މާލޭ ގެއެއްގެ ވައިގޮޅި ތެރެއިން ނިޔާވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާ ނިޔާވެފައި އޮއްވައި ފެނުނީ މިއަދު ހެނދުނު 10:00 ހާއިރު، ހެންވޭރު ގެއެއްގެ ވައިގޮޅި ތެރެއިންނެވެ. ނިޔާވެފައި އޮއްވައި ފެނިފައި ވަނީ ފިރިހެނެކެވެ.

ފުލުހުން ވިދާޅުވީ މީހަކު މަރުވެފައިވާ ކަމުގެ ރިޕޯޓް ފުލުހުންނަށް ހުށަހަޅާފައި ވަނީ މިއަދު ހެނދުނު 10:10 ހާއިރު ކަމަށެވެ. އަދި އޭނާގެ ހަށިގަނޑު ފެނުނީ ގެއެއްގެ ވައިގޮޅިން ކަމަށާއި، ނިޔާވެފައި އޮއްވައި ފެނުނީ ޒުވާން ފިރިހެނެއް ކަމަށް ފުލުހުން ވިދާޅުވިއެވެ. ފުލުހުން ވިދާޅުވީ އޭނާއަކީ ކާކުކަން ދެނެގަތުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށެވެ.

ނިޔާވި މީހާ ފެނުނު އިމާރާތް ހުންނަ ސަރަޙައްދުގައި ފުލުހުންނާއި އޮފިޝަލުން ހަރަކާތްތެރިވަނީ - ވަގުތު އިމޭޖަސް

މި މީހާގެ ހަށިގަނޑު ފެނުނީ، އިމާރާތުގައި އުޅޭ ބަޔަކަށް ކުނިވަސް ދުވައިގެން ބެލުމުންނެވެ. އެނގިފައިވާ ގޮތުގައި އޭނާގެ ހަށިގަނޑު ފެނުނުއިރު އޮތީ ވަރަށް ބޮޑަށް ކުނި ވެފައެވެ.

މަންޒަރުދުށް ފަރާތަކުން "ވަގުތު" އަށް މައުލޫމާތު ދެމުން ބުނެފައިވަނީ، އޭނާގެ ފެނުނުއިރު އޮތީ ބޯ ފަޅައިގެން ގޮސްފައި ކަމަށެވެ.

ފުލުހުން މިހާރު ދަނީ މި މީހާގެ ހަށިގަނޑު ފެނުނު ސަރަޙައްދުގައި ހަރަކާތްތެރި ވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ކުމުންދޫމީހާ

    ސުއްބަނާވަތާލާ
    މައްޔިތާއަށް ސުވަރުގޭގެ ދާއިމީ ނިއުމަށްލައްވާންދޭ
    ޢާމީން

    34
    2
    • ކފފދ

      ﷲއަށް ނިސްބަތްކުރަންވާނީ ރީތިކޮށް ކިޔާއެއްޗެ އެހެންމީހުންނަވެސް އިގޭގޮތަށް.... ސުބުހާނަﷲ ކިޔަންއުޅޭހެންވެސް ހީވޭ.. ލިޔެފައޮތްގޮތް ރަގަޅެނޫން..

      22
  2. Anonymous

    ސުބުހާނަﷲ

    38
  3. އަހުމަދު

    މީހަކަު ނިޔާވެގެެން ކުނިވެފައި އޮތްވާ ފެނުނީ ... ކޮބައިތަ އޭނަގެ ތިމާގެ މީހުން ކޮބައިތަ އޭނާ ގެއްލިގެން ހޯދަން އުޅޭ މަރުކޮމިޝަން މީގެ ހަފްތާހާ ދުވަސް ކުރިން ގެއްލުނު ޒުވާން އަންހެން މީހާގެ ވާހަކަ ދައްކާ އެކަކުވެސް މިގައުމުގައި ނޫޅޭ

    44
    4
  4. ޝާހް، ރ.ވާދޫ

    ތީ ރައީސް ޔާމީނު ސަރުކާރުގެ މައްސަލައެއް. ވައިގޮޅިލާން ހުއްދަ ނުދިންނަމަ، ވައިގޮޅިތެރޭ ތިމީހާ ނޯންނާނެ.

    45
    22
  5. ާއަސްލު

    ޥައްކަން ކުރަން ވަޠް މީހަކައް ވުން ކައިރި މަރުހޫމާއަށް ހެޔޮރަހުމަޠް ލައްވާށި

    25
  6. ރާޅު ބޯއީ

    ފުލުހުން ނުޖެހޭނެ ތިކަން ބަލާކަށް ބޮޑު މުސާރަ ދީފަ އޮންނާނެ ވަރުގަދަ ބިޔަ މަރު ކޮމިޝަނެއް އެމީހުން ބަލާނެ

    59
    5
  7. ނާނާ

    ކުރީސަރުކާރު

    20
    7
    • ބޮޑުބެ

      ކުރީ ސަރުކާރޭ މި ސަރުކާރޭ ޔާމީނޭ އިބޫ ސޯލިހޭ ނުކިޔަ މަޑުން ތިބަބަލަ. މަރުއައިސް ޖެހުނީމަ މަރުވާނޭ. ކިހާބޮޑު ބައް މީ އޭ ތިކަހަލަ ކޮމެންޓުކުރަންޏާ! އިބޫއަކަށް ޔާމިނަކަށް މީހެއްގެ މަރަކާ ނުކުޅެވޭނޭ!

      11
      4
  8. ޝުރުޚީ ބަރާބަރު

    ފަހަކަށް އައިސް، މިއީ މީހެއްގެ މަރުގެ ޚަބަރު އެންމެ ރަނގަޅު ގޮތުގައި، ނޫހެއްގެ ޝުރުޚީން ފެނުނު ފަހަރެކެވެ.

  9. ދޮންބެ

    މީ ރައީސް ޔާމިނު ވެރިކަމުގާ ވީކަމެއް ނަމަ ، ޒިންމާ ނަގަން ޖެހެނީ ޔާމީނު ވެރިކަމުގާހުރީމާ،
    މިހާރު ހުރި ޅ،ހިތްނަވަރު ސޯލިހުގެ ޒިން މާ އަކީ ކޮބާ އިބާ

    11
    3
  10. ނޯބަޑީ

    މިގަޑީ މުހިންމީ އެމީހާއަކީ ކާކުކަން ހޯދުން. އަދި މަރު ތަހުގީގު ކުރުން. ފާޑު ކިޔާ ސަރުކާރު ބަދުނާމު ކުރުމެއް ނޫން.

    12
    4