އަންނަ އަހަރުގެ ތެރޭގައި ރާއްޖެއިން އަލުން ކޮމަންވެލްތާއި ގުޅޭނެ ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

މިކަން ހާމަކޮށް ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓްރީގެ ފޮރިން ސެކެޓްރީ އަބްދުލް ޣަފޫރު މޫސާ ވިދާޅުވީ، ރާއްޖެއިން އަލުން ކޮމަންވެލްތާއި ގުޅުމުގެ މަސައްކަތް ރައީސް އިބްރާހީމް މުޙައްމަދު ސޯލިހުގެ ވެރިކަމާއި ހަވާލުވެވަޑައިގެން، ވެރިކަމުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ފައްޓަވާފައިވާ ކަމަށެވެ.

އަބްދުލް ޣަފޫރު މޫސާ ވިދާޅުވީ، ކޮމަންވެލްތުގެ މެމްބަރޝިޕް ރާއްޖެއަށް އަލުން ދިނުމަށް ދެފަހަރެއްގެ މަތިން ރާއްޖެއަށް ކޮމަންވެލްތުގެ ޓީމުތައް ޒިޔާރަތްކޮށްފައިވާ ކަމަށާއި، ރާއްގެ އަލުން ކޮމަންވެލްތުގައި ބައިވެރި ކުރުމަށް ބޮޑެތި ބައެއް ޤައުމުތަކުގެ ތާޢީދުވެސް ލިބިފައިވާ ކަމަށެވެ.

އަބްދުލް ޣަފޫރު މޫސާ ވިދާޅުވީ، އެންމެ ލަސްވެގެން އަންނަ އަހަރުގެ ޖޫން މަހު ރާއްޖެ ކޮމަންވެލްތާއި ގުޅޭނެ ކަމުގެ ޔަޤީންކަން އޮތް ކަމަށެވެ.

ރާއްޖެ އަލުން ކޮމަންވެލްތާއި ގުޅުމަށް ރައީސް ސޯލިހު ވެރިކަމާއި ހަވާލުވެވަޑައިގެން ބޭއްވެވި ފުރަތަމަ ކެބިނެޓް ބައްދަލުވުމުގައި ވެސް ވަނީ ނިންމަވާފައެވެ. ކޮމަންވެލްތުގައި ރާއްޖެ އޮތުމުން ދިވެހިރާއްޖޭގެ ރައްޔިތުންނަށް، ޚާއްޞަކޮށް ޒުވާނުންނަށް އެކި ދާއިރާތަކުން ފަހިވާ ފުރުސަތުތައް އެ ބައްދަލުވުމުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުން ފާހަގަކުރައްވާފައި ވެއެވެ.

ކޮމަންވެލްތުގައި ބައިވެރިވާން ކެބިނެޓުން ނިންމާފައިވާއިރު، ރައްޔިތުންގެ މަޖިލީހުންވެސް ވަނީ ރާއްޖެ އަލުން ކޮމަންވެލްތުގައި ބައިވެރިވުމަށް ފާސްކޮށްފައެވެ.

ދިވެހިރާއްޖެއިން ކޮމަންވެލްތްގައި ބައިވެރިވެފައިވަނީ 9 ޖުލައި 1982 ގައެވެ. އަދި ވަކި ވެފައިވަނީ 13 އޮކްޓޫބަރު 2016 ގައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ބަރުގޮނު

  ކޮމަންވެލްތަކަސް އަދި އެހެން ވެލްތަކަސް މި އިސްލާމީ ޤަވްމުގައި ހިގާ އިސްލާމީ ޝަރީޢަތާ ބެހި ގޮތްކިޔާ ލަފާދިނުމުގެ ޖާގަ ދެވިގެންނުވާނެ. ދީނީ ކުށްތަކުގެ ޢުޤޫބާތަކަށް ދީނުގައި ކަޑައެޅިފައިވާ ޙައްދުތައް އިންސާނީ ޙައްޤުތަކަށް އަރާގަންނަކަމަށް ބުނާނަމަ މިއީ އިސްލާމީ ވެރިކަން ހިގާ ޤަވްމެއްކަމަށް ބުނުމުގެ ހިތްވަރު ހުންނަން ޖެހޭނެ. އަހަރެމެންގެ ދާޚިލީކަންކަމަށް އަމުރު ހިންގާނަމަ ވަރަށް ބާރަށް ނޫނެކޭ ބުނުމުގެ ފަންވަރު ބަހާ ޢަމަލުން ދައްކަން ޖެހޭނެ.

 2. ކޮމަންވެލް

  ދެފައްވަނީ މިޔޮއް!!

  • އީޔޫ

   އޭނަ މަޝައް ނިކަން ޓެކްޓް ކުރޭ.

 3. ރާއްޖެއިން

  ހާދަހާ ލޯބިވޭ..

 4. ރަލި

  އަނެއްކާ ރާއްޖެ އަޅުވެތިވާން ވީ؟!

 5. ޖަޒީރާ ބޯއީ

  މިނިސްޓަރު ހަމައިގައިތޯ ތިހުންނެވީ ތިޔަދުވަސް ދެކޭކަށް މިސަރުކާރު ނޯންނާނެ މިދާވަރުން.

 6. ގަމާރު ދިވެހިން

  އަންނަ އަހަރު ރާއްޖެ އަލުން އިނގިރޭސިވިލާތުގެ އަޅުވެތި ކަމަށް ދާނެ - މިނިސްޓަރީ