ކޯސްޓު ލައިން ފައުންޑޭޝަނުން ބ.ކިހާދޫގައި ހިންގާ "ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ޗެންޓަރ" ގައި ކިޔަވާ ދަރިވަރަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެވެ. ދަންޖެހިފައި ހުއްޓާ ފެނުނު ދަރިވަރު ވަނީ މަރުވެފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފިރިހެން ކުއްޖަކު ދަންޖެހިފައި ހުއްޓާ ފެނުނީ މިއަދު މެންދުރު ފަހުއެވެ. އޭނާގެ އުމުރެއް ރަސްމީ ފަރާތަކުން އަދި ކަށަވަރު ކޮށެއް ނުދެއެވެ. ނަމަވެސް "ވަގުތު" އަށް މައުލޫމާތު ދިން ބައެއް މީހުން ބުނާ ގޮތުގައި އެއީ 17 އަހަރުގެ ފިރިހެން ކުއްޖެކެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި އަމިއްލަ އަށް މަރުވުމުގެ ހާދިސާތައް ގިނައިން ހިނގަނީ ނަފްސާނީ މައްސަލަތައް ކުރިމަތިވެގެންނެވެ. ދަން ޖެހުން ފަދަ ކަމެއް ކުރަން ހިތައް އަރާނަމަ ލަސްނުކޮށް އެކަން އެހެން މީހަކާއި ހިއްސާކޮށް ނަފްސާނީ އެހީތެރިކަން ހޯދަން ވާނެއެވެ.

ހިލޭ ކައުންސިލިން ދޭ ތަންތަނުގެ ތެރޭގައި ދަމަނަވެށި ނަންބަރު:3318901 ސޮސައިޓީ ފޮ ހެލްތް ސައިންސަސް (ޝީ) ނަންބަރު:3318804 ،7976325 ޔޫތް އެންޑް ސްޕޯޓްސް ސެންޓަރު ނަންބަރު: 3313755 ،3323860 ޖުވެނައިލް ޖަސްޓިސް ޔުނިޓް ނަންބަރު: 3306691 ހިމެނެއެވެ.

އަމިއްލަ އަށް މަރުވުމަކީ އިސްލާމްދީނުގައި ވެސް ވަރަށް ބޮޑަށް ޙަރާމް ކުރައްވާފައިވާ ކަމެކެވެ.

ރަސޫލުﷲ -ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. (لَا ضَرَرَ وَلَا ضِرَارَ) މާނައަކީ: "ގެއްލުން ދިނުމެއްވެސް، އަދި ގެއްލުން ލިބިގަތުމެއްވެސް ނުވެއެވެ."

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. އަހްމަދު

    ވަރަށްފުރިހަމަ ޙަބަރެއް

    4
    19
  2. އަހުމަދު

    މި ހަފްތާގައި ދަންޖެހިގެން މަރުވި 4 ވަނަ މީހާ ތިއީ .... މަަރު ކޮމިޝަން ހެދިފަހުން ހާދަ މަރުތައް ގިނަ ވެއްޖެއޭ މިމަައްސަލައާއި މެދު ކަންބޮޑުވެގެން އުޅޭ ސަރުކާރުގެ ހަމަ އެންމެ މަސްއޫލު ވެރިއަކުވެސް ނުފެނޭ ކިހާ ދެރަ ކަމެއް މީ ކުފުރުމަރު ގައުމީ ބޮޑު މައްސަލައެއް ދީނީ ހޭލުންތެރިކަން އިތުރު ކުރަން އިސްލާމިކް މިނިސްޓްރީން ޚާއްސަކަމެއް ކުރާކަށް ނުވޭތަ ހުކުރު ޚުތުބާ މިކަމަށް ޚާއްސަ ކުރާކަށް ނުވޭތަ މި ރާއްޖޭގެ ތާރީޚްގައި ވެސް ދަންޖެހުން އެންމެ ގިނަ އަހަރު އެންމެ ގިނަ ގޮތްނޭގޭ މަރު ގިނަ އަހަރު

    66
    12
    • ރައީސްސޯލިހު

      މަރު ކޮމިޝަން ހަދާފައި އޮތީ ވަކިބައެއްގެ ބޮލުގައި އަޅުވާ އަދި ވަކިބަޔަކު އެކަމާއި ނުބެހޭ ބައެއްގެ ގޮތުގައި ދައްކަން، އަދި ބުނަން މަރު ކޮމިޝަން ނާއި އަދި މިކަހަލަ އެހެން ކޮމިޝަން ތައް ވެސް ހުރޭ ކޮންކަމެއް ރަގަޅު ވީ ،

      25
      2
    • އަހްމަދްފުޅު

      މިފަދަކަންތައްތައް ގިނަވީމައޭ ރައިސް ސޯލިހު ވިދާޅުވީ މިއަހަރަކީ ވަރަށް ކާމިޔާބު އަހަރެކޭ.

      15
      7
  3. މާމިގިލީ މީހާ

    އަމިއްލައަށް ދަން ޖެހެނީތޯ. ނޫނީ ބަޔަކު ދަން ޖެއްސީ ތޯ. ދިވެހި ފުލުހުން ތަންކޮޅެއް ހަރުދާނާ ވާންޖެހޭ. އެއްވެސް މީހަކު އަމިއްލަ އަކައް ދަމެއް ނުޖެހޭނެ. ކޮންމެ ދަންޖެހުމެއްގަ ކޮންމެވެސް ބައެއްގެ އަތެއް ވާނެކަން ޔަގީން.

    54
    19
  4. ހަމަ ޚިޔާލެއް

    17 އަހަރުގެ ފިރިހެން ކުއްޖެކެވެ. މިހެން ޖެހީމާ އެ ކުއްޖާގެ ހިސާބު ނުބައްލަވާނެހެއްޔެވެ؟
    17 އަހަރުގެ ތުއްތު ކުއްޖެއް، ކިރުބޯ ކުއްޖެއް މިހެން ޖެހުން މާރަނގަޅުވާނެހެން ހީވަނީ.

    މީހަމަ ޚިޔާލެއް. މޮޅަށް ދެނެވޮޑިގެންވަނީ ﷲ ސުބްޙާނަހޫ ވަތަޢާލާ.
    އެކުއްޖާގެ ފާފަ ފުއްސެވުން އެދި ދުޢާކުރަން.

    76
    10
  5. ސީގަލް

    ވަރަށް ފުރިހަމަ ލިއުމެއް. މިކަހަލަ ނުބައި ކަންކަމުން ސަލާމަތްވާނޭ މަގު މިލިއުމުގައި ޝާއިރު ކުރެއްވުން އެއީ ވަރަށް ރަގަޅުކަމެއް. ނޫސްތަކުގައި ލިއުއްވާއިރު މިފަދަ ގޮތަކަށް ލިއުއްވުމަކީ ވަރަށް މުހިންމު ކަމެއް.

    52
  6. ކަބުލޮ

    ހިތާމަ ހުރި. އަމިއްލައަށް މަރުވުމަކީ އެންމެ ގޯސް ކަންތައްކަން ހުރިހާ އެންމެނަށް އަންގަން ޖެހޭ. މިކަމުން ދުރުކުރުމައްޓަކައި ކުރެވެން އޮތް ހުރިހާ ކަމެއް ކުރަން ޖެހޭ.
    ކޮނއމެ މީހެއް ވިޔަސް، އެހެންމީހަކު މިފަދަ ކަމެއް ކޮށްފާނެ ކަމުގެ އެއްވެސް އިޝާރާތެއް ފެނިއްޖެ ނަމަ، އަވަހަށް ކަމާއި ބެހޭ ފަރާތެއްގެ އެހީ ހޯދާ.
    މަރުވާނެ އިރެއް މަރު އަންނާނެ ގޮތެއް އަދި ވަގުތެއް އަހަރުމެންނައް ނޭގޭ. އެކަމަކުވެސް އަމިއްލަފުރާނައަށް ގެއްލުން ދިނުމުގެ ގޯސްކަން މީހުންނަށް ކިޔަދޭން ޖެހޭ.

    19
  7. ÷ޮލލލ

    ޅޮލި