ގޭގެ ދޮރަށް ކޯރާޑި ޖަހާ، އިންޒާރު ދިން ކަމުގައި ވީނަމަވެސް، ބިރު ނުގަންނަ ކަމަށާއި، ޤާޟީ ކަމުގެ މަޤާމު އަދާކުރައްވާނީ، 24 ގަޑިއިރު އެކަމަށް ތަޙްޞީޞްވެ ހުރެ ކަމަށް ޤާޟީ ޢަލީ ރަޝީދު ވިދާޅުވެއްޖެ އެވެ.

އެބޭފުޅާ މިހެން ވިދާޅުވީ، މަރާލާފައި އޮއްވާ ފެނުނު މަޝްހޫރު ބްލޮގާ، ޔާމީން ރަޝީދު މަރުގެ މައްސަލައިގައި މިއަދު އޮތް ޝަރީޢަތުގެ މަޖިލީހުގައި، އެ މައްސަލައިގައި ދަޢުވާ ލިިބޭ، އިސްމާޢިލް ހައިޝަމް ރަޝީދުގެ ދިފާޢީ ވަކީލް ފާހަގަ ކުރެއްވި އިޖްރާޢީ ނުކުތާ އަކާއި ގުޅިގެން ދެއްވި ޖަވާބުގައެވެ.

މިއަދުގެ ޝަރީޢަތުގައި، އިޖްރާޢީ ނުކުތާއެއް ފާހަގަކުރައްވަމުން، ހައިޝަމް ރަޝީދުގެ ދިފާޢީ ވަކީލް، ޔާމީން ވިދާޅުވީ، މިމަހުގެ 12 ވަނަ ދުވަހަށް އިރުއަރައިގެން އައީ، މި މައްސަލަ ބައްލަވާ ޤާޟީ ދިރިއުޅުއްވާ ގެކޮޅަށް، ކޯރާޑިއަކުން ބަޔަކު ގެއްލުން ދީފައިވާ ޚަބަރާއި އެކު ކަމާއި، އެ ނުރައްކާތެރި ޙާދިޘާ ހިނގާފައިވާ ދަނޑިވަޅެއްގައި އެކަން ތަޙުޤީޤުކޮށް ނުނިމެނީސް، ޤާޟީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަކީ، މައްސަލައިގެ އިންސާފާއި ހަމައަށް ދިއުމަށް އޮތް ހުރަހެއް ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.

"އިއްޒަތްތެރި ޤާޟީ. ޤާޟީގެ އިޒުނައާއި އެކު، އިޖްރާޢީ ނުކުތާއެއް ފާހަގަކޮށްލަން އަޅުގަނޑު ބޭނުން. ނޮވެމްބަރ 12 ވަނަ ދުވަހަށް އިރުއަރައިގެން އައީ އިއްޒަތްތެރި ޤާޟީގެ ގެކޮޅަށް ކޯރާޑިއަކުން ހަމަލާދީފައިވާ ޚަބަރާއި އެކު. ދޮރުގައި ލިޔެފައިވާ އެއްޗެއްވެސް މިހާތަނަށް އައިއިރު ހާމަކޮށްފައެއް ނެތް. އިންސާނާގެ ޠަބީޢަތުގައި ހުންނަ ކަންކަމީ ކޮންމެ ވަގުތަކުވެސް ބަދަލުވެދާނެ ކަންކަން. މިކަން މިގޮތަށް ހިނގާފައިވާ ދަނޑިވަޅެއްގައި، އިއްޒަތްތެރި ޤާޟީއަށް ނަފްސާނީގޮތުން އަސަރުތަކެއް ކުރާނޭ ކަމީ، އެކަށީގެންވާ ތިން ވަނަ ފަރާތެއްގެ ވިސްނުމުން ވިސްނާއިރު ޤާބޫލުކުރެވޭ ކަމެއް. އެހެންކަމުން، އަޅުގަނޑު އެދެނީ، އެ މައްސަލަ ތަޙުޤީޤުކޮށް ނިމެންދެން، ޔާމީން ރަޝީދުގެ މައްސަލަ ފަސްކޮށްދެއްވުމަށް." ވަކީލް ވިދާޅުވިއެވެ.

ދިފާޢުން ފާހަގަ ކުރި ކަންކަމާއި ގުޅިގެން، ޤާޟީ ޢަލީ ރަޝީދު ޙުސައިން ވިދާޅުވީ، ޤާޟީންނަކީ ވަކި ހުވައެއް ކޮށްގެން ތިބި ބައެއް ކަމަށާއި، ޝަރީޢަތް ހިންގަންވާނީ، 24 ގަޑިއިރު އެކަމަށް ތަޙުޞީޞްވެގެން ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ. އަދި ހިނގާދިޔަ ޙާދިޘާ އާއި ގުޅިގެން އެއްވެސް ބިރުވެރިކަމެއް ހިތުގައި ނެތް ކަމަށާއި، ނަފްސާނީ އެއްވެސް މައްސަލައެއްވެސް ނެތް ކަމަށެވެ.

ޤާޟީ އަލީ ރަޝީދު ދިރިއުޅުއްވާ ގެކޮޅަށް ގެއްލުންދީ، އިންޒާރު ދިން މައްސަލަ އާއި ގުޅިގެން އެއްވެސް މީހަކު އަދި ހައްޔަރެއް ނުކުރެ އެވެ. ނަމަވެސް މި މައްސަލައާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ހުސޭނުބޭ

    މަވެސް އަމިއްލަ ގޭ ދޮރާއްޓަށް އަމިއްލައަށް ކޯޜާޑީއެއް ޖަހާފައި ބިރެއްނުގަންނާނެ! ހިޔަޅާ! ބުނަން ވާހަކައެއް! ތިއީ މީހަކު ކުރި ކަމެއްކަމަށްވަނީވިއްޔާ މިހާރުވެސް އޮންނާނީ ބިރުން ހުންއައިސްފައި! މޮޅު ވާހަކަދައްކާނެކަމެއްނެތް!

    14
    2
  2. ޟމ

    ޤާޟީ އަކު ރައްޔިތުންނަށް ރައްދު ދިނުމަކީ ގޯހެއް، ކޯރާޑި ޖެހުންވެސް ގޯސް

    17
    1
  3. ކޯރާޑި

    ކޯރާޑިޖެހީ ނަސީދުގެ ހިޔަޅުރޭވުމުގެ ދަށުން ކަމަށް ބެލެވޭ. އެހެންވެ ދެއްތޯ!

    17
    2
  4. ކަނަމަނަ

    ފެނުނީމަވެސްއެގޭ ވަރައްގަޓްހުރިހެން ދުވަސް ކޮޅަކުން ގުއިވެދާނެ އިންތިޒާރު ކުރޭ

    13
    3
  5. ކަންނެލިއޮޑި

    ކޮބާތަ ކޯޓު ބަދަލު ކުރި މައްސަލަ. އެއީ ދޯ ކަރުގައި އޮތް މަޅިއަކީ.

    8
    2
  6. އަހްމަދު

    އެހެންޖަހާކޯރާޑިއަކަށްވުރެ ވިސްނަންޖެހޭނީ އިންސާފުންއެއްކިބާވެއްޖެނަމަ މަތިން އަތުވެދާނެ ނިންމުމަކާމެދު ﷲތަޢާލާގެނިންމެވުމަށް ެިދިކޮޅެއް ނުހެދޭނެކަންއެއީ އެންމެންވެސްދަންނައްޖެހޭނެކަމެއް

    10
  7. Anonymous

    ބޮލުގަ ލެޑިީމަ ހުންނަނީ ރާކަނިމަސް ކެވިފި

    1
    1
  8. އަނބިދަރިން

    ގަޟީއެވެ. ހަމަ ބިރެއްނުގަނޭތޯއެވެ؟ ވަރަށްއުނދަގުލުން ނަމަވެސް މިގަބޫލުކުރީ. އޯކޭ. ސުވާލަކީ ދެރަވާނަންތޯ؟ ލޯބިވާމީހަކަށް ކަމެއްވެއްޖިއްޔާ؟ މިސާލަކަށް ފަހަރަކު މީހަކަށް. ހަމަ ތިހެން ބުނާނަންތޯ؟ ހަމަގާމުވެސް އަޅުގަނޑުނަމަ ޖެހިލުންވާނަން، ލޯބިވާއާއިލާ މީހުންގެހައްގުގައި. އެއީ ތިބޭފުޅާނަމަ، ލޯތްބެއް ހިތުތެރޭ އޮތްނަމަހި ދެއްތޯ. ވަރަށް ވާހަކަދެއްތޯ މިލިޔެވެނީ. އަނެއްކާ ގޯހެއްބާ؟ ޖިހާދިސްޓް ނޫނީ ޓެރަރިސްޓަކަށް ހަދާފަ ނިންމާލަފާނެވިއްޔަ. މިހާރުވަރަށް ވިސްނަންޖެހޭ ދެއްތޯ ގާޟީ.
    ޓޭކް ކެއާރ އޮފްޔޯރ ފެމިލީ ގާޟީ

  9. ޗަބީނަސް

    ހާދަ ޗަބީ ގާޟީއެކޭދޯ! އަނެއްކާ މާގިނައިން ކެވެނީތޯ؟ އާޙިރަތް ހޭ ގާޟީ. ނަރަކަ އޯރު ސުވަރުގެ ބީހޭ ގާޟީ

  10. ކޮތަރުބިސް

    ތިމާ ހެއްދެވި ﷲއަށް ބިރުވެތިނުވާ ފަނޑިއާރު ކަލޭގެ ކޯރާޑީ އަކަށް ބިރުގަނެފާނެކަމައް ބަޔަކުމީހުންދެކިގެންނުވާނެތާ