ކުޑަ އަންހެން ކުއްޖަކު ނިޔާވި އެކްސިޑެންޓާއި ގުޅިގެން ހައްޔަރުކުރި ބަސް ޑްރައިވަރުގެ ބަންދަށް ހަތް ދުވަސް ޖަހައިފިއެވެ.

ސިނަމާލޭ ބްރިޖަށް ދަތުރުކުރާ ހުޅުމާލޭ މަގުގައި އިއްޔެ ރޭ ހިނގި އެކްސިޑެންޓާ ގުޅިގެން ހައްޔަރުކޮށްފައިވާ ބަސް ޑްރައިވަރު ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރަން ކްރިމިނަލް ކޯޓުން ހަތް ދުވަހުގެ މުހުލަތެއް ދީފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

މަންމަ އާއި ދަރިފުޅު ތިބި ސައިކަލްގައި ބަހެއް ޖެހިގެން ހިނގި އެކްސިޑެންޓްގައި ނިޔާވެފައި ވަނީ ކ. ތުލުސްދޫ ބޮނަސޭރާ، ފާތިމަތު އަންޖުން ޝަފީގު އެވެ، އެކްސިޑެންޓާ ގުޅިގެން ހައްޔަރު ކޮށްފައި ވަނީ އުމުރުން 54 ދިވެހި ޑްރައިވަރެކެވެ. އެކްސިޑެންޓު ހިނގިތާ މާ ގިނައިރުތަކެއް ނުވަނީ ފުލުހުން ވަނީ އޭނާ ހައްޔަރުކޮށް ތަހުގީގު ފަށައިފަ އެވެ.

އެކްސިޑެންޓުވި، ބަސް އޮޕަރޭޓް ކުރާ އެމްޓީސީސީން އިއްޔެ ބުނެފައި ވަނީ އެ އެކްސިޑެންޓު ހިނގިކަން، ބަހުގައި ތިބި އެއްވެސް މީހަކަށް ނޭނގޭ ކަމަށެވެ.

އެމްޓީސީސީން ބުނެފައި ވަނީ، މި އެކްސިޑެންޓާ ގުޅިގެން ފުލުހުން އެ ބަހުގެ ވަރަށް ރަނގަޅު ފޮރެންސިކް ތަހުގީގެއް ކުރާ ކަމަށެވެ.

މި އަހަރުގެ ރޯދަ މަހު ހުޅުމާލޭގައި ދުއްވާފައި ދިޔަ އެމްޓީސީސީގެ ބަހަކުން ޖެހި ޔޫކްރެއިންގެ އަންހެނަކު ވެސް މަރުވެފައި ވެ އެވެ. އެ އެކްސިޑެންޓު ހިނގީ ޑްރައިވަރަށް ނިދިގެން ގޮސް އަންހެން މީހާގެ ގައިގަ ޖެހި އޭނާގެ ގައި މަތިން ބަސް ދިއުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. 19 ނަވާރަ

    މީ ބުނާ ބަދު ބަހެއްނޫން. ތިބާ ދަރިފުޅުގޮވައިގެން ދަތުރަށް ފެށިއިރު. ދަތުރު ދުޢާ ކިއުއްވި ހަނދުމަ ފުޅުވީތޯ. ކޮންމެ ބޭފުޅަކުވެސް މިފަދަ ކަންތައް ވުމުގެ ކުރިން ދުޢާ ކިޔުއްވުން ހަނދުމަ ކުރައްވާ

  2. ވާނުވާ

    ކުށެއް ނެއް މީހެއްގެ ބަނޑަށް 7 ދުވަސް ޖަހައިގެން އޭނަގެ މުޅި ހަޔާތް ބަރުބާދު ކޮއްލަނީ އެހެން ނުހަދާ
    ކަމުގެ ހަގީގަތް ރަނގަޅަށް ބެލުމަށް ގޯވާލަން
    އެވަގުތު ބަހުގަ ތިބި އެއްވެސް މީހަ ކައްވެސް އިނގިފައެއް ނެތް ބަހުގަ އެއްޗެއް ޖެހުނު ކަމެއް.
    އެއްވެސް ހެއްކެއް ނެތި ބަންދުގަ ނެހެއްޓޭތަ؟

  3. ބަހަނާ

    ފުލުނުންނަކަށް ނޭނގޭނެ ތިކަން އަވަހަށް ހުސްނުސުޢޫދު ކޮމިޝަނާ ޙަވާލުކުރޭ

  4. Anonymous

    ބަހުގެ ދެފަރާތުގައި ލޯގަނޑެއް ވެސް ނެތީދޯ!! އެހެން ވެއްޖެނަމަ އެއީ ވެސް ތިޔަ ޑްރައިވަރުގެ އިހުމާލެއް!!