ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް "ދެރަގޮތެއް" ވެއްޖެނަމަ މިހާރު މިކުރާ މަސައްކަތް އިތުރު ގިއަރަކަށް ލައިދިނުމަށް އެމަނިކުފާނު ސަޕޯޓަރުންގެ އަރިހުން އެދިވަޑައިގެންފިއެވެ.
ޔާމީން މިކަމަށް އެދިވަޑައިގެންނެވީ މިރޭ ޕީޕީއެމް އާއި ޕީއެންސީ ގުޅިގެން ބޭއްވި އެއްވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑްރިން މައްސަލައިގައި ޙުކުމް އަންނަ ގޮތަކުން އެމަނިކުފަނަށް ޖަލު ޙުކުމެއް އައުން އެކަށީގެންވާތީ އެކަމަށް އިޝާރާތް ކުރައްވާ ޔާމީން ވިދާޅުވީ ދެރަގޮތެއް އެމަނިކުފާނަށް ﷲ މިންވަރު ކުރައްވައިފިއްޔާ އެއީ ވަގުތީގޮތުން އަންނަ އިމްތިހާނެއް ކަމަށް ހުރިހާ ބޭފުޅުން ވެސް ގަބޫލުކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ނަމަވެސް މިރޭ ވެސް ޔާމީން ތަކުރާރުކޮށް ވިދާޅުވީ އެމަނިކުފާނާއި ދެކޮޅަށް އުފުލިފައި ވާދައުވާ ކާމިޔާބު ކުރާނޭ ކަމަށެވެ. "ތިޔަބޭފުޅުންނަށް ދަންނަވާލަން ބޭނުންވަނީ އަޅުގަނޑާއި މެދު ކަންތައްތައް ވެގެން ހިނގައިދާނެ ގޮތަކާއި މެދު ނުވިސްނާ. ރައްޔިތުންގެ ދަރުބާރުން ޙުކުމެއް ކޮށްފި. އެޙުކުމް ބަޔަކަށް ގަބޫލު ނުކުރެވިގެން މިއުޅެނީ. ޙުކުމް ގަބޫލު ނުކުރެވޭތީ ގާޟީ ވެސް ނަގައި އެއްލާލީ. އަދުލްވެރި ޙުކުމެއް އޮތީ ލިޔެވިފައި." ޔާމީން ވިދާޅުވިއެވެ.
އަނިޔާވެރިންގެ އަނިޔާވެރިކަމުގެ ނަތީޖާ އެބަޔަކާއި ބައްދަލު ކުރާނެ ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވީ ބަދަލު ހިފަން ނޫންކަމަށާއި އެމަނިކުފާނު ވެރިކަމަށް އައިއިރު ވެސް ކުރީ ސަރުކާރުގެ ވަޒީރުންގެ ކޮރަޕްޝަންގެ އެތައް މައްސަލައެއް އޮޑިޓް ރިޕޯޓްތަކުގައި ފާހަގަކޮށްފައި ހުރި ކަމަށެވެ. ނަމަވެސް އެކަންކަން ބެއްލެވުމުގެ ބަދަލުގައި މަސައްކަތް ކުރެއްވީ ގައުމަށް ދިމާވެފައި ހުރި މައްސަލަތައް ހައްލު ކުރެވޭތޯ ކަމަށް ޔާމީން ވިދާޅުވިއެވެ.
ޔާމީން ވަނީ އުއްތަމަ ފަނޑިޔާރު ޑރ.އަހްމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އާއި މެދު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އެޅި ފިޔަވަޅު ކުށްވެރި ކުރައްވާފައެވެ. ޔާމީން ވިދާޅުވީ ޝަރުޢީ ދާއިރާ އޮތީ ފުނޑާލާފައި ކަމަށާއި ނަމަވެސް ޝަރޫޢީ ދާއިރާ ފުނޑާލުމުގެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު 01 ގައި ނެރުނު ޙުކުމާއި ހަމައިން ކަމަށެވެ.
އޮބިނޯންނާނެ. ޔަގީން... އިރާދަފުޅުޅުކުރެއްްވިއްޔާ މިތިބީ މަނިކުފާނާއިއެކުގަ. ހައްގު ރްނގަޅުގޮތުގަ އަދުލުވެ ރިކަމާ އިންސާފުވެ ރި ހުކުމެއްކު ރާނަމަ އިތްހުކުމަކީ މަނިކުފާނު ކުށްވެރިނުވާކަމަށް ހުކުން ކު ރުން ކަމާމެދަކު ކުޑަވެސް ޝައްކެއްނެތް.
ޔާމީންގެ ވަސިއްޔަތް: އަޅުގަނޑަށް ދެރަގޮތެއް ވެއްޖެނަމަ މި މަސައްކަތް އިތުރު ގިއަރަކަށް ލާތި
1 ގަޑިއިރު ކުރިން ( ނޮވެމްބަރު 15, 2019 )
خير انشاءالله خير ދެރަގޮތެއް ދިމައެއްނުވާނެ .ހައްގުގެެ ދަތުރު ނުހުއްޓުވޭނެ. އުމީދުގެ
ބައްތީގެ ހުޅުކުޅު ކުޑަކުރެވިދާނެ އެކަމަކު ނިވައެއް ނުލެވޭނެ. ސިނަމާލެ ބުރިޖާ ހުޅުމާލެ
ދެވަނަ ފޭޭސް އަދި ދަރުމަވަންތަ ހޮސްޕިޓަލާ، ވިހި ކުދިންނައްވުރެ ގިނަ ނިކަނެތިގެ ދަރިންގެ
ބޯންމެރޯޔާ، ތިނަދޫ އިސްލާމީމަރުކަޒު ގެ ޚިދްމަތް ދިވެހިންނަށް ދެއްވި ވިވެރިޔަކީ ހަމަތިއީ.
ތިއީކާމިނީ އާއިލާގެ ބަތަލެއް.
ހަދާންކުރައްވާ المرحوم محمد امين އަކީ މިޤައުމު ދުއް މިޒަމާނުގެ ތައުލީމާ ތަރައްގީ އަށް
ޤައުމު އަނބުރާލެއްވި ބާނީ އާޚިރުގައި ހަވަރައްދީ އޮރިޔާހާލު ގައި ގެންގޮސް އެއްލާލީ މީހުން
ނޫޅޭ ފަފަޅުރަށަކަށް. ނަމަވެސް ރާއްޖޭގެ ތާރީޚާ ވަރިކައިވެންޏާ ދުއިސައްތަ މިލިޔަނަށް ވުރެ
ގިނަ މާލުގައި ހުޅުޖެހުމުގެ ބޮޑަކަށް ހުރިމީހާއަށް ވެދުންކުރީ ތިންބާރުން އެއްބާރާ ނިޝާންޖެހި
ކާރާ ގޮޅާފޯސް ގޮވި އޭކިޔައި އަގުވެއްޓީމީހުންގެ ސެކެއުރިޓީ އާނޫންތޯ؟ ނަތީޖާއަކަށްވީ
ހަތަރު ސަތޭޭކަ އަހަރުވީ މާވެެގެންވާ އިސްލާދީނާ އެދީން ގެނެސް ދެއްވި ރަސޫލާއަށް މަލާމާތް
ކޮށް ފުރައްސާކުރުންނޫންތޯ؟ މިހަދިހިފައިގެން ދާންވީ މާﷲގެ ހަލުރަތަށް ތިމަންމެން
އިބަސުވާންމީންގެ އަށް ޝުކުރު ކުރީމިގޮތަށޭކިޔާފަ ނޫންތޯ؟ އިރާދަކުރެއްވިއްޔާ އަހަރެމެން
ތިބޭނީ މަނިކުފާނާއެކުގަ. އަރެމެންގެބަހަކީ
﴿ صِراطَ الَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوبِ عَلَيْهِمْ وَلا الضَّالِّينَ ﴾.
♦ السورة ورقم الآية: سورة الفاتحة (7)
އަހަރެންގެ ދު އާ އަކީ ޔާމީން ޖަލަ އްލުން އަދި އޭނާ ގެ ދިވެހިސަރުކާރަ އްނެގުން
އާމީން
ކުރެއްވިކުށަކަށް 13އަހަރުގެ ޖަލުހުުކުމެއްއައިފަރާތެއް އެހުކުމުގެ އެންމެދުވަހެއްވެސް ތަންފީޒު
ނުކޮށް މިހާރުމިނިވަންވެ ކުށްވެރިއަކު މިހާރުބޮޑުމަޤާމަކަށްހޮވި އެމަގާމުފުރަމުންދާއިރު އަދުލުއިންސާފު އެންމެންނަށް ހަމަހަމަވާވަރު ސަލާމަތްބުއްދިއެއްހުރިފަރާތަކަށްއެގޭނެ ވީމާ، މަނިކުފާނުގެމަށްޗަށް ހީއަކަށްދައުވާކުރުމުން ބޮޑަށްވައްތަރީ ސިޔާސީދައުވާއަކަށް މިފަދަދައުވާއަކުން
މަނިކުފާނަށް ދެރަގޮތެއްވެއްޖެނަމަ ދިވެހިރަށްޔިތުންގެތެރެއިން ވަރަށްގިނަ ރަށްޔިތުން (އަަހަރެންވެސް ) ހިމޭނުން ނުތިބޭނެ
ޝަރީއަތަށް 1 ދުވަހަށްވީމަ ކޮންމެފަހަރަކު ގެއިން ނިކުންނަނީ.
ޔާމީނަކަސް އަދި އެހެން މީހެއްވިޔަސް ދިވެހިރާއްޖޭގެ ކޮންމެ ރައްޔިތެއްގެ މައްޗަށް ހިންގަންޖެހޭނީ އަދުލުވެރި އިންސާފުވެރި ޝަރީއަތެއް މިހާރުގެ ސަރުކާރުން ޔާމީނުގެ މައްޗަށް ހިންގަން އުޅޭ ޝަރީއަތަކީ އިންސާފުން އެއްކިބާވެ ޒާތީގޮތުން ހިންގަން އުޅޭ ޝަރީއަތެއްކަން ވަރަށް ސާފުކޮށް ސާބިތުވޭ ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން މިބުނަނީ ޔާމީނުގެ މައްޗަށް ކުރާ ހުކުމެއް އަހަރެން ގަބޫލެއް ނުކުރާނަން މިހެން މިބުނީ ޝަރުއީ ދާއިރާ ބަގުޑި ބައްދައިގެން މިސަރުކާރުން އިންސާފުން ބޭރުން ކުރާ ކަންތައްތައް އިރުގެ އަލިކަން ފަދައިން ފެންނަން ހުރީތީ އިރާދަ ކުރެއްވިއްޔާ މިނުލަފާ ޖާހިލު ޖައްބާރު ސަރުކާރުގެ ނުބައި ކަމުން ދިވެހިރާއްޖޭގެ އިންސާފަށް ލޯބިކުރާ ރައްޔިތުން ސަލާމަތް ކުރައްވާޝި އާމީން
ބަލަ ޔާމީނޫ ކަލޭ މީހުންނަށް ދެެރަގޮތް ހެދިއިރު ކަލެއަށް ދެރަގޮތް ނަހަދަންވި ކީއްވެ. ހަތަރެސްފައިގަ ވާޖަހާފަ އެލުވާފަ ބާއްވަން ޖެހޭ.
އިރާދަކުރެއްވިއްޔާ ބޭނުންހާ ގޮތެއް ނެހެދޭނެ ތިއުޅެނީ އަހަރުމެންގެ ލެއާކުޅެން