އުއްތަމަ ފަނޑިޔާރު ކަމަށް ގެންނަން އެންމެ ރަނގަޅީ ކުރީގެ ބަންޑާރަނައިބު އަދި މިހާރު ރިޔާސީ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ކަމަށް އދ.ގެ ދީނީ މިނިވަންކަމާއި ގަބޫލުކުރުންތަކާއި ބެހޭ މަންދޫބު އަދި ކުރީގެ ހާރިޖީ ވަޒީރު ޑރ.އަހްމަދު ޝަހީދު ވިދާޅުވެއްޖެއެވެ.
ޑރ.ޝަހީދު މިހެން ވިދާޅުވީ މިހާރުގެ އުއްތަމަ ފަނޑިޔާރު ޑރ.އަހްމަދު އަބްދުﷲ ދީދީ މަގާމުން ދުރުކުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމުންނެވެ. އަންނަ ހޯމަ ދުވަހު ޑރ.އަހްމަދު އަބްދުﷲ ދީދީ ފަނޑިޔާރުކަމުން ވަކިކުރާނެކަން މިހާރު ވަނީ ގާތްގަނޑަކަށް ކަށަވަރު ވެފައެވެ.
ޑރ.ޝަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އުއްތަމަ ފަނޑިޔާރަކަށް އެންމެ ރަނގަޅުވާނީ އެއްވެސް އަތަކަށް ބުރަނުވެ، ސީދާ ކަންއޮތް ގޮތައް ސާބިތުކަމާއި އެކު ޙައްޤު ބަސް ބުނަން ކެރޭ ޤާނޫނީ އިލްމުވެރިއެއް ކަމަށެވެ. ހުސްނުއްސުއޫދު އަކީ މިވަގުތު ރާއްޖޭގައި ހުންނެވި އެންމެ ގާބިލް ބޭފުޅާ ކަމަށް ވެސް ރައީސް ޞާލިހާއި ރައީސް ނަޝީދު ޓެގް ކުރައްވާ ޑރ.ޝަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.
Chief Justice akah emme rangalhuvaanee evves athakah buranuve, seedhaa kan oiy gothah saabithu kamaa eku haqqu bas bunan kerey qaanoonu ilmuveriyeh. @hsuood akee mivaguthu Raajjey ga hunnevi emme qaabil beyfulhaa. @ibusolih @MohamedNasheed
— Ahmed Shaheed (@ahmedshaheed) November 13, 2019
ހުސްނުއްސުއޫދު އުއްތަމަ ފަނޑިޔާރު ކަމަށް އައްޔަން ކުރަން އެމްޑީޕީ އިން ނިންމާފައިވާ ކަމުގެ އަޑުތަކެއް މީގެ ދުވަސްކޮޅެއް ކުރިން ވެސް ފެތުރުނެވެ.
ހުސްނުއްސުއޫދު އުއްތަމަ ފަނޑިޔާރު ކަމަށް އައްޔަން ކޮށްފާނެ ކަމަށް ބައެއް ފަރާތްތަކުން ލަފާކުރާއިރު އޭނާ އަކީ އެމްޑީޕީގެ ހަރަކާތްތަކުގައި އަމަލީ ގޮތުން ބައިވެރިވެ، ސިޔާސީ ހިޔާލުތައް ފާޅުކުރައްވަމުން ގެންދެވި ބޭފުޅެކެވެ. އަދި މިހާރު ވެސް ބައެއް ކަންކަމާއި ގުޅިގެން ވަރަށް ފާޅުގައި ސިޔާސީ ވާހަކަ ދައްކަވައެވެ.
އުންތަމަފަނޑިޔާރަކަށް ޝަހީދު ގެންނައްވީނު
ޑރ ސަހީދް އަކީ ޒަޔޮނިސްޓުންގެ ބޯއީއެއް، އެބޭފުޅާ ރިކޮމެންޑް ކޮއްފިނަމަ އެއީ ނުރައްކަލެއް.
އޭރުން ހަތަރެސްކަން ހަމަވާނެ މިހާރު ވެސް ތުއްތު އަލިދީދީގެ ގޯއްޗެއް މަކަރާ ހީލަތުން އަތުލައިގެން އެއުލެނީ އެހެން ވީއިރު ދެން ކަން ވާނެގޮތް ބަލަންތިބޭ
މިކަހަލަ ލާދީނީ މީހުން މި ލާދީނީ ސަރުކާރުން އިސްކުރާނެ ހުރިހާ މަގާމަަކައް. ކުރިން ގޮވަމުން އައީ ތިމަންނާމެން އަތެއް ނުބާނާނަމޭ ކިޔާފަ މިކުރަނީ ކޮންކަމެއްތޯ. އަހަރެން ދެން ދުވަހަކުވެސް ލާދީނީ އެމްޑީޕީ އަކައް ވޯތެއް ނުދޭނަން. މިނުމުނީ. ހީކުރީ އިބޫ ރަނގަޅުވާނެ ކަމައް. އެކަމަކު އަންނި އެކޭ އިބޫ އެކޭ ނެތް ތަފާތެއް.
އެމްޑީޕީ އުފެއްދުމުގައި ހަރަކާތްތެރިވެ އެޕާޓީގެ ކައުންސިލް މެމްބަރގެ އިތުރުން އެމްޑީޕީގެ ވެރިކަމުގައި ބަންޑާރަނައިބުގެ މަޤާމް އަދާކޮށްފައިވާ މީހެން އުއްތަމަ އަކަށް ގެނައުމުން މަސްލަހަތު ފުށުއަރާނެ ނޫންތޯ؟
ޔޫއެން މަގާމެއްގައި ހުންނަ މީހަކު ރާއްޖޭގެ ދާޚިލީ ކަންކަމާބެހުން ޤާބޫނެއް ނުކުރެވޭ. މިކަން ބަލަން ދަންނަވަން މަޖިލީހަށްވެސް ރައީސަށްވެސް. ޝަހީމުގެ ކަންކަން ބަލާގޮތަށް މިކަންވެސް ބެލުން އެއީ އެމްޑީޕީގެ ލޯގޯގައި އިންނަ ތިލަފަތް ހަމަކޮށްދޭ ގޮތަކީ.
ފަޑިޔާރުގެއަށް އައްޔަނު ކުރާ ފަޑިޔާރުން ނޮމިނޭޓްކުރާނެ މީހަކާ، އެފޮނުވާނެ އިދާރާއާއި، ލަފާދޭނެ މީހުން ޤާނުނު އަސާސީގައި ބުނެފައި ވަނިކޮށް، ޔޫއެންގެ މަޤާމެއްގައި ހުރި މީހަކު ބަހެއް ބުނުން އެއީ ނުފޫޒު ފޯރުވުން. އެކަން ހުއްޓާލާ.
ތިޔަ ގާބިލުކަން ފެންނާނީ އަމިއްލަ މަސްލަހަތު އޮންނަ ކަމަކާ ދިމާވަން ދެން
އަހަރުމެންނަށް އެނގޭ ތިކަން ނުކުރެވިގެން ޖަހާ ސަކަރާތް މިގައުމު އޮޔާ ދާތަން ބަލާކަށް އަހަރުމެން ނުތިބޭނެ ވާހަކަ ރައީސް އިބިރިހިމާ އާއި ޅިޔަނު ކެންނާރި ދަންނަ ނުދަންނަ މާފަތް އެދުރު ސޫލާސިރާޒް ބޮވުނު ގަންޖާ މަހާރަދުންނަށް އަންގަން މިގައުމު ސަލާމަތްކުރަން ކުރެވެނު ކޮންމެ ކަމެއް ކުރަން އަހަރުމެން ތައްޔާރުވާ ވާހަކަވެސް ދަންނަވަން ބަޑިއާއި އުންޑައަށްވެސް އަހަރުމެން ޖެހިލުން ނުވާނެ ވާހަކަވެސް ދަންނަވާލަން ކަރުނަގޭހާއި ޕެޕާ ސްޕްރޭ އަކަށްވެސް ޖެހިލުމެއް ނުވާނެ މިއީ ވަރަށް ވާހަކަ
ސުއޫދަކީ ސިޔާސީ އަދި ޤާނޫނީ މަރުމޯލެއް. މިސަރުކާރުން ވަޒީފާދެނީ މަރުމޯލުންނަށް އެގޮތުން އޭނަވެސް ރަނގަޅު.
އެމްޑީޕީން ކުޅެން ބޭނުންވާ އެންމެ ރަނގަޅަށް ކުޅި ކުޅޭނެ މީހަކީ ސޫދު. އެމްޑީޕީގެ މަޖްބޫރު މަޖްލީސް ވޯޓުން ހޮވިދާނެ. އެހެންގޮތަކަށް ނުހޮވޭނެ. އެމްޑީއެޕް އިންޑިޔާއަށް ޙަވާލުކޮށް ދިވެހިރާއްޖޭގެ ސިކިއުރިޓީ އިންޑިޔާއަށް ޙަވާލު ކުރަނެ ކަމަށް ބުނި މީހަކަށް ތިމަޤާމު ޙަވާލު ކުރުމަކީ ބިރުވެރިކަމެއް. ދެރަކަމެއް. އަދި އެކަމާ ހިތާމަކުރަން!
"ޥެރިކަ މަށް އެން މެ ރަންގަޅީ ފިރުއައުނު" - ޙާ މާން