ދީނީ މިނިވަންކަމާއި، ދީނަށް މަލާމާތްކުރުމާއި، ހަނގުރާމައަށް ދިއުމާއި، ދީނުގެ ނަމުގައި ހިންގާ މާރާމާރީތަކާއި ހަނގުރާރަމަވެރި ޙަރަކާތްތައް ހިންގައި، އެފަދަ ހަރަކާތްތަކުގައި ބައިވެރިވާ ފަރާތްތަކަށް ހަރުކަށި ފިޔަވަޅުތަކެއް އަޅަން ނިންމައި، ފިޔަވަޅު އަޅާނެ އުސޫލެއް އިސްލާމިކް މިނިސްޓްރީން ޢަންމުކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން އާންމުކުރި އުސޫލުގައިވާ ކަންތައްތައް ތިރީގައި މިވަނީއެވެ.

ފާޅުގައި އިސްލާމްދީން ދޫކޮށްލުން (މުރުތައްދުވުން)

އިސްލާމްދީން ދޫކޮށްލާ (މުރުތައްދުވާ) މީހުންގެ މައްސަލަތަކުގައި އަމަލުކުރާނެ ސިޔާސަތެއް އެކަށީގެންވާގޮތެއްގައި ދިވެހިރާއްޖޭގައި ލިޔެވިފައި ނެތުމާއި އަދި މުރުތައްދުވުމަކީ ރާއްޖޭގެ ޤާނޫނު އަސާސީންގެ އުޞޫލުތަކުގެ ތެރެއިން އެއްވެސް ޤާނޫނެއްގެ ދަށުން ޖިނާޢީ ކުށަކަށް ނުވާއިރު، ދިވެހިރާއްޖެއަކީ ސައްތައިން ސައްތް އިސްލާމީ ޤައުމަކަށްވުމާއެކު، ދިވެއްސަކު އިސްލާމްދީން ދޫކޮށްލައިފިނަމަ އަމަލުކުރާނޭ ގޮތް ކަނޑައަޅައި ސިޔާސަތުތަކާއި އިޖުރާޢަތުތަކެއް ކަނޑައަޅަންޖެހޭކަމަށް އިސްލާމިކް މިނިސްޓްރީން ޢަންމުކުރި އުޞޫލުގައި ބުނެފައިވެއެވެ.

މުރުތައްދުވާ މީހުންނާމެދު މި އުޞޫލުގައި ބުނެފައިވަނީ، މުރުތައްދުވާ މީހުންނަށް ފުރަތަމަ ނަސޭހަތްދީ، އިސްލާމްދީނުގެ އުޞޫލުތައް އޮޅުންފިލުވައިދީ އެ މީހާ އެނބުރި އިސްލާމްދީނަށް ރުޖޫޢުވުމަށް ފުރުޞަތު ދޭންވާނެކަމަށެވެ. އަދި މިގޮތަށް ދެވޭ ފުރުޞަތުގައި އެ މީހަކު އިސްލާމްދީނަށް އެނބުރި ރުޖޫޢަވެއްޖެނަމަ، އެމީހަކަށް ބޭނުންވާ ދީނީ އަދި ނަފްސާނީ އެހީތެރިކަން ދައުލަތުން ފޯރުކޮށްދޭން ވާނެ ކަމަށެވެ. ނަމަވެސް ދެވޭ ފުރުޞަތުގައި އެމީހަކު އިސްލާމްދީނަށް ރުޖޫޢަ ނުވެއްޖެނަމަ، އެމީހަކު އެހުރީ މުރުތައްދުވެފައިކަމަށް ދިވެހިރާއްޖޭގެ ޝަރުއީ ކޯޓަކުން ކަނޑައަޅަންވާނެކަމަށް މި އުޞޫލުގައި ބުނެފައިވެއެވެ.

މީހަކު މުރުތައްދުވެފައިވާކަމަށް ޝަރުއީ ކޯޓަކުން ކަނޑައަޅައިފިނަމަ، ޤާނޫނުގައި ބުނާ މުއްދަތަކަށް އެމީހަކު މުޖުތަމައުން އެކަހެރިކޮށް، މަދަނީ ފިޔަވަޅުތަކެއް އަޅައި، އެމީހަކަށް ޕެރޯލް ނުވަތަ ކެލެމެންސީ ނުވަތަ އެނޫންވެސް ޙުކުމެއްގެ ލުޔެއް ނުދެވޭނެކަމަށް މި އުޞޫލުގައި ބުނެފައިވެއެވެ.

ދީނުގެ ނަމުގައި ހަނގުރާމައަށް ދިއުން/މާރާމާރީއާއި ހަނގުރާމަވެރި ޙަރަކާތްތައް ހިންގުން

ދުނިޔޭގެ އެހެން ޤައުމުތަކުގައި ހިނގާ ދާހިލީ ހަނދުރާމަތަކުގެ ޓެރަރިޒަމްގެ ޙަރަކާތަތަކުގައި ދީނުގެ ނަމުގައި ދިވެހިން ބައިވެރިވާއިރު، އަނބިންނާއި ޅަ ދަރިން ގެންދާ މައްސަލައިގައި އިސްލާމިކް މިނިސްޓްރީން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އަދި މިފަދަ ކަންކަމުގެ ސަބަބުން ޅަ ކުދިންގެ ސިކުނޑިއަށް ނުހަނު ބޮޑަށް ނޭދެވޭ އަސަރުކޮށް، އަންހެނުންނާއި ކުޑަކުދިން ދަތި ހާލުގައި އެޅެންޖެހުމާއި، މިހެން އުޅުމުގެ ތެރޭގައި ފިރިމީހާ މަރުވެއްޖެނަމަ އަންހެނުންނާއި ދަރިން އެހެން ފިރިހެނަކާ ހަވާލުކުރާކަން ފާހަގަކޮށް ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

ރާއްޖޭގެ ޤާނޫނީ އޮނިގަނޑުގެ ތެރޭގައި ރާއްޖޭން ބޭރުގައި ހިނގާ މިފަދަ ހަނގުރާމަތަކުގައި ބައިވެރިވުމަކީ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ ދަށުން އަދި މާރާމާރީ ހިންގުމަކީ ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތުގެ ދަށުން ކުށެކެވެ. އިސްލާމްދީނުގެ ނަމުގައި ހަނގުރާމައަށް ދިއުމާއި ދީނުގެ ނަމުގައި މާރާމާރީ ހިންގުމާބެހޭ ޤާނޫނީ އޮނިގަނޑު އިތުރަށް ދިރާސާކޮށް މިހާރަށްވުރެ ހަރުކަށި އަދަދު ދިނުމަށް މި އުޞޫލުގައި ބުނެފައިވެއެވެ. އަދި މިފަދަ މީހުންނާއި މިފަދަ ކަންކަމަށް ޙަރަދުކޮށް އެހީތެރިވ މީހުންގެ މައްސަލަތަކުގައި ހަނުހުރުމުގެ ހައްޤާއި ދަތުރުފަތުރު ކުރުމުގެ މިނިވަންކަމުގެ ހައްޤުގެ އިތުރުން ޒާތީ މުވާސަލާތުތަކަށް ދޫސްތޫރީގޮތުން ލިބިފައިވާ ރައްކާތެރިކަމުގެ ހައްޤު، ހަނިކުރަންޖެހިއްޖެ ހާލަތެއްގައި ހަނިކުރަންޖެހޭކަމަށްވެސް ބުނެފައިވެއެވެ. މީގެ އިތުރުން މިފަދަ މީހުންނަށްވެސް ޕެރޯލް ނުވަތަ ކެލެމެންސީ ނުވަތަ އެނޫންވެސް ޙުކުމެއްގެ ލުޔެއް ނުދެވޭނެކަމަށް މި އުޞޫލުގައި ބުނެފައިވެއެވެ.

އިސްލާމްދީނަށް ފުރައްސާރަކުރުމާއި މަލާމާތްކުރުން / "ހޭޓް ސްޕީޗް" ފެތުރުން
އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ، އިސްލާމްދީނަށް ފުރައްސާރަ ކުރުމާއި ދީނަށް މަލާމާތްކުރުމާއި، ދީނުގެ ނަމުގައި ރަނގަޅު ނޫން މަޢުލޫމާތު ފެތުރުން މިހާރު ރާއްޖޭގައި ފާޅުގައި ކުރާކަމަކަށް ވެފައިވާކަމަށެވެ. އޭގެ ތެރޭގައި އިސްލާމްދީނަށް ފުރައްސާރަކުރުމާއި، ދީން ނިކަމެތިކޮށް ދުލާއި ގަލަމާއި މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް ބުނާ ބުނުންތަކާއި ކުރަހާ ކުރެހުންތަކާއި ލިޔުންތައްވެސް ހިމެނޭކަމަށެވެ.

ދިވެހިރާއްޖޭގެ ޤާނޫނީ އޮނިގަނޑުގެ ތެރޭގައި އިސްލާމްދީނަށް ފުރައްސާރަ ކުރުމާއި، ތައުހީނުކުރުމުގެ އިތުރުން އިސްލާމްދީނާ ބެހެގޮތުން ނުބައ މައުލޫމާތު ފެތުރުރުމަކީ ޖިނާއީ ކުއްތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ކަންކަމެވެ. ނަމަވެސް ވަކި ބަޔަކަށް ނުވަތަ ވިސްނުމަކަށް/ފިކުރަކަށް ރައްދުވާގޮތަށް ރުޅިވެރިކަމާއި ނަފްރަތު އުފުދޭފަދަ ވާހަކަ (ހޭޓް ސްޕީޗް) ދެއްކުމަކީ ސީދާ ކުށެއްގެ ގޮތުގައި ޤާނޫގައި ބަޔާންކޮށްފައިވާ ކަންކަމެއް ނޫންކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.

އެހެންކަމުން އެންމެ ފުރަތަނަ ކަމެއްގެ ގޮތުގައި "ހޭޓް ސްޕީޗް" ފެތުރުމަކީ ޖިނާޢީ ކުށެއްގެ ގޮތުގައި ކަނޑައަޅަންޖެހޭކަމަށާއި، މިފަދަ ކަންކަމަށް ޚާއްޞަކޮށްގެން ހިންގަމުންދާ ވެބްސައިޓްތަކާއި ބްލޮގްތަކަށް ރާއްޖޭގައި ނުވަދެވޭގޮތަށް ބަންދުކުރުމާއި، އެދަފަ ސޯޝަލް މީޑއާ ޕޭޖްތައް ބަންދުކުރުމަށް އެ ޕޭޖްތަކުގެ ހޯސްޓަށް ހުށަހަޅައި ބަންދު ކުރުމަށް މަސައްކަތް ކުރުމާއި، އެފަދަ ހަރަކާތްތައް ހިންގާ ފަރާތްތަކަށް ޖިނާއި އަދަބު ދިނުމާއި، އަދަބު ދޭ އިރުގައި ޤާނޫނުތަކުގައި ހުރި ޖޫރިމަނާއާއި ގޭބަންދުކުރުންފަދަ ލުއި އަދަބުތައް އުނިކުރުން ހިމެނެއެވެ.

އަޅަން ކަނޑައަޅާފައިވާ "މަދަނީ" ފިޔަވަޅުތައް

މުރުތައްދުވާ މީހުންނާއި، ދީނުގެ ނަމުގައި ހަނގުރާމައަށް ދާ މީހުން، އަދި މާރާމާރީއާއި ހަނގުރާމަވެރި ޙަރަކާތްތައް ހިންގައި، އިސްލާމްދީނަށް ފުރައްސާރަކޮށް، "ހޭޓް ސްޕީޗް" ފަތުރާ މީހުންނަށް، ދައުލަތުންދޭ މަދަނީ އެހީތެރިކަން ހުއްޓާލަންޖެހޭނެކަމަށްވެސް އިސްލާމިކް މިނިސްޓްރީން އިއްޔެ ޢަންމުކުރި މި އުޞޫލުގައި ބުނެފައިވެއެވެ.

" މި ކަރުދާހުގައިވާ ކަންކަމަކީ، ޤައުމީ ފެންވަރުގައި ޚާއްޞަ ސަމާލުކަމެއް ދީގެން ޙައްލުކުރަންޖެހޭނެ މައްސަލައަކަށް ވުމާއެކު، މިފަދަ ފަރާތްތަކަށް މަދަނީ އަދަބުތަކެއް ކަނޑައެޅުމަކީ ކުރަންޖެހިއްޖެ ކަމެއްކަމަށް ޤަބޫލުކުރަންޖެހެއެވެ." އުޞޫލުގައި ބުނެފައިވެއެވެ.

މި އުޞޫލުގައި ބުނެފައިވަނީ، މިފަދަ ފަރާތްތަކުގެ ޕެންޝަނާއި އެހެނިހެން އަސާސީ ޚިދުމަތްތައް ފިޔަވައި، ދިވެހި ސަރުކާރުން ދޭ އެކިއެކި އެހީތަކާއި، އާސަންދައާއި، ބިމުގެ ޙައްޤުތަކާއި ގޯތިދެދޮރުގެ ސްކީމްތަކާއި، ލޯނު ސްކީމްފަދަ ކަންކަމުން، މަޙްރޫމް ކުރެވޭގޮތަށް ޤާނޫނޫތައް ބަދަލުކުރަންޖެހޭ ކަމަށެވެ.

ދީނަށް މަލާމާތްކުރުމާއި، ހަނގުރާމައަށް ދިއުމާއި، ދީނުގެ ނަމުގައި މާރާމާރީ ހިންގުމާއި، ހަނގުރާރަމަވެރި ޙަރަކާތްތައް ހިންގައި، އެފަދަ ހަރަކާތްތަކުގައި ދިވެހިން ބައިވެރިވުން ހުއްޓުވުމަށް މިފަދަ ހަރުދަނާ އުޞޫލެއް ކަނޑައެޅި މިއީ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. މަހަށްދޭބަލަ

  ކޮބާ ތަމެންނަށް ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ދެން ތަމެން ލާދީނީ ފިކުރު ކުރިއަރުވަން އުޅެބަލަ ދަތް ބަނޑުކޮޅުގައި އާއި ތިއްތި ކޮޅު މަތީގައި އަޅުކަން ކުރާ ބުދުގެ ޓަޓޫ ކުރަހައިގެން. މަހަށް ދޭބަލަ ދެން. މަހަށް މަހަށް މަހަށް ދޭބަލަ..

 2. ސީރިއަން

  ޖަރީމާތައް ހިންގަނީ ގައުމުތަކުގެ އަނިޔާވެރި މުޖުރިމު ވެރިން މިސާލަކަށް އެމެރިކާއާއި އެމެރިކާގެ އެކުވެރި އދ ގެ ގައުމުތަކުން އެއީ އިސްލާދީން ފޮހެލައި ދައްޖާލު ސިސްޓަމް ގާއިމު ކުރެވޭތޯ އުޅޭ ޝައިޠާނުން ތަކެއް

 3. ލޖ

  ކަލެއަކަށް ނުވޭ ހަމަ އެއްކަމެއްވެސް. މުޅި ރާއްޖެ ހަލާކުވީއިރުވެސް ކަލޭ ތިހުންނަނީ ފަންޑު ހިފަހައްޓަިއގެން. ރަށްރަށުގެ މުދިމުން ހިތުހުރިގޮތަކަށް މިސްކިތްތަކުގައި ނަމާދުކުރަމުންދާއިރު ކަލޭ އޮންނަނީ ނިދާފަ.ކަލޭ އިސްތިއުފާދީފަ ފެއަށްޖެހޭ

  • ޖޮއްބެ

   ކަލޭގެ ގުރޫޖީ މިހާރުވެސް އެއުޅެނީ ޒުވާނުންނާއެކު މަޖާނުކުރެވިގެން.

 4. އަމިއްލަ މީހާ

  އެވިދާޅުވާ ފިޔަވަޅު ފުރަތަމަ އަޅަންވީ އިސްލާމިކް މިނިސްޓަރަށް ދެން އެތަނުންފެށިގެން ގާތުން ދުރަށް

 5. Anonymous

  ޒިޔާދު ފޯއްގިރު ކަލެޔައް ފުރަތަމަ އިސްލާމްދީން އެނގޭތަ.ނޭގޭ މުރުތައްދެއްތީ