އިންޑޮނޭޝިއާގައި މިހާރު ކުރިއަށްދާ ވޯލްޑް މޮޑެލް ޔުނައިޓެޑޤ ނޭޝަން ކޮންފަރެންސް ތިނެއް ގައި ރާއްޖެއިން ބައިވެރި ވެއްޖެއެވެ.

ބާލީގައި މިހާރު ކުރިއަށްދާ މި ކޮންފަރެންސްގައި ބައިވެރިވި ފަރާތްތަކުން "ވަގުތު" އަށް މައުލޫމާތު ދިން ގޮތުގައި މި ކޮންފަރެންސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މިއަދުން ފެށިގެން 16 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ކޮންފަރެންސް އަކީ އޭޝިއާގެ ހުރިހައި ގައުމުތަކަކާއި ޔޫއެން ގުޅިގެން ބާއްވާ ކޮންފަރެންސެކެވެ.

މި ކޮންފަރެންސްގައި އެމްއެންޔޫގެ ފަރާތުން ބައިވެރިވީ ފާތިމަތު ހަމްދާ މުހައްމަދު އެވެ.

ހަމްދާ ބުނީ، މި ކޮންފަރެންސްގައި ކޮންމެ ގައުމަކުންވެސް ހޮވާލެވޭ ޑެލިގޭޓެއް ބައިވެރިވެފައިވާ ކަމަށާއި އެ ފަރާތްތަކަކީ ޔޫއެންޑީޕީ، ޔުނެސްކޯ، ޗައިލްޑް ރައިޓްސް އަދި ކްރޮޕްސް ފަދަ ތަންތަނުން ފާހަގަ ކުރާ އެކި މައްސަލަ ތަކަށް ހައްލު ހޯދުމުގެ ބޭނުމުގައި ބާއްވާ ކޮންފަރެންސެއް ކަމަށެވެ. އަދި އެތަންތަނުން ހޮވާލެވޭ މެންބަރުންވެސް މި ކޮންފަރެންސްގައި ބައިވެރި ވާނެއެވެ.

ހަމްދާ ބުނީ އެކޮންފަރެންސް ގެ ތެރޭގައި ދިމާވާ މައްސަލަތަކަށް ހައްލު ހޯދުމުގެ އިތުރުން އެކަންކަން ހައްލު ކުރުމަށް އެޅިދާނެ ފިޔަވަޅު ތަކާއި ގުޅޭގޮތުން މަޝްވަރާ ކުރެވޭނެ ކަމަށެވެ.

އަދި މިކޮންފަރެންސް ގައި ކޮންމެ ގައުމަކުންވެސް ބައިވެރި ވާނީ ޒުވާނުންނެވެ. އަދި މިކޮންފަރެންސްގެ ޒަރިއްޔާއިން 2030 ވަނަ އަަހަރު ޔޫއެން އިން ކަނޑައަޅާ އެޖެންޑާގައި ހިމެނުމަށް ނިންމާފައިވާކަމަށް ހަމްދާ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު