ބަންގުރާ ފުޅިއަކާއެކު ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، މި މައްސަލަ އާއި ގުޅިގެން ހައްޔަރުކޮށްފައި ވަނީ އުމުރުން 28 އަހަރުގެ ފިރިހެނެއް ކަމަށެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ، މިއަދު ޕެޓްރޯލް ކުރަމުންދިޔަ ހުލުމާލޭ ފުލުހުންނަށް އޭނާގެ އަމަލުތައް ހުރިގޮތުން ޝައްކުވެގެން އޭނާ ހުއްޓުވައި ބަލައި ފާސްކުރިއިރު، ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް ހުރި ފުޅިއެއް އޭނާގެ އަތުން ފެނުމުން ކަމަށެވެ.

މިއަދު ހުޅުމާލެއިން ބަނގުރާ ހުރި ފުޅިއަކާއެކު ބިދޭސީއަކު ހައްޔަރުކޮށްފައިވާއިރު، މީގެ ކުރިންވެސް މިފަދަ މައްސަލަތަކުގައި ބިދޭސީން ހައްޔަރުކޮށްފައި ވެއެވެ.

މިދިޔަ މަހުގެ ތެރޭގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މާލޭ ގެއަކުން، ބަނގުރަލާއި ބަނގުރާ ކައްކަން ބޭނުންކުރާ ސާމާނުވެސް އަތުލައިގެންފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ގުރަހަ

    އަވަހަށް ދޫކޮށްލާ..ތީ ހިމާޔަތްކުރެވިފަ ވަބާއެއް ދިވެހިގައުމަށް ބަލަދުއަރާބައެއް..ކޮންމެވެސް ތާކުންވަޒީފާއެއްދީ...ތުރާލެކޭ ތިމީހުނާހެދި..ކުޅުތަޅާ ކެއްސާ ކިނބިހި އަޅާ ނޭފަތް ކޮއްޓާ ކޮއްޓާ އަބާދުތިބޭނީ ފިހާރަޔަކު ހުއްޓަސް ކެފޭރެސްޓޯރެންޓެއްގަ ހުއްޓަސް...މުޑުދާރުކަމުން ހައްދު ފަހަނައަޅާފަ..ބޭރުކޮށް މަދުކޮއްބަލަ..ދިވެހިންނަށް ވުރެ ގިނަޔޭ..މީބަންގާޅުތަ...

  2. އބ

    އަބަދުވެސް ބަނގުރާ ކަމަށް ޝައްކުކުރެވޭ އެއްޗެއް?

    1
    2