ވަގަށްނަގާފައިވާ ދެ ބައިސްކަލާއެކު ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، މި ދެމީހުން ހައްޔަރުކޮށްފައި ވަނީ ރޭ 2:30 ހާއިރު މާލެތެރެ ޕެޓްރޯލް ކުރަމުން ދިޔަ، މާފަންނު ޕޮލިސް ސްޓޭޝަންގެ ފުލުހުން ކަމަށެވެ.

ފުލުހުން ވިދާޅުވީ މި ވަގަށްނަގާފައިވާ ދެ ބައިސްކަލް އާއެކު ހައްޔަރުކޮށްފައި ވަނީ އުމުރުން 31 އަހަރާއި 51 އަހަރުގެ ދިވެހި ދެ ފިރިހެނުން ކަމަށެވެ. މި ދެމީހުންވެސް މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި ދެމީހުން ގެންގުޅުނު ދެ ބައިސްކަލް މިހާރު ޓޯކޮށްފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

މީގެ ހަފްތާއެއްހައި ދުވަސް ކުރިންވެސް، ވަގަށް ނަގާފައިވާ ބައިސްކަލެއްގައި ދިޔަ އުމުރުން 33 އަހަރުގެ ދިވެއްސަކު ހައްޔަރުކޮށްފައި ވެއެވެ.

ފަހަކަށް އައިސް ބައިސްކަލާއި ސައިކަލު ވަގަށް ނެގުމުގެ މައްސަލަ ވަނީ އިތުރުވެފައެވެ. މިއަހަރުގެ ފުރަތަމަ 6 މަހުގެ ތެރޭގައި ޖުމްލަ 401 ސައިކަލެއް ގެއްލިގެން ފުލުހުނަށް ވަނީ ވަނީ ރިޕޯޓްކޮށްފައެވެ. އޭގެ ތެރެއިން 260 އަށްވުރެ ގިނަ ސައިކަލް ވަނީ ހޯދާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. 19 ނަވާރަ

    މީ ޖަޒީރާ ގައުމޭ މީގެ 30 އަހަރު ކުރީގެ ވާހަކައެއް ތި ލިޔުއްވީ. އެ ޒަމާނުގައި ބައިސްކަލް ވަގަންނަގައިގެންާއި ބައިސްކަލް ބައްތި ނުދިއްލައިގެން ދިވެހިން ބަންދު ކުރާނެ، ޖަޒީރާ ރާއްޖެ، ނޮޓް ދިވެހިރާއްޖެ

    6
    1
  2. އަޙްމަދު

    ބައިސްކަލު ޓޯ ކުރާނެ ގޮތެއް ބުނެދީބަލަ.