ކްރިމިނަލް ކޯޓާއި ހަވާލުވެގެން ހުންނެވި އަލީ ރަޝީދުގެ ސުލޫކީ މައްސަލައެއް އޮއްވާ ކުރީގެ ރައީސް ޔާމީންގެ ޝަރީއަތް ބައްލަވާ ބެންޗުގައި އޭނާ ހިމަނައިގެން ނުވާނެ ކަމަށް ސަރުކާރު އިދިކޮޅު ކޯލިޝަނުން ގޮވާލައިފިއެވެ.
މިއަދު މެންދުރު ސަރުކާރު އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިން ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ގާޒީ އަލީ ރަޝީދުގެ މައްސަލައެއް ޖޭއެސްސީއިން ބަލަމުން އަންނަކަމަށާއި އެފަދަ ބޭފުޅަކު ޔާމީންގެ މައްސަލަ ބަލާ ބެންޗްގައި ހިމެނުމަކީ ކަންބޮޑުވާ ކަމެއް ކަމުގައެވެ.
"ސުލޫކީ މައްސަލައެއް އޮއްވާ އޭނަ ރައީސް ޔާމީންގެ މައްސަލަ ބަލާ ބެންޗުގައި ހިމެނުމަކީ އަޅުގަނޑުމެން ވަރަށް ކަންބޮޑުވާ ކަމެއް. ސުލޫކީ މައްސަލައަކީ ވަކިން ހާއްސަ ގޮތެއްގައި މިސަރުކާރުން ވަކިން ހާއްސަކޮށް ފިޔަވަޅު އަޅަމުން އަންނަ މައްސަލައެއް. ބައެއް ކަހަލަ ސުލޫކީ މައްސަލަތަކަކީ." އަބްދުއްރަހީމް ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ، ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަކީ ވަރަށް ތަފާތު ކޮމިޝަނެއް ކަމަށާއި، ބައެއް ކަހަލަ ސުލޫކީ މައްސަލަ ވަރަށް އަވަހަށް ބަލައި އެކޮމިޝަނުން ނިންމާލާކަމަށެވެ. އެހެން ނަމަވެސް އަދުރޭ ވިދާޅުވީ، އެގޮތަށް އެކަން އޮތަސް ހަފްތާއެއް ވެގެން ދިޔައިރުވެސް ގާޒީ އަލީ ރަޝީދާއި ގުޅޭ ގޮތުން ހުށަހަޅާފައިވާ ސުލޫކީ މައްސަލަ ބަލަމުން ނުދާތީ އޭނާ ވަނީ ކަންބޮޑުވުންފާޅު ކުރައްވާފައެވެ.
"އަޅުގަނޑުމެން ހަމަ މިއަދު ގޮވާލަން ރައީސް ޔާމީންގެ މި މައްސަލަ ބަލާ ބެންޗުގަ އަލީ ރަޝީދު ނުހިމެނުމަށް. އެއީ ސުލޫކީ މައްސަލައެއް މީހެއްގެ ހުށަހެޅިފަ އޮއްވާ އޭނަ އެބެންޗުގައި ހުރެގެން ކުރިއަށްގެންދިއުމަކީ އަޅުގަނޑުމެން ދެ ޕާޓީން ގަބޫލު ކުރާ ކަމަކަށް ނުވާތީ" އަބްދުއްރަހީމް ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ، މީގެ ކުރިން ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ކައިރީ އަލީ ރަޝީދު، ޔާމީން ޖަލަށް ލުމަށް ބުނެފައިވާ ކަމަށާއި އެ އަޑު ފެތުރިފައިވުމުން އޭނާ އެ ބެންޗުގައި ހިމަނައިގެން ނުވާނެ ކަމަށެވެ.
"ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާތުގައި އަލީ ރަޝީދު ވިދާޅުވި ކަމަށްވޭ ރައީސް ޔާމީން ކޮންމެހެން ޖަލަށްލާން ޖެހޭނޭ. އޭނާ އާ ގުޅޭ އަޑުތައް ފެތުރިފައި އޮތީމަ އާ އެކީގައި އަޅުގަނޑުމެން މި ދަންނަވަނީ އަޅުގަނޑުމެންގެ ވަރަށް ބޮޑު ކަންބޮޑުވުމެކޭ އެއީ އަލީ ރަޝީދު ރައީސް ޔާމީންގެ މައްސަލަ ބަލާ ބެންޗުގައި ހިމެނުން،" އަބްދުއްރަހީމް ވިދާޅުވިއެވެ.
ފަނޑިޔާރު ޢަލީރަޝީދު އިންނެވުމަކުން މައްސަލައެއް ނެތެވެ. އެހެނަސް މީހެއްގެ ބިރުދެއްކުމަކަށް ނުބަލައި ، ދުނިޔޭގެ އުފަލާ ފަނާދަނިވި މުދަލާ ޖާހުގެ އެދުމެއްނެތި ، މާތްﷲއަށް ޓަކައި ޢަދުލުވެރި ޙުކުމެއް ކުރީމާ އެ ނިމުނީއެވެ. އޭރުން އެ ލިބުނީ ދެދުނިޔޭގެވެސް އަރާމެވެ. އެއީ ﷲގެ ރުހިވޮޑިގަތުން ލިބިގެން ދިޔުމެވެ.
ހާދަސަޕޯޓަރުންނެކޭދޯ
ބަރަހަނާ ވީޑިއޯ އެއްގެ މައްސަލަ އޮތްމީހަކު ސްޕްރީމް ކޯޓުގެ ބެންޗުގައި އިދެގެން މައްސަލަ ކަލޭމެންގެ ކޮޅަށް ނިންމާލީމާ އޯކޭވަންޏާ ސުލޫކީ މައްސަލަ އަކީ އެހާ ބޮޑުކަމެއްތަ ؟ އެންމެ ފުރަތަމަ ބަލަންވީ ކަލޭގެ ސުލޫކީ މައްސަލަތަކެއްނު ؟ ލަދުހަޔާތް ކޮބާ ؟
ސުލޫކީ މައްސަލަޔޭ ކިޔާފަދޯ ފަނޑިޔާރު ބޭރުކުރީ ... އެމްޑީޕީއަށް ބަފާތެރިވީމަ ނޯ ސުލޫކީ ؟؟؟
ޢަލިރަޝީދަކީ ރައީސް ޔާމީން ޖަލަށްނުލެވިގެން ހަމަނިދި ނުނިދިގެންއުޅުއްވާ ބޭފުޅެއްކަން މިއަދު ދިވެހިރައްޔިތުންނަށް ވަރަށް ރަނގަޅަށް އެގެއެވެ. ދެން އެފަދަ ފަނޑިޔާރަކީ އިންނަވާ ބެންޗަކުން އިންސާފުވެރިކަމާއިއެކު ޙުކުމެއް ކުރެވިދާނެކަމަށް ބުއްދި ސަލާމަތުންހުރި އިންސާފަށް ލޯބިކުރާ އިންސާދަންނަހަމައެކަކުވެސްޤަބޫލެއްނުކުރާނެއެވެ...
މިސަރުންމިވަނީ ހުރިހާ ފަނޑިޔާރުންނަށް ވެސް ނުފޫޒުފޯރުވައިފަ. ހުރިހާފަނޑިޔާރުންގެ ކަރަށްމިވަނީ ވަރަށް ރަނގަޅަށް މަޅިގނޑުފައްތާލައިފަ. ދެން މިސަރުކާރު އޮތްހާ ދުވަހަކު މިސަރުކާރުހިތްޕުޅާނުވާ އެއްވެސް ފަރާތަކަށް ޢަދުލުއިންސާފެއްނުލިބޭނެ.