ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި، ރާއްޖޭގެ ބޮޑު ސަރަޙައްދަކަށް މޫސުން ގޯސްވާނެ ކަމަށް ލާފާކޮށް ހުދު ސަމާލު ނެރެފިއެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮލޮޖިކަލް ސާވިސް (މެޓް) އިން ހުދު ސަމާލު ނެރެފައި ވަނީ ކ. އަތޮޅުން ފެށިގެން އެންމެ ދެކުނުގައި އޮންނަ އައްޑޫ ސިޓީ އާއި ހަމައަށް މިއަދު މެންދުރު 12:00 އިން ހަވީރު 16:00 އަށެވެ.

މޫސުމާއި ބެހޭ އިދާރާއިން ވިދާޅުވީ، މި ސަމާލުގެ ވަގުތަކުގައި ސަމާލު ނެރެފައިވާ ސަރަޙައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މޫސުން ގޯސްވުމުގެ ސަބަބުން މިއަދު ހެނދުނު 8:30 އިން 12:00 އާއި ހަމައަށް ލ. އަތޮޅާއި އައްޑޫ ސިޓީ އާއި ދެމެދުގެ ސަރަޙައްދުތަކަށްވެސް ހުދު ސަމާލު ނެރެފައި ވެއެވެ.

މޫސުމާއި ބެހޭ އިދާރާއިން ރާއްޖޭގެ ބޮޑު ސަރަޙައްދަކަށް ހުދު ސަމާލު ނެރެފައިވާއިރު، ރެއިން ފަށައިގެން މި ސަރަޙައްދުގެ ބައެއް ހިސާބުތަކަށް ދަނީ ވިއްސާރަވެ ވާރޭވެހެމުންނެވެ. މީގެ އިތުރުން ރާއްޖޭގެ އެހެން ބައެއް ހިސާބުތަކަށްވެސް ވިއްސާރައިގެ އަސަރު ކުރަމުން ދެއެވެ.

މޫސުން ކުރިޔަށް ލަފާކުރާގޮތް ހާމަކޮށް މޫސުމާއި ބެހޭ އިދާރާ އިން ވިދާޅުވީ، ރާއްޖޭގެ އެކި ހިސާބުތަކަށް މިއަދު ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި އިރާއި އިރުދެކުނުން، ހުރިހައި ހިސާބަކަށްވެސް ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް ވެސް އެ އިދާރާއިން ވިދާޅުވިއެވެ.

މޫސުމާއި ބެހޭ އިދާރާއިން އިތުރަށް ވިދާޅުވީ، ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އައްދިއްޔޯއި

    ވާރޭވެހޭ ވަރުން ހިއްކަން ރޯނުމަތީ އަޅާފަހުންނަ އެއްޗެހި ތެމިގެންގޮސް އަލުން ދޮވެވި. ވައި ޖެހޭވަރުން ހިނގާފަދާމިހުންވެސް މައްޗަށް އަރައިގެން އެބަދޭ.

    2
    3