މާލެ އިން ތިލަފުއްޓަށް ދަތުރު ކުރަމުންދިޔަ ޑިންގީއަކުން ކަނޑަށް ފުންމާލި ޒުވާނާ ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.
އެ މީހާ ކަނޑަށް ފުންމާލީ ގުޅީފަޅު ބައްތިޔާއި ދިމާލުންނެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ، އެ ޒުވާނާ ހޯދުމުގެ މަސައްކަތް ކޯސްޓް ގާޑުގެ ޑައިވަރުން ކުރަމުން ދަނިކޮށް ކަނޑު އަޑީގައި އޮއްވާ ފެނިފައިވާ ކަމަށެވެ.
އެމްެއެންޑީއެފް އިން ވިދާޅުވީ، އެ ޒުވާނާގެ ހަށިގަނޑު ފެނިފައި ވަނީ 16:10 ހާއިރު ކަމަށެވެ. އަދި އެ ޒުވާނާ މާލެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.
"ވަގުތު"އަށް އެނގިފައިވާގޮތުގައި، އެ ޒުވާނާ ކަނޑު އަޑިން ނެގި އިރުވެސް އޮތީ ނިޔާވެފައެވެ. އޭނާގެ ހަށިގަނޑު ނަގާފައި ވަނީ 44 މީޓަރު އަޑިންނެވެ.
އެމްއެންޑީއެފް އިން ވިދާޅުވެފައި ވަނީ އެއީ ދިވެއްސެއް ކަމަށެވެ. އެ ޒުވާނާ ކަނޑަށް ފުންމާލީ ކީއްވެގެން ކަމެއް ކަމާއި ބެހޭ ފަރާތްތަކުން އަދި ހާމަކޮށްފައެއް ނުވެއެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރ މޭޖަރ އިބްރާހިމް އާޒިމް "ވަގުތު"އަށް ވިދާޅުވީ، އެ ޒުވާނާ ގެއްލިގެން އެމްއެންޑީއެފްއަށް ރިޕޯޓް ކުރިއިރު ބުނެފައި ވަނީ އެ މީހާ ކަނޑަށް ފުންމާލީ ކަމަށެވެ. އަދި އެ މީހާގެ ހަށިގަނޑު މިހާރު އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާކަަމަށް އާޒިމް ވިދާޅުވިއެވެ.
ނިޔާވެފައި އޮއްވާ ފެނުނީ އަހުމަދު އަނީސް ނަމަަކަށް ކިޔާ 33 އަހަރުގެ ޒުވާނެކެވެ.
މަރުވުން ބޭނުން ކުރުން އޮންނަނި ކާފަރުންނަކަށް އެކަނި ނޫނޭ. ބަހުގެ ދަރަޖަ ހިފެހެއްޓުން މުހިއްމު.
މަރުވުން، ނިޔާވުން، އަވަހާރަވުން
ތިޔަކަހަލަ ނަސްލީ އިމްތިޔާޒު ހިމެނޭ ބަސްބަސް ޖެހެނީ މަނާކުރަން. އިންސާނުންނަކީ ހަމަހަމަ ބައެއް، މާލޭ "ބޭފުޅާ" އަވަހާރަވެފަ ޖެހިގެން ހުންނަގޭ "ބޭކަލެއް" ނިޔާވެފަ ރާއްޖެތެރޭ "ސޮރު" މަރުވާ ސަގާފަތް މަނާކުރަންޖެހޭ ގާނޫނެއް ހަދައިގެންނަމަވެސް.
ފުއްމާލީތޯ ބައްޔެއްގެ ސަބަބުން ވެއްޓުނީތޯ ބެލުން މުހިންމު.
އަނެއްކާ ޑިންގީއަކުން ފުންމާލިކަމަށް ތިޔަވީ. ކޮބާ މަރުކޮމިށަން މިކަން ކޮންމެވެސް ގޮތަކުން ސިޔާސީ .ސިފައެއް ޖައްސަމާބަހީ
ޢަވަހަށް ދޫކޮށްލާ އަޅުގަނޑުމެން މިތިބީއިންޑިޔާ މީހުންގެ ހިމާޔަތުގަ
ފުލުހުންގެ ރިކޯޑްސްތައް ބޭލީމަ އެނގޭނެ އޭނައަކީ ބަލި ކުއްޖެއްތޯ ނޫނީ ނޫންތޯ؟
ކަލޭ މާ ގަައްޑާވެގަނެގެން ކޮމެންޓް ނުކޮށް ބަލަ. ނޭގެންޏާ ހިމޭނުން ހުރުން ބުއްދިވެރި
ތިމައްސަލަ ބަލަން ސޫދާ ހަވާލުކުރަންޖެހޭ.
ޑިންގީ އިން ފުންމާލިކަމާ، ފުންމާލި ހިސާބާއި، ފުންމާލި ހިސާބު އެނގޭ އިރުގައި އޭނާ އަޑިއަށް ދިޔުމުގެ ކުރިން ނުނެގީ ކީއްވެބާ؟
ދުވާލުގެ ވަގުތެއްގަ އޭނަ ޑިންގީ އަކުން ފުންމާލި އިރު އޭގަ ތިބީ ނުކުޅެދޭ ބަޔެއްތޯ؟ އެމީހުން އޭނަ ސަލާމަތް ކުރަން އެއްވެސް މަސައްކަތެއް ނުކުރަނީތޯ؟ ހަމަ ވެއްޓުނު ގޮތަށް އަޑިޔަށް ދިޔައީތޯ؟ ޑިންގީން އޭނަ ފުންމާލި އިރު އޭގަ ތިބި އެއްވެސް މީހަކަށް ނުފެންނަނީތޯ؟ޑިންގީ ގެ އިންޖީން ނިއްވާ ނުލެވުނުތޯ؟
ޑިންގީ އޮތް ތަނަށްް މަޑުކުރެވޭނެ...އޮތްތަނުން އަނބުރާވެސް ލެވޭނެ...ޝައްކު އުފެދޭ ކަންކަން އެބަހުރި....
އެކަމަކު ޖެހުނު ގޮތަށް މަރުވެއްޖެ ނަމަ އަޑިއަށް ހިނގާދާނެ...އަދި ދުއްވަން އިންނަ މީހާ އިންނާނީ އެނާ ފުންމާލާނެ ކަމަށް ރެޑީގަ ނޫން ކަމުގަވެ، އެއީ ދުއްވާ މީހާގެ ފުރަގަހުންް ހިނގާދިޔަ ކަމެއް ނަމަ އޭނާއަށް އެ ހަބަރު ލިބި އަނބުރާލަން ވަގުތުކޮޅެއް ނަގާފާނެ...މިހެން ވެއްޖެ ނަމަ އެމީހުން ހޯދަން އުޅުނަސް ނުފެނިދާނެ...ކަނޑުގަ ވީމަަ ސީދާ ޕޮއިންޓަަށް އަރަން ނޭނގިދާނެ މަތިން ފެންނަން ނެތިއްޔާ....ﷲ މޮޅަށް ދެނެވޮޑިގެންވަނީ ތިކަންވެސް ވީގޮތް...
ވާނުވާ ނޭންގި މަރާ ބެހޭގޮތުން ބޭކާރު ވާހަކަ ނުދެއްކުން ރަނގަޅުވާނީ.