ރައްޔިތުން މަޖިލީހުގެ ރައީސް، ދިވެހިރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ ތާރީޚަށް ވަރަށް ބޮޑަށް ލޯބި ކުރައްވާ ބޭފުޅެކެވެ. ރައްޔިތުން މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން ވެސް ތާރީޚީ ވާހަކަފުޅުތައް ވަރަށް ގިނައިން ދައްކަވައެވެ. މި ނިމުނު ހަފްތާގެ ނޮވެމްބަރ 12 ވަނަ ދުވަހު ވެސް ނަޝީދު ވަނީ ތާރީޚީ މައުލޫމާތުތަކެއް މެންބަރުންނާއި ހިއްސާކުރައްވާފައެވެ. އެއީ ގައުމީ ސަލާމުގެ ރާގާއި ބެހޭ ގޮތުން ހިއްސާކުރެއްވި މައުލޫމާތެކެވެ. ނަމަވެސް އެމަނިކުފާނު ހިއްސާ ކުރެއްވި މައުލޫމާތުތައް ތާރީޚްގައި ލިޔެވިފައި ހުރި މައުލޫމާތުތަކާއި ފުށުއަރައެވެ.

ނަޝީދު ވިދާޅުވީ ދިވެހިރާއްޖޭގެ ގައުމީ ސަލާމްގެ ފަހުގެ ރާގު ހެއްދެވީ ސްރީލަންކާގެ ގައުމީ ސަލާމުގެ ރާގު ވެސް ހެއްދެވި ބޭފުޅާ ކަމަށެވެ. ނަމަވެސް އެއީ ރަނގަޅު ވާހަކަފުޅެއް ނޫނެވެ.

ސްރީލަންކާގެ ގައުމީ ސަލާމްގެ ރާގު ހެއްދެވީ 1940 ވަނަ އަހަރު ރަބިންދްރަނަތުު ތަގޯރް އެވެ. ސްރީލަންކާގެ ގައުމީ ސަލާމުގެ ޅެން ހެއްދެވީ އަނަންދާ ސަމަރަކޫން އެވެ.

ނަމަވެސް ދިވެހިރާއްޖޭގެ ގައުމީ ސަލާމުގެ ރާގު ހެއްދެވީ ޕަންޑިތު އަމަރަދޭވަ އެވެ. ދިވެހި ޤައުމީ ސަލާމުގެ ޅެން ތައްޔާރުކޮށްދެއްވީ އަލްއުސްތާޛް މުހައްމަދު ޖަމީލް ދީދީއެވެ. އެ ޅެން ގައުމީ ސަލާމުގެ ގޮތުގައި ފުރަތަމަ ކިޔަމުން ދިޔައީ، ސްކޮޓްލެންޑްގެ މަޝްހޫރު ލަވަ "އޯލްޑް ލެންގް ސައިން"ގެ ރާގަށެވެ.

އެހެން ނަމަވެސް އިނގިރޭސި ރާނީ އެލިޒަބަތު ދެވަނަ ރާއްޖެ ވަޑައިގަންނަވާ މުނާސަބާއާ ދިމާކޮށް، ޤައުމީ ސަލާމަށް އާ ރާގެއް ހެއްދެވީ އޭރުގެ ރައީސް އިބްރާހިމް ނާސިރުގެ އެދިވަޑައިގަތުމުގެ މަތިން، ޕަންޑިތު އަމަރަދޭވައެވެ. އަމަރަދޭވަ އަކީ ސުރީލަންކާގައި އުފެދުނު އެންމެ ވަރުގަދަ އެއް މިއުޒީޝަނެއްގެ އިތުރުން މޮޅު ލަވަކިޔުންތެރިއެއްވެސް މެއެވެ. އޭނާ އަވަހާރަވީ 2016 ވަނަ އަހަރު އެވެ.

ގައުމީ ސަލާމުގެ ރާގާއި ބެހޭ ގޮތުން ނަޝީދު ދެއްކެވި ވާހަކަފުޅު ގޯސްކަމަށް ވިދާޅުވެ ވަރަށް ގިނަ ދިވެހިބަހުގެ ފުންނާބުއުސް ބޭފުޅުން ވަނީ މީސް މީޑިއާގައި ހިޔާލުފާޅުކުރައްވާފައެވެ. ނަމަވެސް ނަޝީދު އެމަނިކުފާނު ދެއްކެވި ވާހަކަފުޅު އަދި މިހާތަނަށް ރަނގަޅު ކުރައްވާފައެއް ނުވެއެވެ. އަދި އެމަނިކުފާނު ދެއްވި ތެދު ނޫން މައުލޫމާތާއި ގުޅިގެން މަޢާފަށް ވެސް އެދިވަޑައިގެންފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

  1. ޚިޔާލު

    ނަޝީދަކީ މާއެނގޭ މީހެއްކަމަށް ހެދިގެން އުޅޭ މީހެއް. އެއްވެސް ރިފަރެންސެއް ނެތި އޭނާ ދައްކާ މިފަދަ ވާހަކަތައް ގަބޫލުކުރާ ދިވެހިންވެސް އުޅޭ. ނަމަވެސް ދީނީ ޢިލްމުވެރިޔަކު ދަލީލާއެކު ދީނުގެ ކަމެއް ބަޔާން ކޮށްދިނީމަވެސް ގިނަ މީހުން އެބަހެއް ގަބޫލެއް ނުކުރޭ.. ހިތާމަހުރި..

    126
    9
    • ކިނބޫ

      އޮޅުނީކީ ނޫން. އޮޅުވާލީކީވެސް ނޫން. ނޭނގެނީ. އޭނަ ހީކުރަނީ ތިމަންނައަށް ނޭނގޭހެން އެހެން މީހުނަށްވެސް އެއްޗެއް ނޭނގެއޭ. އެހެންވީމަ ކޮންމެފަދަ ވާހަކައެއްވެސް އެނގޭކަމަށް ހެދިގެން ދައްކާލަނިކޮށް ތިމަންނައަށް ހާދަ އެނގެއޭ ހާދަ މޮޅޭ ހިތަށް އަރާނޭ.

      46
      1
  2. ދޮންކަދީދާ

    އެއީ ރައްޔިތުންނައް އެންމެބޮޑައްކަންކަން އޮޅުވާލާ މަކަރުވެރުހީލަތްތެރި އެއް. . ތެ ދެއްބުނެވެންއޮތަސް ހަ ދާނީ ދޮގެއް. ދައްކާކޮންމެވާހަކައެއް އަސްލަކަށްވާނީ އެއާ ދިމާއ ދިކޮޅު.

    89
    5
  3. ދދސ

    އަބަދު ހަމައިގަ ހުންނަ މީހަކަށް ރަގަޅަށް ވާހަކަ ދެއްކޭނީ. ދެން މިކަހަލަ މީހަކު ދައްކާހާ ވާހަކަަޢާށް ދިވެހިން ހެއްލެންޖެހޭ

    70
    4
  4. އަސީ

    ތާރީހް އޮޅުވާލަން އުޅުއްވާ ބޭފުޅެއް ވެރިކަމުގަ ހުންނެވިއިރު ނޮވެމްބަރ 3 ހިމަލާތަހުގީގު އޮޅުވާލުމައްޓަކާ ހުރިހާބަޔާންތަކާ ރިޕޯޓްތައް ރައީސްއޮފީހައްގެންގޮސް އެއެއްޗެތިބަދަލުކުރުމުގެ މަސްތްކަތްވަނީ ކޮއްފަ ވެރިކަމުން އިސްތިއުފާ ދިން އިރު ދާރުލްއާސާރުގަ ހުރިއެތައްލިއުމެއް ހުރީ މުލިއާގެތެރެއައްގެނެސް އެއައްބަލުގެނައުމުގެ މަސައްކަތްކޮއްފަ

    64
    4
  5. އިބްރާހިމް

    މީނާގެ ސަޕޯޓަރުން ގަބޫލުކުރާނީ މީނާ ބުނާއެއްޗެއް. ކޮންމެ އެއްޗެއް ވިދާޅުވިއަސް ގަބޫލުކުރާނެ.

    66
    3
  6. ފާއިޒު

    ޢެއީ ޢާއްމުކަމެއް. ޢެކި ޖަލްސާތަކުގައި ތަފާސް ހިސާބުތަކާއި އެކިއެކި ކަންކަމަށް ޚަރަދުވާނެ ވަރާ ކުރެވުނު ފަރިތަކަމާއެކު މީހުންހައުރާންވާހާ މޮޅަށް ކިޔާލާނެ. ޢެކަމަކު އެއިން ގިނައެއްޗެހި ހުންނަނީ ދިމާނުވެ.

    62
    3
  7. Juhaa

    އެއީ ތިމާ ވަރުގެ ކަންކަން އެނގޭ މީހަކު ނެތްކަމަށް ހެދިގެން އުޅޭ ޖާހިލު ބީތާއެއް.

    63
    3
    • ސަދާ

      މިކަހަލަ މީހުނަށް މަމެން ކުޑައިރު ކިޔާ އުޅެނީ މުރަނގަ ގަސްދޮށުމާލިމީ ހުރިާ ކަމެއް އެނގޭކަމަށް ހެދިގެން އުޅެނީ ދަންނަ ކަމެއް މަދުވާނެ

      41
      3
  8. މުހައްމަދުބެ

    ނަޝީދަކީ ހުރިހާ ކަމެއް ދަންނަކަމަށް ހެދިގެންއުޅޭ މީހެއް

    40
    4
  9. އޭނާ

    މިކަލޭގެއަށް އެނގޭނީ ހަމަ އެންމެކަމެއް ގެ ވާހަކަ ދައްކަން އެއީ ދޮގުވާހަކަ ދައްކަން ޝަރުޢީ ނިޒާމުން އިސްލާމްދީން ފޮހެލަން މަސައްކަތް ކުރުން

    45
    4
  10. ނަން

    ތީ ހަމަ ފައްކާ ރޯނު އެދުރެއް، މުރަނގަ ގަސްދޮށު މާލިމީ އެެއް

    41
    3
  11. މިއަދު

    ނަޝީދަކީ އޮޅުވާލުމާއި ދޮގުމަޢުލޫމާތު ފަތުރައިގެން އިސްތިހާރުވާން މަސައްކަތްކުރާމީހެއް

    29
    2
  12. ނަސީދު

    އެއީ ހެބަލިވެފަހުރީމަ

    22
    1
  13. ބީޖީ

    ދެން އެންމެ ރަނގަނގަޅު ގޮތަކަށްވާނީ ތާރީޚު ބަދަލުކޮށް ރނ ވިދާޅުވިގޮތައް ލިޔަން. އޭނާގެ ސިކުޑިން ވިސްނާ ކަނު ބީރުމީހުން އެ ބައުޅޭ.

    22
    3
  14. ޢަޙްމަދު

    ދޮގުހެދުމަކީ ބޮޑުފާފައެއްކަމަކު ބައެއްމީހުންނަށް ދޮގުހެދުން އެއީ މާ ބޮޑުކަމެއް ނޫން. ދޮގުހެދުމަކީ
    ކޮން ބައެއްގެ ސިފައެއްކަން އެންމެނަށްވެސް އެގޭނެ.

    22
    2
  15. އަޙްމަދު

    ދޮގުހެދުމަކީ ބޮޑުފާފައެއްކަމަކު ބައެއްމީހުންނަށް
    އެއީ މާ ބޮޑުކަމެއް ނޫން. އަދިއެއީ ދެވިހިފާކަމެއް.
    ދޮގުހެދުމަކީ މުނާފިގުންގެ ކަމެއް. ސަމާލުވޭ.

    22
    2
  16. ހެހެހެ

    ނަޝީދުއަށް ނޯޅެނީ ކޯޗެއް؟

    19
    1
  17. Anonymous

    ބުނާގޮތަށް ތާރީޚު ބަދަލުކޮށްލާ. ޢޭނާގެ އަޢުވާނުން ދެކޭނީ ތީ ހަމަ ޙައްޤުތެދު ކަމަށް.

    21
    1
  18. ައައްޔު

    އެންމެން އެކައްޗެއްކިޔަސް އާބިދައްތަގެ މުހައްމަދު ބުނެފިއްޔާ އެވާނީ ތެދަކަށް އެމްޑީޕިއަންސްގެ ލޮޖިކް ހައްހައް

    9
    2
  19. މޯދީ

    ތާރީޚާއި ތަރިކަ ރައްކާތެރިކުރުމާބެހޭ ޤާނޫނެއް ހަދައި މިފަދަ ތާރީޚީ ވާހަކަ އޮޅޭގޮތަށް ދެއްކުމަކީ ކުށެއްކަމަށް ކަނޑައަޅަން ފެނޭ. ގަސްތުގަ އޮޅުވާލުމަށްވެސް މިފަދަ ކަންކަން ކޮށްފާނެ. ރަނގަޅުގޮތް އެނގުނީމަ މާފަށް އެދެންޖެހޭނެ.

    8
    1
  20. ޢަބްދުއްލާ

    ނަޝީދަށް ތާރީޚް އޮޅުނީތަ؟ ނުވަތަ އޮޅުވާލީތަ؟

    8 ގަޑިއިރު ކުރިން ( ނޮވެމްބަރު 15, 2019 )

    މީނާއަކީ މަމޮޅު ހެދިގެން އުޅޭ ރޯނުއެދުރެއް.

    ތާކުންތާކުނުު ޖެހޭ ބޮޑު ގަމާނެއް.

    12
    1
  21. ޢަދުރޭ

    ކޮންމެ އެއްޗެއް ކިޔަސް ހެޔޮތާ . ދިވެހިން ނަށް މިވަރު މީހެއް ނުފެނުނު . އަޅެފަހެ ލޮލަށް މިރުސްފެން އެޅިފަ ތިބި ބައިގަނޑެއްތަ މީ ؟

    11
    1
  22. އައްޓަމަސް

    ބަލަ ނަޝީދުއަކީ ހުރިހާ ދައިރާއަކުންވެސް އެންމެ ފުންނާބު އުސްއެދުރު "ރޯނުއެދުރު" އެމަނިކުފާނު އިރުދައްކާފައި އެއީހަނދޭ ބުންޏަސް ގަބޫލުކުރާބަޔަކު އެބަތިބި މިގަވްމުގައި ވީމާ އެމަނިކުފާނު މާފަށްއެދެންޖެހޭނެތަ؟ !

    9
    1
  23. ބުރޯ

    މި ސޮރު ދަންނަކަމެއް ނުދަންނަ ކަމެއްވެސް ނޯންނާނެ . ނަސީދަކީ ފައްކާ ރޯނު އެދުރެއް. އެގޭ އެއްކަމެއްވެސް ނޯީންނާނެ