ޑރ އަފްރާޝީމް އަވަހާރަކޮށްލި މައްސަލައާއި ގުޅިގެން މަރުތައް ބަލާ ކޮމިޝަނުން ނެރުނު ރިޕޯޓާއި އެކު، މޯލްޑިވްސް ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން) ހޭލައިފިއެވެ.
އެމްޑީއެން އިން މިރޭ ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ މަރުތައް ބަލާ ކޮމިޝަނުން، ޑރ އަފްރާޝީމް އަވަހާރަކޮށްލި މައްސަލައާއި ގުޅޭ ތަހުގީގީ ރިޕޯޓް، ރައީސް އޮފީހާއި ހަވާލުކޮށްފައި ވާކަމަށެވެ. އަދި އެ ރިޕޯޓުގައިވާ އެއްޗެއް ކޮންމެ ދިވެހި ރައްޔިތަކަށްވެސް އެނގެން ޖެހޭ ކަމަށާއި، އަދި ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް އެ ރިޕޯޓުގައިވާ އެއްޗެސް ދިވެހި ރައްޔިތުންނަށް ސާފުކޮށްދެއްވުމަށް އެމްޑީއެން އިން ވަނީ ގޮވާލާފައެވެ.
މީގެ އިތުރުން އެމްޑީއެންގެ ޓްވީޓުގައި ބުނެފައިވަނީ މަރުތައް ބަލާ ކޮމިޝަނުގެ ރިޕޯޓުގައިވާ އެއްވެސް ހެކިވެރިއެއް، ނުވަތަ އެނޫންވެސް އެއްވެސް ސިއްރު މައުލޫމާތެއް ލީކްވިޔަދީގެން ނުވާނޭ ކަމަށެވެ. އަދި އެކަންކަން ނޫން ހުރިހާ ކަމެއްވެސް ދިވެހި ރައްޔިތުންނަށް ސާފުވާން ޖެހޭކަމަށެވެ.
މޯލްޑިވްސް ޑިމޮކްރަޓިކް ނެތްވޯކް، އެމްޑީއެން އިން ނެރުނު، "ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން މޯލްޑިވްސް" ރިޕޯޓްގައި އިސްލާމްދީނުގެ އަސްލުތަކާއި ހިލާފު އެތައް ވާހަކައެއް ހުރުމާއެކު، އެމްޑީއެން އާއި ދެކޮޅަށް އެތައް ބަޔަކު ވަނީ އަޑުއުފުލާފައެވެ. އަދި ކީރިތި ރަސޫލާގެ ދިފާއުގަޔާއި، އެމްޑީއެން އުވާލުމަށް ގޮވާލާ އެތައް ދިވެހިންނެއް ވަނީ އަޑުއުފުލާފައެވެ. މިހާރު އެެ ޖަމިއްޔާ ވަނީ އުވާލާފައެވެ. އެމްޑީއެން އުވާލާފައިވަނީ މިހިނގާ ނޮވެމްބަރ މަހުގެ 5 ވަނަދުވަހުއެވެ.
މިކަމުގެ އަޑީގައ އެމް.ޑީ.ޕީ. އެބަވެ. އެކަމުގެ ހުރިހާ ދަލީލުތައް އެބަފެނެ.
އެކަން ކުރީ ކޮންބައެއްކަން ސިއްރު ކުރުމުގެ އެއްވެސްބޭނުމެއްނެތް.....އަވަހަށް ހާމަކުރޭ.....އެކަންކުރިމީހުން ރައްޔިތުންނާ ހަވާލުކުރޭ
ހުރިހާއެއްޗެއް އަތައްގޮވާ ނިމިއްޖެ.
އަދިވެސް މި އެމްޑީއެން ހަމަ އެމްޑީއެން ނަމުގަ އެގޮތުގަ އޮޕަރޭޓްކުރަނީ، މިކަހަލަ ކަންކަމުގެ ތެރެޔަށްވަދެ ރައްޔިތުންގެ ތާއީދު ހޯދަން މަސައްކަތްކުރަނީ ރީތިގޮތުގަ! އުވާލާންޖެހޭ، އޮޕަރޭޓްކުރެވިގެން ނުވާނެ މިބައިގަނޑު!
އެމްޑީއޭ އަދި އިވާނުލާ . އުވާލަން ނިންމީ.
އަފްރާޝީމަކީ ދީނީ އިލްމުވެރިޔެއް.. އަފުރާޝީމާއި އެންމެ ޚިތާލުތަފާތުވާނީ މިހާރުގެ ސަރުކާރުގައި ތިބި އަދި އޭރުގަވެސް ތިބި ލާދީނީ މީހުންތައް. އަދި އޭރުވެސް މިހާރުވެސް އެމީހުންގެ މަސައްކަތަކީ ދީން ބަލިކަށިކޮއްލުން. އެގޮތުން ދީނީ އިލްމުވެރީންގެ ބަހާއި އަދި އަމަލުތައް ހުއްޓުވައި ނަސޭހަތާއި ހަރާމްކަންކަމާދެކޮޅައް އުފުލާއަޑުތައް މަނާކުރުން. ވީމާ އަފްރަޝީމުގެ ގަތުލުގެ ފަހަތުގައި މި ސަރުކާރުގެ ލާދީނީ މީހުން ތިބިތޯ ތަހުގީގު ނުކުރެވެނީ ކީއްވެ.؟
އެމީހުން ކުރި އެފަދަ ބޮޑު ކަންތަކުގަ އެމީހުންގެ ނަންވެސް ނުގަނެ ނިންމާލީމަ ވަރުއަރަންވީތާ.
ދީނައް ފުރައްސާރަ ކުރުމެގެ ހުކުމް އިލްމް ވެރީން ކިޔާ ދީ ބަލާށެވެ.
އެމްޑީއެން އުވާލާ