08:49

ޣައްޒާ އިން ރޮކެޓް ހަމަލާތަކެއް ދީފައި ވާތީ އިސްރާއީލުން ވެސް ޣައްޒާ އަށް ހަމަލާ ދީފައިވާ ކަމަށް އިސްރާއީލުން ބުނެފި. ޣައްޒާގެ ހާން ޔޫނިސް ސަރަހައްދަށާއި، ރަފާއަށް އިސްރާއީލްގެ ބޮންއަޅާ ޖެޓްތަކުންނާއި ޑްރޯންއަކުން ވަނީ ހަމަލާތައް ދީފައި.

އަނެއްކާވެސް ޣައްޒާ އިން އިސްރާއީލަށް ރޮކެޓް ހަމަލާތަކެއް ދީފިއެވެ.

ފަލަސްތީންގެ އިސްލާމިކް ޖިހާދާއި އިސްރާއީލަށް ދެމެދު ހަމަލާ ބަދަލުކުރުންތައް ހުއްޓާލީ އިއްޔެ ހެނދުނު ރާއްޖެ ގަޑިން 8:30 ހާއިރުއެވެ.

މިއީ ހަމަލާތައް ހުއްޓާލިފަހުން ޣައްޒާ އިން އިސްރާއީލަށް ރޮކެޓް ހަމަލާތަކެއް ދިން ތިންވަނަ ފަހަރެވެ.

އިސްރާއީލްގެ މީޑީޔާތަކުން ބުނީ ރޮކެޓް ހަމަލާއެއް އަމާޒުވުމުގެ ކުރިން އަޅާ ސައިރަން ސްޑީރޮޓުގައި އަޅަމުންދާ ކަމަށެވެ.

ފަލަސްތީނުގެ ބައެއް މީޑިޔާތަކުން ބުނީ ސްޑީރޮޓްގެ އިމާރާތްތަކަށް ޣައްޒާއިން ފޮނުވި ރޮކެޓެއް އަމާޒުވެފައިވާ ކަމަށެވެ. ނަމަވެސް އިސްރާއީލުން އަދި މިކަން ކަށަވަރުކޮށް ނުދެއެވެ.

ފަލަސްތީނުގެ މީޑިޔާތަކުން ބުނީ އިސްރާއީލަށް ހަމަލާ ދިނީ ރައްޔިތުންގެ އެދުމަށް "އިޖާބަ" ދިނުމަށް ކަމަށެވެ.

އިސްރާއީލަށް ހަމަލާދިނުން ހުއްޓާލުމުން އެކަމާއި ދެކޮޅަށް މިރޭ ޣައްޒާގައި މުޒާހަރާކޮށް އަލުން ހަމަލާ ދިނުމަށް ގޮވާލާފައިވެއެވެ. ނަމަވެސް އިސްރާއީލަށް ހަމަލާދޭން އަލުން ފެށިކަން ޣައްޒާގެ އެއްވެސް ޖަމާއަތަކުން އަދި ހާމަކޮށްފައެއް ނުވެއެވެ.

އިސްރާއީލާއި ފަލަސްތީނާއި ދެމެދު ބަދަލުކުރި ހަމަލާތަކުގައި ފަލަސްތީނުގެ 34 މީހަކު ޝަހީދުވެވައިވެއެވެ. އޭގެތެރޭގައި ކުޑަކުދިން ހިމޭނޭގޮތަށް އެއް އާއިލާއެއްގެ އަށް މެމްބަރުން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ފިނދު

    މިއީ ކޮންކަހަލަ ޖިހާދެއް ކުރާ ބައެއް. ވައުދާ ޙިލާފު ވާ މުސްލިމުންގެ ނަމުގަ ތިބި މީހުން.

    3
    23
  2. ވަޒަން

    ޢެންމެ މީހެއްގެ ނަން ދިފާއުކުރުމުގެ ނިޔަތުގައި 34 މީހަކު ޝަހީދުކޮށްލީ ކޮބައިތޯ ލިބުނު އުފަލަކީ! ތީ އިސްލާމިކް ޖިހާދީ ވައްތަރެއް ނޫން! ތިޔަށް ކިޔަނީ އެދުން ޖިހާދީ! ޓި ގުރޫޕުގެ ވަރުގަދަ ކަން ބަޔަކަށް ދައްކަން ކޮންކަމެއްތޯ ހާސިލުވީ! ކަމާގުޅުންނެތް ދަރީންތަކެއްގެ މުސްތަގްބަލް ނަގާލީ

    5
    18
  3. މޯދީ

    ދެންވެސް ބުނާނެ އިޒްރާއިލް ބަލިވޫއޭ!

    2
    12
  4. މުހައްމަދު

    އެމީހުންގެ އަމިއްލަ ވަޒަނުގައި ތިއްބާ އެތަން ފޭރިގަނެ ހުރިހާ އަސާސީ ހައްގުތަކުން މަހުރޫމްކުރީމަ ދެން އެއްވެސް އިރެއްގައި މަޑުންތިބޭކަށް ނުޖެހޭ. ހައްގު ހޯދުމަށް ހަމަލާދޭންވީ. މިތާގައި އެކި ނަންނަމުގައި ކޮމެންޓް ކުރާ ލާދީނީ ސޮރަށް ނޭގުނު އިސްރާއީލަކީ ބައެއްގެ ބިންފޭރިގަނެގެން އުޅޭ ޓެރަރިސްް ބައިގަނޑެއްކަން. އެކަހަލަ މީހުންގެ ކޮމެންޓް ނުޖަހަބަލަ ވަގުތުނޫހުން.

    11
    1