ހަލިމަތުގައި ރޭ ހިނގާ ދިޔަ އެކްސިޑެންޓުގައި ދުއްވަން އިން ޑްރައިވަރު މަޑު ނުކޮށް ގޮސްފައި ވަނީ އެކްސިޑެންޓް ވިކަން ނޭނގިގެން ކަމަށް އެމްޓީސީސީ އިން ވިދާޅުވެއްޖެއެވެ.

އެމްޓީސީސީގެ ސީއީއޯ ހަސަން ޝާހް "ވަގުތު" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ބަސް ދުއްވަން އިން ޑްރައިވަރުންނާއި އޭގައި ތިބި ކޮންޑަކްޓަރުން މައުލޫމާތުު ދީފައިވާ ގޮތުގައި ބަސް މަޑުނުކޮށް ގޮސްފައި ވަނީ އެކްސިޑެންޓެއް ވިކަން ނޭންގޭތީ ކަމަށެވެ. އަދި ބަސް ހުއްޓުވާފައި ވަނީ ހުޅުމާލެ އާއި ހުޅުލެއާއި ދެމެދުގައި އިންނަ ޔޫޓާން ނަގާ ސަރަހައްދުން ކަމަށާއި، އޭރުވެސް އެއްވެސް ފަސިންޖަރެއްގެ ފަރާތުންވެސް އެފަދަ ޝަކުވާ އެއް އައިސްފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ނެގި ރިޕޯޓުން އެނގިފައިވާ ގޮތުގައި ބަހުގެ ޑްރައިވަރަކަށް އަދި ކޮންޑަކްޓަރަކަށްވެސް އެނގިފައެއް ނެތް އެކްސިޑެންޓެއް ހިނގި ކަމެއް. އެކްސިޑެންޓު ވެގެން އުޅޭކަން އެނގުނީ ފުލުހުހުން ގޮސް ބަސް ހުއްޓުވީމަ. އެއީވެސް ގާތްގަނޑަކަށް ހައިވޭގެ ޔޫޓާން ނަގާ ހިސާބުން" ޝާހް ވިދާޅުވިއެވެ.

މީގެ އިތުރުން ޝާހް ވިދާޅުވީ އެކްސިޑެންޓު ހިނގައިފައި ވަނީ ހުޅުމާލެއިން މީހުން އަރުވައިގެން އެއާޕޯޓަށް ދިޔަ ބަހެއް ކަމަށާއި، އެ ބަހުގައި ގިނަ އަދަދަކަށް މީހުންވެސް ތިބިކަމަށެވެ.

ރޭ ހިނގި އެކްސިޑެންޓުގައި ވަނީ 13 އަހަރުގެ ކުޑަ އަންހެން ކުއްޖަކު ނިޔާވެފައެވެ. އެކުއްޖާ އިން ސައިކަލު އެކްސިޑެންޓު ވިއިރު ދުއްވަން އިނީ އޭނާގެ 51 އަހަރުގެ މަންމަ އެވެ. އެ އަންހެން މީހާ އަށް މާބޮޑު އަނިޔާއެއް ވެފައި ނުވާކަމަށް ހުޅުމާލެ ހޮސްޕިޓަލުން ވަނީ މައުލޫމާތު ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ކިޔާމީހާ

    މިރާއްޖެ އަށް ކުރިމަރިވެފައި މިވަނީ އަޖާއިބެއްފަދަ ގަމާރުކަމެއް. މީހަކު އަޅެ ބޯބުރާންތި ނުވާނެތަ ސަރުކާރުގެ ވުޒާރާތަކުން ޒިންމާމިއޮއް ނަގާގޮތަކުން. މީހެއްގެ ފުރާނަ އަކީވެސް އެއްވެސް އަގެއްހުރި އެއްޗެއްނޫން މިހާރު.

    5
    1
  2. އަލިފް

    އަޖައިބެއް.............

    3
    1
  3. Anonymous

    ބަސްދުއްވުން ހުއްޓާލަން ފެނޭ

    1
    2
  4. ހޯރަ ބޭ

    ފަރުވާވެސް ކުޑކަންފާހަގަކުރެވޭ ޑުރައިވަރުން

  5. ޝިހާމް

    ނޭނގޭނެތާ މިފަހަރުވެސް އިނދެވުނީ ނިދާފަ ކަންނޭގެ