ގަވައިދާ ހިލާފަށް އުޅަނދު ޕާކުކުރުމުގެ ސަބަބުން މިދިއަ ހަފްތާތެރޭގައި ސްޓިކާ ޖަހައިގެން ފުލުހުންނަށް މިލިއަަނަކަށްވުރެ ގިނަ ފައިސާ ލިބިއްޖެއެެވެ.
މިކަން ހާމަކޮށްފައި ވަނީ ކޮންމެ ހަފްތާއަކު އެއްފަހަރު އާންމު ކުރާ ފުލުހުންގެ ތަފާސް ހިސާބުންނެވެ. ހުސްވި ހަފްތާގެ ތެރޭގައި 1382 ވެހިކަލެއްގައި ސްޓިކާ ޖަހައިފައި ވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. އެއީ ގަތްގަނޑަކަށް 1،036500 ރުފިޔާއެވެ. ގަވާއިދާ ހިލާފަށް ޕާކުކުރާ ފުރަތަމަ ފަހަރު ޖޫރިމަނާ ކުރަނީ 250ރ. އިންނެވެ. އެކަން ތަކުރާރު ކޮށްފި ނަމަ ދެވަނަ ފަހަރު 500ރ. އިން ޖޫރިމަނާކޮށް އަދި ތިން ވަނަ ފަހަރު 750ރ. އިން ޖޫރިމަނާކުރެ އެވެ. އެހެންކަމުން ޖޫރިމަނާގެ ގޮތުގައި މިލިއަނެއްހާ ރުފިޔާ ލިބޭނެ ކަމަށް ބެލެވެ އެވެ.
ފުލުހުން އާންމުކޮށްފައިވާ އެހެނިހެން ތަފާސްހިސާބުތަކަށް ބަލާއިރު ލައިސަންސް ނެތި ސައިކަލް ދުއްވި 67 މީހަކާއިމެދު ވަނީ ފިޔަވަޅު އަޅާފައެވެ. އަދި ކަނޑައެޅިފައި ހުންނަ ބާރުމިނަށްުރެ ބާރަށް ދުއްވުމުެ ސަބަބުން 13 މީހަކު ހުއްޓުވައިފައިވާ އިރު ޓްރެފިކް ސައިންތަަކަށް ނުބަލައި ދުއްވާފައިވާ 37 ފަރާތަކާއި މެދު ވަނީ ފިޔަވަޅު އަޅާފައެވެ.
މީގެ އިތުރުން މިދިޔަ ހަފްތާގެ ތެރޭގައި 43 އެކްސިޑެންޓެއް ހިނގައި އޭގެ ތެރެއިން 12 އެކްސިޑެންޓުގައި މީހުންނަށް އަނިޔާ ވެފައި ވާކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
ޕާކުކުރާނެ ތަނެއް ދެއްކުމަށް ފަހުގައި ނޫންގޮތަކަށް އެއްވެސް ވެހިކަލެއްގައި ސްޓިކާ ނުޖަހާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވައިދުވެވަޑައިގަތެވެ. އެހެން ނަމަވެސް މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގައި ވެރިކަމަށް އަރައިވަޑައިގަތުމަށް ފަހު މިއަހަރުގެ ފެބްރުއަރީ މަހާއި ހަމަޔަށް ސްޓިކާ ޖެހުން މެދުކަނޑާލުމަށްފަހު އަނެއްކާވެސް ވަނީ ކޮންމެ މަހަކު ސްޓިކާ ޖަހަން ފަށާފައެެވެ.މިދިޔަ ޖުލައި މަހުން ފެށިގެން ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ކޮންމެ ހަފްތާއަކު ފުލުހުން ދަނީ 700 އަށްވުރެ ގިނަ ވެހިކަލް ގައި ސްޓިކާ ޖަހަމުންނެވެ.
ހުރިހާ ތާކުވެސް ސްޓިކާ ޖަހަންވީ ދުއްވާތަކެއްޗާހެދި ބޯފަޅައިގެން ދާވަރުވޭ މަގުމަތީ ހިނގާމީހުންނަށް ބޮޑު ބުރައެއް މި ދަނީ ރާއްޖޭން ބޭރަށް ފުރައިގެންދާން.
ދަމުން ބޭފުޅާގެ ސައިކު ގެއަށް ވައްދާފަ ދާތި !!!!! މިއުޅެނީ ޖާގަ ނެތިގެން !!!! ބާއްގަވެރި ދަތުރަކަށް އެދެން !!!!
ހޯދަން އެބަޖެހޭތާ ، ބަޖެޓްގަ އެބަޖަހާ 31 މިލިޔަން ރައްޔިތުން ފައިން ކޮށްގެން ( ފެލައިގެން) ހޯދަން ޖެހޭކަމަށް އެޢަދަދު ނޮހޯދެންޏާ ބަޖެޓް ދިމާ ނުވާނެ ދޯ،
މިނޫން ގޮތެއް ނެތްބާ...ނިކަމެތި ރައްޔިތު މީހާ އަޅުވެތިކޮށްް ނިންމައިފި...
ކުށަކަށް އަރައިގަތަސް އޭމީހެއްގެ މުދާ ނުވަތަ މުދަލުން ބައެއްވިޔަސް ސަރުކާރަށް ނެގުން މީ ކޮން ފަދަ އަނިޔާ އެއްތޯ...އެމުދަލުގައި ވާނީ ކިތެއް ބައެއްގެ ހައްގުތޯ...އެކި ނަންނަމުގަ ފޭރި ގަންނަނީ ކުށް ނުކުރާ ކިތެއް މީހުންގެ ހައްގުތޯ....މިފަދަ އަނިޔާވެރި ކަމާއި އަޅުވެތިކަން ނައްތާލުމަށް ނޫންތޯ އިސްލާމް ދީން ބާވާލެއްވެވީ....
ޗުކި
މިލާރި އެބަހޯދަންޖެހޭ އަދިވެސް އެޮރުމެންގެ ފްލެޓް ނުނިމޭ ފްލެޓް ނިމުނީމާ ކޮންމެވެސް ލުޔެއް ލިބޭނެކަމައް އުންމީދުކުރެވޭ..ބޮޑު ނޮހޮރުއްޕާނެއް ކޮންމެތާކުޕާކުކުރިއަސް ޖަހަނީ
ތީ މޮޅު ގޮތެއް
ޓްރެފިކް މައްސަލައާއި، ސިނގިރޭޓުގެ މައްސަލައާއި ، މިފަދަ "ހައްލު ނުލިބޭ" މައްސަލަތަކުގެ ހަގީގަތް. ފުރިހަމަ ޙައްލެއް ހޯދަން ބޭނުން ނު ވަނީ. ޜައްޔިތުން އަތުން ނަގާ "އަނދިރި ޓެކްސްތައް" މިއީ.
މިކަހަލަ ކިތައް މަކަރު. ޢެނގޭ މީހެއްގާތު އަހާލަބަލަ، ކަސްޓަމްސް މުދާ ދޫކުރާ ފޯރްމެއްގަ ކިތައް އައިޓަމްތޯ ލިޔެ ވޭނީ ؟ އޭ4 ގަނޑެއްގަ 3 އައިޓަމް ! ފޯމު ގަންނަން ޖެހޭނީ. ޥިޔަފާރި ވެރިޔާ ސީދާ ހަރަދަށް ވައްދާލާފަ ބޮޑު އަގުޖެހި މުދާގޮތުގައި އާންމު ރައްޔިތުމީހާ އެ އަގު އަށް ޕާސް ކޮށްލަނީ.
ޢެންމެން ސަރުކާރަށް އެކި ޓެކްސް އާއި ޖޫރިމަނާ ދެއްކީމަ ، ސަރުކާރުގެ އިސް ވެރިން ފިނި ކޮޓަރީގަ ޖަނަ ވާރުތަކެއްހެން އުޅެފަ ރައްޔިތުންގެ ހައްގުގައޭ ކިޔާފަ ބޮޑު މުސާރަ ކާނީ.
2021 ގެ ބަޖެޓް ހަދާނީ ޕޮލިހުން. އަދި އެފައިސާ ދޫކުރާނީވެސް އެމީހުން
ކޮބާ މިކަން އައުޓްސޯސް ކުރަން ވީނު.. ބިލްދައްކާ ތަންތަން ހުނަނަ ގޮތަށް.. ސްޓިކާ ޖަހާދޭ ކޮންޕެނީސް ވެސް ހަދަންވީ. ކަވަރޭޖް ބޮޑުވާނު
ސްޓިކާޖަހައިގެން މިތައް މިލިއަން ރުފިޔާ ލިބޭނޭކަމަށް ބަޖެޓްގައި ހިމަނާފައިވާތީ އަހަރު ނިމުމުގެ ކުރިން ކޮންމެހެންވެސް އެއަދަދަށް ސްޓިކާ ޖަހަންޖެހޭ.
ސްކޫލް ތަކުގެ ޕީޓީއޭ އިން ކުރަން ފަށަންވީ ކަމެއް މިއީ...