ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ނިޔާވި ފާތިމަތު އަންޖުމް ޝަފީޤު ނިޔާވިއިރު އޭނާ ވަނީ ކީރިތި ޤުރުއާނުގެ 15 ފޮތް ހިތުދަސްކޮށްފައި ކަމަށް ކީރިތި ޤުރުއާނާބެހޭ ގައުމީ މަރުކަޒުން ވިދާޅުވެއްޖެއެވެ.

ކީރިތި ޤުރުއާނާބެހޭ ގައުމީ މަރުކަޒުން މިހެން ވިދާޅުވީ އަންޖުމް ނިޔާވުމުން ހިތާމަފާޅުކޮށް ނެރުނު ބަޔާނެއްގައެވެ. އެބަޔާނުގައި ވިދާޅުވީ އަންޖުމް އަކީ ބަސްއަހާ ކިޔަމަންތެރި ދަރިވަރެއް ކަމަށާއި މަރުކަޒުގެ ހިފްތުކުލާހަށް އޭނާ ބަރާބަރަށް ހާޒިރުވަމުން އައި ކަމަށެވެ.

"އަލްމަރުހޫމާ ފާތިމަތު އަންޖުމް ޝަފީޤު އަކީ ބަސްއަހާ ކިޔަމަންތެރި ދަރިވަރެކެވެ. މީގެ އިތުރުން މި މަރުކަޒުގެ ހިފްތުކުލާހަށް ބަރާބަރަށް ކިޔަވަން އައިސް ކީރިތި ޤުރުއާނުގެ 15 ފޮތް ހިތުދަސްކޮށްފައިވާ ހިތް އަލި ހިތްވަރުގަދަ ދަރިވަރެކެވެ." ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

އަންޖުމް މިދުނިޔެއާއި އަލްވަދާޢު ކިޔުމާއި ގުޅިގެން މަރުކަޒުގެ ވެރިންނާއި އެންމެހައި މުވައްޒަފުން އަދި ދަރިވަރުންނާއި ބެލެނިވެރިންގެ ނަމުގައި އެމަރުހޫމްގެ ލޮބުވެރި އާއިލާ އަށް ތައުޒިޔާ ދަންނަވާ ކަމަށް ވެސް ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

"އަލްމަރުހޫމާ ފާތިމަތު އަންޖުމް ޝަފީޤުގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރުކޮށްދެއްވައި ކީރިތި ޤުރުއާނުގެ ޝަފާޢަތުން ޝަފާޢަތް މިންވަރުކޮށްދެއްވުން އެދި ﷲ ތަޢާލާގެ ހަޟްރަތަށް ދުޢާ ދަންނަވަމެވެ. އަދި އާއިލާއަށް ކެތްތެރިކަން މިންވަރު ކުރައްވާށިއެވެ." (އާމީން) ބަޔާނުގައި ވިދާޅުވެފައިވެއެވެ.

އަންޖުމް ނިޔާވީ އޭނާގެ މަންމަ އާއި އެކު ސައިކަލްގައި ހުޅުމާލެ އަށް ދަނިކޮށް އެމްޓީސީސީގެ ބަހެއް ސައިކަލްގައި ޖެހިގެން ހިނގި އެކްސިޑެންޓެއްގައެވެ.

އެކްސިޑެންޓާއި ގުޅިގެން ބަސް ޑްރައިވަރު ވަނީ ހައްޔަރުކޮށްފައެވެ. ބަސް ޑްރައިވަރުގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ ހަތް ދުވަހުގެ މުއްދަތެއް ޖަހާފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އިންސާނެއް

    މާޝާ ﷲ، ވަރަށް ހިތް އަލި ކުއްޖެކެވެ.

    64
  2. ރަދީފް

    ماشاء اللّه

    53
    1
  3. ފަލަޑޭ ގެ ހިކިޑޭ

    ވަކިވެގެން އެދިޔައީ ކޮންމެ މަޔަކާއި ބަފަޔަކުވެސް ބޭނުން ވާނެ ފަދަ ބަސްއަހާ ކިޔަމަންތެރި ދަރިޔެއް. މާތްﷲ އަންޖުމް އަށް ޖަންނަތުލް ފިރުދައުސް ގައި ގަނޑުވަރެއް ބިނާ ކޮށްދެއްވާށި. އަދި ހަމަ އަންޖުމް ކަހަލަ ބަސްއަހާ ދަރިޔަކު ވަރަށް އަވަހަށް އަންޖުމްް ގެ މައިން ބަފައިންނަށް ދެއްވާށި. އާމީން.

    88
  4. އަހުމަދު

    ހިތާމައިން ގޮސް ރޮވުނީ ކިޔަމަންތެރި ޒުވާން އަޅަކު މިދުނިޔެއާއި ކުއްލިއަކަށް ވަކިވުމުން، އުފަލުން ގޮސް ރޮވުނީ ޤުރްއާނުގެ ދެބައިކުޅަ އެއްބައި ހިތުދަސްވެހުރެ މުސްލިމެއްގެ ގޮތުގައި ދުނިޔެ ދޫކޮއްދިއުމުން އެފަދަ މީސްތަކުންނަށް ޤުރްއާން ޤިޔާމަތްދުވަހު ހެކިވާނެކަން ޔަޤީންކުރުވާ ހަދީޘް އޮތުމުން. މަންމައާއި ބައްޕައަށް ބުނެލަންއޮތީ ކެތްކޮއްލާށެވެ. ދަރިފުޅާ ބައްދަލުވާ ވަގުތު އޮތީ ވަރަށް ޤާތުގައެވެ.
    رحمه الله و غفر الله لها....

    95
    3
    • ބޯބުރި

      މޮޔަ އަރާގެންތަ ޑިސްލައިކް ދެނީތި!!!!!

      13
      2
  5. ސްނޯ

    މޭ ﷲ ބްލެސް ޔޫ ސްވީޓްހާޓް ❤️

    18