ފުލުހުންގެ މަސައްކަތަކީ ހަމައެކަނި ކުށްކުރުން ނުވަތަ ކުށްކުރާ މީހުން ހުއްޓުވުންކަމުގައި ނުދެކުމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެެއެވެ.

މިނިސްޓަރ އިމްރާން މިހެން ވިދާޅުވީ، ހދ.ނޮޅިވަރަމް ޕޮލިސް ސްޓޭޝަން ހުޅުވުމަށް އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

މިނިސްޓަރ ވިދާޅުވީ ފުލުހުންގެ މަސައްކަތް ބައްޓަންކުރެވިގެން މިދަނީ އިޖުތިމާއީ ގޮތުންވެސް ރައްޔިތުންނާއެކުގައި މަސައްކަތްކުރާ ބައެއްގެ ގޮތުގައިކަމަށެވެ.

އަދި ރައްޔިތުން ކުރަމުންދާ އިޤްޠިޞާދީ މަސައްކަތްތަކަށްވެސް ފުލުހުންގެ ފަރާތުން އެހީތެރިކަން ލިބިދާނެ ގޮތަކަށްކަމަށާއި، އެހެންކަމުން ފުލުހުންގެ މަސައްކަތަކީ ހަމައެކަނި ކުށްކުރުން ނުވަތަ ކުށްކުރާ މީހުން ހުއްޓުވުންކަމުގައި ނުދެކުމަށް މިނިސްޓަރ އެދިވަޑައިގެންނެވިއެވެ.

މިނިސްޓަރ ވިދާޅުވީ ފުލުހުންގެ މަސައްކަތްތަކަކީ މުޅި ރަށްތަކުގެ ނުވަތަ މުޅި ޤައުމުގެވެސް ކުރިއެރުމާ މަޞްލަހަތާ ގުޅިފައިވާ މަސައްކަތްތަކެއްކަން ޤަބޫލުކޮށް އެމަގުން މަސައްކަތް ކުރަން ޖެހޭކަމަށެވެ.

މިނިސްޓަރުގެ ވާހަކައިގާއި އޭނާ ވިދާޅުވީ، ރަށުގެ ޞުލުހަވެރިކަން ޤާއިމްކުރުމުގައި ފުލުހުންނަށް އެހީތެރިވެދީ ގުޅިގެން މަސައްކަތް ކުރުމަށާއި، ފުލުހުންގެ އެހީތެރިކަމާއެކު ދުޅަހެޔޮ ވެއްޓެއް ބައްޓަން ކުރުމަށް މަސައްކަތްކުރުމަށް ވަނީ އެދިފައެވެ. ފުލުހުންނާ އެކުގައި މަސައްކަތްކޮށް ރަނގަޅު މާހައުލެއް ޤާއިމްކުރުމަށް މަސައްކަތްކޮއްދެއްވުމަށް މިނިސްޓަރ އިލްތިމާސްކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ސބހހމއމރނ

    ފުލުހުން ކުރަންޖެހޭ ކަމައް ހޯމް މިނިސްޓަރު ވިދާޅުވާ އިޖްތިމާޢީ މަސައްކަތް 1 ރޭނުން 2ރުއްއެރުން 3 މަސްވެރިކަން 4 ތިލޭރުކަން ދެންބާކީ ވަޤުތު ވަޡީފާގެމަސައްކަތް

    13
  2. އަހުމަދު

    އެއްކަލަ ދެފުއްދެގޮތް ފުރޭތަ ކަހުރަބު ޖިންނި

    17
  3. ހެހެހެ

    ތެދެއް އެ ބުނީ، ކުށްވެރި ނުވިޔަސް މަކަރާއި ހީލަތުން ދޮގު އިލްޒާމު އަޅުވައިގެން ނަމަވެސް ހިތްނުރުހޭ މީހާ ހިފާ ހައްޔަރު ކުރުމާއި، ދީނަށް ޖޯކު ޖަހާ ނަބިއްޔާއަށް ފުރައްސާރަ ކުރިޔަސް ހިތް އެދޭ މީހާއާއި މެދު އެެއްވެސް ފިޔަވަޅެއް ނޭޅުން.

  4. ...

    ކުށްކުރާ މީހާ ހުއްޓުވާ ސިޔާސަތަކުން އަމަނެއް ނުގެނެވޭނެ...ކުށްކުރާ މީހާ ހުއްޓުވާ އިރު އޭނަ އޮންނާނީ ކުށަށްް އަރާގަނެފަ....މިކަމުގެ މިސާލެއްގެ ގޮތުން އަހަރެން ރާއްޖެއިންވެސް ފެންނަ ކަމެއް ފާހަނގަ ކޮށްލާ ހިތްވޭ...
    " ވަން ވޭ ފަޅާފަ ބައެއް މީހުން ދުއްވާތީ އެބަތިބޭ ޕޮލިހުން އެ މަގުގެ މެދެއް ހިސާބުގަ ފިލާ..ތިބެފަ ވަން ވޭ ޔާ އިދިކޮޅަށް އައިމަ އެމީހަކު ހިފާ ހައްޔަރު އެބަކުރޭ...މި ކުރެވޭ ކަމަކީ ކޮބައިތޯ...އެއީ ކުށްކުރީމާ ކުށަށް އަދަބު ދެވެނީ ދޯ...އަދަބު ދޭން ފިލާ އެތިބެވެނީ...އެހެނެއް ކަމަކު ވަން ވޭ އަށް އިދިކޮޅުން ވަދެވޭ ދިމާގަ އެންމެ ޕޮލިހެއް މަޑުކޮށްލައިން ހުއްޓަސް އެކަކުވެސް ނުވަންނާނެދޯ ވަންވޭ ފަޅާފަ އެއް....މިހެން މިބުނީ ޕޮލިހުންނަށް އަދަބު ނުދީ މުޖުތަމަޢުގައި ވަން ވޭ ފެޅުން ހުއްޓުވިދާނެެ ގޮތެއްގެެ ގޮތުގަ...އެއީ އެންމެ ރަނގަޅު ގޮތް ކަމުގަ ނުވެދާނެ..." އަމަން ތަނަކަށް މުޖުތަމަޢު ހެދޭނީ އިންސާނާގެެ އެތެރެ ހަށި ރަނގަޅު ކޮށްގެން....ރޫހާނިއްޔަތު ދިރުވައިގެން....މައްސަލައިގެ ފެށުން "އެޓިޓިއުޓް ބަދަލު ކޮށްގެން...ދިވެހި ގައުމުންް އެކަމަށް ފޯކަސްކޮށްގެން ކުރާ އެއްވެސް ހަރުދަނާ މަަސައްކަތެއް ނުފެނޭ...ފެންނަނީ ވަރަށް ބިޒީ ލައިފެއް މަޖްބޫރުކޮށްފަ އޮތްތަން...އެއްބަޔަކު ކާން ބޯން މަސައްކަތް ކުރުމުގަ އަނެއް ބަޔަކު ކުޅިވަރާ މަޖަލުގަ...ހެޔޮ ކަމަކަށް ހެޔޮ ގޮތެެއްގަ ވިސްނާލާނެ ވަގުތެއް ވަރުބަލި ނުވާ ސިނކުޑިއެއްނެތް...ދުނިޔޭގެ ބޭކާރު ކަންކަން މޮޅެތި ކަންކަމުގަ ދަަަަަައްކާ ލަގަން ގެއްލިފަ އޮތް ނަފުސު އެއަށް ހައްލުވާފަ

    6
    1
  5. 2023ޔާން

    ޔާމިިން

  6. ވަސީމް

    އިމްރާނަކީ މަޤާމް ދީފަ އަނގަބަންދު ކޮށްފަ ހުރި އެމްޑިޕީގެ އެކްޓިވިސްޓެއް. ބަހާ ޢަމަލު ދިމާނުވާ. ހަމައެކަނި މަޤާމްގެ ދަހިވެތިކަމުގައި ދީނީ ކަންތަކަށް ހަޖޫޖަހާއިރުވެސް އެއްޗެކޭ ބުނަން ނުކެރިފަ ހުރި ފިނޑިއެއް.ފުލުހުންނަށްވެސް މިހާރު އިމްރާނުގެ ޙަޤީގަތް އެނގޭނެ.