މޫނުތަކެކެވެ. ރިޝްވަތުކައިގެން އެތެރެހަށި ތިހިރަ އަނދަނީ! ހޫނުވާނީ ފަހުން