އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް، އައިޖީއެެމްއެޗް އަށް ވިހަން ގެންދިޔަ މާބަނޑު އަންހެނުންގެ ތެރެއިން ތިން މީހަކު ވިހޭ ތިން ކުއްޖަކު ނިޔާވެއްޖެއެވެ.

މި ތިން ކުދިން ނިޔާވެފައިވަނީ 14 ވަރަކަށް ގަޑިއިރު ތެރޭގައެވެ.

"ވަގުތު" އަށް އެނގިފައިވާ ގޮތުގައި އޭގެ ތެރެއިން އެއް ކުއްޖަކު ނިޔާވެފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އަދި މިރޭ ދެ ކުއްޖަކު ވަނީ ނިޔާވެފައެވެ.

މި ތިން ކުދިންވެސް ނިޔާވެފައިވަނީ މައިމީހާގެ ބަނޑަށް ކަމަށް ބުނާ ހަބަރުތަކެއް މިހާރު ދަނީ ދައުރުވަމުންނެވެ. މީގެތެރެއިން ދެ ކުއްޖަކު ނިޔާވީ މައިމީހާގެ ބަނޑަށް ކަން "ވަގުތު" އަށް ވަނީ ކަށަވަރުވެފައެވެ.

މިކުދިންގެ ތެރެއިން އެންމެ ފުރަތަމަ ކުއްޖާ ނިޔާވެފައިވަނީ އިއްޔެ ހެނދުނުގެ ވަގުތެއްގައެވެ.

މިރޭ ނިޔާވި ޚައިރު މުޙައްމަދު ޝާމީ، ހ.ލަގްޒަރީހޯމް ވަޅުލާފައިވަނީ މީގެ އިރުކޮޅެއް ކުރިންނެވެ. އެ އާއިލާއިން "ވަގުތު" އަށް މަޢުލޫމާތު ދިން މީހަކު ބުނީ އެ ކުއްޖާ މިއަދު މެންދުރު މައިމީހާގެ ބަނޑަށް ނިޔާވި ނަމަވެސް، ސިޒޭރިއަން ހެދުމަށްފަހު އެކުއްޖާ ބަނޑުން ނެގީ މިރޭ ކަމަށެވެ.

މިއަދު ތިން ވަނައަށް ނިޔާވި މުޙައްމަދު ހަސަން ވަލީދު، ރުކުމާގެ، ލ.ގަން/ތުނޑި އެވެ. މިކުއްޖާ ވަޅުލުމަށް ހަމަޖެހިފައިވަނީ މިރޭ ފަތިސް ނަމާދަށް ފަހުގައި ކަމަށް މަޢުލޫމާތު ލިބެއެވެ.

މިއަދު ނިޔާވި ޚައިރު މުޙައްމަދު ޝާމީގެ އާއިލާއިން ބުނީ މިއަދު ޖުމްލަ 6 މީހަކު ވިއްސަން އައިޖީއެމްއެޗަށް ގެނައި ކަމަށެވެ. އަދި އެ ހުރިހާ އެންމެން ވިއްސަންވެސް ހުރީ އެންމެ ޑޮކްޓަރެއް ކަމަށާއި، އެ ޑޮކްޓަރު ވިއްސި ގަޑީގައިި އެހެން މީހެއްގެ ސިޒޭރިއަން ހަދަން ދާންޖެހޭ ކަމަށްވެސް އެ އާއިލާއިން ވަނީ ބުނެފައެވެ.

"އޭނާ (އެ ޑޮކްޓަރު) އެކަނި ހުރީ މިއަދު... ދެން އެކަމާ މެނޭޖްމެންޓާވެސް ވާހަކަ ދެއްކިން... އަހަރެމެން ވަރަށް ކަންބޮޑުވާ ވާހަކަވެސްް ބުނިން... އެކަމަކު އެމީހުން ބުނީ ހުކުރު ދުވަސްވީމަ ޑޮކްޓަރުން އޮފްވާނޭ..." ޚައިރުގެ އާއިލާއިން "ވަގުތު" އަށް މަޢުލޫމާތު ދިން މީހަކު ބުނެފައިވެއެވެ.

މި ތިން ކުދިންނާއި އެކ،ު މިމަހުގެ ތެރޭގައި މިހާތަނަށް ވިހެއުމުގައި ނިޔާވި ކުދިންގެ އަދަދު މިވަނީ އަށަކަށް އަރާފައެވެ.

މިކަމާއި ގުޅިގެން އަދި މިހާތަނަށް އައިޖީއެމްއެޗްގެ ބަހެއް ލިބިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

71 ކޮމެންޓް

  1. ލކ

    އައިޖީއެމްއެޗް ގެ މީހުން ކަމުނުދާ ވާހަކަ ދައްކާތާ ކިތަންމެ ދުވަހެއްވެއްޖެ. އެމީހުން ތިބެނި އަބަދު ސޯޝަލް.މީޑިޔާގަ. އެއްވެސް ކަމެއްގަ އެއްވެސް ސީރިއަސް ކަމެއް ނުހުރޭ.

    288
    13
    • Anonymous

      އައިޖީއެމްއެޗްގެ އެންއައިވީ ޔުނިޓްގައި އުޅޭ ބައެއް ނަރުހުންވެސް އަތުން ފޯނުދޫނުވޭ. އަދި ވޯރޑްގައި ބަލި މީހަކު ކަމެއް ވެގެން ނަރުހުންނަށް ގޮވާލިޔަސް ތިބެނީ އަންނަން ބޮޑުކަމަކަށް ވެފައި.

      13
  2. މުހަންމަދު.

    ޔާމީނު ވެރިކަމުގަ ވީ ކަމެއްނަމަ އެމް.ޑީ.ޕީން ފިސާރި ތެޅިލީސް، އެމެރިކާ އެމްބެސެޑަރު ލައްވާ ބަޔާންތަށް ވެސް ނެރުވާނެ.

    441
    35
    • ބަލަ އަހުމަދު

      ހުރިހާ ކަމެއްވެސް ސިޔާސީ ކުރެވޭތޯ ބަލައްޗޭ ބޭފުޅާ. އޭރުން ހުރިހާ ކަމެއް ނިމުނީ. ކިޔާނެ އެއްޗެއް ނެތިއްޔާ މައިތިރިވެގެން އިންދެބަލަަ.

      14
      62
      • ނަން

        ސިޔާސީ ކުރެވެނީ ވެސް ހަމަ ތިކަހަލަ އެމް.ޓީ.ޕީ އެއްޗެހިންނާއި ހެދި. ތި އައި.ޖީ.އެމް.އެޗް އިންޑިޢާގެ ބެލުމުގެ ދަށުން ދަންޏާ ދިމާވާނެ ތިކަހަލަ ކިތަންމެ ކަމެއްވެސް. ދެންވެސް ދަރުމަވަންތަ ހޮސްޕިޓަލް ތި އައި.ޖީ.އެމް.އެޗް އާއި ހަވާލު ނުކޮށް ސަރުކާރުން ސިއްހީ ނިޒާމު ރަގަޅު ކުރަން ވެއްޖެއްނު

        44
        3
  3. މޫސަ

    އަދިވެސް ލާދީނީ ބޮދުވަޒީރައް ވޯޓްދީ ކޮނޑުހުޅުނެއްޓެންދެން އަތްޖަލާ

    329
    28
  4. އަޙްމަދު

    އައި.ޖީ.އެމް.އެޗް ހޮސްޕިޓަލުގައި ޑިއުޓީތަކަށް ބަދަލުގެންނަންޖޭހޭނެވެ. މިރާއްޖޭގައި ހުރިހާ އެންމެން ބަރޯސާވާ ތަނަކަށް އެހޮސްޕިޓަލްވާއިރު ޑިއުޓީގައި އެއްޑޮއްޓަރު ހުރުމަކީ އައި.ޖީ.އެމް.އެޗް ފެއިލްވުންކަން ގަބޫލުކުރަންވާނެއެވެ. ކުރިއައްއޮތްތަނުގައި ޑޮއްޓަރުން ނާއި ނަރުހުން އަދި އެނޫންވެސް ޙިދުމަތް ދެމުންދާ މުވައްޒަފުން ގިނަކުރުމަކީ ރަނގަޅު ފެންވަރެއްގައި މިފަދަ ހޮސްޕިޓަލެއްގައި ކުރަންޖޭހޭނެކަމެއްކަމަށް މިހަދިސާއިންވެސް ދެކެން ޖެހޭނެއެވެ. މިފަދަ ކަންތަށްތަށް އިތުރަށް ކުރައަށްއޮތްތާގައި ތަކުރާރުވެނުދިނުމަކީ މިރާއްޖޭގެ އެންމެންވެސް އެދޭނެގޮތްކަން އައި.ޖީ.އެމް.އެޗް މެނޭޖްމަންޓް އަދިވެސް ސަރުކާރުގެ ކަމަބެހޭ ހުރިހާ އެންމެންވެސް ގަބޫލުކުރަންވާނެއެވެ.

    299
    5
    • ސާފު

      މިރާއްޖޭގަ އޯލެވެލް ގަދައިގަ ހިމެނޭ ހުރިހާކުދިން ހަދަނީ މެޑިސިން. ޑޮކްޓަރުން މަދީކީ ނޫން ފަރުވާކުޑައީ ކަމަށް ކަމޭ ނުހިތެނީ. މާލޭކޮންމެ ދެގޯޅިދޭތެރޭ ކްލިނިކެއް ހަދައިގެން އެތަންތަނުން އަންބޮނޑި ބޮޑުކުރަންޖެހޭ. ނުބުންޏަސް އެގޭނެތާ ޑޮކްއެއްނަމަ ވީކެންޑުވެސް ހޭދަކުރާނީ އޭޝިޔާއަށްވުރެ ބޭރުން.

      38
      2
  5. ފާތުމަ

    ވަރަށް ކަންބޮޑުވާންޖެހޭ ކަމެއް

    220
    2
  6. Anonymous

    ފާތުމަ

    51
    12
  7. ....

    ކިތަންމެ ގޮތަކައް ކިތައްމެ އެއްޗެއް ކިޔަސް ﷲ އެމީހެއްގެ ފުރާނަަ ގެންދަވަން ހުރި ވަގުތު ގެންދަވާނެ... އެެ ވަކި ބަޔަކުު ބުލޭމް ކުރަންޖެހޭ ކަމެއްނޫން... ހަަަމަަ ކޮންމެ ކަމެއް ސިޔާސީ ނުކޮއްބަލަ... ހެޔަޮ ދުއާ އެއްކުރުމުގެ ބަދަލުގަ ޖަދަލު ކުރެވޭތޯ ބަލަނީ ....

    75
    240
    • ޟ

      ކަލޭމެންދޯ ގޮވީ ޕާރޓޭ އިން މަގުމަތީގަ މީހުން މެރީމަ ޔާމީނޭ އެކަން ކުރީ...ބާރަށް މީހަކު ފޮޑިޔެ އް ޖެހިޔަސް ޔާމީން ބޮލުގަ އެޅިވީ..

      47
      4
    • ޚަލެ

      ދެންކަލޭ ތިބުނަނީ ކަލޭ ގަސްތުގަ މީހަކު މަރާލާފަވެސް ބުނެވިދާނޭ އޭނާގެ އަޖުލު އައިސް ޖެހުނިއްޔޭ ތިމަންނާ ކުރާނެ ކަމެއްނެތޭ؟ މިކަހަލަ ބުރާންތިން އުޅޭތި ޤައުމު ހަލާކުވަނި

      43
      4
    • Anonymous

      ނަމަވެސް އިހްމާލުކޮބައިތޯ؟ ރާއްޖޭގައި ހުރި ސަރުކާރުގެ އެންމެ ބޮޑު ހޮސްޕިޓަލް. މެނޭޖްމަންޓްގެ މައްޗަށް ފިޔަވަޅު އަޅަންޖެހޭ އަދި އެމެޖެންސީގައި ޑޮކްޓަރުން ނެރެވެންޖެހޭ. ބަންދު ދުވަސްވީމާ ނުކައި ނުބޮއެތަ ތިބެނީ. ހޫނަކަސް ވިއްސާރަޔަކަސް އެކަށީގެންވާ ވަރަށް ޑޮކްޓަރުން ތިބެންޖެހޭ. ކޮންމެ ދަންފަޅިއަކަށް މަދުވެގެން 2 ޑޮކްޓަރުން އަދި އެމެޖްންސީގައި ނިކުންނަން ޖެހޭގޮތަށް ޙަމަޖައްސްނ1ވެސް ޖެހޭ.

      34
      3
    • ހަހަހާ

      ދޮންކަލޯ އެހެންވީމަ ވިހަން ތަންތަނަށް ދާނެކަމެ އެއ އް ނެ ތެ އްނު.. ވިހެންވީމަ ވިހޭނެޔެ މަރުވަންވީމަ މަރުވާނެޔެ ހިތަ އް އަރުވަ އިގެން ތިބެންވީނު...މީކީ ސިޔާސީ ކުރުމެ އްނޫން ، ބަ އެ އްގެ ފަރުވާކުޑަވެގެން ވެފަ ހުރިކަންކަންމީ..

      35
      2
    • Anonymous

      އެ ހެޔޮ މަރާލިޔަސް ހަމަ ތިކަލަ ފަރުވާ ކުޑަ ޖަވާބެ އެއް ދީފަ ސޯފާގަ 2 ފަ އި ދަމާލާފަ އޮވޭ.
      ފަރުވާ ކުޑަ ކުރުމުން ހަމަ މަ އްސަލަ ބެލޭނެ

      28
      1
    • އަބުޅޮ

      ﷲ މީހެއްގެ ފުރާނަަ ގެންދަވަން ހުރި ވަގުތު ގެންދާނަމޭ ބުނުމަކީ އިހުމާލުވަމަށް ދެއްކޭނެ އުޒުރެއް ނޫން. އަދި އިހުމާލުވުނަ ފާހަގަކޮށް އިސްލާހުކުރާ މީހުންނާ ދެކޮޅަށް ދެއްކޭނެ އުޒުރެއްވސް ނޫން.ގޯސްކޮށް ހިންގި ހިތާމަވެރި ހާދިސާއެއް ތިމާ ނޫން މީހަކަށް ދިމާވީތީ އެއީ ސިޔާސީ ކަމަކަށް ހަދައިގެން އޮށްބާލަވިގެން ނުވާނެ. އިހުމާލާ ދެކޮޅަށް ފާޑުކިޔެން ޖެހޭނެ. ބުލޭމްވެސް ކުރެވެން ޖހޭނެ.އަދި އިސްލާހުކުރަން ގޮވެންވެސް ޖެހޭނެ. ފާޑު ކިޔމާ ނުލައި އިސްލާހެއް ނުކުރެވޭނެ. އަހުރެން ވެސް ސަޕޯޓު ކުރަން އެމްޑީޕީ އަށް. ތިގޮތަށް ރައްޔިތުންގެ ޖެނުއިން ކަންބޮޑުވުމަކީ ސިޔާސީ ބޭނުމަށް ދައްކާ ވާހަކަ ކަމަށް އެމްޑީޕީން ބުނާނެ ކަމަށް ގަބޫލެއްނުކުރަން.

      23
      1
    • Anonymous

      ކަން އޮތީ އެހެން. އެކަމަކު ފަރުވާ ނުދެވި ދިއުމަކީ ކާކުގެ އިހުމާލެއް

      26
    • ޙައިރާން

      އެހެންވީމާ، ގަސްތުގައި މީހަކު މެރުމުންވެސް ކޮންމެހެން އަދަބުދީ، ތަހުޤީގު ކުރަން އުޅުމުގެ ބަދަލުގައި ބުނަމާ ވަޤުތު ޖެހުނިއްޔޭ؟

      22
    • Anonymous

      އެ ހެޔޮ މަރާލިޔަސް ނުވަތަ ފަރުވާ ކުޑަ ކުރުމުގެ ސަބަބުން މަރުވިޔަސް ދެއްތޯ؟

      13
    • Anonymous

      މީކީ ސިޔާސީ ކުރުމެއް ނޫން. މިއީ ބައެއްގެ ފަރުވާ ކުޑަކަން

      21
  8. އެންދެރި

    އަންހެނުން ވިއްސަން އަންހެން ޑޮކްޓަރުންނެވެ. ފިރިހެނުން.ނެއް.ނޫނެވެ.

    146
    11
  9. މާމިގިލީ މީހާ

    ހަމަ ފަރުވާކުޑައީ. މީތޯ ރައީސް ސޯލިހު ރައްޔިތުންނައް ދޭން ވައުދުވި ސިއްހީ ނިޒާމަކީ. ބޮޓުން ހެލުތު މިނިސްޓަރުންނައްލީމަ ވާނީ މިހެން.

    244
    9
  10. އާމިނާ

    ހުކުރު ދުވަސް ވީތީއޭ ކިޔާފަ ބަލިވާ މީހުންގެ އަދަދު މަދު ވަނީތަ؟ ކީއްވެތަ ވަކި ދުވަހަކަށް ޑޮކްޓަރުން މަދު ވާންވީ؟ ޚާއްސަކޮށް ސްޕެޝަލިސްޓުން ތިބެންވާނެދޯ އަބަދުވެސް. ބޭސްފަރުވާގެ ބޭނުން ޖެހެނީ ހަފްތާގެ ވަކި ދުވަސް ތަކެއްގައެއް ނޫން.

    374
    6
    • މަންޖެ

      ހުކުރުދުވަސްވީމަ މީހުން ބަލި ނުވާދުވަހެއް ގޮތުގައި އައިޖީއެމްއެޗްގެ މެނޭޖްމަންޓްއިން ނިންމައިފި. ހޮނިހިރު ދުވަސްވީމަ ބޭސް ބޭނުން ނުވާ ދުވަހެއް ކަމަށް ނިންމައިފި.

      22
      1
  11. ޒަމީރު

    މިހާރުން މިހާރަށް ހެލްތު މިނިސްޓަރ އިސްތިއުފާ ދޭންޖެހޭ.ތިއިން ދޭހަވަނީ ހެލްތު މިނިސްޓަރގެ ނާގާނިލުކަން.ކަމުގެ އުޑެއް ބުޑެއް ނޭގޭމީހުން އެތަންތަނުގެ މިނިސްޓަރ ކަމަށް ގެނައިމަ ވާނެގޮތްމީ.ގައުމުގެ ރައްޔިތުންނަށް އަންގަންވީނުން ހުކުރު ދުވަހު ވިހަން ގޮސްގެން ނުވާނެޔޭ.ޑޮކްޓަރުން އޮފް ދުވަހޭ.

    17
    1
  12. ކުސުމް

    އަހަރެން ވިހޭ ރޭ 10 މީހުން ވިހަންގެނަޢި. 5 ސިޒޭރިއަން. 2 ޑޮކްޓަރުން. އެމަޖެންސީ ވެގެން 3 މީހުން އަހަރެން ކުރިމަތީ ގެންދިޔަ. ދެ ޑޮކްޓަރުނއނާ ނަރުހުން އަހަރެން ކުރިމަތީ އުޅުނު ގޮތް ދުށިން. ޑޮކްޓަރުން ފަރުވާކުޑައީކީ ނޫން. މެނޭޖްމަންޓް ކަޑައީ . އޮފްވިޔަސް ބަލިމީހުން އިމަޖެންސީވީމަ އޮންކޯލްގަ ތިބެންޖެހޭ ޑޮކްޓަރުން ވާޖިބު އަދާކުރަންޖެހޭނެ. އޮންކޯލަށް އެންމެ މީހަކުލީމަ ކޮންތާކު އެޖެހުނީ.

    30
  13. ގަމު ކުއްޖާ

    ވަލީދުއާއި ޝިފާނާއަށް ކެއްތެރިކަން ދެއްވާންދޭވެ. އާމީން

    21
  14. Anonymous

    އިންސާނީ ޚިދުމަތެއް ،މިދަރަޖައަށް ދިޔައިމަ ބޮޑުތަނުން ސަރުކާރު ފެއިލްވެފައިވާކަން ޤަބޫލްކުރަން ޖެހޭ. އަދްތިއުފާދެއްވާ. ޤާބިލްކަންނެތް މީހުންނާއި ޤައުމު ޙަވާލު ކުރީ ދުޢާދެއްވާފައޭ ކިޔާފައިއޭ، ނަމާއެއްގޮތަށޭ ސޯލިޙޭ. އެކަމަކު ޝާޢިރު ވިދާޅުވަނީ
    "އާޖްފާޖެއް ނޭނގިވާ މިސްރާބު ނޭނގޭ ވެރިއަކަށް
    މާލިމީކަން ދިނުމުގައި ހުންގާނީ ކުރަނީ ކޮންކުށެއް"

    16
    1
  15. ޤަބީލާ

    މިދައްކަނީކީ ސިޔާސީ ވާހަކައެއްނޫނެވެ. މިދައްކަނީ ހެލްތް ސެކްޓަރ ފޫގޮސްފަ އޮތް ވާހަކައެވެ.

    19
  16. ޙަރާމް

    ސިއްހީ ހާލަތު މިހާރު ވަރަށް ދަށް، ތިކަން ތަޖްރިބާކޮށްފިން ވައިފް ވިހެއީ އެކަނިއޮވެ، ޑރ ހުރީ ގޭގަ ނަސީބު ރަނގަޅުކަމުން 2 މައިން ސަލާމަތް ކުރެއްވީ، ނެތިން ތިވާހަކަ ދައްކާކަށް އަދި ދެއްކިޔަސް ވާނެކަމެއް ނެތް?

    20
  17. ......

    ހުކުރު ދުވަސް ވީމަ މީހުން ބަލިވެސް ނުވަނީ ތާ! އޯކޭ އެކަމް ޕޭޝަންޓުން ގިނަވިއްޔާ ޖެހޭނެދޯ ޑޮކްޓަރުން ނެރެން.

    13
  18. ކެނެރީ މަންޑޭލާގެ ހަލާކު

    ޖަޒީރާވަންތަ ދެންއަތްޖަހާ... ޖަޒީރާ ވީމަ ފޫޅުމައިން ތިބޭނީ... ދެންވެސް އެމްޑީޕީ

    21
    3
  19. ޙަޔާ

    ހުކުުރު ދުވަސް ވެއްޖިއްޔާ މީހުން ބަލިވުން މަނާތަ ޑޮކްޓަރުން އޮފް ވެގެން ބަލި މީހާ އަށް ފަރުވާ ނުދެވެނީ. ހިތާމަ ހުރި ކަމެއް. ޢާއިލާތަކަށް ކެއްތެރިކަން ދެއްވާށި. އާމީން

    16
    2
  20. ޝާޝާ

    އައި.ޖީ.އެމް.އެޗް މެނޭޖްމަންޓް ރަގަޅުކުރަންޖެހޭ، ހުކުރު ދުވަހުވެސް މީހުން ބަލިވެސްވާނެ، މަރުވެސްވެދާނެ، ވީމާ، ޑިއުޓީގައި މުވައްޒަފުން ތިބެންޖެހޭނެ އަދި އޮންކޯލްގަވެސް މުވަޒަފުން ލިސްޓް ކުރަންވާނެ އޭރުން މިފަދަ ކަންކަމުން ސަލާމަތް ވުމުގެ ފެރެޞަތު އިތުރުވުމުގެ މަގު ފަހިވެގެންދާނެ، ކޮންމެ ކަމެއްގަވެސް ގަދައަޅާ މަސައްކަތްކުރުމަކީ އޮންނަންވާނެ ރިވެތި އުސޫލް، ކަންކަން މެދުވެރިވުމުން ކެތްތެރިކަން ދެއްވާ ކުޅަދުންވަންތަ ﷲ އަށް އަޅަމެންގެ ދަންނަވައި ޝުކުރުވެރިވުމަކީ މުސްލިމުންގެ ރިވެތިކަން ދަމަހައްޓަން މަސައްކަތް ކުރަންވާނެ!

    14
  21. ލުބާ

    ހުކުރު ދުވަހަކީ މީހުން ބަލިނުވާންވީ ދުވަހެއް ދޯ؟ ޑޮކްޓަރުންނަށް އޮފްދީފަ ހޮސްޕިޓަލް ހުޅުވާފަ ހުންނަނީ ކީއްކުރަން؟

    18
  22. ކާފަ

    ޙުކުރު ދުވަހު މާބަނޑު މީހުން ބަނޑުގައިތިއްސުން މަނާކުރާ ގަރާރެއް މަޖްލީހަށް ހުށަހަޅާ

    19
  23. ލަކީ

    މުހައްމަދު ހަސަންވަލީދު ނިޔާވީ މީރަންގަޅައްތޯ

  24. ފައިސަލްނަސީމު

    އެއްވެސް ސަރުކާރަކުން ސިއްހީ ޚިދުމަތް ކުރިއަރުވަން މަސައްކަތް ނުކުރާވަރަށް މިސަރުކާރުން މަސައްކަތްކޮށްފި.

    2
    20
  25. Anonymous

    އަދިވެސް ހެލްތު މިނިސްޓަރު އިސ

  26. ވަޒީރެއާލާ

    އަދިވެސް ހެލްތުމިނިސްޓަރު އިސްތިއުފާ ދޭކަށް ނުވޭތަ؟ ހެލްތުމިނިސްޓަރު އިސްތިއުފާ ނުދެންޏާ ރައީސް ސޯލިހު އިސްތިއުފާދޭން އެބަޖެހޭ.

    16
  27. ކުޑަބަޖަރާ

    ތިޔަމީހުން ވިއްސީ ކޮންގައެމެއްގެ ޑޮކްޓަރެއްތޯ؟ މީ ވަރަށްބޮޑަށް ބަލަންޖެހޭކަމެއް.

    14
  28. ޛައިސަމް

    ރާއްޖޭގައި ޑޮކްޓަރުން ބާރުގަދައީ. އެމީހުން ބޭނުންގޮތަކަށް ޑިއުޓީ ރާވަންޖެހެނީ. ޕޭޝަންޓުން ދައްކާ ވާހަކަ އަޑުނާހާ ބޭސްދީގެން ގޯސްތައްވެސް ހެދޭ. ޓެސްޓްތަކުން އެއްޗެއް ނުަދައްކާނަމަ އެމީހަކު މަކަރު ހަދަނީ. ތިމާއަށް ކަންކަން ނޭނގޭކަން ރިއަލައިސްނުވޭ. ޑޮކްޓަރުން ގިނަކޮށް އެމީހުންގެ ޑިމާންޑް ދަށްކުރަންވީ.

    7
    1
  29. ަކަމަނަ

    ޢައި ޖީ ެމް އެޗް އަކީ ބަލިމީހުނ ް މުހިއްމު ވާ ތަނެއް ނުން. . ޜާއްޖޭގެ ހުރިހާ ތެލެސީމިއާ ކުދިން މަރުވާ ތަންވެސް މިތިބެނީ ބަލަން.

    10
  30. ޟހ

    ތިވާނީ މި ސަރުކާރުން އާބާދީ ކޮންޓްރޯލް ކުރަނީ ކަމަށް. ހިތާމަ ހުރި.

    11
    1
  31. ޤައުމުކޮބާ

    މީ އައިޖީއެމް އެޗްގެ ހާލަތު. ކޯތުތަކެއް ނޫނެއްނު އިޞްލާހުކުރަންވީ މިކަންކަން. ހެލްތް މިނިސްޓަރ އިސްތިއުފާ ދޭންޖެހޭ.

    14
  32. އަލީ

    މިކަހަލަ މަދު ކަމެއް ފަޅާ އަރާނީ.

  33. ޟަމީ

    އައިޖީއެމް ހޮސްޕިޓަލުގަ ވިހާ ކޮޓަރީގައި ތިބޭ ނަރުސްކުދިން ވަރަށް ރަނގަޅު ވަރަށް ހިތްހެޔޮ، އެކަމު ބައެއް އަންހެނުންގެ ޑޮކްޓަރުން ވަރަށް ފޮނި ވަރަށް ބޮޑާ، އެޑްމިޓް ވެގެން އޮންނަ ބަލިމީހާ ވެސް ޑިޕްރެޝަނަށް ވެއްޓޭވަރު ވޭ އެމީހުން ގެ އަމަލު ތައް ހުންނަ ގޮތުން، ބައެއް މީހުން ދެން ހަމަ އިންސާނިއްޔަތު ކަމެއް ނުހުރެއޭ ބުނެވޭނީ ،

    23
  34. ޢަނާ

    ތިޔަ ހޮސްޕިޓަލުގަވެސް މިހާރު އޮންނަނީ އިންޑިއާ ސްޓާފުންގެ ބާރު ދިވެހިންނަށް ބޭނުންއެއްޗެއް ހަދަމުން ގެންދަނީ

    14
    1
  35. ނާސިރާ

    އަޅުގަނޑުމެންގެ ހިތްތިރި، އޯގާތެރި ރައީސް ވިދާޅުވެފައިވަނީ މާރާމާރީ ހިންގައިގެން މީހުން ނުމަރައޭ. ދައުލަތުގެ އިހުމާލުން މިފަދައިން މަރުވާ ކުދިންނާ އަމިއްލައަށް މަރުވާ މީހުންގެ އަދަދުތައް ބަލާ، ފިޔަވަޅު އެޅުން އެއީ ނެތް ކަމެއްތޯ؟

    13
  36. ޚައިރޭ

    ޒިންމާ ނުނަގާ ނުކިޔަވާ އިން ރޭގަ ނާޗަރަންގީ ބަލަން އޮލިމްޕަހުގަ..

    11
  37. އިއްބެ

    ހިތާމަ ހުރިޚަބަރެއް! ލިޔުން ތެރިޔާއަށް ބުނެލަން. " އަނެ އް ދެކުދިން ނިޔާވީ މިރޭ" ލިޔެފަ އޮތީމާ އެ ކުދިން އަދި ނިޔާ ނުވަނީ. ބަސް ދަސްކުރުން މުހިއްމު. ލިޔަން ޖެހޭނީ " އަނެ އް ދެކުދިން ނިޔާވީ ރޭގަ" ކަމަށް.

    3
    2
  38. ޙަސްމުކް

    ކިހާ ދެރަވެއްޖެ ކަމެއްމީ... Igmh އުވާލަންވީ އެންމެން މުޒާހަރާ ކޮށްގެން.. ކުރިޔަށް ވާން ހުރި ބިރުވެރި ކަންކަމެއް ވެސް ނޭނގޭ!! والله اعلم

  39. Anonymous

    އެއީ 0 ޓޮލަރެންސްގައި ޑޮކްޓަރ ތިބީމަ. ސަރުކާރު 0 ޓޮލަރެންސްގައި ފެއިލްވެފައިވަނީ

    14
  40. ތަކުރު

    އޭޑީކޭއިން މަ ަނހެނުން ޑރ ދައްކާ ހުރިހާކަމެއްވެސް ބަރާބަރު ކަމައް ބުނެ އެންމެ ފަހުވަގުތު ސިޒޭރިއަން ހަދަން ހިފާލީމަ މަ ދިޔައީ އައިޖީއެމްއެޗައް އެތަނުން އެޑްމިޓް ކުރުމައްފަހު ވިއްސޭތޯބަލާ ﷲގެ ރަހުމަތް ފުޅުން ވިހެއީ.
    ނަމަވެސް އެތަނުން ފުރަތަމަ ސަރވިސް ދިން ނަރުހުން އިރު އިރުކޮޅާ ކީއްވެހޭ މިތަނައް އައީ އޭޑީކޭ އަށް ދިޔަނަމަ ނިނުނީނޫންޙޭ ކިޔާ އަންނަ ކޮންމެފަހަރަކު ޗުކުޗުކު ލައްވާ. އަންހެނުން އެކަމައް ކެއްނުވެގެން މިމީހުން ކޮންމެފަދަ ގޮތެއްވެސް ހަދާފާނެ ކަމައްހީކޮއް އެކަމާ ވިސްނާ ވިސްނާ ކިރިޔާ ހަލާކުނުވީ!
    ފަހުން ފުކަކައްވަންދެން ބަވާލީމަ އެތާނަރުހުން އަހަރުން ބާކީ ކޮއްލީ 10 12 ވަރު ގޮވާލީމަ އަންނަނީވެސް. ފަހުން އެމީހުން އައުން ލަސްވެގެން ކައުންޓަރަށްގޮސް ބަލާއިރު ފޯނުގަ ޗެޓްކޮށްލަ ކޮށްލާ ދުރައްޖެހިލާއިރައް މަލާމާތްކޮށް އެކަކު އަނެކަކަށް ބަލާ ހޭންފަޝަނީ..
    މީ މަޝައް އައިޖީ އެމްއެޗުން ދިމާވި ބައެއް ނަރުގުންގެ ފެންވަރު...
    ފަހުން އެމީހުން އުޅުނުގޮތް ވީޑިއޯ ކުރަން ހެދީމަ އެކަމާ ބިރުން ގޮވާލާއިރައް އާދޭ. ބިރުވެސްގަނޭ އެކަމަކު ހުންނަ ގޮތްކުޑަކަމުން އެހެން އުޅެނީ..

    20
    2
  41. އާންމު ރަތެއް

    މީހުން ބަލި ނުވަނީތަ ބަންދު ދުވަސްތަކު!!، އައިޖީއެމްއެޗަށް އަންދާސާ ކުރެވެން ޖެހޭނެ ދޯ އެންމެ ޑޮކްޓަރަކުން ނުވާނެކަން

    11
  42. ޢަޒްރާ ޢަލީ

    ހުކުރު ދުވަހަކީ އެކަކުވެސް ބަލިނުވާ ދުވަހަކައް ހަދަންވީ އޭރުން އިބޫ ފެއިލެއްނުވާނެ

  43. ބޮސް

    މިހާރުމިވާގޮތުން ހުކުރުދުވަހު ބަލިވެގެންވެސް ނުވާނެތާ. އެއީ އޮފްދުވަހަކަށްހަދާފަ ހުކުރުދުވަހު ބަލިވާމީހާ ހޮނިހިރުދުވަހު ބަލިވާގޮތަށް ހެދީމަ މިމައްސަލަ ހައްލުވާނެކަމަށް ނިންމީމަ ނިމުނީ. ބަލިވުމަކީ އިންސާނުން އަމިއްލައަށްކުރާކަމެއްނަމަ އަހަރުމެން ނިކަމެތި އިންސާނުންނަށް ހުކުރުދުވަސް ބަލިނުވާ ދުވަހަކަށް ހެދިދާނެ. އައިޖީއެމްއެޗްއިންވެސް އަދި ކަމާގުޅުންހުރި ހުރިހާތަނަކުންވެސް ވިސްނަންވީ ކުޅަދުންވަންތަ ކަންކަމަކީ އަހަރުމެންނަށް ބަދަލުކުރެވޭނެ ކަންކަމެއްނޫންކަން.

  44. ޢައިބާ

    3 ކުދިންގެ މަރާއި އެކު ޑަކްޓަރުން އޮފް

  45. ކާނި

    ފުރާނަތައް އޮފްނުނަގާނެ ހެލް މިނިސްޓަރ

  46. މަޑިސީލާ

    ވިސްނާލާ ޤައުމުގެ މުސްތަޤްބަލް ކަމުގައިވާ، މިއަދު އުފަންވަމުންދާ ޅަދަރިން މިވަނީ މިވޭތުވެދިއަ 30 އަހަރު ތެރޭގައިވެސް ނިޔާ ނުވާހާ ބާރާ މިނުގައި ނިޔާވެ މުސްތަޤްބަލްގެ ޒުވާންޖީލް ހުސްކަމަކަށް އައިސްދާނެ ކަމުގެ ބިރު ހީވެފަ! މީ އިއްތިފާޤަކުން ވާ ކަމެކޭ ނުބުނެވޭނެ! މިވޭތުވެ ދިއަ 30 އަހަރާ މިއަހަރު މިހާތަނަށް އަލަށް އުފަންވި ޅަދަރިންގެ މަރުތަކުގެ ތަފާސް ހިސާބެއް ހެލްތް މިނިސްޓްރީ އާ މިސަރުކާރުގެ ވެރިންނަށް ގެނެސްދެވެން ކެރޭނެތޯ؟ ގައިމުވެސް 50 އާ ގާތްކުރާ ވަރަށް ނުވަތަ އެއަށްވުރެ ގިނައިން ޅަކުދިން ވަނީ ނިޔާވެފަ! މިއީ ކަމަށް ކުފޫ ހަމަނުވާ ބަޔަކު އެގްޒެކެޓިވް ލެވެލްއަށް އައުމުން ފެންނަމުންދާ ނުރަނގަޅު ނަތީޖާ ކަމާމެދު އަޅުގަނޑު ޝައްކެތް ނުކުރަން!

  47. ބުލް

    ހުކުރު ދުވަހަކީ މި ދިވެހި ރާ އްގޭގަ އި ބަލިވުން މަނާ ދުވަހެ އް

  48. ފައިބާ

    ފެއިލް. ފެއިލް، ފެއިލް ހެލްތް ނިޒާމް ފެއިލް އެޑިއުކޭޝަން ނިޒާމް ފެއިލް، ފިޝަރީޒް ނިޒާމްވެސް އަދި ޓޫރިޒަމްވެސް، ޖުޑިޝަރީވެސް ފެއިލް ވެއްޖެ. އަދި މިދަނީ ކުރިންވެސް މިކަން ރަގަޅަށް ހުރީތީ ހުރިވަރުގަ އެހެންވީމަ ހިފެހެއްޓެނީ. އަދި ހަމަ ރަގަޅު އެއްކަމެއްވެސް ނެތް. މުޅިންހަމަ ބަދަލުދި ރައްޔަތުންގެ ފައިސާ މިދަނީ ދަތުރުތަކަށާއި ވޭސްޓަށް،. ބަލަން ތިބޭ ހަމަ އެއްކަމެއްވެސް ނުވާނެ

    12
  49. މޮޔަ

    ކީއްކުރާނީ މިއީ ދިވެހިރާއްޖެއޭ، ބަލިވުން ހަރާންވާނޭ ހުކުރު ދުވަހު......

  50. ރާޅު ބޯއީ

    މައްސަލަ ބެލުމަކުން ނުނިމޭ. މި ސަރުކާރު އޮތްހާ ދުވަހަކު މިއިން ކަމަކަށް ހަލެއް ނުލިބޭނެ. ނިޔާވި ކުދިންގެ އާއިލާތަކަށް ކެއްތެރިކަން ދެއްވާށި

  51. ޑަކްޓަރެއް

    އަޖީއެމްއެޗުގައި، މަސައްކަތް ކުރާ ޑޮކްޓަރުންގެ އިހުލާސްތެރި ކަމެއްނެތް! ސަރުކާރުން ކިޔަވައިދީ، ބޮޑު މުސާރައާއި އިނާޔަތްތައް ދިނީމާ ކޮންމެ މީހަކުވެސް އުޅެނީ ކުލިނިކް އެއް ހުޅުވާ އެތަން ޕްރޮމޯޓްކޮށް، ރައްޔިތުމީހާ ފެލާ ހަފުސްކުރަން.

    10
  52. ނާދިރާ

    ސަރުކާރު ގެނައީމިކަންތައް ކުރަން.

  53. ހަފްސާ

    ވަރަށް ހިތާމަވެރި ކަބަރެއް.
    އެކަމު އައިޖީއެމްއެޗަކުން ތިކުދިން މަރުވީތީ ހިތާމައެއް ނުކުރާނެ. އަޅުގަނޑު ސިޒޭރިއަން ހަދަން ބާއްވާފައޮތް އިރު ހިދުމަތްދޭން ހުރި ސީނިއަރ ނާރސް ކަންތައް ކުރީ ވަރަށް އިހާނެތިކޮށް. ތަންކޮޅެއް ތަނަވަސް ހަޔަރ މަޤާމެއްގެ މީހަކަށް ނޫނީ އެފަދަ މީހެއްގެ އާއިލީ މީހެއްނަމަ ހިދުމަތް ރަނގަޅުވީސްކަން ޔަޤީން.

  54. ހިޔާލު

    މިއީ މިހާރު އައިޖީއެމްއެޗްގައި ވުން ދުރު ކަންކަމެއް ނޫން... ވަރަށް ބޮޑަށް ހިދުމަތްދިނުމުގައި ފަރުވާކުޑަވެފައި ވާތަނެއް.. ހޮސްޕިޓަލެއްގެ ގޮތުގައި ހިންގަންވެސް ހެޔޮނުވޭ.. ބަލިމީހާ މަރުނުވަނީސް އެމަޖެންސީ ވާކަމަށްވެސް ނުވޭ... ވިހަންދާމީހުން ކިތަންމެ އިރެއް ވިއަސް ވިހާތޯބަލަން މަޑުކުރާކަމަށް ވަނީ މިތާނގަ،، އެހެން މަޑުކުރާނަމަ ބަރާބަރަށް ކުއްޖާއާ މައިމީހާގެ ހާލަތުވެސް ޗެކްކުރެވެން ޖެހޭނެ.. އެންމެ ޑޮކްޓަރެއް ޑިޔުޓީގައި ބަހައްޓައިގެން މެނޭޖް ނުކުރެވޭނެކަން މިތަން ހިންގަވަން ތިއްބަވާ ބޭފުޅުންނަށް ނޭންގެނީތޯ؟ އަދި ވަރަށް ހެއްވާ ކަމެެއްމީ ހުކުރު ދުވަހު ޑޮކްޓަރުން އޮފްގަތިބުން.. ހުކުރު ދުވަހު މީހުން ބަލި ނުވަނީތަ؟

    5
    1
  55. މުހައްމަދު

    މަރަކީ ވާނެއެއްޗެއް މިކަން އެންމެންދަނޭ އަބަދުވެސް ނަމަވެސް ނިމިގެންދިޔަ 5 އަހަރު ތަނެއްގަ މީހަކު މަރުވާއިރަށް ހުރިހާ ޒިންމާއެއް ކުރީގެ ރައީސް ބަލަންޖެހޭ މިއަދު މަރުވަމުންދާ ޅަކުދިން ޒުވާނުން މުސްކުޅިންގެ އަދަދު އިންތިހާއަށް ބޮޑުވެގެން ދިޔުމުން ޒިންމާނަގަންޖެހޭ ހަމަ އެކަކުވެސް ނެތް އަޅެ މީހަކުހައިރާނެއް ނުވާނެތަ މިހާރު މަރު ވަމުންދަނީ އާދަޔާޚިލާފަށް ވީމާ ބަލަން ނުވަތަ ބެލެން ޖެހޭމިކަން މަރުކޮމިޝަނެއް އުފައްދާފަ އެބައޮތް ބޮޑުމުސާރަ ދީފަ އެމީހުންނާ ޓަރާސްޕޭރަންސީ އަދި މަޖިލިސް ބާރުން ވެސް ބެލެންޖެހޭ ނުވާނަމަ ރައީސް މިކަމުގެ ޒިންމާ ޖެހޭނެ ނަގަން މިހާރު ބޭސްފަރުވާދިނުން މިއޮތީ އިންތިހާޔަށް ބޮޑު ތަނުން ފެއިލްވެފަ ނުވަންޏާ ދުރަށްގޮސް ތިބޭ އޭރުން ކަން ކުރެވޭވަރުގެ މީހުން ކަންކުރާނެ ނޫނީ ........ދޯ!

  56. ާއަލިފުތާ

    މިހާވަރައް ކުދަކުދިން މެރި ސަރުކާރެއް ދުށީމިތަ؟

    3
    2