ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)ގެ ނައިބު ލީޑަރު ކަމުގެ މަޤާމާއި ޕާޓީގެ ސެކްރެޓަރީ ޖެނެރަލް މަޤާމަށް ބޭފުޅުން އައްޔަން ކޮށްފިއެވެ.

ޑީއާރުޕީގެ ނައިބު ލީޑަރަކަށް ހަމަ ޖައްސާފައިވަނީ ޕާޓީގެ ލީޑަރު، އަދި ކާށިދޫ ދާއިރާގެ މެމްބަރު، އަބްދުﷲ ޖާބިރުގެ ކޮއްކޮ، ހ. ތިމާވެށި، އިބްރާހިމް ޝިހާމެވެ. އަދި ޕާޓީގެ ސެކެޓްރީ ޖެނެރަލް ކަމުގެ މަގާމަށް ހަމަ ޖައްސާފައިވަނީ ގއ. ކޮލަމާފުށި އޯޝަންރީޑް، އަބުދުﷲ އަފީފެވެ.

ޑީއާރުޕީ އާއި ޖާބިރު ހަވާލުވެވަޑައިގަތުމުގެ ކުރިން އެޕާޓީގެ ލީޑަރު ކަމުގައި ހުންނެވީ މުހައްމަދު ނަޝީދު (ކާނަލް) އެވެ. އަދި ސެކްރެޓަރީ ޖެނެރަލްގެ މަގާމު އަދާކުރައްވަމުން ގެންދެވީ ނަހުލާ އަލީއެވެ. މި ދެބޭފުޅުންވެސް މިހާރު ވަނީ ޕީޕީއެމް އާއި ގުޅިވަޑައިގެންފައެވެ.

ޖާބިރު ޑީއާރުޕީ އާއި ހަވާލުވެވަޑައިގަތުމަށް ފަހު މިހާރު އަންނަނީ އެ ޕާޓީ އަކީ ސިޔާސީ ގޮތުން ވަރުގަދަ ޕާޓީއަކަށް ހެދުމަށް މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން ޖާބިރު ވިދާޅުވީ، ޕާޓީ އިތުރަށް ބޮޑުކުރާނެ ކަމަށެވެ. އަދި މެމްބަރުން އިތުރުކުރުމަށް މިހާރު ފޯމްވެސް ފުރުމުގެ ކަންތައް ކުރިއަށް ދާ ކަމަށް ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ، އޭނާ މިހާރު ލީޑަރުކަން ކުރައްވަމުން ގެންދަވާ ޑީއާރުޕީ އަށް ބޮޑެތި ބަދަލުތަކެއް ކުރިއަށް އޮތްތާނގައި އަންނާނެ ކަމަށާއި މަޖިލީހުގައި ތިއްބަވާ ބައެއް މެމްބަރުންވެސް ޕާޓީއާއި ގުޅިވަޑައިގަންނަވާނެ ކަމަށެވެ.

ޑީއާރުޕީ އަކީ 2005 ވަނަ އަހަރު، ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް އުފެއްދެވި ޕާޓީއެކެވެ. އެމަނިކުފާނު މިހާރު ވަނީ އެމްއާރްއެމްގެ ނަމުގައި ޕާޓީއެއް އުފައްދާވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    ގަޅި ގޮލައަކާ ތިހަވާލުކުރީ. އަނެއްކާ ޑީ އާރް ޕީ އާއި ހަވާލް ވުމަކީ މޮޔަކު ނޫނީ ނުކުރާނެވަރުގެ ކަމެއް. ހަހަހަހަހހަ

    8
    5
  2. ޒާ

    ޕާޓީ ވަރުގަދަވާނެވަރު ފުރަތަމަވެސް ތިފެނުނީ
    ޚުދުމުޚްތާރުކަން. މަވަކިވާން ނިންމައިފިން.

  3. އެންދެރި

    ޑީއާރުޕީ ވައްތަރީ ބޮޑައް ގަނެފަ އޮތް ޕާޓީ އަކާ އެވެ.