ނަން އިއްވުމަށް ފަހު މަޖިލީހުގެ ތަޅުމުން މިއަދު ނެރުނީ ގަވައިދުގައި ލިބޭ ނިޒާމީ މައްސަލައެއް ނެގުމުގެ ހައްގު ބޭނުން ކުރުމުން ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

ދަޢުލަތުގެ ފަރާތުން 2020 ވަނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓާ ގުޅޭގޮތުން ބަހުސް ކުރުމަށް ކުރިއަށް ދިޔަ މިއަދުގެ މަޖިލިސް ޖަލްސާގައި، މަޖިލިސް ރައީސް، މުހައްމަދު ނަޝީދު، ރޮޒައިނާގެ ނަން އިއްވާފައިވަނީ އޭގެ ކުރިން އޭނާއަށް ދެފަހެއްގެ މަތިން ނަސޭހަތް ދިނުމަށް ފަހުގައެވެ. އެންމެ ފުރަތަމަ ރޮޒައިނާ އަޑުގަދަކުރައްވަން ފެއްޓީ، ދާންދޫ ދާއިރާ މެމްބަރު، ޔައުގޫބު އަބްދުﷲ ވާހަކަފުޅު ދައްކަވަމުން ގެންދަނިކޮށެވެ.

ރޮޒައިނާ އަޑުގަދަ ކުރަން ފެށީ ރިޔާސަތުން އޭނާއަށް ނިޒާމާ ބޭހޭ ނުކުތާއަކަށް ފުރުސަތު ނުދީގެނެވެ. އަދި ނިޒާމީ ނުކުތާ ނުދެއްވީ ކީއްވެގެންތޯ ތަކުރާރުކޮށް ރޮޒައިނާ ދިޔައީ ރިޔާސަތާ ސުވާލު ކުރަމުންނެވެ.

އޭނާ މަޖިލީހުގެ ތަޅުމުން ބޭރު ކުރުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާ ހުށަހަޅުއްވައި ވޯޓު ދޭން އެންމެ ބޭނުންވި ބިލަށް ވޯޓު ނުދެވުނު ކަމަށާއި އެއީ ނިޒާމީ މައްސަލައެއް ނަގައިގެން ތަޅުމުން ބޭރުކޮށްލުމުން ކަމަށެވެ. އަދި އޭނާ ބޭނުން ކުރެއްވީ މަޖިލީހުގެ ގަވައިދުން ލިބޭ ހައްގެއް ކަމަށާއި އެ ހައްގު ހޯދަން މަސައްކަތް ކުރުމުން ކަމަށެވެ.

ރޮޒައިނާ ވިދާޅުވީ "މިއީ ވެސް އިންސާފުގެ ވައްތަރެއް" ކަމަށެވެ.

އިތުރަށް އޭނާ ވިދާޅުވީ، މަޖިލިސް ރައީސްގެ މަގާމްގައި ކޮންމެ ބޭފުޅަކު އިންނެވިޔަސް ގަވަައިދާ އެއްގޮތަށް ގެންދަން ޖެހޭ ކަމަށެވެ.

އެގޮތުން ނިޒާމީ މައްސަލައެއް ނަގައިފި ނަމަ ދޭން ޖެހޭނެ ކަން މަޖިލިސް ގަވައިދުގެ 61 ވަނަ މާއްދާގެ (ނ) އިން ވަރަށް ސާފު ކަމަށާއި، އަދި ނިޒާމީ މައްސަލައެއް ނުދޭނަމަ ސަބަބު ބަޔާން ކުރަން ޖެހޭ ކަން އެ މާއްދާގެ (ރ) އިން ބަޔާން ކުރާ ކަމަށް ގަވައިދުގެ ފޮޓޮއަކާއެކު ރޮޒެއިނާ ކުރެއްވި ޓްވީޓުގައި ވެއެވެ.

މިއީ މި މަޖިލީހުގައި އެމްޑީޕީގެ މެންބަރެއްގެ ނަން އިއްވި ފުރަތަމަ ފަހަރެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ހޯރަ ބޭ

    މަޑުން ހުރޭ

    22
    1
  2. ބޭއިންސާފް

    ކޮންސްޓަންޓެއްޖައްސާކައް ލަދެއްވެސް މިމީހުންނުގަނޭދޯ މިވެސް އިންސާފުގެވައްތަރެއް ރަނގަޅުގިނަ ބައެއްދޯ ބޭރުކުރާނީ ކަލޭމެން އިންސާފޭކިޔަން ލަދުގަންނަންޖެހޭނެ

  3. ޗާލު

    ރޮޒައިނާއަށް ނަޝީދަކީ ކާކުކަމެއް ނޭނގޭތަ. އަޑުއަހާލާ
    1- ކަނައަތުންކުރާކަމެއް ވާތަށްވެސް ނޭނގޭހާ ސިއްރުންކުރާނެ.
    2- ކޮށްފަނުކުރާނެކަމެއް އެކަކަށްވެސް ނޭގޭނެ.
    3- ލާދީނީފިކުރުނޫން މީހަކަށް ނުލަފާކަށް ދައްކާލާނެ.
    4- ބޭނުންއެއްޗެއް ހަދާ ބޭނުންކަމެއްކުރާނީ
    5- ބޯންޖެހޭނެ ބޮވެންޖެހޭނެ... މިހެންކިއިދާނެ ކިތައްމެވަރަކަށްވެސް

    12
  4. ބިންގޯ

    ހަށްގު ގެ ވާހަކަ ދައްކާ ބޭފުޅުންނަށް ސަޅާމް

    10
  5. އިންޞާފު ކާ ތަރާޒޫ

    ކޮބާ ހީވޭ؟ ކަނާމެންގެ ރޫޙާނީ ލީޑަރު ގެ ހުރި ތިލަފަތް ހަމަކަން ފެނިއްޖެއެއްނު. ދެން ހުރޭ ތިހިރީ ތާރީޚުގެ ތެރެއަށް ވަދެވިފަ.

    12