ވިހެއުމުގެ ތެރޭގައި ތިން ކުދިން ނިޔާވި މައްސަލަ، މިހާރު ބަލަމުންދާ ކަމަށް އައިޖީއެމްއެޗް އިން ބުނެފިއެވެ.
"އަވަސް އޮންލައިން" އަށް މައުލުމާތު ދެމުން އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވެފައިވަނީ، ލޭބާ ރޫމްގެ މެޝިންތަކުގައި އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. އަދި އެއް ދުވަހެއްގެ ތެރޭގައި ތިން ކުއްޖަކު ނިޔާވުމުން އެކަން ހޮސްޕިޓަލުން ބަލަމުންދާ ކަމަށާއި، އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށްވެސް އެ އޮފިޝަލު ވަނީ ވިދާޅުވެފައެވެ.
އޮފިޝަލް މިގޮތަށް ވިދާޅުވެފައި މިވަނީ، އައިޖީއެމްއެޗްގެ ލޭބާރޫމުގައި ބޭނުންކުރާ ބައެއް މެޝިންތައް "ހަލާކުވެފައި" ވާ ކަމަށް މީސްމީޑިއާގައި އަޑު ފެތުރެމުންދާ ދަނޑިވަޅެއްގައެވެ.
އައިޖީއެމްއެޗުގައި ނިޔާވި ޚައިރު މުޙައްމަދު ޝާމީގެ އާއިލާއިން "ވަގުތު" އަށް މަޢުލޫމާތު ދިން މީހަކު ބުނީ އެ ކުއްޖާ އިއްޔެ މެންދުރު މައިމީހާގެ ބަނޑަށް ނިޔާވި ނަމަވެސް، ސިޒޭރިއަން ހެދުމަށްފަހު އެކުއްޖާ ބަނޑުން ނެގީ ރޭ ކަމަށެވެ. އިއްޔެ ޖުމްލަ 6 މީހަކު ވިއްސަން އައިޖީއެމްއެޗަށް ގެނައި ކަމަށާއި، އެ ހުރިހާ އެންމެން ވިއްސަންވެސް ހުރީ އެންމެ ޑޮކްޓަރެއް ކަމަށްވެސް އޭނާ ބުންޏެވެ.
"އޭނާ (އެ ޑޮކްޓަރު) އެކަނި ހުރީ މިއަދު... ދެން އެކަމާ މެނޭޖްމެންޓާވެސް ވާހަކަ ދެއްކިން... އަހަރެމެން ވަރަށް ކަންބޮޑުވާ ވާހަކަވެސްް ބުނިން... އެކަމަކު އެމީހުން ބުނީ ހުކުރު ދުވަސްވީމަ ޑޮކްޓަރުން އޮފްވާނޭ..." ޚައިރުގެ އާއިލާއިން "ވަގުތު" އަށް މަޢުލޫމާތު ދިން މީހަކު ބުނެފައިވެއެވެ.
މި ތިން ކުދިންނާއި އެކ،ު މިމަހުގެ ތެރޭގައި މިހާތަނަށް ވިހެއުމުގައި ނިޔާވި ކުދިންގެ އަދަދު ވަނީ އަށަކަށް އަރާފައެވެ.
ތިން ކުދީންނެއް ނޫން ނިޔާވީ.. މިހާތަނައް 19 ތުއްތުކުދީން ވޭތުވެދިޔަ 4 މަސްތެރޭ ނިތާވެއްޖެ.
ހައްހައްހާ....!!!!
މައްސަލަ ބަލަމުން ދަނީ....ދެން މިޚަބަރު އޮބުނީ
މައްސަލަ ބަލާ ނުނިމޭނެ ގަރުނެއް ވިޔަސް!!!!! #ވަރަށްވާހަކަ
މީ މައްސަލަ ބަލާ ސަރުކާރޭ. މައްސަލަ ހައްލު ކުރުމަކީ އެހެން ބައެއްގެ ކަމެއް. މިބައިމީހުން ދަންނަ ކަމެއް ނޫން ހައްލު ގެނައުމަކީ.
ކަންވެ ނިމުނީމާ މައްސަލަ ބެލުމަކުން ވާނެ ފައިދާއެއް ނޯންނާނެ. ޙުކުރަކަސް ހޮނިހިރަކަސް ރަސްމީ ބަންދަކަސް މީހުން ބަލިވާނެ. ބަންދުދުވަސް އެއީ ސިއްޙީ ޚިދުމަތްދޭ ތަންތަނަށް އަންނަންޖެހޭނެ ދުވަހެއް ނޫން. ވަރަށް ޒިންމާދާރުކަންކުޑަ ބަލިމީހުންގެ އާއިލާއިނ ކަންބޮފުވުން ފާޅުކުރީމަވެސް އިތުރު ޑޮކްޓަރުން ނުނެރުނީމަ.
ކަންކަން ޙައްލު ކުރުމަށްވުރެން ބޮޑަށް މި މީހުން މަސައްކަތް ކުރަނީ ޒާތީ މަސްލަޙަތު އިސްކޮށް މީހުން ޖަލަށް ލުމަށް، ތިޔަ ގޮތަށް މި ޤައުމު ހިންގަން ވެއްޖެނަމަ ކޮންމެ ދައުރެއް ނިމުނީމަ އެ ވެރިކަމުގަ މަސައްކަތް ކުރެއްވި ހުރިހާމީހުން ތިބެންޖެހޭނީ ޖަލުގަ، ތިޔަކަން އެބަޖެހޭ ދޫކޮށްލަން
އެންމެންވެސް ދާނީ ބަލަމުން ތިކަން ދަނީ...ނޫހުގަ ލިއުނީމަ ފެންނާނެވިއްޔަ އިންޝާﷲ އެހެންވީމަ ބަލައިގެންނު ކިޔާނީ...ކަލޭމެނަށް ވެސް ވަނީހަމަ އެވަރު...ސަލާމް ބުނެފަ ގޭގަތިބިއްޔާ ބޮލުގަ އިަލްޒާމެއްނޭޅޭނެ..މެކުނުފުމުނަކަސް ގާހަކަޔަކަށް ނުފުމެވޭނެ...
އެގިފައިވާގޮތުން އައިޖީއެމްއެޗް ގައި ވިއްސަނީ ޑަކްޓަރުން އެކަނި ނޫން. ގިނައިން ވިއްސަނީ ނަރުހުން. މަރަކީ އެއްވެސް މީހަކަށް ހިފެހެއްޓޭނެ އެއްޗެއްނޫން ދޯ
ހުކުރުދުވަހު ވިހެއުން ވެސް އޮފްކޮެްއްލާ ރައްޔިތުން ވެސް
މިރާއްޖޭގައި ތިބި ތެލެސީމިއާ 6 ކުދިން 2 މަސްތެރޭގައި މަރުވި. ވާނުވާނެނގޭ ސަރުކާރު.