ދިނީ އިލްމުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރ، ޑރ އަފްރާޝީމް އަލީ އަވަހާރަކޮށްލުމުގައި ބައިވެރިި މީހަކު ސަރުކާރު ކުންފުންޏެއްގެ އިސް މަގާމެއްގައި ހުރިކަން ހާމަވެއްޖެއެވެ.
ޑރ އަފްރާޝީމުގެ މަރާއި ގުޅިގެން މަރުތައް ބަލާ ކޮމިޝަނުން ނެރުނު "ސިއްރު" ރިޕޯޓް، މިއަދު ވަނީ ދައުލަތުގެ މުއައްސަސާތަކަށް ފޮނުވާފައެވެ. އެ ރިޕޯޓުގައި ހުރި ވާހަކަތައް މިހާރު ވަނީ މީޑިޔާތަކަށް ތިލަވެފައެވެ.
"ދިޔަރެސް" ނޫހުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އަފްރާޝީމް އަވަހާރަކޮށްލުމުގައި ބައިވެރިވި ހ.ހިކޯސްޓް އަލީ ޝާން (ސަޓޯ) މިހާރު ހުންނެވީ ސަރުކާރު ކުންފުންޏެއްގެ އިސް މަގާމެއްގައެވެ.
އެ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި އޭނާއަށް އެ މަޤާމު ދެއްވީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވި ފަހުން، ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑުންނެވެ. އަލީ ޝާން އަކީ އެމްޑީޕީ އެކްޓީވިސްޓެއް ކަމަށްވެސް އެނޫހުގައި ވެއެވެ.
މަރުގެ ކޮމިޝަންގެ ރިޕޯޓުގައި ބުނެފައިވަނީ އަފްރާޝިމް އަވަހާރަކުރީ ދީނީގޮތުން ޚިޔާލު ތަފާތު ބައެއް ކަމަށެވެ. އަދި އެމީހުން އެ މަސައްކަތް ހަވާލުކުރީ އަޒްލިފް ރައުފްއާއި ކަމަށްވެސް ރިޕޯޓުގައިވެއެވެ.
މަރު ކޮމިޝަންގެ ރިޕޯޓުގައި ބުނެފައިވަނީ އެމަސައްކަތުގައި އަޒްލިފް ރައޫފް ބޭނުންކޮށްފައިވަނީ އޭނާ އިސްކޮށް އުޅޭ ގޭންގުގައި މަސްތުވާތަކެއްޗާއި، ބަނގުރާ ވިއްކުމުގައި އޭނާއަށް އެހީވާ މީހުންނާއި ކުދިން ކަމަށެވެ.
އަދި އަފްރާޝީމް އަވަހާރަކުރުމުގައި ހުމާމްއާއި ޝާން ބައިވެރިވެފައިވާއިރު، 18 އަހަރު ނުފުރޭ ކުޑަކުއްޖެއްވެސް ވަރަށް ބޮޑަށް ބައިވެރިވިކަން ކޮމިޝަންގެ ތަހުގީގުން އެނގުނެވެ.
އަފްރާޝީމްގެ މަރުގެ މައްސަލައިގައި ތިން މީހެއްގެ މައްޗަށް ދައުވާ ކުރިއެވެ. އޭގެތެރެއިން ދައުވާ ސާބިތުވެ، ކްރިމިނަލް ކޯޓާއި ހައިކޯޓުގެ ސުޕްރީމް ކޯޓުން ވަނީ ހުމާމަށް މަރުގެ ހުކުމްކޮށްފައެވެ. މި ދެމީހުންގެ ތެރެއިން ސަޓޯގެ މައްޗަށް އޭރު ދައުވާކުރި ނަމަވެސް އޭނާގެ މައްޗަށް އެ ކުށް ސާބިތުވެފައެއް ނުވެއެވެ. މިމައްސަލައިގައި ކުޑަކުއްޖާ ބޭނުންކޮށްފައިވަނީ ހެއްކެއްްގެ ގޮތުގައެވެ.
މުޅިންވެސް ދޮގު ކިހިނެތް ތޯ ނަސީދަށް އެގުނީ އެމީހުން ފުރައިގެން މެދުއިރުމަތީގައުމަކަށްދިޔަ ވާހަކަ ބުނަން ތަހުގީގުގަ އެވާހަކަ ނެތީ ކީއްވެތޯ ؟ ނަސީދުގެ ބަޔާން ކޮބާ ؟
އަފްރާޝިމް މަރާލުމުގެ އަޑީގައި ތިބީ ކޮންބައެއްކަން މިފޮޓޯއިން އެގެ.
ނަމުން ދީން، ކަމުން ރަލާއި މަސްތުވާތަކެތީގެ ވިޔަފާރިކުރުމާއި ބޭނުންކުރުން. ދީނީގޮތުން ހިޔާލްތަފާތުވީ އަނެއްކާ އިސްލާމްދީނުގައި ރަލާއި މަސްތުވާތަކެތި ހަރާމްކުރައްވައިފައިވުމުން އެކަމާހެދި ހިޔާލްތަފާތުވެގެންތޯ؟ މަކުރީ ދުވަހެއްގެ ކޮމެންޓް ކުރިގޮތަށް އެމްޑީޕީގެ ބައެއް ޑރ އަފްރާޝީމް އަވަހާރަކޮށްލީ. އަނެއްކޮޅުން މިހާރު މިމައްސަލަ ތަހުގީގު ކުރަނީވެސް އެމްޑީޕީއިން. މިމަރުތަކުގެ ހަގީގީ މޭސްތިރިން އަތުލެވެންދެން ކޮންމެ ސަރުކާރަކުން އެއްފަހަރު އަލުން މައްސަލަތައް ތަހުގީގު ކުރަން އެބަޖެހޭ.
ޑރ. އަފްރާޝީމް ޢަލީ ، ދީނީގޮތުން އެންމެ ބޮޑަށް ފާޑު ވިދާޅުވީ އަންނި އާއި އޭނާގެ ލާދީނީ ފިކުރަށް، މިކަން އެނގޭނެ ޑރ އަފްރާޝީމް އެދުވަސްވަރު ވީ ޓީވީ ގެ ފަސްމަންޒަރު ޕްރޮގްރާމްގަ ދައްކަވާފަ ހުރި ވާހަކަތައް އަޑުއަހާލީމަ ، ޑރ އަފްރާޝީމް އިސްލާމް ދީނުގެ ދިފާޢުގައި ދެއްކެވި ވާހަކަތައް ،ހަޖަމު ނުވެގެން އެމްޑީޕީގެ އިސްވެރިން ، ނަޝީދު އެބުނާ ތަޅާނެ ކުދިން ލައްވާ ކުރުވާފަ އޮތް ނުބައި ޖަރީމާއެއް މީ...
ތިޔައީރިޔާޒްވެސްހޯ ދާފަހުރި މައުލޫމާތު ނޫންތޯ ތިޔާ ކޮމިޝަނުން ކުރި ކަމަކީ ކޮބައިބާ؟
ހުރިހާ ކަމެއް މި ސަރުކާރާ....
ހަޖަމް ޕްލީސް ހަގީގަތް ކަންކުރި މީހުން ބަދުނާމް ވީ
ސީދާ ރަން ރީނދުލަށް ނިސްބަތްވަނީ. އެދުވަސްވަރު ޑޜ. އަފްރާޝިމްގެ ވާހަކަތަށް އަޑުއެއްސެވީމަ އެނގޭނެ ތިޔަ މަރުގެ މޭސްތިރިޔަކީ ދިވެހި މޭސްތިރި ނުހިންގުނު ބޭޅާކަން.
ސާލިހުދެން ލަލަލާ ހުރިހާމުޖުރިމުން ތަންތަނައް ލައިގެން ގާތިލުންނާއި ބާގީންނާއި މުޖުރިމުން ކުނބޫވަށައިގެން އެނބުރެނީ ސަރުކާރުހިންގަނީ ހަމަހިނިއައްނަނީ
ތިއީ އަހަރެމެން އަޖާއިބުވާ ކަމެއް ނޫން. ރިޕޯޓްގަ ސޫދުމެން ބޭނުން އެއްޗެއް ލިޔެފައޮތަސް އަފްރާޝީމް އަވަހާރަކޮށްލީ ސީދާ އެމް،ޑީ،ޕީ ބޮޑުން އަޑީގަތިބެގެން. އެމް،ޑީ،ޕީ ވެރިކަމެއްގަ އެމީހުންނަށް މަޤާމްތައް ދޭން މަޖުބޫރުވާނެ.
ކޮށްދިން މަސައްކަތަށް އަގުވެސް ދޭންވާނެދޯ
އަމިއްލަ އަތައް މިގޮވީ އެންމެފަހުން. އުމަރު ބުނީ ރަނގަޅުވާހަކަޔެއްކަން މިއަދު ސާފުވެއްޖެ
ކޮބާ ހުސްނުއަލްސުޢޫދު ޢުމަރުބުނިފަދައިން އެމަރާގުޅޭ އިތުރުކަމެއް ކަލެއައް އަލައްހޯދުނުތަ ދިވެހިރައްޔިތުންގެ ފައިސާއިން ބޮޑު މުސާރަނެގުން ނޫން ތިވެސް ޕާޓީގެ ހަމަކޮންމެހެން ފައިސާދޭންޖެހޭ މީހުންތިބީތީ އެބައިމީހުންނައް ލާރިގަނޑެއްދޭންވެގެން ނަމެއްގަހެދި ކޮމިޝަނެއް
އަފްރާސީމް އަވަހާރަކޮށްލުމުފައި މޑޕ ގެ ދައުރެއް އޮންނާނެއެވެ އެދައުރު ތަފްސީލްކޮށް ހާމަކުރަން ޖެހެއެވެ
މޑޕ އާއި އެޕާޓީގެ އިސްމީހުން ނުހިމޭގޮތަށް ނުރައްކާތެރި
ގަތުލު އާއްމުތައް ހިނގުމަކީ ނާދިރު ކަމެކެވެ
ޢެމްޑީޕީ ރަނގަޅައް ސޯޓް ބޭލޭނެ މިފަހަރު
ވީ އެންމެ އަވަހަކަށް އޭނާ ވަޒީފާއިން ވަކިކުރުން މުހިންމު.
ޕްރޮމޯޝަން ނޫންބާ ދޭނީ
ކޮބާހޭ ސުމިތު ކީވެތަ އޭނަގެ ނަން ނުގެންނަންތިޔައުޅެނީ އަންނި ބުނީއުތަ.
ބަޑި އެކޮޅުކޮޅުން ޖަހަންއުޅެގެން މިއޮތީ އަތަށް ގޮވާފަ. އަދިވެސް ކިޔާ ޔާމީނޭ.
އަލަށް ހޯދުނު އެއްވެސް ކަމެއް ނެތް ހަމަ ކުރިންވެސް ދައުވާ ކުރި މީހުން ތިބީ މީހަކަު ހައިރާނެއް ނުވާނެތަ އެމް ޑީ ޕީ މީހުން ތިބީ ސިޔާސީ މީހުނެއް ނެތް ސިޔާސަ ކުދިން ތިބީ ހެހެ ހައް
ތި ޝާން ހ.ހިކޯސްޓް ނުހިމެނެންވި ސަބަބަކީ ކޮބައިބާ؟؟؟؟
ނަސީދު އަކީ ތިކަން ކުރުމުގެ މާސްޓާ މައިންޑް ހެން ހީވޭ ތިކަން ކުރި ބަޔަކައް ﷲގެ ކޯފާ ވަރައް ބޮޑު ވާނެ އެބަޔަކައް ހީވާ ކަހަލަ އެބަޔަކައް ފިލާގެން އުޅެވޭނެ ހެން ޣާހިރައް ދުވަހު އެމީހުން އެކަން ސިއްރު ކުރެވޭނެ ހެން އެބަޔަކައް ހީވާ ކަހަލަ ދޯ؟ ﷲގެ ކުޅަދުން ވަންތަ ކަން މާ ބޮޑު ކަލޭ މެން ބިރެއް ނުގަނޭތަ
މިސަރުކާރުގައި ތިމައްސަލަ ބަލާ ނިންމާލީ މިސަރުކާރު ވެރިންގެ އަތެއް އެކަމުގައި ވާތީ.
ޑރ.އަފްރާޝީމް އަވަހާރަކޮށްލުމުގައި ސިޔާސީމީހެއްގެ ބައިވެރިވުމެއް ނެތްކަން ރިޕޯޓުން ހާމަވާނެކަން ތިޔަ ޚަބަރުންވެސް އެބަ އެނގޭތާ!!!
ކަލޯގަޔާ އެސޮރު މެދައްލައިގެން ދަތްޕިލަ އަތްމައްޗައްލާއިގެން ހެވިދިލިފަ މިތިބީ ހަމަ ޔާމިން އާއި ފާތުމަދޯ ކޮބާތަ އެއްކަލަ ދަނޑި ސޭހް އިމްރާން ކޮބާ އަތުގަހުރި ހެކިތައް ހުދުކާފޫރައްވީތަ ހުރިހާކަމެއްވެސް މިސަރުކާރުން މިކުރަނީ ބޮނޑުނަގުލައް
ކޮން ދޮގެއް ހަދާކަށް. މަށަށް އެނގޭ ހުރިހާ ކަމެއް. އެމީހުން އުޅޭ ތަންތަނާއި ދާ ތަންތަނާއި ހުރިހާ އެއްޗެއްވެސް މަށަށް އެނގޭ. މަ ޅިނދު ފީވެގެން ފަރުވާއަށް ގޮނޑި ދުއްވަން އުޅުނުއިރު އެހުރިހާ އެއްޗެއް ކީމެއްނު. އެކަމަކު މިހާރު ހައްޕު އިނގޭ.
ތިއީ އަލަށް އެގުނު އެއްޗެއް ނޫން. ކޯޓުން ދޫކޮށްލާފަ ތިބި މީހުން.
މާލޭގައި ނުރައްކާތެރި ގުރޫޕް ތައް އުޅޭއިރު އެއްވެސް ގުރޫޕަކީ ޓެރުރިސްޓް ގުރޫޕެއް ގޮތުގަ ކަނޑަ އަޅާފައެއް ނެތް