ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)ގެ ކޮންގްރެސް އަންނަ އަހަރުގެ ފެބްރުއަރީގައި ބޭއްވުމަށް އެ ޕާޓީން ނިންމައިފިއެވެ.

އެ ޕާޓީން ކޮށްފައިވާ ޓްވިޓެއްގައި ބުނެފައިވަނީ އެޕާޓީގެ 193 ވަނަ ކައުންސިލް ބައްދަލުވުމުގެ އިއްތިފާގުން ވަނީ ޑީއާރުޕީގެ ކޮންގްރެސް އަންނަ ފެބްރުއަރީ މަހުގެ 27 އިން 29 އަށް ކުރިއަށް ގެންދިޔުމަށް ނިންމާފައި ކަމަށެވެ. އަދި މި ކޮންގްރެސް އޮންނާނީ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ދާއިރާގައި ކަމަށްވެސް ވަނީ ބުނެފައެވެ.

އަންނަ ފެބްރުއަރީ މަހު ޑީއާރުޕީގެ ކޮންގްރެސް ބާއްވަން ނިންމާފައިވާއިރު، މިއަދު އެޕާޓީން ވަނީ ނައިބު ލީޑަރަކާއި ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ބޭފުޅުންތަކެއް އައްޔަން ކޮށްފައެވެ. އެގޮތުން ޑީއާރުޕީގެ ނައިބު ލީޑަރަކަށް އައްޔަން ކޮށްފައިވަނީ ޖާބިރުގެ ކޮއްކޯފުޅު ހ. ތިމާވެށި، އިބްރާހީމް ޝިހާމެވެ. އަދި ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އައްޔަން ކޮށްފައިވަނީ ގއ. ކޮލަމާފުށި އޯޝަންރީޑް، އަބުދުﷲ އަފީފެވެ.

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ޑީއާރުޕީއާއި ހަވާލުވުމަށްފަހު އަންނަނީ އެ ޕާޓީ ކޮޅަށްޖަހައި ސިޔާސީ ގޮތުން ވާދަވެރި، ވަރުގަދަ ޕާޓީއަކަށް ހެދުމަށް ގިނަގުނަ މަސައްކަތެއް ކުރައްވަމުންނެވެ. ޖާބިރު މީގެ ކުރިން ވިދާޅުވީ، ޑީއާރުޕީ އަށް ބޮޑެތި ބަދަލުތަކެއް ކުރިއަށް އޮތްތާނގައި އަންނާނެ ކަމަށާއި މަޖިލީހުގައި ތިއްބަވާ ބައެއް މެމްބަރުންވެސް ޕާޓީއާއި ގުޅިވަޑައިގަންނަވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ފުޅު

    އެއާޕޯރޓް އަޅަނީ ކޮންދުވަހަކުންތޯ؟

  2. މިއަދު

    ކާށިދޫ ދާއިރާގައި ކޮނގުރަސްބާއްވަން އެއުޅެނީ އެދާއިރާގައި ޑީއާރޕީގެ ކޮންބައެއްތިބޭޔީބާ ކާށިދޫ ދާއިރާގައި ބޮލުރޮދި ކޮށިފަތިބިބައެއްނުތިބޭނެ ބޮލުރޮދި ކޮށުވާމީހުންތިބޭނީ