ސިއްހީ ދާއިރާއިން ތައުލީމް ހާސިލްކުރަމުންދާ ދަރިވަރުންތަކެއް ޑޮކްޓަރ.އެމްވީގެ ނަމުގައި ތަފާތު ސިއްހީ މައުލޫމާތު ގެނެސްދޭ މެގަޒިންއެއް ނެރެފިއެވެ.

ސިއްޙީ ދާއިރާއިން އެކި މައުލޫމާތު ގެނެސްދޭ މި މެގަޒިންގައި ސިއްހީ ދާއިރާގައި ތައުލީމް ހާސިލްކުރާ ދަރިވަރުން، ސިއްޙީ ތަޖިރުބާކާރުން، ދިވެހި ބޭސް، ތެދު ވާހަކަ އަދި މިދާއިރާގެ އެންމެ ފަހުގެ ޚަބަރުތައް ގެނެސްދެއެވެ.

ޑޮކްޓަރ.އެމްވީ އަކީ ދިވެހި ޒުވާނެއްގެ ހިތުގައި ސިއްޙީ ދާއިރާއަށް އޮތް ލޯތްބެއްގެ ސަބަބުން ފެށުނު މަސައްކަތެއް ކަމަށާއި 2018 ވަނަ އަހަރު ފެށި މި ވެބްސައިޓަކީ އޭރު ރާއްޖެއިން ބޭރުގައި މެޑިސިން ކިޔަވާ ކުދިންނަށް އަމާޒުކޮށްގެން އެކުދިންނަށް ދިމާވާ ތަފާތު މައްސަލަތަކަށް ގުޅޭގޮތުން އެކި އެކި ކުދިންގެ އިންޓަވިއު ޝާއިޢު ކުރަމުން ދިޔަ ވެބްސައިޓެއް ކަމަށް މި ވެބްސައިޓްގެ ފައުންޑަރ މުހައްމަދު ނަބީލް ވަނީ "ވަގުތު" އަށް ހިއްސާކޮށްފައެވެ.

މިއަހަރު ސެޕްޓެމްބަރު މަހު ހެލްތު މެގަޒިންއެއްގެ ސިފައިގައި ލޯންޗު ކުރީ އެތަކެއް ބައެއްގެ އެއްބާރު ލުމާއި ބޮޑެތި ހުވަފެންތަކާއި އެކުގައި ކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑު ބޭނުންވަނީ ޑޮކްޓަރ.އެމްވީ ގެ ސަބަބުން މުޖުތަމަޢު ތެރޭގައި ސިއްހަތަށް އޮންނަ ލޯބި އިތުރުވެ މިމަސައްކަތުގެ ސަބަބުން ދެން އަންނަން އޮތް ޖީލުތަކަށް ކުރިއެރުންތަކެއް ލިބުން" ނަބީލް ވިދާޅުވިއެވެ.

ޑޮކްޓަރ.އެމްވީ އިން އެންމެ ފާހަގަކޮށްލެވެނީ ދިވެހީންގެ މެދުގައި ސިއްޙީ ހޭލުންތެރިކަން އިތުރުކުރުމަށް ދޭ އަހައްމިއްޔަތު ކަމެވެ. އެގޮތުން ދިވެހި ޑޮކްޓަރުންނާއި ސިއްޙީ ތަޖުރިބާކާރުން ލިޔުއްވާފައި ނުވަތަ ރިވިއު ކޮށްފައިވާ ލިޔުންތައް ޝާއިޢު ކުރެއެވެ. މީގެއިތުރުން މީހުންނަށް ދިމާވެފައި ހުންނަ ހަޤީޤީ ހާދިސާތަކުން އިބްރަތް ލިބޭފަދަ ތެދު ވާހަކަވެސް ޑޮކްޓަރ.އެމްވީ އިން ޝާއިޢު ކުރެއެވެ.

ނަބީލް އިތުރަށް ކިޔައިދިން ގޮތުގައި މުސްތަޤްބަލުގައި ބޭނުންވަނީ މިއަށް ވުރެ ފުޅާކޮށް ބޮޑުކޮށް މިމަސައްކަތް ކުރާށެވެ. އަދި ރާއްޖޭގެ ވިޔަފާރިތަކާއި، އެންޖީއޯ ތަކުގެ އިތުރުން ސިއްހަތާ ގުޅުން ހުރި މުއައްސަސާތަކާއި ގުޅިގެން މިޤައުމަށް ފައިދާހުރި މަސައްކަތްތަކެއް ކުރަން ބޭނުންވާ ކަމަށް އޭނާ ކިޔައިދިނެވެ.

ދިވެހި ސަރުކާރުން 2020 ވަނަ އަހަރު ފާހަގަކޮށްފައިވަނީ "ޕަބްލިކް ހެލްތު" ގެ އަހަރެއްގެ ގޮތުގައެވެ. އެހެންކަމުން އަމިއްލަ ފަރާތްތަކުން މިކުރާ މަސައްކަތްތައް ވެގެންދާނީ ސަރުކާރުގެ އަމާޒުތަކަށް ވާސިލުވާން އިތުރު ބާރަކަށެވެ. ޑޮކްޓަރ.އެމްވީ ގެ ވެބްސައިޓުންނާއި ފޭސްބުކް އަދި ޓްވިޓަރ އިން އެންމެ ފަހުގެ ލިޔުންތައް ފެންނަން ހުންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ނަން

    ޚިޔާލް ފާޅުކުރައްވާ

  2. ޙަސަންޓޭ

    ވަރަށް ރަނގަޅު މަސައްކަތެއް. ސާބަހޭ!!

    3
    1
  3. Kuthee

    Varah habeys ingey thi website. Raajjeyge enmme ithubaaru huri health information libeyne eh magazine thee. Qualified meehun review kohffa hunna articles hunnathee enmme kamudhanee. Saabahey Nabeel

    1
    1
  4. Anonymous

    ރައްޔިތުން ނަށް ވ. ފައިދާ ކުރާނެ ކަމެއްތީ.ވޝުކުރިއްޔާ ތިޔަ ޓީމަށް.

    2
    1