އުއްތަމަ ފަނޑިޔާރު ޑރ.އަހުމަދު އަބްދުﷲ ދީދީ އާއި، ފަނޑިޔާރު އާދަމް މުހައްމަދު ފަނޑިޔާރުކަމުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މަޖިލީހަށް ފޮނުވި މައްސަލަ މަޖިލީހުގެ ޖުޑީޝަލް ކޮމެޓީއަށް ފޮނުވައިފިއެވެ.

މިއަދުގެ މަޖިލިސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އުއްތަމަ ފަނޑިޔާރު ޑރ.އަހުމަދު އަބްދުﷲ ދީދީ އާއި، ފަނޑިޔާރު އާދަމް މުހައްމަދުގެ މައްސަލަ މިއަދު ޖުޑީޝަލް ކޮމެޓީއަށް ފޮނުވުމުން މިއަދު އެކޮމެޓީން އެކަމާއި މެދު ގޮތެއް ނިންމަވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

އަދި ޖުޑީޝަލް ކޮމެޓީގެ ނިންމުން މިއަދު މަޖިލީހުގެ މެންބަރުންނަށް ފޮނުވުމަށް ފަހު ޤަވައިދުގައި ބުނާ ތިން ދުވަސް ކޮމެޓީ ރިޕޯޓް ދިރާސާ ކުރަން މެންބަރުންނަށް ލިބިވަޑައިގަންނަވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. ނަޝީދު ވިދާޅުވީ އަންނަ ހޯމަ ދުވަހު އުއްތަމަ ފަނޑިޔާރު ޑރ.އަހުމަދު އަބްދުﷲ ދީދީ އާއި، ފަނޑިޔާރު އާދަމް މުހައްމަދުގެ މައްސަލަ އާއި ގުޅިގެން މަޖިލީހަށް ގޮތެއް ނިންމެވޭނެ ކަމަށެވެ.

އުއްތަމަ ފަނޑިޔާރު ޑރ.އަހުމަދު އަބްދުﷲ ދީދީ އާއި، ފަނޑިޔާރު އާދަމް މުހައްމަދު ވަނީ އިއްޔެ މަގާމުތަކުން ދުރުކޮށް ސަސްޕެންޑް ވެސް ކޮށްފައެވެ.

ޖޭއެސްސީ އިން އިއްޔެ ނެރުނު ބަޔާނުގައި ވިދާޅުވީ، އުއްތަމަ ފަނޑިޔާރު ޑރ.އަހުމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އާއި ބެހޭ ގޮތުން އެ ކޮމިޝަން އިން ތަހުގީގުކުރި މައްސަލަތަކުގެ ބާވަތައް ބަލައި، ޝަރުއީ ދާއިރާގެ އިތުބާރު ނެގުހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް އެ ދެ ފަނޑިޔާރުން، ފަނޑިޔާރު ކަމުން ވަގުތީ ގޮތުން ދުރު ކުރުމަށް ފެންނަ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ހޯރަ ބޭ

  މާލަސް ވެއްޖެ މިހާރުން މިހާރަށް ބޭރުކުރަންވީ

 2. އެމް ޑީޕީ

  އިއްޒަތްތެރި ރައީސް! ކޮމެޓީ ރިޕޯޓު ނިމިއްޖެ. ނިއްމިގޮތަކީ މަނިކުފާނު ބުނިގޮތަށް އެ ދެފަނޑިޔާރުން ވަކިކުރުމަށް!!!!!!!!!!!!!! ރަނގަޅުތަ؟؟؟؟؟؟؟؟؟؟؟؟

 3. ޚ

  އަހަރެމެންގެ ޤައުމު މިގެންދަނީ ކޮންދިމާލަކަށް ބާ؟ މި ކުޅޭ ފިލްމް ތައް ހުޓާލާ ފަޓާސްބަރި އެއްހެން ކަންކަން ކުރީމަ ހަމަ މިވަނީ ނިމިދިޔަ ސަރުކާރުން ކަންކަން ކުރި ގޮތަށް ހަމަ ސިޔާސީ މީހުން ބޭނުންވާ ކަންކަން ބޭނުން ވާ ގޮތަށް ބާރުތައް ވަކިކުރަން އައި މީހުންވެސް ބާރުތައް އެކޮށްލާފި، ހެޔޮވެރިކަން ކުރަން އާމީހުން މިހާރު މިއުޅެނީ ކޮންކަހަލަ ވެރިކަމެއްތޯ؟

 4. މުހައްމަދު

  މަށަށް ހެޔޮ ކޮންމެ ގޮތެއް ތިޔަދެމީހުންނަށް ހެދިޔސް.
  ތިއީއަމިއްޔަށް ބޮއިގަޢް ބޮނޑިޔެއް.
  މިއީލަޢް ކަ ވާހަ ކަށް...

  7
  1
 5. ެއެޑްވަޑް ބާމުންޑޭ

  ޚުކުމްކޮށް ކުރިޚުކުމް ބާތިލްކޮށް، ކަންތައް ގަނޑެއް ހިންގުމުން ލައްކަ މޮޅުތަކެއްވެއްޖެނޫން.

  6
  1
 6. ޤަބީލާ

  ރާކަނިމަސް ކެވިއްޖެނު !! ތިޔައީ އަންނިއަށް ކޮށްފައިއޮތް 13 އަހަރުގެ ޙުކުމް މަޤާމުގައި ބަހައްޓާނޭކަމަށްބުނުމުން ބާޠީލްކުރި މީހާ!

 7. ދަންޑަހެލު

  ވަގުތު ސިފަވެގެން ގޮސްފައިވަނީ ވަރަށް އަވަހަށް ޚަބަރުތައް ގެނެސްދޭ ހީވާގި ނޫހެއްގެ ގޮތުގައި. އަދި ސަރުކާރުން ފޮރުވައި މަތިއަޅާ ކަންކަން ރައްޔިތުންނަށް ހާމަކޮށްދޭން ފަސްނުޖެހޭ ނޫހެއްގޮތުގަ... އެހެން ވީ މަ އުއްމީދުކުރަން ކުރިޔަށް އޮތްތާނގަވެސް އެގޮތަށް ގެންނާނެ ކަމަށް... އަދި ވަކިބައެއްގެ މަންފާއަށް ގާނޫނުތައް މުގުރައި މުޅި ދިވެހި ގައުމު ނުބައި މަންޒިލަކަށް ގެންދިޔުމަށް ކޯޓުތަކާއި ގާނޫނޫ އަސާސީއަށް އެހިންގާ ޖަރީމާތައް ރަނގަޅު ދިރާސާއަކާއެކު ބަޔާންކޮށްލަދިނުން