މިއަދު މަހަށް ނިކުމެ އުޅުނު ފިރިހެނަކު ކުއްލިގޮތަކަށް ނިޔާވެއްޖެއެވެ.

"ވަގުތު" އަށް އެނގިފައިވާ ގޮތުގައި ނިޔާވެފައި ވަނީ އުމުރުން 52 އަހަރުގެ މޫސާ އަބްދުﷲ އެވެ. އަދި އޭނާ އަކީ ނ. ލަންދޫ އަށް ނިސްބަތްވާ މީހެކެވެ.

އޭނާ ނިޔާވެފައި ވަނީ އެރަށު މަސް ދޯންޏެއްގައި މަހަށް ނިކުމެ ދޮށި އަޅަން ހުއްޓައި ކަމަށާއި، 16:40 ހާއިރު އޭނާ ވަނީ ނ. މަނަދޫގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލަށް ގެންގޮސްފައި ކަމަށް ލަންދޫ ކައުންސިލުން މައުލޫމާތު ދީފައިވެއެވެ.

ހޮސްޕިޓަލަށް ގެންދެވުނު އިރުވެސް އޭނާ ވަނީ ނިޔާވެފައި ކަމުގެ މައުލޫމާތުވެސް ވަނީ ލިބިފައެވެ.

އޭނާގެ ކަށުކަމާކެމީގެ ކަންތައް ކުރިއަށް ގެންދިއުމަށްޓަކައި ލަންދޫ އަށް ގެންދިއުމުގެ މަސައްކަތް މިހަރު ދަނީ ކުރަމުންނެވެ.

2017ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭ، ހަފްތާ އެއްގެ ތެރޭގައި މިގޮތަށް ދެ މަސްވެރިން ވަނީ މަރުވެފައެވެ. އެ ދެ މަސްވެރިންނަކީވެސް ނ.ލަންދޫ އަށް ނިސްބަތްވާ ދެ މަސްވެރިންކަން ފާހަގަކޮށްލެވެއެވެ.

މީގެ 2 ހަފްތާ ކުރިން ކ.ގުރައިދޫ ޒުވާނަކުވެސް ވަނީ މަހަށް ނިކުމެ އުޅެނިކޮށް ނިޔާވެފައެވެ.

އެ ޒުވާނާވެސް ނިޔާވެފައި ވަނީ އާއިލާ މީހުންގެ ދޯންޏެއްގައި މަހަށް ނިކުމެ އުޅެނިކޮށް ކަނޑުމަތީގައެވެ.

އަދި މީގެ ދެމަސް ކުރިން އއ.ތޮއްޑޫ ދޯންޏެއްގައި މަހަށް ނިކުމެ އުޅުނު ބިދޭސީއެއްވެސް ވަނީ ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. މެމް މެމް ޕީ އާރު

    نَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ

    34
  2. Anonymous

    نَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ

    26
  3. ފަންސުރު

    نَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ

    27
  4. ދަންޑެހިލް

    نَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ

    23
  5. ދިވެހިމިީހަާ

    نَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ

    25
    1
  6. Anonymous

    ناًّ لِله وَاِناًّ اِلَيْهِ رٰجِعُوْنَ

  7. އަހޫ

    ކޮންމެ މީހަކުވެސް މަރުވާނީ ހަމަ ކުއްލިއަކަށެވެ. އެހެނީ ވަގުތު ޖެހުމުން ލަހެއް ފަހެއް ނެތެވެ. އިލާހީ ޤާނޫނު.

    11