ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މޮރޮކޯގެ ބޮޑުވަޒީރު، ޑރ. ސައަދުލްދީން އަލް އުޘްމާނީގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ބައްދަލުވުން ކުރިއަށް ގޮސްފައިވަނީ މޮރޮކޯގެ ރަބަތުގައި ހުންނަ ބޮޑުވަޒީރުގެ އޮފީހުގައެވެ. މި ބައްދަލުވުމުގައި ޝާހިދު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަރާތްޕުޅުން ބޮޑުވަޒީރަށާއި މޮރޮކޯގެ ރައްޔިތުންނަށް ތަހުނިޔާ އާއި ހެޔޮ އެދުންތައް އަރިސް ކުރައްވާފައެވެ.
އެމަނިކުފާނު މޮރޮކޯއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ރަހުމަތްތެރި ކަމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމުގެ ޔަގީންކަން އޮތްކަމުގައި މިނިސްޓަރު ޝާހިދު އެބައްދަލުވުމުގައި ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި މިނިސްޓަރު ޝާހިދާއި ބޮޑުވަޒީރު އަލް އުޘްމާނީ ކުރެއްވި މަޝްވަރާތަކުގެ ތެރޭގައި ދެ ގައުމުންވެސް އިސްކަންދޭ ކަންތައްތަކުގެ ތެރެއިން، ދެ ގައުމުގެ ދޭ ދޭ ފަރުދުންގެ މެދުގައިވާ ގުޅުންތައް އިތުރުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވާފައި ވެއެވެ.
މީގެ އިތުރުން ވިޔަފާރީގެ ދާއިރާއާއި، އިގްތިސޯދީ ދާއިރާއާއި، ތަރިކައިގެ ދާއިރާއާއި، ޓެރަރިޒަމާއި ހައްދުފަހަނައެޅުމާއި ދެކޮޅަށް ކުރާ މަސައްކަތްތަކާއި، މަތީ ތައުލީމުގެ ދާއިރާއިން އަދި ތިމާވެށި ހިމާޔަތްކުރުމަށް ކުރާ މަސައްކަތްތަކުގެ ތެރޭގައި ދެ ގައުމުގެ ދެމެދުގައި އިތުރަށް އެއްބާރުލުން ދިނުމާއިގުޅޭ މަޝްވަރާތައް ވެސް ދެބޭފުޅުން ވަނީ ކުރައްވާފައެވެ.
ފޮރިން މިނސްޓަރު މޮރޮކޯ އަށް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅުގައި މިހާރު ވަނީ ދިވެހިންނަށް ވިސާއާއި ނުލާ މޮރޮކޯ އަށް ދަތުރުކުރުމުގެ ފުރުސަތު ހޯދަައި ދެއްވާފައެވެ.
މި ސައިތާނު ބޭރުގައުމުތަކަށް އުދުހުންނޫން ކަމެއް އެބަކުރޭތަ؟ ރައްޔިތުންގެ ފައިސާ ތަޅާ ބުރުވަނީ މީނަގެ ދަތުރުތަކަށް! އެމްޑީޕީ ޓްވީޓްކުރާ ވައިގަނޑަށް މިކަން މިހާރު އޯކޭވެއްޖެ!
ޕްރީޕެއިޑް ޝާހިދު، މޮރޮކޯ އަކީ މިގައުމުގެ ރައްޔިތުން ކިހާވަރަކަށް ރަތުރުކުރާ ގައުމެއްތަ؟؟؟ރައްޔިތުންނަށް ވިސާނުނަގާ ތިގައުމަށް ދަތުރުކުރެވޭގޮތް ހަމަޖައްސުވަފީމޭ ކިޔާފަ މާބޮޑުކަމެއް ކޮށްފީމޭ އިޢުލާންކުރަނީ ރައްޔިތުން މޮޔަހައްދަން، ކަލޭ އަބަދުމެ ތިކުރާ ދަތުރުން ރައްޔިތުންނަށް/ގައުމަށްކުރާ އެއްވެސް ފައިދާއެއް ނިކަންދައްކަބަލަ، ރައްޔިތުންގެ ފައިސާތަކެއް ތަޅާ ހަބޭސްކުރުންނޫންކަމެއް ނުފެނޭ،
ތި ހުރިހާ ތަނަކަށް ވަޑައިގަންނަވާއިރު އެއްމެ ގިނައިން ދާންޖެހޭ އިންޑިއާ ސްރީލަންކާ އަށް ސަބަބެއްނެތި ނޭރިފައިވާ ދިވެހިންނަށް އެގައުމުތަކަށް އެރޭނެ ގޮތެއް މަނިކުފާނު ހައްދަވަދެއްވާ
ތިބޭފުޅުންގެ ދަތުރުތައްތިހާގިނަކުރެއްވުމުން ތީގެކޮންމެދަތުރަކަށްވެސް ހާދަބޮޑުޚަރަދެއްހިގާނޭ
މިކަމުގެ ނޭދެވޭއަސަރު ދައުލަތުގެބަޖެޓަށްކޮށް ތަކެތީގެއަގުއުފުލި ރަށްޔިތުންނަށް އެކަމުގައި
ކެތްނުކުރެވޭދަރަޖައަށް މިހާރުހިގައްޖެ ދަތުރުކުރައްވަންޖެހިވަޑައިގެންފިނަމަ ދަތުރުކުރައްވަން
ޖެހިވަޑައިގަންނަވާނެ ނަމަވެސް ރާއްޖޭގެފެންވަރުން އެހެންކަންތައްކުރައްވާފަދައިން ދަތުރުތައް
ކުރެއްވުމުގައިވެސްބައްލަވާ ޚަރަދުތައްކުޑަކުރެއްވުމަށް ވިސްނެވުމަކީ ބެއްލަވުން ރަގަޅުކަމެއް
ކަމުގައިދެކެން ދަތުރުތައްނުކުރައްވާ އެއްކަމެއްވެސް ކުރެއްވެންނެތީތޯ. އެހެންކަމަށްވާނަމަ
ތިބޭފުޅުންގެ ގާބިލަކަންކުޑަކަމަށްދެކުމުގެ ފުރުސަތުވަރަށްބޮޑުއެހެންނޫންތޯ؟