"ފުނޑާލައިފި" މި ނަމުގައި ޕްރޮގްރަސިވް ކޯލިޝަނުން ބާއްވާ ހާއްސަ ރެލީއެއް ހުކުރު ދުވަހުގެ ރޭ ކާނިވަލްގައި އޮންނާނެ ކަމަށް ޕްރޮގްރަސިވް ކޯލިޝަނުން ބުނެފިއެވެ.

ޕީއެންސީގެ ނައިބު ރައީސް އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވޯ ދީނާއި ގައުމު ދެކެ ލޯބިވާ ހުރިހާ ރައްޔިތުން މި ރެލީއަށް ވަޑައިގެން ދެއްވުން އެދި ދައުވަތު އަރުވާކަމަށެވެ. މި ރެލީގައި ކުރީގެ ރައީސް އަބްދުﷲ ޔަމީން ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.

ޕްރޮގްރަސިވް ކޯލިޝަނުން މީގެ ކުރިން ވެސް ވަނީ ތަފާތު ނަންނަމުގައި ގިނަ ރެލީތަކެއް ބާއްވާފައެވެ. އެންމެ ފަހުން ޝަހީދުންގެ ދުވަސް ފާހަގަ ކުރަން ޕްރޮގްރަސިވް ކޯލިޝަނުން ބޭއްވި ރެލީ އަށް ފުލުހުން ވަނީ ހުރަސް އަޅާފައެވެ. ޝަހީދުންގެ ދުވަސް ފާހަގަ ކުރަން ބޭއްވި ރެލީއަށް ފުލުހުން ހުރަސްއަޅައި ބައެއް މީހުން ހައްޔަރު ވެސް ކުރިއެވެ. ނަމަވެސް ފަހުން ވަނީ އެންމެން ވެސް ދޫކޮށްލާފައެވެ.

ހުކުރު ދުވަހުގެ ރޭ ޕްރޮގްރަސިވް ކޯލިޝަނުން ރެލީއެއް ބާއްވާއިރު އާދީއްތަ ދުވަހު ކުރީގެ ރައީސް ޔާމީންގެ ޝަރީޢަތުގެ އަޑުއެހުމެއް ވެސް ވަނީ ތާވަލް ކޮށްފައެވެ. ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑްރިން މައްސަލައިގެ ޝަރީޢަތް އާދީއްތަ ދުވަހު ކްރިމިނަލް ކޯޓުގައި ބާއްވާއިރު އެމައްސަލަ ބައްލަވަން ވަނީ ފަސް ފަނޑިޔާރުންގެ ބެންޗެއް އެކުލަވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. އަވަސްކުރަމާ

    މަވެސްދާނަން ބައިވެރިވާން އެންމެން ނުކުމެ މިސަރުކާރު ހަމަމަގައްއަޅުވަން

    50
    7
  2. ގަމާރު

    "ޝަހީދުންގެ ދުވަސް" ފާހަގަ ކުރަން ޕްރޮގްރަސިވް ކޯލިޝަނުން ރެލީއެއް ނުބާއްވާ..!

    3
    12
  3. ނަމަ

    ދީނަން ލޯބި ކުރާމީހުން ޓިނު ވަކަކަ އް ނުނަގާނެތާދޯ

    8
    17
  4. ރޯނު

    ހެހެ.ކާނިވާ ސަރަހައްދު އެއީ ތަމެން ނާޗަރަންގީ ކުޅެން ބާއްވާފަ އޮތްތަނެއްތަ؟ކޮންމެވެސް އެހެންކަމަކާ އުޅޭ.

    7
    22
    • ޖަރުމަނު އަލީ

      ތަމެންނޭ ކިޔާއިރު އިސްލާމްދީން އެއީ ތަމެން ކުޅޭކުލޭ އެއްޗަކަށް ހަދާގެން އުޅުމަށް ބާވާލެއްވި ދީނެއްތަ. ތަމެންނޭ އެބަކިޔައެންނުން. ނިކަން ރީތިކޮށް ތަމެން ދަސްކޮށްދޭނަން.

  5. ރިނދޫގެރި

    މި ސަރުކާރަށް ކޮށްދެވުނު ކަމެއް ހަރާން.. ދަތުރުގޮސް ސުވިމިންޕޫލަށް އެރެވެނިކޮށް ނިމުނީ ވިއްޔާ.. މޮޅެތި ހުކުމް ނުކޮށް ރައްޔިތުންނަށް އެންމެކަމެއް ނަމަވެސް ކޮށްދީބަލަ..

    24
    2
  6. ޕާޓޭ ގެ ޑެޑީ

    މަށައް ވަރައް ކަމުދާ ނަމެއްތީ
    MMPRC ފުނޑާލައިފި
    ދައުލަތުގެ ލާރިގަންޑު ފުނޑާލައިފި
    ކައިރީގަ ތިބި މީހުން ފުނޑާލައިފި
    ގިނަ ރައްތަކެއް ފުނޑާލައިފި
    ބުރިޖުގެ ލާރިގަންޑު ފުނޑާލައިފި
    ދެން މިހެން ކިޔާނެކަމެއްނެތް ވަރައްގިނަ ތަންތަން ފުނޑާލާފަ ޔާމީނު ދިޔައީ.. ތި ނަން ކީ މީހަކައް މަގޭ ސަލާމް

    10
    21
    • ދަންޑެހިލް

      އާނ މަށަށްވެސް ވަރަށް ކަމުދައި މިނަން
      އިސްލާމް ދީންފުނޑާލައިފި
      32 ބިލިއަންވެސް ފުޑާލައިފި
      MMPRC ގެ ވެސް ބޮޑުބައި ފުޑާލާފަ ކޮތަޅުކޮތަޅަށް އަޅައިގެން އުފުލީވެސް އިބޫ
      ޝަރުއީ ދާއިރާ ފުނޑާލައިފި
      އިލެކްޝަނުގެ ތެރެއިން ރައްޔިތުންގެ ވޯޓްތައްވެސް ފުނޑާލައިފި
      ވެރިކަމަށް އަހަރެއް ނުވަނީސް މުޅި ދިވެހި ގައުމު ފުނޑާލައިފި

  7. ޖާޒީރާ ބޯއީ

    ސަރުކާރު ' ހަމަމަގަށް ' އަޅުވަން މިހެންބުނުމުން އޯކޭ، އެކަމަކު މިކިޔެނީ ކީކޭބާ، ކޯއްޗެއް ރީތިކޮށްކިޔާކަށްތަ ސަރުކާރު ވައްޓާލާން މިހެން ހަމަކިޔަންވީ.

    12
    4
  8. ހައްގު

    ފުރަތަމަ އިސްލާމްދީން ފުޑާލަންއުޅޭލާދީނީ ޖަމާއައް ހިފާހައްޔަރުކުރުން.
    ދެވަނަޔައް. ކުށަކާނުލާ ވަޒީފާއިންވަކިކުރާ
    ފަރާތްތައް ފުޑާލުން.
    ތިންވަނަޔައް ގާނޫނީ ވެރިކަމެއް މިގައުމައް
    ގެނެސް ގާނޫނާޚިލާފުވި ފަރާތްތައް ފުޑާލުން.
    ހަތަރުވަނަޔައް.އަދޮލުވެރި ށަރީއަތެއްހިންގާ
    ކާލާފަވާ ރައްޔަތުންގެ ލާރިގަނޑުހޯދާ
    އިންކާރުކުރާ ފަރާތްތައް ފުޑާލުން.