ބަންގްލަދޭޝްގެ މެޑިކަލް ކޮލެޖެއްގައި ޑޮކްޓަރުކަން ކިޔަވަމުން ދަނިކޮށް، ދިއުޅެމުންދިޔަ ކޮޓަރީގައި ދަންޖެހިފައި ހުއްޓައި ފެނުނު ރައުދާ އާތިފްގެ މަރުގެ މައްޗަށް ގެއްލުވާލެވިފައިވާ މީހުންނާއި، ހަގީގަތްނޭންގޭ މަރުތައް ތަހުގީގު ކުރާ ރިޔާސީ ކޮމިޝަނުން ތައްޔާރު ކުރި ރިޕޯޓް ގަބޫލު ނުކުރެވޭ ކަމަށް ރައުދާގެ ބައްޕަ ޑރ. މުހައްމަދު އާތިފް ބުނެފިއެވެ.

ޑރ. އާތިފް ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ ރިޔާސީ ކޮމިޝަން ގެ ރިޕޯޓުގައިވާ ގޮތް ކަމަށް ބުނެ ރާއްޖޭގެ މީޑިއާތަކުން އެކަން ރިޕޮޓުކޮށްފައިވާ ގޮތް ބަލައި ނުގަނެވޭ ކަމަށެވެ. އަދި ރައުދާ ވަނީ އަމިއްލަ އަށް މަރުވެފައި ނޫން ކަން ސާބިތުކުރެވޭ ވަރަށް ހެކި ހުންނާނެ ކަމަށްވެސް އޭނާގެ ޓްވީޓުގައި ވަނީ ބުނެފައެވެ. މީގެ އިތުރުން އޭނާގެ ޓްވީޓުގައި ވަނީ ކެރަފާ ވަސީމާ، ރައުދާ އަށް ޓްވިޓާ މެދުވެރިކޮށް މަރުގެ އިންޒާރު ދީފައިވާ ކަމަށް ބުނެފައެވެ. ކެރަފާ ވަސީމާ އަކީ ރައީސް އޮފީހުގެ ކައުންޓަރ ޓެރަރިޒަމް ކޮންސަލްޓަންޓް ނޫޝީން ވަހީދުގެ މަންމައެވެ.

ރައުދާގެ މަރާއި ބެހޭގޮތުން ރިޔާސީ ކޮމިޝަނުން، މިދިޔަ ބުރާސްފަތި ދުވަހު ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކަށް ފޮނުވައިފައިވާ ރިޕޯޓުގައި ބުނެފައި ވަނީ ރައުދާ މަރުވެފައި ވަނީ އަމިއްލަ އަށް ދަން ޖެހިގެން ކަމަށެވެ.

އެއީ "ސިއްރު" ރިޕޯޓެއް ކަމަށް ބުނެފައިވީނަމަވެސް ރިޕޯޓްގެ ބައެއް މައުލޫމާތުތައް މިހާރު ދަނީ މީސް މީޑިއާގައި ދައުރުވަމުންނެވެ.

ދައުރުވަމުންދާ މައުލޫމާތުތަކުން އެނގޭ ގޮތުގައި ބަންގްލަދޭޝްގެ ފުލުހުން ހޯދި އަދި ތަޙްޤީޤުގައި ނިންމި ނިންމުންތަކަށް ބަދަލެއް އަންނަ ވަރުގެ ހޯދުމެއް ރިޔާސީ ކޮމިޝަނަށް ލިބިފައެއް ނެތެވެ.

ރައުދާ މަރުވީ އަމިއްލަ އަށް ދަންޖެހިގެން ކަމަށް ބަންގްލަދޭޝްގެ ފުލުހުން ތައްޔާރުކުރި ފައިނަލް ރިޕޯޓްގައި ބުނެފައި ވަނީ މީގެ ފަސްވަރަކަށް މަސް ދުވަސް ކުރިންނެވެ. ރައުދާ މަރުވާން ދިމާވި ސަބަބަކީ ރައުދާގެ ލޯބިވެރިޔާ ރައުދާ އަށް ބޭވަފާތެރިވުން ކަމަށް ވެސް ތަޙްޤީޤަށް ލިބުނު ހެކިތަކުގެ މައްޗަށް ބިނާކޮށް ބަންގްލަދޭޝް ފުލުހުންގެ ފައިނަލް ރިޕޯޓްގައި ބުނެފައި ވެއެވެ.

ބަންގްލަދޭޝް ފުލުހުންގެ ރިޕޯޓްގައި ބުނެފައި ވަނީ ރައުދާ މަރުވުމުގެ ގަޑިއެއްހާއިރު ކުރިން އޭނާގެ ލޯބިވެރިޔާ އަށް "ވަޓްސްއެޕް" އިން މެސެޖެއް ފޮނުވާފައި ވެއެވެ. އެމެސެޖްގައި ރައުދާ ބުނެފައި ވަނީ "އަހަރެން މަރާލީ ކަލޭ" ކަމަށެވެ.

ރައުދާގެ ބައްޕަ ޓްވީޓާއި އެކު ވަނީ އެމައްސަލަ ބަންގްލަދޭޝް އިން ތަހުގީގުކުރި ކްރައިމް އިންވެސްޓިގޭޝަން ޑިޕާޓްމެންޓް (ސީއައިޑީ) ގެ ސިޓީ އެއް ހިއްސާކޮށްފައި ވެއެވެ. އެސިޓީގައި ބުނެފައި ވަނީ މިހާރު އެމައްސަަލައިގެ ތަހުގީގު ނިމިފައިވާ ކަމަށާއި އެހެން ނަމަވެސް ބައެއް ކަންކަން އަދިވެސް މުޅިން ހޯދިފައި ނުވާކަމަށެވެ. ރައުދާ ވަނީ މަރާލެވިފައި ކަމުގައި ވާނަމަ އޭނާ އުޅެމުން ދިޔަ ހޮސްޓެލް ކޮޓަރިއަށް މައިދޮރުން ވަދެވެން ނެތް އިރު ކުޑަ ދޮރެއްވެސް ހަލާކު ކޮށްނުލައި ވަދެފައިވާ ގޮތެއް ބެލިފައި ނުވާކަަމަށް އެސިޓީގައި ވަނީ ބުނެފައެވެ. އަދި އޭނާގެ ކަރުގައި ހުރީ ދަންޖެހެން ބޭނުން ކޮށްފައި ހުރި ސްކާފުގެ ނިޝާން ނޫން ކަމަށާއި، ކަރުގައި ހުރި އިނގިލީގެ ނިޝާނެއްވެސް ދެނެގަނެވިފައި ނުވާ ކަމަށް އެސިޓީގައި ވެއެވެ.

އަދި ދެވަނަ ފަހަރަށް ހަދައިފައިވާ ޕޯސްޓް ޓަމާއި ފުރަތަމަ ހެދި އެކްސްރޭ އެއް އަދި ސީޓީ ސްކޭނެއްވެސް ދިމާ ނުވާ ކަމަށާއި އެކަމުގައިވެސް ޝައްކު ކުރެވޭ ކަންކަން ހުރިކަމަށް އެސިޓީގައި ވަނީ ބުނެފައެވެ.

މީގެ އިތުރުން އެރިޕޯޓުގައިވެސް ވަނީ ރައުދާ މަރުވި ރޭ މީހަކު ޓްވިޓާ މެދުވެރިކޮށް ފޮނުވައިފައިވާ މެސެޖެއްގެ ވާހަކަ ބުނެފައެވެ. އެރިޕޯޓުގައި ބުނެފައި ވަނީ 2017 ވަނަ އަހަރުގެ މާޗް މަހުގެ 17 ވަނަ ދުވަހުގެ ރޭ 2:08 ގައި، މަރުގެ އިންޒާރުދީ ރައުދާއަށް މީހަކު ކޮށްފައިވާ ޓްވީޓުގެ ހަގީގަތް އަދި އަދަށްވެސް އެނގިފައި ނުވާކަމަށެވެ.

އަދި އޭރުގެ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް، މުހައްމަދު ރިޔާޒު ރައުދާގެ މަރާއި ގުޅިގެން ބަންގްލަދޭޝް އަށް ވަޑައިގެން އެގައުމުގެ ފުލުހުން ކުރަމުންދިޔަ ތަހުގީގަކަށްވެސް އަދި ރައުދާގެ އާއިލާ އަކަށްވެސް އެއްބާރުލުން ދީފައިނުވާކަން އެސިޓީގައި ވަނީ ފާހަގަކޮށްފައެވެ. އަދި ރިޔާޒު އުޅުއްވީ އެއްބާރުލުން ދިނުމުގެ ބަދަލުގައިި ބައެއް ހެކިތައްވެސް ފޮރުވުމަށް ކަމަށާއި، ސީއައިޑީ އިން ދެކޭ ގޮތުގައި ރައުދާގެ މަރުގެ ހަގީގަތް ރިޔާޒަށް އެނގޭނެ ކަމަށް އެޓްވީޓުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޖޭއާރު

    ތި ލާރިކާން އުފެއްދި ކޮމިޝަނެއް އަފްރާސީމް، ޔާމީން، މިހެން ގޮސް ކިޔާނެ ކަމެއް ނެތް ވަޅި ހަރާ މަރާލި އެންމެން މަރުވީ އަމިއްލައަށް.

    ތި ކޮމިޝަންގެ ރިޕޯޓް ބުނާ ގޮތުން ނަމަ އަފްރާސީމް މަރުވީ އެ ގޭ ސިޑި ގޮޅިއަށް 80 އަހަރުގެ މީހަކު އިސްތަށި ބާލާފައި އެއްލާލި ރޭޒަލް ތިލައަކަށް އެރި ބޯ 12 އިންޗިއަށް ކަފައިގެން ގޮސް. އަތް ފައިގެ 4 އިނގިލި ބުރި ވެގެން ވީނުވީތަނެއް ނޭންގި މީހާ ޒަހަމް ވެގެން އަމިއްލައަށް. ކިހާ ފުރިހަމަ ތަޚްޤީގެއް. ސާލިޙް ސޫޢޫދު ކޮމިޝަނުން މި ހިންގީ. ލަލަލާ

    27
    3
  2. ޖަޒީރާ ބޯއީ

    މިކިޔަނީ އެއީ މަރުތައް ތަހްގީގް ކުރަން އެކުލަވާލި ކޮމިޝަނެއް ނޫނޭ އެއީ މަރުތަށް އޮޅުވާލުމަށް އުފައްދާގެން ކުރިޔަށް ގެންދާ ކޮމިޝަނެެއް، މަރުތަކުގެ އަސްލުތަށް އޮޅުވާލަނީ

    30
    1
  3. ޔަގީން

    އެހެން ވީމާ ރައުދާ މަރާލީ ޑރ. އަފްރާޝީމްގެ މަރުގެ ޙަގީގަތް ސިއްރުކުރަންކަމަށް ބެލުމުގެ ފުރުސަތު އެބައޮތް. އަދި ކެރަފާ އާއިލާ މީހަކު ރައުދާއަށް މަރުގެ އިންޒާރު ދިނުމުން ޑރ. އަފްރާޝީމް ޢަލީ ޝަހީދު ކޮށްލީ ކެރަފާ އަދި ލާދީނިއްޔަތުގެ އަހުލުވެރިންކަން ވަރަށް ސާފްކޮށް އެގެން މިއޮތީ.

    28
    2
  4. ޖަޒީރާ ބޯއީ

    ރައުދާގެ މަރަކީ ބަޔަކު އޭގެ އަޑީގައި ތިބެ ހިންގާފައިވާ ޖަރީމާއެއް. ރައުދާގެ ކޮޓަރިއަށް ވަދެއުޅޭ އެހެން ކުއްޖެއްވެސް ވޭ. ކުއްލިޔަކަށް ހަމަ އެރޭން ފެށިގެން ސީސީޓީވީ މަސައްކަތް ނުކުރަނީ، އަދި އެއީވެސް ރައުދާ ގެ ކޮޓަރި ހުރިހިސާބުގައި ހުންނަ ސީސީޓީވީތަށް. މިމައްސަލަ ބެލި ސުޕުރިޓެންޑެންޓް ވަނީ އަމިއްލައަށް މަރުވެފައި. މައްސަލާގެ މުލަށް ފައިބާގެންނޫނީ ނޭގޭނެ.

    11
  5. ސުޢޫދު މަންމަ

    ނޫނޭ ވާ ސުޢޫދު ކުޅަދާނަ. މިއަށްވުރެ މޮޅުވީސް ސުޢޫދު އަމިއްލައަށް ކަށްވަޅުކޮނެފަ އެއަށް އެރި އަމިއްލައަށް ފަސް އެޅިޔަސް

    13
    1