ދުންޔާ މައުމޫން – ފޮޓޯ: ރައީސް އޮފީސް
ދުންޔާ މައުމޫން – ފޮޓޯ: ރައީސް އޮފީސް

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ގާނޫނާއި ހިލާފު އެއްވެސް ކަމެއް ނުކުރައްވާނެ އެމަނިކުފާނުގެ ދަރިކަނބަލުން ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.

ދުންޔާ މިހެން ވިދާޅުވީ އިންސާނިއްޔަތަށްޓަކައި ބަންދުން ދޫކޮށްލަދިނުމަށް ރައީސް މައުމޫން އިއްޔެ ކްރިމިނަލް ކޯޓުގައި އެދިވަޑައިގެންފައިވާތީ އެކަމާއި ގުޅިގެން މިއަދު "ވީމީޑިޔާ" އަށް ދެއްވި އިންޓަވިއުއެއްގައެވެ.

ދުންޔާ ވިދާޅުވީ ރައީސް މައުމޫން އާއި މެދު މިހާރު އަމަލުކުރެވޭ ގޮތަކީ ބަލަައިގަނެވޭނެ ކަމެއް ނޫންކަން ގިނަ ރައްޔިތުންގެ ވާހަކަތަކުން ހާމަވާ ކަމަށެވެ.

" އެހެންކަމުން ވީހާވެސް އަވަހަށް އެމަނިކުފާނު ގޭ ބަންދަށް ބަދަލުކޮށްދެއްވުމަށް ގޮވާލަން " ދުންޔާ ވިދާޅުވިއެވެ.

"މައުމޫނަކީ ރާއްޖޭގައި 30 އަހަރު ވެރިކަންކުރައްވާ، ގައުމު މިއަދު މިދެކޭ ތަރައްގީގެ ހަގީގީ ބާނީ. މައުމޫނާއިމެދު އަމަލުކުރެވޭގޮތާއިމެދު ގިނަ ރައްޔިތުންގެ ކަންބޮޑުވުން އެބަހުރި" ދުންޔާ ވިދާވިއެވެ.

ރައީސް މައުމޫނަކީ އަބަދުވެސް ގާނޫނާއި ގަވާއިދާއި އެއްގޮތަށް ނޫނީ އެއްވެސް ކަމެއް ކުރައްވާނެ ބޭފުޅެއް ނޫންކަމަށާ ގާނޫނާއި ޚިލާފުކަމެއް ރައީސް މައުމޫން ކުރައްވާފައިނުވާނެކަމަށް ދުންޔާ ވިދާޅުވިއެވެ.

"އަޅުގަނޑު ގަބޫލެއް ނުކުރަން އަޅުގަނޑުގެ ބައްޕަ ގާނޫނާއި ގަވާއިދާއި ޚިލާފު އެއްވެސް ކަމެއް ކުރައްވާފައިވާނެ ކަމަށް." ދުންޔާ މައުމޫން ވިދާޅުވިއެވެ.

ދުންޔާ މައުމޫން ވިދާޅުވީ އުމުރުފުޅުން 80 އަހަރުން މަތީ ބޭފުޅަކު ޖަލުގައި އެކަހެރިކޮށް ގެންގުޅެނިކޮށް، ކަމެއް ދިމާވެދާނެތީ ދަރިކަނބަލެއްގެ ހައިސިއްޔަތުން ވަރަށް ބޮޑަށް ކަންބޮޑުވާކަމަށެވެ.

"މައުމޫންގެ ސިއްހީ ހާލުކޮޅު އަންގައިދޭ ޑޮކްޓަރު ލިޔުންތައްވެސް ހުރުމާއިއެކު ރައީސް މައުމޫނަށް ލުޔެއް ދެއްވުމަށް ސަރުކާރަށް ނިންމެވިދާނެ" ދުންޔާ ވިދާޅުވިއެވެ.

"އަޅުގަނޑުގެ އެދުމަކީ ވީ އެންމެ އަވަހަށް ބައްޕަ ގޭ ބަންދަށް ބަދަލުކޮށްދެއްވުން." ދުންޔާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ކުރެއްވި.

  2. ބައްޕާފުޅު ގާނޫނާއި ހިލާފު އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށް ތަމެން ބުންނަސް އެކަމުގެ ހެއްކެެއް އަދި ގަރީނާ އެއް ތަމެން ދައްކަގަ. ރަންރީނދޫ ބޮޑޭ އާއި ތަމެންގެ ފާދަރޭ އާއި އުޅުނީ ފެބް އެކެއް ގެނެސްގެން މަމެންގެ ވެރިކަން ވައްޓާލަން އޭ ޖުޑިޝަރީ ތެރޭން ކޫއެއް ގެނެސްގެން އެކަން އެގޮތަށް ނުވާނެއޭ. ރަންރީނދޫ ޓްވިޓަރޭ މެން އެރޭ ފަޔަށް ހިނިއަރައިގަނެގެން މަމެންގެ ވެރިކަން ވެއްޓެނީއޭ ކިޔާ ފެލުނު ވެއްޓުނުތޭ ރަންރީނދޫ ޓްވިޓަރޭ ވެއްޓުނުތޭ ނުވެއްޓޭދޯ ވެއްޓުނުތޭ ނުވެއްޓޭ ދޯ. ވެއްޓުނުތޭ ނުވެއްޓޭ ދޯ. ނުވެއްޓޭނެއޭ ދެން ވެސް ތަމެން ގުޅެންވީ މަމެން ޕިންކީން ނާއިއޭ ރަންރީނދޫ ބޮޑޭގެ ދުވަސް އެދިޔާއޭ ދެން އޭނާ މިރާއްޖޭގެ އެއްވެސް އިންތިޚާބެއް ގައި ބައިވެރި ނުވާނެއޭ އޯއް ޔޭއް. ޓްރަސްޓް މީ ޓްރަސްޓްމީ އޯއް އޯއް ވަޓް ޑޫ ޔޫ މީން ވެން ޔޫ ޑޯން ވޮނާ ލޫސް ކަމް އެން ޖޮއިން އަސް އޯއް ބޭބީ ވަޓް ޑޫ ޔޫ މީން ވަޓް ޑޫ ޔޫ މީން ހޭއް ހޭއް ހޭއް ވަޓް ޑޫ ޔޫ މީން ވަޓް ޑޫ ޔޫ މީން ޑާންސް އޯއް ޑާންސް ޑާންސް ޑާންސް ޑާންސް ޑާންސް..

  3. ފިޑި މީހެ

  4. މިރުސް ސޯސް އުނގުޅާފަ ތުނބުޅި ބޭލީ ކާކު އަންގައިގެން

  5. ޙަފްޞާ / މާލެ

    އަޅުގަނޑުމެން ކުޑަކޮށްވެސް ހީޔެއްނުކުރަން ބައްޕާފުޅު އަންނިގެ އުނގަށް ވެޑުވެދަނޭކަމަކަށް! އެކަމަކު އެ ވެޑުވީނޫންތޯ؟

  6. ތިޔަ ބައްޕާފުޅުގެ ރަންޒަމާނުގައި މީހުނަށް ދީފަހުރި ނުހައްޤު އަނިޔާތަކުގެ ރަހަ ތިޔަ ބައްޕާފުޅަށް ލިބޭކަމީ ތިބައްޕާފުޅުގެ ދަރިން ހިތްދަތިވެ ހިތާމަ ކުރަންޖެހޭނެ ކަމެއްކަން އެންމެންވެސް ޤބޫލު ކުރޭ! އެކަމަކު ތިބަޕާފުޅުވެސް މިދުނިޔެއަށް ފޮނުއްވީ އެހެން އިންސާނުންވެސް ދުނިޔެއަށް ފޮނުއްވި ފާރާތުން ! އެފަރާތުން އަންގަވާފައިވަނީ އެއްވެސް އިންސާނަކަށް އަނިޔާވެރި ނުވުމަށް ! އަނިޔާވެރި ވެއްޖެނަމަ މިދުނިޔޭގައި އެކަމުގެ ހިތިރަހަ ލިބޭނެކަން ނުވަތަ އާޚިރަތުގައި އެކަންތަކުގެ އުޤޫބާތް ދެއްވާނެކަން ! ވީމާ ކެތްތެރިވެ ވަޑައިގަންނަވާ ! ﷲގެ ހަޟްރަތުގައިި ބައްޕާފުޅަށް ހުރީ ކޮންފަދަ ގޮތެއްކަންވެސް އެކަކަށްވެސް ނޭގޭނެ ! އަނިޔާވެރިންނަށް ޙައްޤު ޖަޒާ ﷲ ދެއްވާނެ ! މީ މުޖައްރިބު ކަމެއް !

  7. ނައީސް އަޙްމަދު

    ދުންޏާ ނުއަހަމުތަ މާދަމާރޭ ބޮޑު ހަނދުކޭތައެއް ހިފާނެޔޭ ބައްޕަ ވިދާޅުވި ވާހަކައެއް؟ އޭގެ މަނައަކީ ކޮބައިތޯ؟ އެ ވިދާޅުވި ރޭ ނޫންތޯ ސްޕްރީމްކޯޓު ވާއަތަށް ހަލުވާގަތީ! އަދި އަޑު ނުއަހަމުތޯ އިންތިޚާބުއަންނަންދެން ލަސްކުރާކަށް ނުޖެހެޔޭ މިހާރުން މިހާރަށް މިކަން ނިންމަން އެބަޖެހެޔޭ ބައްޕާ ވިދާޅުވި އަޑެއް؟ ދުންޏާ ނުއަހަމުތޯ ބައްޕަ ގޭމްޕްލޭން ރާވާފަ އޮތްގޮތް ކިޔާދޭ އަޑެއް؟ ދުންޏާ ނުއަހަމުތޯ ޒައިދުލްއަމީން ދެއްކި ވާހަކައެއް؟

  8. ދުންޔާ އަށް އެނގިވަޑައި ގަންނަވާތޯ ޢެޑޮލްފް ހިޓްލަރ ވެސް ކަން ކުރީ ޖަރމަންގެ ޤާނޫނު އަސާސީ އާ އެއްގޮތަށޯ ބުނާތީ އަހަން ވ ވެދުން

  9. ޗަކޮޮްނޮރިސް

    ނޮޕް... ނޯ..ނޯ 30 އެއްނޫން އުމުރު އެއީ 80 ކަމައްވެފަ 80 އަހަރު ވެރިކަ ްކުރިޔަސް ގައުމުގެ އުރިހާތަރައްގީ އެއްގެނެސް ދެއްވި ބާނީއަށްވިޔަސް ގާނޫނާއި ގަވާއިދާ ޚިލާފް ކުށެއް ކަމަނާގެ ބައްޕާފުޅައްވިޔަސް ހަމަ ކުރައްވަފާނެ ނުވަތަ ކުރެއްވިފަވެސް އޮވެދާނެ. ޚަމަނާއަށް ތިޔަވިދާޅުވެވެނީ މުޅިންރަންގަޅުވާހަކަ އެއްނޫން. ޥީމާ އެންމެ ރަންގަޅުގޮތަކީ ކުށެއްއޮތިއްޔާ އެކަން ގަބޫލްކުރައްވާ މައާފައް އެދިވަޑައިގެން އަވަހައް އެކަހެރިވެ ވަަޑައިގަތުން. ޢިސްލާހޭ އަނެކައްޗެކޭ ކިޔާގެން ބޭކާރު ކަންކަންކުރައްވަން ނޫޅުއްވާ!!

  10. ނޫން. ޢެއީއަނިޔާވެރިއެއް. ފ. މަގޫދޫގެ އެއްވެސް ރައްޔިތެއް ތިވާހަކަ ޤަބޫލެއަ ނުކުރާނެ. ޖާހައްޓަކައި ކޮންމެކަމެއްވެސް ކޮށްފާނެ. ޢެއީ މުޖުރިމެއް.

  11. ދުންޔާ ތިޔަމޭރުމުން ތިޔަވާހަކަ ތިޔަ ދައްކަނީ ބައްޕާޅު ކުރި ނުލަފާ ޖައްބާރު ކަންތައް ހަމަ ނޭނގިގެންހޭ؟ ހަމަހިލާ ތިޔާހެންނަކުން ނުވާނެއޭ. ދުންޔާގެ ފިރިހެންކޮއްކޮ ޑިންތަލަ ފާރިސް އަށް ވެރިކަން ހޯދައިދޭންވެގެން ބައްޕާޅު ރާވައިގެން އުއްތަމަ ގޫކާޓްބެއްޔާ އާއި ހުދުޖަނގިޔާ ހަމީދު އަށް ބޮޑު ޢަދަދަކުން ރިޝްވަތުޖަހައިގެން ގެންނަން އުޅުނު ހުތުރު ބަޣާވާތުގެ ކަންތައްތައް ދުންޔާ އަށް ނޭނގި ހުންނާނެހޭ. މިހުރިހާކަމެއް އެނގި ފެނި ތަޖުރިބާ ކުރެވިގެން ދިޔައިމަ ވެސް ބައްޕާޅު ތިޔަހަދަނީ ހަމަ ސާފު ހުދުފޮތިކޮޅަކަށްހޭ؟ އަދި މިކަން އެންމެންނަށް އެނގޭއިރު ވެސް ތިޔަހަދަނީ ރޯބުހުތާން ދޮގު ނޫންހޭ.......؟؟؟

  12. ޢަސްލު ދުންޔާ އަށް ވެސް އެންގޭ ބަޕާފުޅު ހަމަ އުޅުނީ އަނިޔާ ގުޅިގެން ވެރިކަން ވަޓާ ލަން ކަން ދުންޠާ ވެސް ބުނި ބަޕާ ފުޅަ މިލަނޑު ދިނީ ޢަނި އޭ

  13. މައުމޫނު ބޮޑު ހަނދުކޭތައެއްގެ ވާހަކަ ބުނިތަ؟ އެއީ ކޮންވާހަކައެއް ކަމަނާ އެވާހަކަ ތަރުޖަމާކޮށްދީފާނަން؟ މައުމޫނު ގޭބަންދަށް ބަދަލުކޮށް ދިނުމަކީ އަހަރުމެންވެސް އެދޭގޮތް އެކަމަކު ކުށެއްނުކުރެއޭ ބުނެވޭކަށްނެތް

  14. ދުންޔާގެ ލޮލަށް ފެނިވަޑައިގަންނަވާނީ ލޮބުވެތި ބައްޕާފުޅެއް! އެކަން އަޅުގަނޑުމެން ގަބޫލުކުރަން. އެކަމަކު އަޅުގަނޑުމެން ދިވެހީން ރާއްޖޭގެ ވެރިކަން އަވާލު ކުރި، ކުރީގެ ރައީސްް މައުމޫނަކީ ހެޔޮ ކަންތަކެއްކުރި ނަމަވެސް އެތައް ބަޔަކަށް އޭނަގެ ނުބައި ރަހަދައްކާފައިވާ ބޭފުޅެއް. އޭނަޔަށް މީހާރު ލިބެމުންދާ އަދަބަކީ އޭނަގެ ވަކި އަމަލުތަކަކަށް ހައްގެ އަދަބެއް ކަމަށް ގަބޫލުކުރާ ވަރަށް ގިނަ ދިވެހީން އެބަތިބި. އަހަރަމެން ދުންޔާއަށް ހަމްދަރުދީވަން. ޢެކަމަކު މައުމޫނުގެ ފަރާތުން ދިވެޙިންހަށް ޖެހުނު ލިބުނު އަނިޔާއަށް މައުމޫނަށް އަދަބު ލިބެން ޖެހޭ.

  15. އެންމެ ފުރަތަމަ ބައްޕާފުޅު ކިހިނެއްތޯ ޤާނޫނާ ޚިލާފުވާނީވެސް! ބައްޕާފުޅަކީ ޤާނޫނު. ޤާނޫނު ލިޔެފައި އޮންނަ ފޮތް ޤާނޫނާ ޚިލާފު ނުވާހާ ދުވަހަކު ބައްޕާފުޅެއްވެސް ޤާނޫނަކާ ޚިލާފެއް ނުވާނެ.

  16. ކަލޭގެ ބައްޕާ ފުޅަކީ މިރާއްޖެ ދެކުނު ފިރިއައުނު . އަންނި އަކީ ގާރޫނު.ޔާމީން އަކީ ހާމާނު