ދީނީ އިލްމުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަވަހާރަކޮށްލުމުގެ ކުރިން އެރޭ ޓީވީއެމް އިން ދެއްކި ޕްރޮގްރާމް ބަލަން އަދާލަތު ޕާޓީގެ ބަޔަކު އެޕާޓީގެ އޮފީހުގައި، ޖަމާވެތިބިކަން ހާމަވެއްޖެއެވެ

މިކަން ހާމަވެފައި ވަނީ މަރު ކޮމިޝަންގެ ރިޕޯޓު ކަމަށްބުނެ މިހާރު ދައުރުވަމުންދާ ރިޕޯޓެއްގެ ބައިތަކުގައެވެ.

މަރުގެ ކޮމިޝަން ޑރ. އަފްރާޝީމްގެ ތަހުގީގު ނިންމާ ރައީސް ސޯލިހަށް ފޮނުވި ސިއްރު ރިޕޯޓު އެމަނިކުފާނު ވަނީ ކަމާއި ގުޅުން ހުރި އިދާރާތަކަށް ފޮނުވާފައެވެ.

ރިޕޯޓު ފޮނުވި ދުވަހުން ފެށިގެން ސިއްރު ޖަހާފައިވާ އެރިޕޯޓުގެ ބައިތައް ދަނީ އާންމު ވަމުންނެވެ.

މަރު ކޮމިޝަންގެ ރިޕޯޓުކަމަށް ބުނާ ރިޕޯޓުގައި ބުނެފައި ވަނީ ޑރ. އަފްރާޝީމް ކުއްލި ގޮތަކަށް ޓީވީއެމްގެ ޕްރޮގްރާމަށް އަރަން ބޭނުންފުޅުވީ އަމިއްލަ ފުޅަށް ކަމަށް އިސްލާމިކް މިނިސްޓްރީގެ ބޭފުޅުންނާއި ހަވާލާދީ ބުނެފައިވެއެވެ

އަދި ޑރ. އަފްރާޝީމް ޕްރޮގްރާމް އަށް އަރާ ވަޑައިގަންނަވާކަން މިނިސްޓްރީގެ ބޭފުޅުންނަށް ފިޔަވާ އިތުރު އެއްވެސް ބަޔަކަށް ނޭންގޭނެ ކަމަށް މިނިސްޓްރީގެ މުވައްޒަފުންނާ ހަވާލާދީ އެރިޕޯޓުގައި ވަނީ ބުނެފައެވެ.

އެހެން ނަމަވެސް ކޮމިޝަން އަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، ޑރ. އަފްރާޝީމް ޕްރޮގްރާމް އަށް އަރައިވަޑައިގަންނަވާކަން ދުރާލައި އަދާލަތު ޕާޓީގެ ބަޔަކަށް އެނގިފައިވެއެވެ

"އެރޭ ޕްރޮގްރާމަށް ޑރ. އަފްރާޝީމް އަރާކަން ދުރާލައި އާންމުންނަށް އެނގިފައިނުވާނޭ ކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ މުވައްޒަފުން ބުނެފައިވެއެވެ. އިސްލާމިކް މިނިސްޓްރީގެ މުވައްޒަފުން އެގޮތަށް ކޮމިޝަނަށް މައުލޫމާތު ދީފައި އޮތް ނަމަވެސް، ޑރ. އަފްރާޝީމް އެރޭ ޓީވީ ޕްރޮގްރާމް އަށް އަރައިވަޑައިގަންނަވާކަން އަދާލަތު ޕާޓީގެ ބަޔަކަށް އެނގިފައިވާކަން ކޮމިޝަަނަށް ލިބިފައިވާ މައުލޫމާތުން އެނގެއެވެ." ރިޕޯޓުގައި ވެއެވެ

ކޮމިޝަނުގެ ރިޕޯޓުގައިވާގޮތުން އެރޭ ޑރ. އަފްރާޝީމް ތައުބާވެވަޑައިގަންނަވަން ޓީވީއެމް ޕްރޮގްރާމައަކަށް އަރާ ވަޑައިގަންނަވާތީ އަދާލަތު ޕާޓީގެ އޮފީހަށް ޕްރޮގްރާމް ބަލަން އެޕާޓީގެ ބަޔަކު ޖަމާވިއެވެ.

އަދި ޕްރޮގްރާމް ނިމުނު ފަހުން އެޕާޓީގެ ބަޔަކު ޑރ. އަފްރާޝީމް އަށް މެސެޖުކުރިއެވެ.

ކޮމިޝަންގެ ރިޕޯޓް ކަމަށް ބުނާ ރިޕޯޓުގައި ވަނީ ޑރ. އަފްރާޝީމް އަށް މެސެޖުކުރި މީހުންގެ ވަނަވަރާއި، ފޮޓޯގެ އިތުރުން އެމީހުން ފޮނުވި މެސެޖުވެސް ހިމަނާފައެވެ.

ނަމަވެސް ދައުރުވަމުންދާ ރިޕޯޓުގައި އެމެސެޖުތައް ސާފުކޮށް ކިޔާކަށް ނޭންގެއެވެ.

އެރޭ ޑރ. އަފްރާޝީމް އަށް މެސެޖުކުރި މީހުންގެ ތެރޭގައި މުހައްމަދު ނާޝިދު، ނޫމާން ސައީދު، އަދި އަލީ ރަޝީދު ކިޔާ މީހަކު ހިމަނާފައި ވެއެވެ. ނަމަވެސް ދެން މެސެޖުކުރި މީހާގެ ނަން ރިޕޯޓުން ސާފެއް ނުވެއެވެ.

އެމީހުންގެ ތެރެއިން ބައެއް މީހުން ކޮށްފައިވާ މެސެޖުތަކުގައި ޑރ. އަފްރާޝީމަށް ތާއިދުކޮށް އޭނާ އަށް ހެޔޮމަގު ދެއްކެވުމުން އުފާކުރާ ކަމަށް ބުނެފައިވެއެވެ.

"އަލްހަމްދުލިއްލާހް. އަޅުގަނޑު މާފު ކޮށްފިން. އަހުލު ސުންނަތުގައި ހިފެހެއްޓުމަށް ނަސޭހަތްތެރިވަން. ހެޔޮމަގު ދެއްކެވީތީ ﷲ އަށް ހަމްދުކުރަން. ރަސޫލުﷲ ކިޔަން ހަނދާން ކޮށްދެން." އެކަކު ފޮނުވި މެސެޖުގައި ވެއެވެ.

ނަމަވެސް ބައެއް މީހުންގެ މެސެޖުތަކަުގައި މަރުވެފައިވާ މީހުންގެ ގަބުރުތަކުގެ ކައިރީގައި އަޅުކަން ކުރުމާއި މެދު ސީދާ އޮންނަގޮތް ބުނިނަމަ އިތުރަށް ފުރިހަމަ ވާނޭ ކަމަށް ބުނެފައިވެއެވެ.

އަދި ކުރިން ގަބުރުތައް ކައިރީގައި އަޅުކަން ކުރުމާއި މެދު ޑރ. އަފްރާޝީމް ދައްކައިފައިވާ ވާހަކަތައް އާންމުންނަށް އެނގޭ ގޮތަށް ދައްކަން އެކަކު ބުނެފައި ވެއެވެ. ބޮޑަށް ބެލެވެނީ އެމެސެޖުގައި ބުނެފައި ވަނީ ކުރިން ދައްކައިފައިވާ ވާހަކަތައް ގޯސްކަން އަންގައިދިނުމަށެވެ.

ރިޕޯޓުގައި ބުނެފައިވާ ގޮތުން ޕްރޮގްރާމަށް އަރައިވަޑައިގަންނަވަން ޑރ. އަފްރާޝީމް އަމިއްލަފުޅަށް ބޭނުންވެގެން އެދުވަހުގެ ހެނދުނުން ފެށިގެން އޭރުގެ އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް އަށް ގުޅުއްވާފައިވާ ކަމަށް ޑރ. ޝަހީމް ކޮމިޝަންގައި ބަޔާން ދެއްވާފައި ވެއެވެ.

ނަމަވެސް ކޮމިޝަންގެ ރިޕޯޓުގައި ވަނީ އެކަން ދޮގުކޮށްފައެވެ.

ނަމަވެސް ޑރ. އަފްރާޝީމް މިނިސްޓްރީ އަށް އެދުވަހު މެންދުރު 1:00 އަށް ވަޑައިގަންނަވަން ޑރ. ޝަހީމް ދެންނެވިކަން ދެބޭފުޅުންގެ މެދުގައި ބަދަލުވެފައި ހުރި މެސެޖުން އެނގެއެވެ" ރިޕޯޓުގައި ވެއެވެ.

ރިޕޯޓުގައިވާ ގޮތުން ޑރ.އަފްރާޝިމް އަނބުރައި ދީނަށް ރުޖޫއަވެ، މީޑިއާގައި އެކަން އިއުލާން ކޮށްފިއްޔާ ކިތަންމެހައިވެސް ރަނގަޅު ކަމަށްބުނެ ޑރ.ޝަހީމް އަށް މީހަކު ފޮނުުވި މެސެޖެއްް 12 ސެޕްޓެމްބަރުގައި ޑރ.ޝަހީމް ވަނީ ޑރ.އަފްރާޝީމް އަށް ފޯވާޑް ކޮށްފައެވެ. ނަމަވެސް ކޮމިޝަނުގައި ޑރ.ޝަހީމް ވިދާޅުވެފައި ވަނީ މެސެޖު ފޮނުވި ފަރާތެއް މިހާރު ހަނދުމަފުޅު ނެތް ކަމަށެވެ.

"އެރޭގެ ޕްރޮގްރާމަށް ޑރ.އަފްރާޝިމް އަރުއްވަން ބޭނުންފުޅު ވަނީ ކީއްވެގެންކަން ޑރ.ޝަހީމް އަށް އެނގިވަޑައިގަންނަވާ. އެއީ ކުރިން ޑރ.އަފްރާޝިމް ދެއްކި ވާހަކަތަކާއި ގުޅިގެން މާފަށް އެދުމަށް ނުވަތަ ތައުބާ ވާންކަން އާއްމުކޮށް އިއުލާން ކުރަންކަން ޑރ.ޝަހީމް އަށް އެނގިވަޑައިގަންނަވާ. އަދި އެރޭގެ ޕްރޮގްރާމަށް އެރޭގޮތް ހަމަނުޖެހިއްޖެނަމަ އެބޭނުމަށްޓަކައި އިސްލާމިކް މިނިސްޓްރީގައި ނިއުސް ކޮންފަރެންސެއް ބާއްވައި ދެއްވަން ޑރ.ޝަހީމް ހުށަހެޅުއްވިކަން ދެފަރާތުގެ ދެމެދުގައި ބަދަލު ކުރެވިފައިވާ ރިޕޯޓުތަކުން އެނގޭ" ރިޕޯޓުގައި ވެއެވެ.

ހޯމަ ދުވަހުގެ ޕްރޮގްރާމުން ފުރުސަތު ނުލިބި ޑރ.އަފްރާޝީމަށް ފުރުސަތު ލިބިވަޑައިގަތީ އަންގާރަ ދުވަހުގެ ޕްރޮގްރާމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

  1. ހަމަހަމަ

    ޕް ރޮގް ރާމް ބެލުމާއި އެޔާ ގުޅިގެން މެސެޖްކު ރުމަކީ ކުށެއްބާ ؟

    90
    5
    • އަލީ

      ވަރަށްބޮޑު ގުޅުމެއް އެބައޮތް.

      23
      24
    • އަދުނާނު

      ވަނުވާ. ވެދާނެ ތައުބާ ނުވެއްޖެ ނަމަ މަރާލާނެ ކަމުގެ އިންޒާރު ދިނީކަމަށްވެސް. އަނގަޔަށް އަޅައިދިނީމަ ނޫނީ އެކައްޗެއްޗެސް ދޭހަ ނުވާއިރުވެސް މޮޅު ކޮމެންޓް ކުރަންވޭ.

      30
      19
      • ޙަމަހަމަ

        ޢަދުނާނުގެ ކޮމެންޓު ތި ފެއްޓީ ވެސް " ވެދާނެ" ކިޔާފަ، އެއީ ކޮން ބުރަދަނެއް ހުރި ލަފްޒެއް ؟ އެއްއިރެއްގަ އެކަންކުރީ މޑޕ، އެއަށްފަހު ޔާމީން، ދެން ހައްދުފަހަނައެޅި ފިކިރު މީޙުން، މިހާރު އަދާލަތު. ފެންނަނީ ކަންކުރީ އެ ވަގުތު އެންމެ ކުއް ވެރި ކުރަން ބޭނުން ވާ މީހާ ގޮތަށް.

        ދެންބަލަ މި އާރޓިކަލްގަ ރިޕޯޓަށް ހަ ވާލާދީފަ ލިޔެފަ އެ އޮތީ މިނިސްޓްރީގެ މު ވައްޒަފުންނަށް ޕްރޮގްރާމް އޮތްކަން އެންގޭކަމަށް. ޢެމީހުން ބުނަނީ އާންމުންނަށް ދުރާލާ ނޭންގޭނެކަމަށް. ޢިއުލާނު ނުކުރާނަމަ ގިނަ އާންމުންނަކަށަ ނޭންގޭނެ. ޢެކަމަކު ތިއިން މު ވައްޒަފަކު އެ ވާހަކަ ބަޔަކުކައިރީ ނުދައްކާން ވީ އެއް ވެސް ސަބަބެއް އެބަ އޮތްތަ ؟ އަދި ނުދައްކާ ކަމަށް ތި ރިޕޯޓުން ހާމަ ވޭތަ ؟ ނު ވެ. ޢެހެން ވީމަ އެ ކަމަށް ސަމާލުކަންދޭ ބަޔަކަށް އެނގުމަކީ ގާތް ކަމެއް. ޢަދި އެޔާ ވިދިގެން މެސެ ޖު ވެސް ކުރާނެ.

        ޢެ ޢެންގުމަކީ ކުށަކަށް ނު ވާނެ. ޢަދި މެސެޖެއްކުރުން ވެސް.

        ޢަދި މިސާލެއް ތިލަ ކޮށްލަދީފާނަން، ޕަޕަރާޒީ ވެސް މީހުން ށައުގު ވެރި ވާ ހަބަރު ކޮނެ ހޯދާ ފަތުރާ ދޯ ؟ މީހުންގެ ތެރޭގަ ވެސް އެކަހަލަ މީހުން އުޅޭ. ޢަދި ކޮންމެ މީހަކު ވެސް އޭމީހަކު ށައުގު ވެރި ވާ މައުލޫމާތު ހޯދާ ހިޔާލު ފާޅުކުރާނެ. ޢެއީ ކުށެއް ނޫން.

        މި ކޮމެންޓު މޮޅު ނު ވިޔަސް ދޭހަ ވިކަމަށް އުންމީދުކުރަން

        6
        1
  2. ބޮލި މުލައް

    ޢަދާލަތުލް އިމުރާނުގެ އަތެއް ނުވޭބާ

    43
    11
  3. ދދދދދދ

    ކެރަފާ ވަސީމާ މެސެޖެއް ކުރިތޯ ނޫންތޯ ބަލަން ބޭނުންވޭ

    61
    2
  4. ރައްޔިތުން

    ރައްޔިތުންނޭ ބޮޑު ކަމެއް ކުރިމަތި ވަނީ، ކަމެއްދީ ކަމެއް ގަންނަނީ ކަމަށް ހާދަ ހީވޭ

    54
  5. ހާދަ ހާދަ!

    ޓީވީ އެމް ގެ ޕްރޮގްރާމަކަށް އަރާކަން ޓީވީ އެމްގެ މީހަކަށްވެސް ނޭނގޭ ދޯ! އެންވީމަ! އެއީ ކިހިނެއް ވާނެ ކަމެއްބާވަ؟

    79
    • ޙަމަހަމަ

      ޢަދުނާނު ބަލަ މި ވެސް ހެޔޮ ވާހަކައެންނު

      1
      1
  6. މަންތިރި

    އެމަނިކުފާނު މާފަށް އެދިވަޑައިގަތީ ދީނާ ޚިލާފު ވާހަކަ ދެކެވި ކުށް ކުރެވިފަ ވާތީކީ ނޫން. ބައެއް މީހުންނަށް ދޭހަ ނުވާ ފަދަ އިބާރާޠުން ވާހަކަ ދެކެވިފަ ހުރެދާނެތީ އކަމަށް މާފަށް އެދުނީ

    122
    2
  7. އިބްރާހިމް

    އަދާލަތުން ޖެހި ފޮޑީގެ އަޑުއިވުނީ. ދަނޑިވަޅު ބަލައި އަޑުނީއްވާ ވަސްނުބައި ފޮޑިޖެހީ އެމްޑީޕީ އިންނެވެ. މިއީ ވަރަށް ވާހަކައެވެ. މައްސަލާގައި ތުހުމަތު ކުރެވޭ އެންމެންނަކީ އެމްޑީޕީގެ ޓެރެރިސްޓުންނެވެ.

    33
    2
  8. އަލީ

    މިޕްރޮގްރާމްގެ ވީޑިއޯ ބަލައިލަން ބޭނުން. އަމިއްލަ ސިކުޑިން މައްސަލައާ ދޭތެރޭ ވިސްނާލުމަށް.

    64
    4
  9. ޢަބްދުއްލަޠީފު

    ޢަދާލަތަށް ކޮޅުކެހިދޭންފެށުނީއެވެ. ޝުކުރިއްޔާ ޤައުމުގެ ރައްޔިތުންނޭ. ކަލޭމެން ގެނައި ސަރުކާރު ކިހާބަރަކާތްތެރި ހެއްޔެވެ؟

    70
    2
    • އިބްރާހިމް

      ރައްޔިތުންގެ ތެރޭގައި ގިނަވާނީ ދުރަށް ނުވިސްނާ މީހުންނެވެ. ދީނާއި ގައުމަށް ހެޔޮގޮތަށް ދުރަށް ވިސްނާނީ ޢިލްމުވެރިންނެވެ. މާއްދިއްޔަތަށް ގޮސްހުސްވެފައިވާ ހުޅަނގުގެ ލާދީނީ ތައުލީމު ހޯއްދެވީމާ ކުރެވޭނީ އިބިލީހުގެ މަސައްކަތެވެ. މި ގައުމުގައި މަތީފަޑީގައި ބަސްބުނަންތިއްބެވީ ކީރިތި ޤުރްއާނާއި މާތް ނަބިއްޔާގެ ޙަދީސް އިލްްމު ނެތް މީހުންނެވެ. ހުޅަގުގެ ފަލްސަފާގައި އާޚިރަތް ނޯވެއެވެ. މީހަކަށް ނުފެންނަގޮތަށް ކޮންމެފަދަ ޖަރީމާއެއް ހިންގިއަސް އޯކޭ އެވެ.

  10. ހާލު

    މިއުޅެނީ ވަރައް ބޮޑުކަންތައްގަޑެއްހިންގަންހެން އެބަހީވޭ ޤައުމުގެދުވަސްދަނީ

    70
    2
    • މޫސާ

      މިއުޅެނީ ވަރަށްބޮޑު ކަމެއް ހިގައިގެން.

      43
  11. ޚިޔާލެއް

    ދީނީ ޕުރޮގުރާމުތައް ބަލާނީ ދީނުގެ މައުލޫމާތު ހޯދަން ބޭނުންވާ ދީނަށް ލޯބިކުރާ މީހުންދޯ.. ލާދީނީ ބަޔަކު ދީނީ ޕުރޮގުރާމުތައް ބަލާނެބާ؟

    80
    2
  12. ހިސެން

    ތީ ވަކިބަޔަކައް ހެޔޮވަރު ކޮއްނެރިފަ އޮތް ރިޕޯޓެއް. މީކަލޭމެންގެ ދުވަސް އެކަމާ މައްސަލައެއްނެތް، އެކަމު ﷲގެ ރަހްމަތުން 2023 މިސަރުކާރު ބަދަލުވީމަ 3 ނޮވެމްބަރ 1988 ހާދިސާއާއި ވަރައްގިނަ މައްސަލަ އަލުންބެލޭނެ.

    36
  13. ކޮއްކޮ

    ބަލަ މަ ވެސް އެރޭގެ ޕްރޮގުރާމް ބަލަން އިނިން. އެހެނޭ ކިޔާފަ މަވެސް ހިމަނަން ވީނު. ތިޔަ އުޅެނީ އެއްގޮތުން ނުވެއްޖެއްޔާ، އަނެއްގޮތުން ނަމަވެސް މި ތަނުގައި ދީނީ ގޮތުން ބަހެއް ބުނަން ތިބި އެންމެން ޖަލަށް ލާން. ސައުދި އަރަބިޔާގައި ވެސް މިހާރު ދީނާ ހިލާފު ހުރިހާ ކަމެއް ހުއްދަ ކުރަމުން އެގެންދަނީ. ފުރަތަމަވެސް އިދިކޮޅަށް ބަސް ބުނި ހުރިހާ އިލްމް ވެރިން ޖަލަށް، އަނެއް ބަޔަކު ޤަތުލު ކޮށްލީ.

    36
    2
  14. ހެސްކީ

    މިހަބަރަށް ކޮމެންޓް ކޮށްފަ މިތިބިމީހުންނަށް ބޮޑަށްއެނގޭނީ. ?

    5
    13
  15. އެންދެރި

    ދީނީ އިލްމް ވެރީން އެއްބަޔަކު އަނެއް ބަޔަކާ ޖައްސަން މަސައްކަތް ކުރެ އެވެ.

  16. ޙަސަނާ

    ޔާﷲ މިކުޑަ އިސްލާމީ ގައުމުގަ ދީނާމެދު ނަފުރަތު އުފައްދާ އިސްލާމްދީން ބަލިކަށިކޮއްލަން މަސައްކަތްކުރާމީހުންގެ ކިބައިން މިގައިމު ސަލާމަތްކުރައްވާ އެބައިމީހުންގެ މަކަރު ބޭޒާރުކުރައްވާންދޭ....

  17. އެރިޕޯޓް

    ހުތުބާ ތެރެއަށް ލިޔުން އަޅާބީދައިން ރިޕޯޓް ލޮޔެފަ ތިވަނީ. ބައެއް ބަޔާންތަށް ނުހިމަނާ ހަމައެލަނި ދީނީ ހަރިކަށިކަން ދައްކުވަން ފޯކަސް ކޮށްފަ ވަނީ. އަވަހަށް ރިޕޯޓް ހާމަކުރުމަށް ސަހިންދާ ގޮވީ، ރިޕޯޓް ތައްޔާރުކޮށްފައިވަނީ އެމީހުން ބޭނުންވާގޮތަށްކަން އެގުނީމަކަމަށް ބެލެވޭ.