ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދިވެހި ރައްޔިތުން ޙުކުމް އިއްވައިފި ކަމަށާއި، ދިވެހި ރައްޔިތުން ޙުކުމް ކުރީ އެމަނިކުފާނު ކުށްވެރިނުވާ ކަމަށް ކަމުގައި އޭދަފުށީ ދާއިރާގެ މެމްބަރު، އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވެއްޖެއެވެ.

ސަލީމް މިހެން ވިދާޅުވީ "ފުނޑާލައިފި" ނަމުގައި ކާނިވާ ސަރަޙައްދުގައި ޕީޕީއެމް-ޕީއެންސީގެ ކޮންގްރެސް ކޯލިޝަނުން ބާއްވަމުންދާ އެއްވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ޕްރޮގްރެސިވް ކޯލިޝަނުން ސަރުކާރު ޒިންމާދާރު ކުރުމުގެ މަގްސަދުގައި ބާއްވާ މި އެއްވުމުގައި ގިނަ އަދަދެއްގެ ރައްޔިތުން ދަނީ ބައިވެރިވަމުންނެވެ.

ޕީޕީއެމްގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު، ސަލީމްގެ ވާހަކަފުޅުގައި ޔާމީނަށް ކުރަނީ ސިޔާސީ ދަޢުވާއެއް ކަމަށާއި، ރާއްޖޭގެ ރައްޔިތުންނަށްވެސް މި ޝަރީޢަތުގައި ވާނުވާ އެނގޭ ކަމަށެވެ.

"ދިވެހި ރައްޔިތުން މިތިބީ ޙުކުމް ކޮށްގެން. އަޅުގަނޑުމެން ނިންމީ ރައީސް ޔާމީން އެ ޝަރީޢަތުގައި ކުށްވެރިނުވާ ކަމަށް. އެހެން މި ދަންނަވަނީ އަޅުގަނޑުމެން އެންމެން އެ ޝަރީޢަތް ލައިވްކޮށް އަަޑުއަހައި، ބަލައި، ދިރާސާކޮށް، މި ހެދީ. ނަތީޖާއަކީ ކުށްވެރިނުވެޔޭ. ޙުކުމެއް އައިސްދާނެ ކޮންމެ ފަދަ ގޮތަކަށްވެސް. އެގޮތަަށް ޙުކުމެއް ކޮށްފާނެ މަކަރާއި ޙީލަތުން ކޮންމެ ފަދަ ގޮތަކަށްވެސް. އެ ފުރުސަތު ރައްޔިތުން ދީގެން ނުވާނެ." ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ ރައީސް ޔާމީނަކީ ރާއްޖޭގެ ތަރައްޤީގެ ބާނީ ކަމަށާއި، އެހެންވެ، ކޮންމެ ގޮތެއް ހަދައިގެންވެސް ރައީސް ޔާމީންގެ ނަން ފުހެލުމަށް "އެމީހުން" މަސައްކަތް ކުރާނެ ކަމަށެވެ. އެމީހުންނަށް ކުރިއަށް ދެވޭނެ އިތުރު ގޮތެއް ނެތް ކަމަށެވެ.

"އެކަމުގެ ހަސަދަވެރިކަމާއި، އެކަމުގެ ރުޅިވެރިކަން މިއޮތީ. ޔަހޫދީން ކީރިތި ރަސޫލާއާ ދޭތެރޭ ހަސަދަވެރިވަނީ، އެމީހުންގެ ތެރެއިން ނޫން ގޮތަކަށް އެންމެ ފަހުގެ ރަސޫލާ ފޮނުއްވެވީ ޤުރައިޝުންގެ ތެރެއިން ކަމަށް ވުމުން. ރާއްޖެއަށް ނާންނަ ވަރުގެ ތަރައްޤީއެއް ގެނެސްދެއްވާފައިވާތީ. ރައީސް ޔާމީން ނައްތާލެވެންދެން މި މީހުންވެސް އެ ހަސަދަވެރިކަން ބާއްވާނެ." ސަލީމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. Anonymous

  ސާބަހޭ ސަލިމްބޭ.
  ދީނާ ޤައުމުގެ ޙައްޤުގައި ތިޔަކުރައްވާ މަސައްކަތްޕުޅަށް. ވ.ސަޅި ވާހަކަ ފުޅު

  82
  3
 2. Anonymous

  އެންމެޔަގީން ވާކަމަކީ ތިޔައީ. އެމަނިކުފާނު ކުށްވެރިއެއްނުވޭ. ޜ ޔާމީން ޒިންދާބާދް

  19
  2
 3. ބިޖޫ

  ސާބަހޭ. ސާބަހޭ ސަލީމްއައް ހަމަސާބަހޭ ކެނެރީގޭ ދާއްބަ އަކީ މިގައުމުގެ ހަލާކު ފިރުއައުން ހަލާކުކުރީ ހާމާން އިބޫ ހަލާކުކުރަނީ ކެނެރީގޭ ދާއްބަ ދެންދިވެހިރައްޔިތުން ވިސްނާ ހާމާނައްވުރެވެސް ނުބައި ނުލަފާ ޖާހިލެއް ދާއްބަޔަކީ

  17
  3
 4. ފުނަދޫ

  ގަުމުގެ ހާލަތު ގޯސްވެގެން ބަނޑއްމަރުވާން ފަށައިފި

  14
  2
 5. Anonymous

  މީހަމަ ނުބައިވެރިކަމެއް ސަލިމްބޭ. މިބަޔަކު ވެރިކަމަށް އެރި ފަހުން ހާދަބައެކޭ މަރުވަމުން ވެސް މިދަނީ. އެކިކަހަލަ ގޮތްގޮތަށް. އެހެންނުވާނީ އެއްބަޔަކު އެކިދީންތައް މިތަނަށް ނުގެނެވިގެން ހޭކެޑެނީ. މިމީހުންނާ އެއްބައިވެގެން ވެރިކަން ހޯދަދިން މީހުން މިއަދު ހަމަ އަޑެއްބަޑެއް ނެތް. ޤައުމާއި ދީން އަނދަވަޅަކަށް ވައްޓާލާފައި . ކީކޭ ދެން ބޮނަންނޫ.

 6. ޖަބީން

  ޔާމީންގެ ޝަރީޢަތްތައް ލައިވްކޮށް ބެލި ކޮންމެ މީހަކަށްވެސް ކަށަވަރުވީ ޔާމީން ކުށްކޮށްފައި ނެތްކަމެވެ. ޝަރީޢަތްތައް ހިންގެވި ފަނޑިޔާރުގެވެސް ޙުކުމަކީ ޔާމީންގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް ކަނޑައެޅުމެވެ. އެކަން ޙޖަމްނުވެގެން މި ސަރުކަރުން މުޅި ޖުޑިސަރީއަށް އަތާ ފަޔާ ބޯ ބާނަން ފެށިއެވެ. ޢަލީ ރަޝީދުވިޔަސް މާތްﷲއަށް ބިރުވެތިވެ ޙުކުމްކޮށްފިނަމަ ޔާމީން ސަލާމަތްވާނޭއެވެ.

 7. ސަލިމް

  ޔާމީނަކީ އަޅުގަނޑުމެން ހުރިހާ ދިވެހިރައްޔިތުންގެ ތާއީދާ އިޙުތިރާމް އޮތް ބޭފުޅެއް. އަޅުގަނޑުމެން ނަށް މިހާރު ކުރިއަށްވުރެން އެމަނިކްފާނަށް ދެވިފައިވާ ޤަދަރު ބޮޑުވެއްޖެ. ސަބަބކީ ރިޔާސި އިންތިޚާބުގެ ދުވަސްވަރު އެމަނިކްފާނު ބޮލުގައި މިސަރުކާރުން އެޅުއްވި މަރުތަކާ ވައްކަމަކީ ޙައްޤެއް ނެތް ގޮތުގައި ބޮލުގައި އެޅުވި އިލްޒާމް ތައް. އެމަނިކްފާނުގެ ޝަރީޢަތަކީ ވެސް ހުރިހާ ދިވެހި ރައްޔިތުން ކުރިމަތީގައި ކުރެއވި ޝަރިޢަތެއް. އެމަނިކްފާނު އެޝަރީޢަތުގައި ދިވެހިރައްޔިތުން ކުރިމަތީގައި ސާބިތުކަމާއެކު ކެރިހުރެގެން ވަކާލާތުކުރެއްވި. ޖެހިލުމެއްނުވޭ. އިރާދަކުރެއްވިއްޔާ ތުރުތުރެއްވެސް ނަޅާ.އެމަނިކްފާނު ބޮލުގައި މިސަރުކާރުން އެޅުއްވި އެއްވެސް މަރަކާވެސް އެމަނިކްފާނާ ދިިމަލެއްނުވި.މިހާރު ހޯމްމިނިސްޓަރަކަށް އެހުންނެވިއެހުންނެވި އިމްރާނު ޖަލަށް އެމަނިކްފާނު ސަރުކާރުން ލެއްވި ސަބަބު މިހާރު
  ހުރިހާރއްޔިތުންނަށްވެސް އެނގިލައްވާނެ.

 8. ޝަމީމް

  ރިޔާސީ 2018 އިންތިހާބުގަ ޔާމީންވީ ބަލި 2019 ވަނަ މަޖިލިސް އިންތިހާބުގަ ޕީީޕީއެމް ވީ ބަލި ސަލީމް ތިބުނާ އެއްޗެއް ދިމާނުވޭ ނުން ޔާމީނައް 96000 ވޯޓުލިބުނު: ދެން އެއީ ޔާމީން ކުއްވެރިވޭތޯ ނުންތޯ ބަލަން ނެގިވޯޓެއް ނޫން
  2013 ގައި ނަޝީދުވެސް 96000 ވޯޓު ހޯދި އެކަމަކު އޭނަޔައްވެސް ހުކުމްކުރި ވޯޓާ ހުކުމާ އެއީ ދޭއްޗެއް