ދީނީ އިލްމުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު ޑރ އަފްރާޝީމް އަލީ އަވަހާރަކޮށްލުމުގައި ސިޔާސީ ބައެއްގެ އަތެއް ނެތް ކަމަށް މަރުގެ މައްސަލަތައް ބަލާ ކޮމިޝަންގެ ރިޕޯޓުން ހާމަވެއްޖެއެވެ.

"ވަގުތު" އަށް އެނގިފައިވާ ގޮތުގައި، މަރުތައް ތަހުގީގުކުރާ ކޮމިޝަނުން ކުރި ތަހުގީގަށްފަހު، އެ ކޮމިޝަނުން އެކުލަވާލި ރިޕޯޓުގައިވަނީ އަފްރާޝީމް އަވަހާރަކޮށްލީ ސިޔާސީ ބޭނުމެއްގައި ކަމަށް ބާރުލިބޭ އެއްވެސް ހެއްކެއް ނެތްކަމަށެވެ.

ކޮމިޝަނުން "ސިއްރު" ޖަހާފައި ނެރުނު ރިޕޯޓު މިއަދުވަނީ ދައުލަތުގެ ކަމާއި ގުޅުންހުރި އިދާރާތަކަށް ފޮނުވާފައެވެ. އެކާއެކު ސިއްރު ޖަހާފައި އޮތް މި ރިޕޯޓުގެ ބައިތައް މިހާރު ދަނީ މީސް މިޑިޔާގައި ދައުރުވަމުންނެވެ.

ޑރ އަފްރާޝީމް އަވަހާރަކޮށްލީ ސީޔާސީ ބޭނުމެއްގައި ކަމަށް އެންމެ ބޮޑަށް ތުހުމަތުކުރީ މިހާރު ވެރިކަންކުރާ އެމްޑީޕީ އާއި، އެ ކޯލިޝަނުގައި އޮތް ދީނީ އިލްމުވެރިން އެންމެ ގިނަ އަދާލަތު ޕާޓީއާއި، ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދެވެ.

2015 ވަނަ އަހަރުގެ މޭ މަހުގެ 1 ވަނަ ދުވަހު އޭރުގެ އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާއެއްގައި މިހާރުގެ ހޯމް މިނިސްޓަރ އަދި އަދާލަތު ޕާޓީގެ ރައީސް، ޝެއިޚް އިމްރާން އަބްދުﷲ ވަނީ އަފްރާޝީމްގެ މަރާއި ގުޅިގެން ކުރީގެ ރައީސް ޔާމީނަށް ވަރަށް ބޮޑު ތުހުމަތުތަކެއް ކުރައްވާފައެވެ.

އެދުވަހު ޝެއިޚް އިމްރާން ވިދާޅުވީ ޑރ.އަފްރާޝީމް އަށް ވީގޮތް ރައީސް ޔާމީންއަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ. އަދި "އަޅުގަނޑުގެ އަތުގައި މިހުރީ ހެކިތަށް" ކަމަށް ވިދާޅުވެ އިމްރާން އެދުވަހު ގަނޑުތަކެއް ދެއްކެވިއެވެ. ނަމަވެސް ފަހުން ފޮޓޯތަކާއި ވީޑިޔޯތައް ރަނގަޅަށް ބެލުމުން އެއީ ހަވީރު ނޫހުގެ ކޮޕީތަކެއް ކަން ހާމަވިއެވެ.

މަރުގެ ކޮމިޝަންގެ ރިޕޯޓުގައި ބުނެފައިވަނީ އަފްރާޝިމް އަވަހާރަކުރީ ދީނީގޮތުން ޚިޔާލު ތަފާތު ބައެއް ކަމަށެވެ. އަދި އެމީހުން އެ މަސައްކަތް ހަވާލުކުރީ އަޒްލިފް ރައުފްއާއި ކަމަށްވެސް ރިޕޯޓުގައިވެއެވެ.

މަރު ކޮމިޝަންގެ ރިޕޯޓުގައި ބުނެފައިވަނީ އެމަސައްކަތުގައި އަޒްލިފް ރައޫފް ބޭނުންކޮށްފައިވަނީ އޭނާ އިސްކޮށް އުޅޭ ގޭންގުގައި މަސްތުވާތަކެއްޗާއި، ބަނގުރާ ވިއްކުމުގައި އޭނާއަށް އެހީވާ މީހުންނާއި ކުދިން ކަމަށެވެ.

އަފްރާޝީން އަވަހާރަކޮށްލުމުގައި ހުމާމް އާއިއެކު ހ.ހިކޯސްޓް އަލީ ޝާން (ސަޓޯ) އަދި 18 އަހަރު ނުފުރޭ ކުއްޖެއްވެސް ބައިވެރިވިކަމަށް މި ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. މި ދެމީހުންގެ ތެރެއިން ސަޓޯގެ މައްޗަށް އޭރު ދައުވާކުރި ނަމަވެސް އޭނާގެ މައްޗަށް އެ ކުށް ސާބިތުވެފައެއް ނުވެއެވެ. މިމައްސަލައިގައި ކުޑަކުއްޖާ ބޭނުންކޮށްފައިވަނީ ހެއްކެއްްގެ ގޮތުގައެވެ.

ކޮމިޝަނުން ބުނެފައިވަނީ އަފްރާޝީމް އަށް ހަމަލާދޭނެގޮތް ރާވާ، އެމީހުންނަށް އިރުޝާދު ދީފައިވަނީ އަޒްލިފް ކަމަށެވެ.

އަޒްލިިފް ވަނީ އަފްރާޝީމްގެ މައްސަލައިގެ ތަހުގީގު ކުރަމުން ދަނިކޮށް ރާއްޖެ ދޫކޮށް ގޮސްފައެވެ. އަދި އޭނާ ސީރިޔާގެ ހަނގުރާމައިގާ މަރުވެފައިވާކަމަށް ފަހުން ހަބަރު ފެތުރިފައިވެއެވެ.

އަފްރާޝީމް އަވަހާރަކޮށްލީ 2012 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ 2 ވަނަ ދުވަހުގެ ރޭ ގޭގެ ސިޑި ކައިރިންނެވެ.

ކިޔުންތެރިންގެ ހިޔާލު

27 ކޮމެންޓް

  1. ށަމްނާ

    ޢިމްރާން އަކީ ފޭލިއަރެއް. ޢޭނާގެ ނަފްސު ވިއްކާލީ މިނިސްޓަރު ކަންހޯދަން.

    20
  2. އަޒުމީނު..

    އަލިފުޅުބޭގެ މުޙައްމަދަށް ހުރީ ދޮގު ހެދިފަ.... ހައުދަހާވާ ގިނަ ދޮގެކޭ އެއު އެ ހެދީ... އަފުރާޝީމު އަވަހާރަ ކޮއްލުމުގައި ޔާމީނު ބައިވެރި ވިޔޭ ކިޔައިގެން ހެދި ދޮގުތައް އިއްޔަ ކުރި ކަމެއްހެން ހަނދާން އެބަހަރި... މުހައްމަދާ ތައް ހަމަ ސާބަސް.. ތޮ ދެން އަނގަ ނުތަޅާ... ޓިޔައީ ހަމަ ސުމެއްގެ މީހެއް...

    10
  3. ދޮގު ކޮމިޝަން

    ކޮނމެ ކޮމިޝަނަކަސް ތީ ހަމަ ބޮޑު ވެގެންވާ ދޮގެއް، ސިޔާސީ ބަޔަކު އަޑީގަ ތިބެގެން ކުރިބަޔަކު ކުރި ކަމެއް ކަމަކީ، ވަކި ބަޔަކު ހިމާޔަތް ކުރަން ވިޔަސް ބޮޑުވަރު ތީ،،،

    13
    1
  4. ާަާމަ

    ހޯމްމިނިސްޓަރު ކަމުން އިސްތިއުފާދީފަ ދުރަށްޖެހިލާކަށްނުވޭތަ އިމްރާނޫ. މަކަރާ ހީލަތް ހެދުމުގެ ލާމަސީލު މިސާލެއް އެހެންނު.

    12
  5. Anonymous

    އެމްޑީޕީ އިން ހިންގާ ޖަރީމާއެއް ތިކަމަކީ .ތިކަން ކުރީ އެމްޑީޕީ ލާދީނީ މީހުން ފަންޑް ކޮއްގެން އަފްރާޝީމް ވެރިކަމައް ކުރިމަތި ލައި ކާމިޔާބް ކޮއްފާނެތީވެ. އަދި މިކަން ކުރަން ފަންޑްކުރީ އެމްޑީޕީ ލާދީނީ މީހުން

    12
  6. ބުރޯ

    އަޒުލީފު އެބައުޅޭ ލަންކާގަ

  7. އައްޔު

    ކޮބާ ނަނާހުވަފެނޭ ކިޔައިގެން ޔާމީނުއަށް އިނގޭނޭ ކިޔާ މިހާރުގެ ހޯމް މިނިސްޓަރ އަދި އެމްޑީޕީ ރަންރީނދޫ މީހުންތަށް ތިޔަބައިމީހުންގެތެރޭގައި ހިމެނޭ ޓީމަކުން ޔައުނީ އެމްޑީޕީ އުފެއްދުމުގައި ހަރަކާތްތެރިވި މީހަކު އިސްކޮށް ހަރަކާތްތެރިވާ ތަހުޤީޤް ޓީމުން ތަހުޤީޤް
    ކުރިއިރުވެސް ނެތް ޔާމީނުއާއި ގުޅުވޭނެ ޑޮޓެއްވެސް ކޮމާއެއްވެސް ނުލިބުނު. ކުރިން ނުކުރާހާ ތާއީދު މިހާރު ޔާމީނަށް ކުރެވޭ އެމަނިކުފާނުގެ ފަސްބައި ކިލަބުކޮށްލަން އެމްޑީޕީ ކުރިމަސައްކަތް މިހާރު ހާމަވަމުން މިދަނީ ފުރަތަމަ 800 މިލިއަނެއް ދެން އަފްރާޝީމް ދެން އެމްއެންޕީއާރުސީ ދެންވެސް ދެންވެސް އެކަމަކުވެސް ދަންނަވަންތޯ މާދަމާވެސް އާބިދައްތަގެ މުހައްމަދު ބުނަންވީ ޔާމީނުއޭ އެންމެން އަތްޖަހާ ގަބޫލުކުރާނެ ކީއްވެތޯ؟ ބޮޑިބަތާއި ލެއާއި ކާޅާއި އެއްކުރުމުން ވާނީ ކޮކްޓައިލް ވިސްނައިފި ބަޔަކަށް ނޫނީ އިބުރަތެއްނުވޭ

    14
  8. އަލީ

    އިމްރާނުގެ އަތެއް މިކަމުގައި ވާކަން އެބަ އެނގޭ އޭނާގެ ވާހަކައިން.

  9. އިއްބެ

    ކޮބާ އަސޭލާ ހޯދާ އޭނަ އޭނަޔަށް މަރުގެ އަދަބު ދޭންޖެހޭން ސިޔާސީ މަގުސަދަކަށްޓަކާ ފާދިރީޔަކު ގެނެސް މިމުސްލިމުން މަގުފުރެއްދި ރާއްޖެ ޓީވީ ކޮބާ މީހާދަ ނުބާ ބަޔެކެވެ.ފިތުނާގެ ކޮޅިގަނޑު ރާ ޓީވީ ކަލޭމެނަށް ހުރި ހިތާމައެއްގެ ބޮނޑުކަން ޔާމިނު އަށް ވޯޓުނުލެވުނީ މިހާރު ދެރަވެސް ވޭ ވިސްނާ ފިކުރުރޭ މިމީހުންގެ ކިބައިން ސަލާމަތްވޭ ހުރިހާމީހުން ވެސް

    13
  10. ނުރަބޯ

    ޤަބޫލެއް ނުކުރެވޭ. ތިއީ އެމް،ޑީ،ޕީ މީހުން ތީގަނުވާކަން ދައްކަން ސޫދު ލައްވާ ހަދުވާފައޮތް ރިޕޯޓެއް. ކޮބާ އަޒްލީފަށް 4މިލިޔަން ހުށަހެޅި ޖާ. އަފްރާޝީމް އަވަހާރަކޮށްލީ ސީދާ އެމް،ޑީ،ޕީ ބޮޑުން އަޑީގަތިބެގެން.

    26
    1
  11. ބަރުގޮނު

    މިމަސްއަލައަކީ ދިވެހިރާއްޖޭގެ ޝަރުޢީ ، ޤާނޫނީ މަރުޙަލާއެއް ނިމި ޤާތިލުގެ މައްޗަށް މަރުގެ ޙުކުމް އައިސްފައިވާ މަސްއަލައެއް. މަސްއަލާގެ ތަޙްޤީޤުގައި ، އެމް.ޑީ.ޕީ ސަރުކާރު 2012 ގައި ބަދަލުވި ދުވަހު ޑރ. އަފްރާޝީމް ޓީ.ވީ އިން ދެއްކެވި ވާހަކަޔަކާ ގުޅިގެން އަފްރާޝީމް މަރަން ޖެހޭކަމަށް އެކަންރޭވުމުގައި ބަިވެރިވި މީހަކު ބުނިކަމަށް (އެމީހާގެ ނަންވެސް ހާމަކޮށް) ޙުމާމް ބުނެފައިވާނެ. މިކަމުގައި އެމް.ޑީ.ޕީ ގެ ނަން އަންނާތީ އެޕާޓީ ގެ އިސްފަރާތްތަކުން ކުރިއްސުރެ ވާހަކަ ދައްކާ ހަދާ.

    24
  12. ފާއިޒް

    ޢަލްހަމްދު ލިﷲ ތައީސް ޔާމިން ތިކަމުން ސަލާމަތްވި ކަމަށް ޓަކައި .. ދެން މިވެރިން ކިޔާނީ ކީކޭބާ...

    23
    1
  13. ޖާޒީރާ ބޯއީ

    ނުވާނެތިކަމެއް ސިޔާސީ ބައެއްގެ އަތެއް ނުވެ ނުދާނެ، ތިޔަމައްސަލަ އަލުން ބަލާންވާނީ މިސަރުކާރު ނެތް ދުވަހަކުން، އެހެނީ މިސްރުކާރާ ގުޅުން ހުރި އެތައް ފަރާތެއްގެ މައްޗަށް ފެށުނީއްސުރެ އަންނަނީ އިގިލި ދިއްކުރަމުން، މިކަންވެސް މިވީ ސިޔާސީކަމަކަށް އެންމެފަހުން.

    23
  14. އަލްހާން

    ޑރ.އަފްރާޝީމްގެ މައްސަލާގައި ތުހުމަތު ކުރެވުނު ސުމިތަށް އަދި ޖާއަށްވެސް އޭގެބޭރުން ރައީސް ނަޝީދުއާވެސް ގުޅުންހުރިކަމަށް ބެލެވުނު. އެހެންވެ ތިޔަކޮމިޝަނުން ރަގަޅު ސައްހަ ރިޕޯރޓެއް ނެރުމާއިމެދު ސުވާލުއުފެދޭ.

    30
  15. ކީއްކުރާނީ

    އަޅެފަހެ މިދިވެހީން ހޭއަރަން ވެއްޖެއެއްނޫޫން، ރައީސް މައުމޫނު ވެރިކަމުން ބޭލީ ބޮޑެތި އިލްޒާމް ތަކެއް އެޅުވުމަށް ފަހު، ހަމަ ރައީސް ޔާމީން ބޮލުގައި ވެސް އިލްޒާމް ތަކެއް. ގޮތެއް ނިންމުމުގެ ކުރިން އިންސާނާއަށް ﷲ ދެއްވި ސިކުނޑި ބޭނުން ކޮއްލައްވަމާ 2023

    28
  16. ނޫނު

    ގަބޫލު ކުރެވެނީ ދިނީ ހިޔާލު ތަފާތުވެގެން މިގައުމުގަ ތިވަރު ކަމެއް ކުރާވަރަށް ވުރެ ދިވެހިން އަދި މާ ތަންދޮޅު އޮޅުން ފިލާފަ ތިބޭކަމަށް. މިސަރުކާރުން ކިތަންމެ ވަރަކަށް ކަންކަން ދީނާ ގޫޅުވަން މަސައްކަތްކޮށް ދީނަށް ލޯބި ކުރާމީހުންނަކީ ޓެރަރިސްޓުން ގޮތުގަ ދައްކަން މަސައްކަތް ކުރިނަމަވެސް ހަމަ ގަބޫލު ކުރަހިތް ވަނީ މި މަރަކީ ހަމަ ސިޔާސީ ބަޔަކުގެ ބައިވެރި ވުމެއް އޮވެގެން ރޭވިގެން ދުރާލާ ބަޔަކު ވަރަށް ތައްޔާރުވެގެން ހިންގި ގަތުލުއާމެއްހެން. މިގައުމުގަ އުޅޭ ލާދީނީ ޓެރަރިސްޓުން ބޭނުން ވަނީ ގައުމުގަ ހިނގާ ހުރިހައި ނުރަނގަޅު ކަންކަމަކީ މުސްލިމުން(ސުންނަތަށް ލޯބި ކުރާ ހާއްސަކޮށް)ކުރާ ކަންކަން ބޭރު ދުނިޔައް ދައްކާ އިސްތިހާރުކުރަން އަދި ދިވެހިން ލޭބަލް ކުރަން. ބަޔަކު ނިދާފަ ތިއްބަކަށް އަދި ބަޔަކު ހޭލޭ އުޅޭކަން އެބަޖެހޭ އެމީސްމީހުން ހަނދާނުގެ ބަހައްޓަންވެސް.

    22
  17. އިބްރާހިމް

    ހުސްދޮގު. ފަހަތުގައިހުރީ އަންނި. އެދުވަސްވަރުގައި އަފްރާޝީމްގެ އަގުވެއްޓުމަށް ރާއްޖެ ޓީވީން ޚާއްސަ މަސައްކަތްތަކެއް ކުރި. އަދި އަފްރާޝިމްގެ އިންޓަވިއުތަށް އަޑުއައްސަވާލައްވާ.

    23
  18. ޒަމް

    ރައީސް ޔާމީންގެ ބޮލުގައި މިރާއްޖޭގައި މަރާ ހުރިހާ މަރެއްގެ ޒިންމާ އެމްޑިޕީ އެޅުވީ. ޙައްޤެއްނެތް ގޮތުގައި ރައްޔިތުންނަށް އެމަނިކްފާނާ މެދު ނަފަްރަތު ކުރުވައި ދޮގު އިލްޒާމާ ދޮގުބަހަނާ ދައިކައިގެން ވެރިކަމަށް އައިސްތިބޭއިރު ލަދަެއްވެސް ނުގަނޭ ބާވައޭ.ހިތަށް އަރާ.

  19. އަޙްމަދު

    ސޫދުގެ މީހާރު އެންމެ ބޮޑަށް ބޭނުންވެގެން އުޅެކަމަކީ އުއްތަމަ ފަނޑިޔާރުކަން. އެކަން އެންމެ ފަސޭހައިން ކުރެވެން އޮތީ ނަޝީދު ވަރަށް ބޮޑަށް ހިތް ރުއްސައިގެން. ތިރިޕޯޓްގެ ސައްޙަ ކަމާމެދު ވަރަށް ބޮޑަށް ސުވާލު އުފެދޭ. އަބްދުﷲ ރިޔާޒު ތަފާތު އެކި ފޯޑިއަމް ތަކުގައި ބުނެފައިވަނީ ވަގުތު ޖެހުމުން ހާމަ ކުރާނެ ވާހަކަ. މިހެއްގެ މަރު ސިއްރު ކުރަންޖެހޭ ސަބަބެއް ނުވިސްނޭ. އެމްޑީއެންގެ ވާހަކަ ވަރަށް ގަދަޔަށް ދެކެވޭ ދުވަސް ވަރެއްގައި ދީނީ މީހުންނޭ ކިޔައިގެން ދައްކަނީ ތެދުވާހަކަކަން ޤަބޫލު ކުރަން އުނދަގޫވެ. އަޑިނޭނގޭ އެތެއް ސުވާލެއް އެބަ އުފެދޭ!

  20. ސަނާ

    ޢިމްރާނުގެ މައްޗަށް ޖިނާޢީ ދަޢުވަ އުފުލާނޭކަމަށް ރައީސް ޔާމީން ވިދާޅުވި! މިއޮތީ ވަގުތު އައިސްޖެހިފަ! ޢިލްމުވެރިޔެއްގެ ތާޖު އަޅައިގެން ދުނިޔޭގެ ލައްޒަތާ ޖާހަށްޓަކައި ޢަބުރުވެރި އިންސާނެއްގެ ޢަބުރު ކަތިލާފަ ޢިމްރާނަށް ސަލާމަތުން ހުރެވިގެން ނުވާނެ! ރައީސް ޔާމީނަށް އަޅުގަނޑުމެން ގޮވާލަނީ މި ދަޢުވާ އުފުލާދޭށޭ! އޭނާ އެދުވަހު ވަރަށް ސާފުކޮށް އަފްރާޝީމުގެ މަރުގެ އިލްޒާމު ރައީސް ޔާމީންގެ އިސްތަށިފުޅަށް ކަނޑައިލި!

    13
  21. ރޯނުއެދުރު

    ދީނީގޮތުން ހިޔާލް ތަފާތު؟ހައްދުފަހަނަ އެޅީތޯ ނޫނީ އިސްލާމް ދީން ގަބޫލް ނުކުރާ ބައެއްތޯ؟

  22. މޯދީ

    ސީދާ ނަޝީދުގެ ބައިވެރިވުން އޮތީމަ ރިޕޯޓް އަވުރާލީ!

    11
  23. ބެލިންތަ

    އަޒްލިފް އަށް ޔާމީން ސަރުކާރުން ފުލެޓެއްވެސް ދިންކަން ލިސްޓްތަކުން ހާމަވޭ. އެއީ ކިހިނެތްބާ.. އަޒްލިފު ކަމެއް ރާވާ ހިންގިކަމަށް ތިބުނާއިރު ސިޔާސީ މީހުންނަށްދޯ ފްލެޓް ދެވޭނީ. އަދި އޭނަ މަރުވިކަމުގެ ހަބަރުތައް މީޑިއާގަ ފެތުރުނު ފަހުން އެއީ.. މިކަމާ ތިކަމާ ގުޅުމެއްވޭތަ.. އަނެއްކާ އުމަރު ނަސީރު ޔާމީނޭ ކިޔައިގެން އެދެއްކި ވާހަކަތައް ވަޔަށް ދިޔައީތަ. އެކަމުގަ ހިމެނޭ ކުޑަކުއްޖާ ޔާމީންނާ ބައްދަލުކުރިކަމާ، ކީއްވެގެންތޯ އެގޮތަށް ސިއްރިއްޔާތުގަ ބައްދަލު ކުރަން ޖެހުނީ.. ރީކޯ މޫސަގެ ދަނބިދަރި އޭވެސް ވަރަށް ބޮޑަށް ކި. މިހުރިހާކަމެއް ކީވެސް ސަރުކާރުގެ އޭރުގެ މީހުން. މިހުރިހާކަމެއްވެސް ބެލިންތަ..ނޫނީ ލާދީދީ ބަޔަކު ނެރުނު ރިޕޯޓަކާ ގުޅިގެން އެޗެރިން ހިތްހަމަޖެހޭގޮތަށް ކަންތައް ނިންމާދެނީބާ؟؟؟ ޖަވާބު ބޭނުން ...

  24. ރައުޝާމް

    އަފްރާޝީމަކީ ދީނީ އިލްމުވެރިޔެއް.. އަފުރާޝީމާއި އެންމެ ޚިތާލުތަފާތުވާނީ މިހާރުގެ ސަރުކާރުގައި ތިބި އަދި އޭރުގަވެސް ތިބި ލާދީނީ މީހުންތައް. އަދި އޭރުވެސް މިހާރުވެސް އެމީހުންގެ މަސައްކަތަކީ ދީން ބަލިކަށިކޮއްލުން. އެގޮތުން ދީނީ އިލްމުވެރީންގެ ބަހާއި އަދި އަމަލުތައް ހުއްޓުވައި ނަސޭހަތާއި ހަރާމްކަންކަމާދެކޮޅައް އުފުލާއަޑުތައް މަނާކުރުން. ވީމާ އަފްރަޝީމުގެ ގަތުލުގެ ފަހަތުގައި މި ސަރުކާރުގެ ލާދީނީ މީހުން ތިބިތޯ ތަހުގީގު ނުކުރެވެނީ ކީއްވެ.؟

  25. ބރ

    މިހާރު ތިއުޅެނީ ދީނައް ފިއްތުންތައް ކުރިމަތި ކުރުވަން.

  26. ހަފީޒް

    އަފުރާޝީމް އަވަހާރަކޮއްލީ އެމްޑީޕީގެ އެތެރޭތިބި ދިވެހި ނަސޯރާއިންނާއި މަޖޫސީއިންނާއި އަދި ދިވެހި ޔަހޫދީންތަކެއް އެކުވެގެން ހިންގުރޭވުމެއްގެ އެތެރެއިންކަމުގައި މިހާރު ވަރައްބޮޑައް އެބަބެލެވޭ. ރިޕޯޓުގައިވާފަދައިން އެމީހުންނަކީ ހަމަ އަފްރީޝީމްގެ ދީނީ ޚިޔާލާ ހަމަ ޝައްކެއްނެތް މިންވަރައް ދެކޮޅުބަޔެއް.

  27. Anonymous

    ޑރ އަފްރާޝީމް މަރާލީ އެމްޑީޕީގެ ލާދީނީ މީހުން.