ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ދަރިންކޮޅު ނުލައި ހުކުރަށް ވަޑައިގަތުމުން ޖާބިރުގެ އަނބިކަނބަލުން އަދި ކުރީގެ ބަންޑާރަ ނައިބް ދިޔާނާ ސައީދު ރުޅިގަދަ ވެއްޖެއެވެ.
ޖާބިރު ހުކުރު ނަމާދަށް ވަޑައިގެން އެންމެ ކުރީ ސަފުގައި ނަމާދު ކުރައްވަން ހުންނަވަނިކޮށް ނަގައިފައިވާ ފޮޓޯއެއް ޓްވީޓާގައި ހިއްސާކުރުމުން، އެޓްވީޓު ރިޓްވީޓު ކުރައްވަމުން ދިޔާނާ ވިދާޅުވެފައި ވަނީ "ދަރިންކޮޅު ނުލައި؟" މިހެންނެވެ. އަދި އެޓްވީޓު ހިއްސާކޮށްފައި ވަނީ "އެންގްރީ ފޭސް" އެމޯޖީ އަކާއި އެކުއެވެ.
Kudhinkolhu nulaa? 😡 https://t.co/55qAdgAQYg
— Dhiyana ?🌹 (@dhiyanasaid) November 15, 2019
ދިޔާނާ ކުރެއްވި ޓްވީޓުގެ ރިޕްލައިސް ބައިގައި ދިޔާނާ ވިދާޅުވެފައި ވަނީ އޭނާ މިވަގުތު ހުންނެވީ ރާއްޖޭގައި ނޫން ކަމަށެވެ. އަދި ދިޔާނާ އާއި ޖާބިރުގެ ދަރިން މިއަދުހުކުރަށް ދިޔައީ އެހެން މީހަކާއި އެކު ކަމަށް ވެދާނެ ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.
ޖާބިރު ހުކުރު ނަމާދު ނިންމަވާލެއްވުމަށްފަހު އެނބުރި ގެއަށް ވަޑައިގަތް މަންޒަރު ފެންނަ ވީޑިއޯއެއްވެސް ޓްވީޓާގައި ދަނީ ދައުރުވަމުންނެވެ. ބެލެވޭ ގޮތުގައި ހުކުރު ނިމުނު ގަޑީގައި ވެހުނު ބޯ ވާރޭ ގަނޑުގެ ތެރޭގައި އޭނާ މަޑުނުކޮށް ވަޑައިގެންފައި ވަނީ ދިޔާނާ ނެތުމުން ދަރިންކޮޅު އެކަނިވެދާނެތީއެވެ.
ޖާބިރު އަދި ދިޔާނާ އަކީ ސިޔާސީ މަޝްރަހުގައި ހަރަކާތްތެރިވާ ފާހަގަ ކޮށްލެވޭ ޖޯޑެކެވެ. މީގެ ކުރިން ނޫސްވެރިންނަށް ދެއްވި އިންޓަވިއުގައި އެދެމަފިރިން ހާމަކޮށްފައިވާ ގޮތުގައި އެކުގައި އުޅުމަށް މާގިނަ ވަގުތުތަކެއް ނުލިބުނު ނަމަވެސް އެދެކަނބަލުން އެކަކު އަނެކަކަށް އިހްތިރާމް ކުރެއެވެ.
ޖާބިރު ހުކުރަށް ވެސް ކޯޓް ލައިގެންތަ؟ ކަންދައްކަން
“A man who performs Wudu on Friday, perfumes himself (if he has perfume), wears the best of his clothes, goes to the mosque and offers Jummah prayer while not harming anybody, and listens quietly while the Imam speaks, such a person will have all his sins between that Friday and the next forgiven.” (Al-Bukhari)
ވެދާނެދޯ މަގުއޮޅިގެން މިސްކިތައް ވަދެވުނީ ކަމައްވެސް
ޖާބިރަކީ އެއްނަމްބަރު ޖޯކަރު އަބަދހު ކޯޓު ފަޓުލޫނުގަ ހުކުރަށްދިޔަސް ނަމާދަށް ދިޔަސް މޫދަށް ދިޔަސް މަހަށްދިޔަސް ކޯޓު ފަޓުލޫނުގަ މީދެން ފުކެއް ބޮޑުވަރެއް މީނާގެނަމް ކޯޓު ޖާބިރު މިނަމަށް ބަދަލްކުރަންފެނޭ
އޭނަހީކުރީ ޖަލްސާޔަކައް ދެވެނީކަމައް އެހެންވެޔޯ ކޯޓްލީ
ހުކުރު ވީމަ ނުދެވޭތަ ކޯޓު ލައިގެން @ ހުދު ހުދު
ބޯހަމަނުޖެހޭ ކުއްޖެކޭ ޖާބިރު މަންމަ ވެސްބުނި ހެހެހެ
މުނާފިޤުންނަށް އެންމެ ބުރަ ދެނަމާދަކީ ފަތިސް ނަމާދާއި ޢިޝާ ނަމާދު ޖަމާޢަތުގައި ކުރުން. މިއީ ލައްކަ ވާހަކަ.
ޖާބިރު ވިޔަސް ރަގަޅު ކަމެއް ކޮށްފިޔާ ހަމަ ކިތަންމެހާވެސް ރަގަޅު ! ކިތައް ޒުވާނުންތޯ ގޭގަ ނިދަން އޮންނަނީ ހުކުރަށް ނުގޮސް !
ޢުމަރުގެ ފާނަކީ ވެސް ޖާހިލިއްޔަ ޒަމާނުގަ ރައި ބޮއި އަދި އަންހެން ދަރިން ދިރިތިއްބާ ވަޅުލި ބޭފުޅެއް. ނަމަވެސް އިސްލާމް ވުމަށް ފަހު އެއީ ތަޤްވާވެރި ސޯލިހް ކަމަށް އަރާ ހުރި ބޭފުޅެއް. ދުޢާ އަކީ ﷲ އަޅުގަޑުމެންނަށާއި ޖާބިރަށް ހެޔޮ މަގިު ދެއްކެވުން.
ވަގްތުން ވަގްތަށް ނަ މާދުކުރާ ޖާބިރެކޭދޯ މީ.
ޖާބިރު ދަރިންކޮޅު ނުލާ ހުކުރަށް ދިއުމުން ދިޔާނާ ރުޅިގަދަވެއްޖެ
2 ގަޑިއިރު ކުރިން ( ނޮވެމްބަރު 15, 2019 )
މަރުހަދާންވީކަންނޭގެ. މީކިތައްއަހަރު ހަހުން މީނާކުރި ހުކުރެއްބާ؟
ނަސީބެއްނު އެންމެންގޮވައިގެން ކާށިދޫއަށް ދާން ނޫޅުނުކަން.
މަމީ ޖާބިރުނަމަ ދެން އެންމެނަމާދެއް އަދި ހުކުރު ނަމާދެއްވެސް ދޫނުކޮށް ދަރިންނާއެކު
މިސްކިތުގަ ކޮށްލީމުސް.
ދާގޮތައް ވައިންސެލާ އަށް....ދާގޮތައް ވައިންސެލާ އަށް....ދާގޮތައް ވައިންސެލާ އަށް..
ހުކުރަށް ދަމުން ދަރިންކޮޅު ވެސް ގެންދާތި ދެންފަހަރަކުން އެބޭބެ ނޫނަސް ހުކުރު އެކަނި ކުރާ މީހުން ރާއްޖޭ ގައި ބައިވަރު އެބެއާ ނުބެހިބަލަ
ހީވަނީީ މަރުކަޒަށް ސުނޯފައިބަނީހެން ކޯޓު ކޮޅުގަ
ޖާބިރުދިއައީ ހުކުރުނމާދު ނިއްމާފަ ހުވަދުއަތޮޅައް ފުރަން މަތިންދާބޯޓުން .
ޙިސާން ގެންދިޔަ ދެކުދިން ތެރެއިން އެކަކު ޖާބިރަކީ. ނުކުޅެދުންތެރިކަން ހުންނަ ކޮންމެސް އެއްކުއްޖަކު ހިސާން ހުކުރަށް ދާއިރު ގެންދާނެ. މިފަަހަރު އެދިޔައީ ދެކުދިން ގޮވައިގެން. ޢެކަކު ޖާބިރަކީ
ޖާބި ރު ހުކު ރަށް ދިޔަ ކަން އެންމެން ނަށް އަންގާލަން .
ކު ރި ޓުވީޓެއް މީ....
ދިޔާނާ ޖާބިރު ސަޅިއޭ
ނުބެހޭ ކަމެއް ނޯވޭ މި ވަގުތުގަ އުޅޭ މީހުން